ޚަބަރު / ގާޒީ އަހުމަދު ހައިލަމް

ވައިބާ އިން ފޮނުއްވި ފޮޓޯއާ ގުޅިގެން ގާޒީ ހައިލަމް މާފަށް އެދިވަޑައިގެންފި

ޖެނުއަރީ 25، 2018- ފަނޑިޔާރުން ހުވާކުރުމުގެ ގޮތުން ސުޕްރީމްކޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައިވާ ކުރެހުމެއް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަށް ފޮނުއްވާފައި ވާތީ އެ ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް މިރޭ މާފަށް އެދިވަޑައިގެންފި އެވެ.

ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ޕޯސްޓްގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހަފާއި ވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.

އެ ކުރެހުމުގައި "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" އޭ ވެސް ލިޔެފައި ވެ އެވެ.

އެ މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުންގެ ބޮޑެތި ފާޑު ކިޔުންތަކެއް ގާޒީ ހައިލަމަށް އަމާޒުވެފައި ވަނިކޮށް، އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި އަހަރުގެ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށް، އެ ފޮޓޯ ބޭނުން ކުރެއްވީ ނޮވެމްބަރު 3 ގެ ހަމަލައިގެ އިސް މޭސްތިރި ލުތުފީ ފެންނާތީ ކަމަށެވެ. އޭރު ދެން އެ ފޮޓޯގައި ތިބީ ކޮން ބައެއްތޯ ބެއްލެވިފައި ނުވާ ކަމަށް ވެސް ހައިލަމް ނެރުއްވި ބަޔާނުގައިވެ އެވެ.

"ވައިބަ ގްރޫޕަށް އަޅުގަނޑު ފޮޓޯލި އިރު އެ ފޮޓޯގައިވާ ކުރެހުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަށް ނިސްބަތް ކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އަޅުގަނޑަށް އެނގިފައެއް ނުވެ އެވެ،" ހައިލަމް ވިދާޅުވި އެވެ.

ހައިލަމް ވިދާޅުވި ގޮތުގައި ފޮޓޯގައި އެފަދަ ކުރެހުމަށް ހުރެދާނެ ކަމަށް ވިސްނާލެއްވިފައެއް ވެސް ނެތެވެ. އެކަމާ ގުޅިގެން ހައިލަމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު އަދި ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ.

ހައިލަމްގެ މި މެސެޖު ލީކުވެފައި މި ވަނީ މަނީ ލޯންޑްރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފައި ވަނިކޮށެވެ. އެ މައްސަލަ ބައްލަވަނީ ހައިލަމެވެ.

ބަޔާނުގައި ހައިލަމް ވިދާޅުވީ، ޔާމީންގެ މައްސަލައިގައި ރިޝްވަތު ނަންގަވާފައިވާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރެއްވި އިރު، އެއީ ކޯޓުގައި ކުރިއަށްދާ މައްސަލަ އާއި އޭނާ ކުރައްވާ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

"އަޅުގަނޑު މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖައިޒު މަންފާއެއް ހޯދައި ދިނުމަށް އެއްވެސް އިރެއްގައި، އެއްވެސް ސިފައެއްގައި މަސައްކަތް ކޮށްފައި ނުވާނެ ކަމާއި އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް މި ފުރުސަތުގައި އަރުވަމެވެ،" ހައިލަމް ވިދާޅުވި އެވެ.

ހައިލަމް ފޮނުއްވި މެސެޖާ ގުޅިގެން ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ.

71 ކޮމެންޓް, 140 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 4%
icon angry icon angry 68%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެރަ

05 November 2019

މިކަން އަހަރެންސިފަކުރަނީ ވަކިމީހަކު ވީމަކަނޫން އެއްވެސް މީހަކު ކަރުގަ ވާޖަހާ ދަމާމާ މަންޒަރު ގާޒީއަކު ދުނިޔެއަށް ދެތްކުމަކީ ވަގުތުން އިސްތިއުފާ ދޭންޖެހޭނެ ކަމެތް

The name is already taken The name is available. Register?

ރާއްޖެ

05 November 2019

ކަމެއްގެ ތެރެއައް ވަދެވިފައި ތިބިއްޔާ އެގޮތައް އެބަޔަކައް ސިފަ ވެގެން ހިގައި ދާނެ

The name is already taken The name is available. Register?

ިއިދުރީސް

05 November 2019

ކޮންމާފެއް. އިސްތިއުފާ

The name is already taken The name is available. Register?

