އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު އޭނާގެ ފަތްކޮޅު ރައީސަށް އަރުއްވަނީ: މިއީ ރާއްޖޭގައި ގާއިމްވެ ހުންނަ ގޮތަށް އެ ގައުމުން ކަނޑައެޅި ފުރަތަމަ ސަފީރު -- ފޮޓޯ/ރައީސް އޮފީސް
31 އޮކްޓޯބަރ 2019 - 13:14
ރާއްޖޭގައި ގާއިމްވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ރާއްޖެ އަށް ސަފީރަކު ކަނޑައަޅުއްވައި، އޭނާގެ މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.
މީގެ ކުރިން އިނގިރޭސިވިލާތުން ކަނޑައަޅާފައި ހުންނަނީ ރާއްޖެ އާއި ސްރީ ލަންކާ އަށް އެއް ސަފީރެކެވެ. އަދި ސަފީރު ގާއިމްވެ ހުންނަވަނީ ވެސް ސްރީ ލަންކާގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީގަ އެވެ.
ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވަން އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، ރާއްޖޭގައި ގާއިމްވެ ހުންނަވާ ސަފީރެއްގެ ގޮތަށް އެ ގައުމުން ކަނޑައެޅީ ކެރަން ރޮހްސްލާ އެވެ. އޭނާގެ މަގާމުގެ ރައީސަށް އެރުވީ އިއްޔެ އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ރާއްޖޭގައި ގާއިމްވެ ހުންނަވާ ސަފީރަކު ކަނޑައެޅުއްވުމުން އެކަމުގެ ފައިދާކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކި ދާއިރާތަކުން އެހީވުމުގައި އިނގިރޭސިވިލާތުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމި ކަމުގައި ވިޔަސް، އެމްބަސީ ރަސްމީކޮށް އަދި ހުޅުވައިފައެއް ނުވެ އެވެ.
ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާ އިނގިރޭސިވިލާތުގެ ސަފީރެއްގެ ގޮތުގައި ކުރިން ހުންނެވީ ޖޭމްސް ޑޯރިސް އެވެ. އޭނާގެ ދައުރު ހަމަވެފައިވާތީ ލަންކާ އަށް ވެސް އިނގިރޭސިވިލާތުން މިހާރު ވަނީ އާ ސަފީރެއް އައްޔަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
31 October 2019
ރާއްޖޭގެ ކަންކަ މުގެ ތެރެއަށް ވަންނަން ފަސޭހަކޮށްލީ.
ކަންތަކާ ޖެހުނީ
31 October 2019
ކަންތަކާ ޖެހުނީ، ހުވާ މިބުނީ ދެން ސަލާމަތެއް ނުވާނެ.
ކައްކާ
31 October 2019
އިނގިރޭސި ސަފީރަކު ހުރުމެކޭ މަޑަގަސްކަރަ ސަފީރަކު ހުރުމެކޭ ޖެހޭނީ އެއްތާކު. އެހީތެރިކަމެއްދޭ ބައެއްނޫން އިނގިރޭސިންނަކީ.
ހަކީމް
31 October 2019
ލިބުނު ކުރިއެރުމެއް ... ވަރަށް ގިނަ ކަންތަށްތަށް ފަސޭހަ ވާނެ.
ކައްމަތިން
31 October 2019
ސަފީރަކަށް ކަމަކަކު ނުދޭ. ހީވަނީ
ނިރު
31 October 2019
އިގިރޭސިވިލާތުގެ ސަފީރަށް ބުނެލަންއޮތީ މިޤައުމުގަ ހުއްޓެއްކަމަކު އަހަރުމެންގެ ދީނާ ސަގާފަތާ މިނިވަންކަމާ ނަމަމަނަ ނުކުޅެއްޗޭ އަހަރުމެންނަކީ އައްޑުއަތޮޅުގަ ތިބި އިގިރޭސި ސިފައިންނާއި ބޯރާ ވިޔަފާރިވެރިންނާއި ޕޯޗްގީޒުން މިޤައުމުން ފަސްސާލީ ހިވަރުގަދަ ބަތޮޅުން
މަބުނީ
31 October 2019
އިނގިރޭސިން ގާތު އަހާބަލަ އައްޑޫ މަގުތައް ހެދިގޮތެއް. ފެން ބޮޑުނުވާ ހަމައެކަނި މަގުއެއީ