ފުލުހުންތަކެއް: ރޯދަ ދޫކޮށްލި މައްސަލާގައި ފުލުހަކު އަރުވާލަން ކުރި ހުކުމް ބާތިލްކުރިޔަސް އޭނާއަށް ވަޒީފާ އަނބުރާ ދޭން އަންގާނެ ތަނެއް ނެތް ކަމަށް ވަނީ ހުކުމްކޮށްފައި --ފޮޓޯ/މިހާރު
27 ސެޕްޓެމްބަރ 2016 - 12:38
ރޯދަ މަހު ދުވާލު ފެންބޮއެ، ރޯދަ ދޫކޮށްލި ކަމަށް ބުނާ މައްސަލައެއްގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި މީހަކަށް ވަޒީފާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮޮށްފި އެވެ.
ރ. މަޑުއްވަރީއަށް ނިސްބަތްވާ މި ފުލުސް މީހާ 2009 ގައި ފުލުހުންގެ ވަޒީފާއިން ވަކިކުރީ އޭނާ އެ އަހަރުގެ ރޯދަ މަހުގެ ދުވަހެއްގެ ދުވާލު ވަގުތު ފެންބޮއެ، ރޯދަ ދޫކޮށްލާފައިވާތީ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާކޮށް، އޭނާ ހަ މަހަށް އަރުވާލަން ޖިނާއީ ކޯޓުން ހުކުމް ކުރިޔަސް ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
އެ މީހާ އަރުވާލަން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފައި ވާތީ އޭނާގެ ފަރާތުން ދައުވާކުރީ ފުލުހުންގެ ވަޒީފާ އަނބުރާ ހޯދުމަށާއި އެހާތަނަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ހޯދުމަށެވެ. އެކަމަކު މިދިޔަ ބުދަ ދުވަހު ސިވިލް ކޯޓުން ހުކުމްކުރީ ވަޒީފާ އަނބުރާ ދިނުމަށާއި މުސާރަ އާއި އިނާޔަތްތައް ދިނުމަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ޖިނާއީ ކުށް ސާބިތުވާ މިންގަނޑާއި މަދަނީ ކަންކަން ސާބިތުކުރާ މިންގަނޑު ތަފާތުވާނެ ކަމަށާއި ޖިނާއީ ކުށެއް ސާބިތުނުވެ އޮތުމަކީ މަދަނީ މިންގަނޑުން މީހަކާ މެދު އިދާރީ ފިޔަވަޅެއް އެޅުން މަނާކުރާ ސަބަބެއް ނޫން ކަމަށެވެ. އަދި ޖިނާއީ ދައުވާ ސާބިތު ނުވިޔަސް ގާނޫނާ ޚިލާފް އަމަލެއް ކޮށްފި ކަން ފުލުހުންގެ ތަހުގީގަށް ސާބިތުވާ ހާލަތުގައި އެ ފުލުހަކާ މެދު މެދު އިދާރީ ފިޔަވަޅު އެޅިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގޯސް
27 September 2016
އަދިވެސް ކިތައްމެ މީހުން އެބަތިބި.
ދޮން އާމިރު
27 September 2016
ރޯދަ ދޫކޮށްލެވޭނެ ހާލަތުތައް އިސްލާމް ދީނުގަ އޮވެއޭ..
Stealing Paradise
27 September 2016
އެއީ އަންހެން ފުލުހެއްތަ؟ ވެދާނެއެއްނު މައްސަރުކަންތަށް ދިމާވީކަމަށް..؟!!
ހުއްބުލްވަޠަން
27 September 2016
ތިވައްތަރު މީހުންވެސް ތިތާ އުޅޭތަ!
ރިއަލިޓީ
27 September 2016
ގަސްތުގަައި ރޯދަ ދޫކޮށްލުމަކީ ޖިނާއީ ކުށެއް. ކޯޓްގައި ސާބިތު ނުވެއްޖެ ނަމަ އަނބުރާ ވަޒީފާ ލިބެންޖެހޭނެ. އެއްކުށަކަށް 2 އަދަބެއް ނުދެވޭނެ.
ޒަކީ
27 September 2016
ދެ އަދަބެއް ނުދޭ. އެއް އަދަބު ދީފައި ދެން އެޅީ ފިޔަވަޅެއް. ރަނގަޅަށް ބަލާފަ އެއްޗެހި ބުނެބަލަ.
ރިއަލިޓީ
27 September 2016
"ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބު ދިނުމުގެ ގަވައިދު"
ރޫޑް
27 September 2016
ކިކިކިކިކި. ފިޔަވަޅަކާއި އަދަބެއް
އިބޫ
27 September 2016
ކަލޯ އަވަހަ އިދިކޮޅު އިއްތިހާދާ ގުޅޭ. ވެރިކަން ލިބުނީމަ ވަޒީފާގަނޑު އަނބުރާ ހޯދައިދޭނަން.
ނޯ
27 September 2016
ކޮންމެހެން ވަކި ބަޔަކާ ގުޅޭކަށް ނުޖެހޭ. އިންސާފް ކޮންމެ މީހަކަށް ހަމަ ކަމާއެކު ލިބެންް ޖެހޭ.
ޔެސް
27 September 2016
އޭނަ ކުރި ކުށުގެ ބަދަލުގައި އޭނަގެ ވަޒީފާއިން އެއޮތީ ވަކިކޮށްފައި. ދެން ކޮން އިތުރު އިންސާފެއް. ނިމުނީ!
ޕައްލަމްބޭ2
27 September 2016
ތި ހުކުމް ހުރިހާ ފަނޑިޔާރުންގެ މައްޗަށް ވެސް ހިނގާނަމަ ރަނގަޅު
ހޭޝްޓެގް
27 September 2016
މިއީ އަސްލު ލޯ ކިޔަވާ ކުދިންނަށް ވަރަށް މުހިއްމު ކޭސް އެއް. މިހާރު ނޫހުން މީތި ގެނެސްދީފައި އޮތް ނަމަ ވަރަށް ހަބޭސް ވާނެ. ޝުކުރިއްޔާ