ޚަބަރު / ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޔާމީން ފުލުހަށް ހާޒިރުކުރީ ވަކި ބައެއްގެ ހިތް ރުއްސަން: ޖަމީލް

ފުލުހުންގެ ތަހުގީގަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ މައުލޫމާތު ދެއްވުމަށްފަހު ކުރީގެ ރައީސް ޔާމީން (ކ) އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް ސަލާމްކުރައްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް މިއަދު ހާޒިރުކުރީ ސިޔާސީ ވަކި ފިކުރެއްގެ ބަޔަކު ހިތްހަމަޖެއްސުމަށް ކަމަށް، އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޔާމީނާ އެކު، ފުލުހުންގެ މައި އިދާރާ ގައި ތިން ގަޑިއިރު ހޭދަކުރެއްވުމަށް ފަހު، ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ، ވަކި ބަޔަކު ރުއްސުމަށްޓަކައި ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރުވިޔަސް ކުރާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނޯންނާނެ ކަމަށެވެ.

"ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރެވުނު ކުރެވުމަކީ ސިޔާސީ ވަކި ފިކުރެއްގެ ބަޔަކު ހިތްހަމަޖައްސައި، ރުއްސުމަށްޓަކައި މިއަދު ކުރެވުނު ކަމެއް. އިރާދަކުރެއްވިއްޔާ އެކަމުގައި އެއްވެސް ހަގީގަތެއް ނޯންނާނެ. އަދި އެކަމުން މާތްﷲގެ ތަނަވަސް ރަހުމަތާ އެކީގައި އަޅުގަނޑުގެ މުވައްކިލް ބަރީއަ ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ޔާމީންގެ ފުރަތަމަ ނައިބު ރައީސަކަށް ހުންނެވި އަދި ދެ ބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މަގާމުން ދުރުކުރި ޖަމީލް ވިދާޅުވި އެވެ.

ޔާމީން ފުލުހަށް ހާޒިރުކޮށް ސުވާލުކުރިއިރު، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތެރެއިން ހިންގި މަނީލޯންޑަރިންގެ މައްސަލައިގެ ހުކުމް މާދަމާ އިއްވަން ވަނީ ތާވަލުކޮށްފަ އެވެ. އެހެންވެ، ޖަމީލް ތުހުމަތު ކުރައްވަނީ، ހުކުމް އިއްވަން ތާވަލުކޮށްފައި ވަނިކޮށް ޔާމީން ހާޒިރުކުރީ ފުލުހުންގެ އިދާރާ އަށް ދައުލަތުގެ އެކި ފަރާތްތަކުގެ ނުފޫޒު ވަދެގެންނެވެ.

ޖަމީލް ވިދާޅުވި ގޮތުގައި، މާދަމާ އަކީ ޔާމީންގެ މައްޗަށް ހުކުމް ކުރާ ދުވަހަކަށް ވާއިރު، އެގޮތަށް ދައުލަތުގެ އިދާރާތަކުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވުމަކީ ގާނޫނުއަސާސީ ތަންދޭ ކަމަކަށް ނޫނެވެ. އަދި ހުކުމާ ހިސާބުގައި މައްސަލަ އޮއްވައި، ހަމަ އެ މައްސަލައިގައި ފުލުހަށް ގެންދިއުމަކީ ޑިއު ޕްރޮސެސްގެ ތެރެއިން ހިނގާ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މާދަމާގެ ޝަރީއަތެއް ނިމެންދާއިރުގައި މިއަދު ކުއްލިއަކަށް ފުލުހަށް ގެނެސްފައި ކަންތައްތަކާ މައުޟޫއީ ގޮތެއްގައި އެއް މައްސަލައަކާ ގުޅޭގޮތުން ސުވާލު ކުރުމަކީ ހަގީގަތުގައި ރާއްޖޭގެ ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫން،" ޖަމީލް ވިދާޅުވި އެވެ.

"މުޅި މައްސަލަ އަކީ ހަގީގަތަށް އޮތް މައްސަލައެއް ނޫން ކަން ސާފުކޮށް އެނގިގެން ދަނީ. އިއްތިފާގެއް ނޫން."

ޔާމީނަށް މަނީލޯންޑަރިންގެ ދައުވާ އުފުލީ އެމްއެމްޕީއާރުސީގެ މެދުވެރިކޮށް ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރުގެ މައްސަލައިގަ އެވެ.

46 ކޮމެންޓް, 134 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 1%
icon angry icon angry 68%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕީޓާ

05 November 2019

ޖަމީލު އަރުވާލެވިފަ ހުރީ ކާކުރުއްސަންތޯ

The name is already taken The name is available. Register?

ޛަމީލާ

05 November 2019

ބޮޑު މުއައްސަސާއަކުން އިތުބާރު ނެތްކަމަށް ނިންމާފަ އިން މީހެއް ކީއްވެތަ ރިލެވެންސްވާން މިއުޅެނީ، އެމް. ޑީ.ޕީ އަށް ނުލެއްވީމަތަ ޔާމިން ވެގެން މިއުޅެނީ. ޖަމީލު ދެކޭ ގޮތް ބަލާކަށް މީހަކު ނޫޅެ.

The name is already taken The name is available. Register?

