ޓެރަރިޒަމާ ދެކޮޅަށް މީހުން ހޭލުންތެރި ކުރުވުމަށް އިންޑިއާގެ ލަވްލީ ޔުނިވަސިޓީއާއެކު ރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ ފަރާތުން މިއަދު ސޮއިކުރުމަށް ފަހު، ޑިފެންސް މިނިސްޓަރު އާދަމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ޝަޔާހް/މިހާރު
28 ސެޕްޓެމްބަރ 2016 - 12:35
ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ގައުމުތަކުގެ ތެރެއިން ރާއްޖެ އަކީ އެންމެ އިސް ގައުމަކަށް ވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިިއަދު ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމާ ދެކޮޅަށް މީހުން ހޭލުންތެރިކުރުވުމަށް އިންޑިޔާގެ ލަވްލީ ޔުނިވާސިޓީއާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަަށް ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން އަންނަ މަސައްކަތްތަކަށް ކުރިއެރުމެއް ލިބޭ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެ ވެގެންދާނީ ބައިނަލްއަގުވާމީ ގޮތުން، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ އިސް ގައުމެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރަން މީހުން ހޭލުންތެރިކުރުވަން ތަމްރީން ޕްރޮގްރާމްތައް ހިންގާނީ އިންޑިޔާ ސަރުކާރުގެ އެހީގަ އެވެ. އޭގެ ތެރޭގައި އެ ގައުމުގެ ލަވްލީ ޔުނިވަސިޓީގެ ބޭފުޅުން ރަށްރަށަށް ޒިޔާރަތްކޮށް، މީހުން ހޭލުންތެރިކުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި ޑިފެންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު އާދަމް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކަށް ހަރަދުކުރާ ބަޔަކު ރާއްޖޭގައި ތިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ހަނގުރާމަ އަށް މީހުން ފޮނުވަނީ ނެޓްވޯކަކަށް ވުރެ ބޮޑަށް ސީދާ ވަކިވަކި މީހުން ކުރާ މަސައްކަތެއްގެ ގޮތަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޓެރެރިޒަމްގެ ހަމަލާއަކުން ދިފާއުވުމަށް ދިވެހި ސިފައިން އަބަދުވެސް ތަމްރީނު ހަދަމުން އަންނަ ކަމަށެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން އާމިރު
25 December 2016
އެންމެ ޓެރަޓިސްޓުން ގިނައީ ރިވެހިރާއްޖޭގައި....
ފފ
29 September 2016
މީނަ އެއްދުވަހު އަރާފަ ބުނާނެ މިރާއްޖެޔަކު ޑެރެރިޒަމެއް ނެތޭ ދެން ކީކުރަންތޯ އެވާނަސް ކުރަނީ ނެނެއެއްޗެއް އުފަން ކުރުވަނީ، ތިޔެއް އެތަނެއްގައި މިއަދު ނެތިއްޔާ ބޮޑު ނަސީބެއް!
ޒިންދަގީ
28 September 2016
މަނިއްޕުޅު ޓެރަރިޒަމޭ ވިދާޅުވާކޮންމެ ފަހަރަކު މިރާއްޖެއަށް މިރައީސްގެ ވެރިކަން އައިފަހުން، ޓެރަރިޒަމްގެކުށް ކިތަމީހުންނަށް އައިކަން ހަނދާނަށްއަންނަނީ. އަނެއްކާ އޭގެން "ކުށްވެރިއަކަށް" ލުޔެއްދޭންވެސް ދެކޮޅުހަދާކަން. ޓެރަރިޒަމާއި ދެކޮޅުކަމުގެ ލާމަސީލު މިސާލެއްމީ...
މުގާބޭ
28 September 2016
ޓެރަރިސްޓޭ ކިޔާފަ އަނގަހުޅުވާ ގައުމުތަކާ ދެކޮޅަށް ޓެރަރިސްޓުން ހަމަލާދިނުން މާކައިރި. އަހަރެމެންގެ އިގްތިސާދު ހިމާޔަށްކުރަން ބޭނުމިއްޔާ ދެންވެސް ރަގަނޅުވާނު "ޓެރަރިސްޓު" ނުކިޔާ އަނގަމަޑުން ލައިގެން ތިބިއްޔާ.
ލަތީފު
28 September 2016
ހައު ލަވްލީ!!
އަލްޖިބްރާ
28 September 2016
ވާކަށްނޫން އެކަންއޮތީ ވެ ނިމިފަ ! މިރާއްޖޭގެ ޖަލުތަކުގައި މިހާރު ތިބި ގިނަ މީހުންނަކީ ތިކަހަލަ ކުށްތައް އެމީހުންގެ ބޮލަށް ކަޑާލާފާ ތިބި މީހުން !
މިރާ
28 September 2016
މި ރާއްޖެއަކީ ފޭކް ތެރަރިސްޓުން އެންމެ ގިނަގައުމު. ސަރުކާރާއި ދެކޮޅު ޚިޔާލުގެ ކޮންމެ މީހަކީ މިގައުމުގައި ޓެރަރިސްޓެއް.
ދދ
28 September 2016
ރައްރަށުގައި މީހުންނަށް ކީރިތި ޤުރުއާން ދަސްކޮށް ދިނިއްޔާ މާރަގަޅުވާނެ، ފާޑުފާޑުގެ ނަްކިޔާއިގެން ނޫސްކޮންފަރެންސު ނުބޭއްވިޔަސް!