ބިޝާމާއި މެމްބަރު އިމްތިޔާޒް ފަހުމީ ސަލާމް ކުރައްވަނީ.---ފޮޓޯ: މިހާރު
17 އޮކްޓޯބަރ 2019 - 15:45
ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ނިންމި ނިންމުން އެ ކޮމިޓީން މިއަދު ބާތިލްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، އެ ނިންމުން ބާތިލް ކުރީ، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ އެމްޑީޕީން އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް، ބިޝާމް ވަކިކުރަން ހުށަހަޅާފައި އޮތުމާއި ކޮމިޓީގައި މަދުން މެމްބަރުން ތިއްބެވި ވަގުތެއްގައި އެ ނިންމުން ނިންމާފައި ވާތީ އެވެ.
ބިޝާމް، މަގާމުން ވަކިކުރުމުގެ މައްސަލަ، ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ޖުޑީޝަރީ ކޮމިޓީން ބާތިލް ކުރިއިރު، އެ މައްސަލަ ހުށަހެޅުއްވި ފޮނަދޫ ދާއިރާގެ އެ ޕާޓީގެ މެމްބަރު މޫސާ ސިރާޖު މިއަދުގެ ބައްދަލުވުމަށް ވަޑައެެއް ނުގަންނަވަ އެވެ. އެއީ އޭނާ ސަލާމްގައި ހުންނެވުމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކަށް ދައުވާ އުފުލީ އަދި ފަހުން ދައުވާތައް ވެސް އަނބުރާ ގެނައީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ބިޝާމް ވަނީ ޖުޑިޝަރީ ކޮމެޓީގައި ކުރިން ވިދާޅުވެފަ އެވެ. އެކަމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ބިޝާމް ވަކިކުރަން އުވިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރުގެ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ހުށަހެޅުއްވި އެވެ. އެކަމަކު އެ މަޖިލިސް އުވިދިޔަ އިރު ވެސް އެ މައްސަލަ ގޮތެއް ނިންމާފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނބިމީހާގެފިރިމީހާގެއަނބިމީހާ
17 October 2019
މިހާރު ފެންނަފެނުމަށް ހީވޭ ބިޝާމަކީ މިގައުމުގާހުރި އެންމެ ބާރުގަދަ މީހާއޭ. މިވާއެއްޗެއް ވިސްނާވިސްނާ ނުވިސްނުނު. ވިސްނިވަރަކަށް ގޮވަނީ ބޯ.
އާނި
17 October 2019
ކޮބާހޭ އެއްކަލަ އިންސާފު އިންތި؟ މިޔަދު ޗެއަރ ކުރީ އެއްކަލަ ސިޔާސީ އެންމެނަށް ދައުވާކޮށް ހުކުމް ކުރި ޕީޖީ؟ އަވަސް އަރުވާލާފަ ބައްވާ ބާތިލް ކުރީ ބޭނުން ސިޔާސީ މީހަކައް ދައުވާކޮށް ހުކުމް ކުރަން، ކޮބާ ލަދު އިންތި ހިސާން ޖީހާން، ދެން އިންސާފޭ ނުކިޔާތި، ހަމަ ޔާމީނެކޭ އެއްތާކު މިޖެހެނީ ހެހެހެހެ
މެންބަރ
17 October 2019
ބިޝާމް ވަކިކުރަން އެންމެ ފުރަތަމަ މަޖިލިހުގަ ނޯކޮންފިޑެންސް ވޯޓެއް ނަގަން ހުށައެޅީ ކުރީގެ މަޖިލިހުގައި ތިނަދޫ ދާއިރާގެ މެންބަރު އަބުޅޯ. އެމައްސަލަ އަންބުރާ ގެންދަން އަބުޅޯއަށް ގުޅާހެދީ ކެނެރީގޭ ނަޝީދު. އަދި އަބުޅޯގެ އިތުރުން އެކަމުގަ އުޅުނު އެހެން މެންބަރުންނަށް ގުޅައި ޕްރެޝަރ ކުރީވެސް ރައީސް ނަޝީދު. އޭރު އަޑުއެރުވީ އެކަން ކުރަން ގާސިމް ބޭނުން ނުވީއޭ. ހަގީގަތަކީ އޭރުވެސް މިހާރުވެސް ޕީޖީ ބިޝަމް ބަހައްޓަން ގަދަ ފައިވިއްދައިގެން ހުރީ ނަޝީދުކަން.