ޖަމީލްބެ

05 November 2019

ޖަމީލްބެ ތީވަރަށް ފެއިލްވެފައި ހުރިމީހެއް، ދެން ކޮންކަމެއް ތިހާ ވިޔާނުދާ ރައްޔިތުންގެ ލާރިބޭނުންކޮށްފައި ހުރި މީހަކުގެ ފަރާތަށް ތިޔަ އެރީ، ހަމަ އެންމެ ބޭނުމަކު، ލާރި އަދިވެސް އޮތީ، ރައްޔިތުންގެ ލާރިގަޑުގެ ބޭނުމުގައި....

The name is already taken The name is available. Register?

1234

05 November 2019

ބަލަގަ ތިމީހުން ވެރިކަމުގަ ތިބެގެން ކީއްކުރީ ؟ މިހާރު ތިވާހަކަ ދެއްކީމާ . އޭތި ކަޑަދޯ

The name is already taken The name is available. Register?

ބަކަރިބޭ

05 November 2019

ކޮށީގައޮންނަ ބަކަށްޓަށް ފަތްކޯޅިދިއްކޮށްލީމަ ފިސާރިބާރަށް އެއާއިދިމާލަށްއައިސް އެކާނެއެވެ. ކައިކައިއޮއްވައި، އެއިން މޫނުމަތީގައި ޖެހީމަ ފަހަތަށް ޖެހިލާނެއެވެ. ޖެހުމާއިއެކު ފަހަތަށް ޖެހިލާފަ އެދިއްކޮށްލާއިރަށް އަނެއްކާ ކާންފަށާނެއެވެ. އަނެއްކާވެސް ޖަހާއިރަށް ފަހަތަށް ޖެހިލާފަ، ދިއްކޮށްލާއިރަށް އެއިން ކާންފަށާނެއެވެ. މީނަގެމޫނުގައި ތަފާލެއްއަޅާފަ، ނާއިބުކަމުން ދުރުކޮށް ގަންހިންގީމަވެސް މިއޮއް ސަނާކިޔައި އަނެއްކާ ކަނީއެވެ! ޙައިރާންކަމެކެވެ!

The name is already taken The name is available. Register?

$ޛަމީލާ

05 November 2019

މީ ހަމަ ވަރަށް ރަގަޅު މިސާލެއް. ޖަމީލު ޓްރައި ޓު ގޯ އާޕްޓަރ ސަމްތިން އެލްސް

The name is already taken The name is available. Register?

އެމްސް

05 November 2019

ޕީއެޗްޑީ އެއް ހަދައިގެން ހުރި މީހަކު ހުސްއަނގަ ތެޅުމަށްވުރެ ޒިއްމާދާރު ކަމެއް ކުރަން ފަށާކަށް އަދިވެސް ނުވޭބާ؟

The name is already taken The name is available. Register?

ކޮސްގޮވާ

05 November 2019

ޖަމީލްމީ ސިޔާސީމީހުންގެ ވަކީލް. ވަރަށް އުފާވޭ މިބޭއުޅާފެނުމުންވެސް. އަބަދުވެސް ރައްޔިތުންގެ ރުޅި. މިވަރުން ކިހިނެއް ރައީސްކަމަށް އާދެވޭނީ. ބޮޑު ފެލިޔަރއެއް.

The name is already taken The name is available. Register?

ގާޒީ

05 November 2019

މަ ނުދެކެން އަދި މިހާ ދަށުދަރަޖާގެ ސިޔާސީ މީހެއް ކިހިނެއް މިމީސްމީހުން ބުނާއެއްޗެއް ޤަބޫލްކުރާނީ؟!

The name is already taken The name is available. Register?

ފފފފފ

05 November 2019

ގަބޫލުކުރަން މަޖުބޫރެއްނޫން. ހަމައެކަނި ކަންކަން މަޖުބޫރުވާނީ ގާޟީންނަށް. މަޖްލިހުން އަންގާގޮތަކަށް ގާޒީން ކަންކުރަންޖެހޭނީ.

The name is already taken The name is available. Register?

ހުއްބުލް ގަލަން

05 November 2019

ތަނެއްގައި ކޮރަޕްޓް މީހެއް ހުރިއްޔާ އެމީހެއްގެ ދިފާއުގައި ޖަމީލު ވާހަކަ ދައްކާނެ. އެއީ ކީއްވެ ؟

The name is already taken The name is available. Register?

ސުލޭމާން

04 November 2019

އަލްފާލިލް ޖަމީލަށް 1. ރައީސް މައުމޫން ކަމަކުނުދިޔަ 2. ރައީސް ނަޝީދު ކަމަކުނުދިޔަ 3. ރައީސް ވަހީދު ކަމަކުނުދިޔަ 4. ރައީސް ޔާމީން ކަމަކުނުދިޔަ 5. ރައީސް ސޯލިހު ކަމަކުނުދިޔަ 6. ޑޮކްޓަރ ހަސަން ކަމަކުނުދިޔަ 7. ޑޮކްޓަރ ޝަހީދު ކަމަކުނުދިޔަ 8. އަލްފާލިލް އުމަރު ކަމަކުނުދިޔަ މީނައަށް ޑޮކްޓަރ ޖަމީލޭ ކިޔަން ލަދުވެސް ގަނޭ . ފުޅިމަދު އުނގުރިއެއްވެސް ވާނީ ތިވަރު. ޥެރިކަމުގެ ދަހިވެތިކަން އޮތަސް ތީ ބޮޑުވަރު .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454