1234

05 November 2019

އަދުލު އިންސާފު ޤާއިމުކުރުމާއި ހަވާލުވެގެން ތިބޭ މީހުންނަކީ ޕާޓީތަކުގެ އެކްޓިވިސްޓުންނަށް ވެގެންނުވާނެ؟ މާފަށް އެދުމަކުން ނުފުދޭ ރީތިގޮތަކީ އިސްތިއުފާދީފައި ޕާޓީގެ މަސައްކަތާއި ގުޅުން ؟

The name is already taken The name is available. Register?

އެމްސް

05 November 2019

މަޢާފަށް އެދުނީމަ މަޢާފްދިނުން މައްސަލައެއް ނޫން، އެކަމަކު ފަނޑިޔާރެއްގެ ނަޒާޙަތްތެރިކަން މިދަރަޖައަށް ވެއްޓުމުން އެމީހަކު މަޤާމުން ދުރުވާން ޖެހޭ!

The name is already taken The name is available. Register?

555555

05 November 2019

ނަޒާހަތްތެރިކަމަކީ، ކޮރަޕްޝަނާ ގުޅުން ހުރިކަންކަން. މިއީ އިޖުތިމާޢީ އަޙްލާޤު. ގާނޫނީ ކުށެއްނޫން. އަޙްލާޤީ ހަމައެއް ނެތުން. އެއީ ކުއްވެރިވާނެ ކަމެއްނޫން. މިގައުމުގެ ވެރިއަކަށް ހުރި މީހަކަށް ވަގަށް ގޮވަމުން ދުވީ އިއްޔެއާ ހަމައަށް. އެއީ، އިސްލާމީ ޝަރީޢާގައި ކުށެއް. ޤާނޫނީ ކުށެއް. ކުށެއް ޘާބިތު ނުވާހާ ހިނދަކު މައުސޫމް. އެއީ ޖެނެރަލް ޕްރިންސިޕަލްސް އޮފް ލޯގައި ހިމެނޭ ކަމެއް. ފޮޓޯ ކުރެހުން ބެހުން ދެއްކުން އެއީ، މިޒަމާނުގެ މިނިވަން ނޫސްވެރިކަން.

The name is already taken The name is available. Register?

އެމްސް

05 November 2019

ޢިނގިރޭސި ބަހުން މިކިޔާ، އެތިކްސް/އިންޓެގްރިޓީ (ޢިޖްތިމާޢީ އަޚްލާޤް) އެހާދަށް މީހަކަށް ޢަދުލަށް ޙުކުމެއް ނުއިއްވޭނެ! ފަނޑިޔާރެއް ގޮއްސަ އެވަނީ ޕީޕީއެމްގެ އެކްޓިވިސްޓެއް ލެވެލް އަށް!

The name is already taken The name is available. Register?

555555

06 November 2019

އެތިކްސްއަކީ އޭގައި، އިޖުތިމާއީ ފަރުދީ އެންމެހާ އަޚްލާޤް ހިމެނޭ އެއްޗެއް. އެކަމަކު، ފިޔަފަޅު އެޅުމަކީ،ގާނޫނު އަސާސީގައި ބުނެފައިވާ ފަދައިން، ނެޗްރަލް ޖަސްޓިސްގެ އުސޫލުން، ހާމަކަން ބޮޑުކޮށް، ލިޔެފައިވާ ގާނޫނާ ގަވާއިދާ އުސޫލުން ކުރަންޖެހޭ ކަންކަން. އިސްލާމްދީން އެގޮތަށް އަމުރުކުރޭ. އެއީ އިންސާނީ މުޖުތަމަޢުތައް ހަލަކުވާ މައިގަނޑު ސަބަބަކީ، ގާނޫނުގެ ބޭރުން ޢަމަލުކޮށް، ރުހޭމީހާ އޯކޭ، ނުރެހޭމީހާ ދުއްވާލުން އޭގެ އާޚިރު ނަތީޖާއަށް ވާނެތީ.

The name is already taken The name is available. Register?

6789

05 November 2019

ޤާޟީންގެ އަޙްލާޤީ މިންގަނޑު ސުޕްރީމް ކޯޓުން އޮންނާނެ ނެރެފަ. އެއާ އިލާފެއްނުވޭ. ރައްޔިތުންގެ ހިޔާލަކަށްނޫން ގާނޫނާ ގަވާއިދާ ހަމައާ ނަހަމަ ހިނގާނީ. ގާނޫނީ ވެރިކަމެއްކުރާ މިނިވަން މުސްތަގިއްލު ގައުމުތަކުގައި، ލިޔެފައިވާ ގާނޫނާ ގަވާއިދާ އުސޫލުގެ ތެރެއިން އެކަންކަން ހިނގާނީ. އެކްޓިވިސްޓުންގޮތް ނިންމަން ފެށުމުން ދެންތިބި މީހުންވެސް މަޑުންނުތިބޭނެކަން ހަނދާން ބަހައްޓަންވާނެ.