ޙަމްދަރުދީ
18 October 2019
ޥެދާނެ ބިސާމު އަކީވެސް މޑނ ގެ މެމްބަރަކައްވެސް މޑނ އަކީ ވަރުގަދަ ސިޔާސީ ލީޑަރެއްގެ ހިޔަނީގަ ހިންގާޖަމާއަތެއްކަން މިހާރު ގަބޫލްކުރެވޭ..
ކޮޅާ ކޮޅުނެތް ކޮޅަށް އަނިޔާވި
17 October 2019
ބިށާމާ ވަކި ކުރިޔަސް ނުކުރިޔަސް ބިށާމައަކީ ޤާނޫނާ ޚިލާފަށް ރައްޔިތުންގެ ބަޔަކަށް އަނިޔާ ދިނުމުގައި އެއްވެސް ށައްކެތް ނެތް މިންވަރަށް ބައިވެެިވެފަ ހުރި މީހެއް
ކަޅުކަޅު ދޮނޭ
17 October 2019
ތިކަމުގަ ސިރާޖުމެންގެ ދެވަނަ ބަލި ކޮންމެ ފަހަރަކު ބޮނދި ބުޑަށް ތިންވަނަ ބަލި ނުވަނ ިސް ތިކަން ދޫކޮށް އެހެން ކަމަކާ އުޅޭ..
ޢެޑްމުންޑޯ
17 October 2019
މިސަރުކާރު އައިފަހުން މިގޮތަށް ކިތައްފަހަރު މި ބިޝާމް ވަކިކުރަން ހުށަހަޅާފައި ، އަބުރާގެންދަނީ ، މީ އަރަތެއް ކަހަލަ ކަމެއް.
ނެތީމޭ
17 October 2019
ކޮބާ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމޭ...
އިންތިބެބޭ
17 October 2019
ބިޝާމް ވަރެއް ނެތް. ހުރިހާ ކަމަކަށް ލޮނު ހެޔޮވަރު
ރާއްޖެ
17 October 2019
ބިސާމް އަކީ ކޮން އާއިލާއެއްގަ ކާކު ނޭނގޭތަ؟ ތިހެން ކުޅެވޭނީ ވަކި ބަޔަކާ.
މިސްމޯލްޑިވްސް
17 October 2019
ކޮން އާއިލާއެއްގެ ކާކުތަ އެއީ؟
ައިންސާފީ
18 October 2019
ފިސާރި ތެދެއް. އިއްޔެ މިނިވަން މުއައްސަސާ ކޮމިޓީން ސީއެސްސީގެ ނައިބުރައިސް ވަކިކުރަން ނިންމާ ރިޔާސަތުން އެކަން އިއުލާން ކުރީ...ހަމަ އިއްޔެ ޕީޖީ ބިޝާމް ވަކިކުރަން ޖުޑީޝިއަރީ ކޮމިޓީން ނިންމާ ރިޔާސަތުގެ ސަމާލުކަމަށް ގެނައީމަ މިއަދު މަޖުބޫރުކޮށްގެން ކޮމިޓީގެ ނިންމުން މި ބާތިލް ކުރީ...މިއީތޯ އެމްޑީޕީ އިން އެބުނާ އިންސާފާއި ހަމަހަމަ ކަމަކީ. ޕީޖީ ވަކިނުކުރެވެންޏާ ސީއެސްސީގެ ނައިބުރައިސް ވެސް ވަކިކުރެވިގެން ނުވާނެ.
ހުތް އާދަނު
17 October 2019
ކުރާނެކަމެއް ނޭނގިގެން އުޅޭބައެއް. މަހަށް ދާންފެނޭ !