The name is already taken The name is available. Register?

ގގގގގ

05 November 2019

ދިވެހިންނަކީ ވާ ނާތަހުޒީބު ބައެއް. މިވަރެއް މިވަނީ ލޯބިވެރިޔާ އެފޮޓޯގަ ހުރެގެން. ކީއްތަވީ؟ ހިޔާލަކީ މިނިވަން އެއްޗެއް. އޭގައި ނެތް އެއްވެސް ގޯހެއް. މިގައުމަކީ، މީހެއްގެ އަބުރަށް އަރައިގަތުމުގައި ފަހަތަށް ޖެހުނު ގައުމެއްކަމެއް އަހަރެމެން ނުދެނަހުރިން. ނިމިދިޔަވެރިކަމުގައި ތިބި މީހުންގެ މަރުވެފައިތިބި މައިންބަފައިންނަށްދަންދެކަށް ފުރައްސާރަކުރި... ހަމައެއްލަމައެއް އަދުލެއް އިންސާފެއްނެތް ދުވަސްވަރެއްމިދަނީ.

The name is already taken The name is available. Register?

އެމްސް

05 November 2019

ފަނޑިޔާރުން ވާންވާނީ ނަމޫނާ/ވަކިއަތަކަށް ނުޖެހޭ ބަޔަކަށް!

The name is already taken The name is available. Register?

66669

05 November 2019

ގާނޫނުން މަނާ ނުކުރާ ކޮންމެ ކަމެއް ހުއްދަ. އަހްލާޤީ ހަމައަކާވެސް ހިލާފުކަމެއްނޫން ފޮޓޯއެއް ޝެއަރ ކުރުމަކީ. މިގައުމުގައި މީހުނަށް ވަގަށް ގޮވުމާއި އަބުރު ކަތިލުން ހައްދުން ނެއްޓިފަ. އެކަމަކު ރީނދޫ ޓައީ އެޅި މީހެއްގެ އަސްލު ފާޅުކުރުން މަނާ؟؟؟؟؟؟؟؟؟؟ ގާނޫނެއްނެތް. ދެން އޮންނާނީ ގަދަމީހާ ގަދަ. މިއޮތީ މަޑިވަލް ދުވަސްވަރު ދިވެހިންނާ ބައްދަލުކޮށްފައި.

The name is already taken The name is available. Register?

ޝާހިދާ

05 November 2019

ތަސައްރަފު ނުފުދޭ ޅަކުދީން ބޮޑެތި މަޤާމަ ތަކަށް ލީމަ ވާނީ މިހެން. ދުނިޔޭގެ ގިނަ ޤައުމުތަކުގަ މި ފަދަ މަޤާމަކަށް އާދެވޭނީ ދާއިރާއިން އެތައް ތަޖުރިބާ އެއްލިބި އެތައް މަޤާމެއް ފުރާ މީހާ އުމުރު ދެބައިވާ ފަހުން. މި ރާއްޖޭގަ ފްރެޝް ގްރެޖުއޭޓަކަށް ވެސް ލިބި ދާނެ ފަނޑިޔާރު ކަން ވެސް އެމީހަކު އެއީ ރުޙޭ މީހަކަށް ވެފަ ވެރިޔާ ބުނާ ގޮތަށް ޤާނޫނާ ޚިލާފް ކަންތައް ކުރަން ކެރޭނެ މީހެއް ވިއްޔާ.

The name is already taken The name is available. Register?

އެމްސް

05 November 2019

ފަނޑިޔާރަކަށްވެސް ވެވެންވީ ތަޖްރިބާއާއި ޢުމުރަށްވެސް ބަލާފަ، އެހާ ޅަކުދިން ލައިގެނެއް މިކަންކަމެއް ނުވާނެ!

The name is already taken The name is available. Register?

ކުޑަކުއްޖާ

05 November 2019

އަމިއްލަ ނަޒަރިއްޔާގައި ނުހުރެވެންޏާ ކަންކަން ނުކުރާނީ. ސްޓޮޕް ބެކްޕެޑެލިންގ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454