އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/ިމިހާރު
23 ނޮވެމްބަރ 2019 - 00:32
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ މައްސަލަ މިހާރުގެ ސަރުކާރަށް ނުބެލޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ގޮންޖައްސަވައިފި އެވެ.
"ހިބަރުވަދު"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ޔާމީން އެހެން ވިދާޅުވިއިރު، އެމްއެޕީއާރުސީގެ ހިޔާނާތް ހިންގާފައި ވަނީ އެމަނިކުފާނުގެ ސަރުކާރުގަ އެވެ. އެ ޚިޔާނާތުގެ ފައިސާއިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ކަމަށް ބުނާ އެއް މިލިޔަން ޑޮލަރު، ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ކުރެވި ޝަރީއަތް މިހާރު ވަނީ ހުކުމަކާ ހަމައަށް ގޮސްފަ އެވެ.
އެހެން ޖަލްސާތަކާ ހިލާފަށް ވަރަށް ގިނަ ބަޔަކު ހާޒިރުވި މިރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރާނެ ގާބިލް ކަމާއި ކެރުންތެރިކަން ފުލުހުންގެ ކިބައިގައި ވެސް ނުހުންނާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ނުކުރެވޭނީ "ވަގު ފައިސާ" އެންމެ ގިނައިން ނެގީ ކޮން ބައެއްކަން އެނގޭތީ ކަމަށެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކުރީގެ ގަވަނަރު އަހުމަދު ނަސީރާ ހަވާލާ ދެއްވައި ޔާމީން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާ އެންމެ ގިނައިން ނެގި މީހުން ތިބީ މިހާރުގެ ސަރުކާރުގައި ކަމަށެވެ.
އެމްއެމްއޭގެ ގަވަރުނަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، މިދިޔަ ޖުލައި 24 ގައި ނެރުއްވި ބަޔާނުގައި އަހުމަދު ނަސީރު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަސްލު ބައިވެރިވި މީހުން އަދިވެސް ތިބީ މަގާމުތަކުގައި ކަމަށާއި އެ މައްސަލަތައް ތަހުގީގު ނުކުރާ ކަމަށެވެ.
"މި ސަރުކާރު ދިފާއުކުރަން ތި އޮތް ރައްޔިތުންގެ މަޖިލީހުގައި، އެމްޑީޕީގެ މެމްބަރުންގެ ތެރޭގައޭ ތިބީ އެންމެ ގިނަ ވަގު ފައިސާ ނެގި މީހުން. އެހެންވީމާ ކިހިނެއް މިކަން ތަހުގީގު ކުރާނީ؟ މި މައްސަލަ ތަހުގީގެއް ނުކުރެވޭނެ. މި މައްސަލައިގެ އެންމެ ފުންމިނާ ހަމައަށް ދިއުމުގެ ގާބިލްކަމެއް، ހިތްވަރެއް ފުލުހުންގެ ނުހުންނާނެ،" ވަރަށް ޔަގީންކަމާ އެކު ޔާމީން ވިދާޅުވި އެވެ.
އިދިކޮޅުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ވެރިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:ހުސައިން ވަހީދު/މިހާރު
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ވަކިވަކި މީހުންގެ މައްސަލަތައް ތަހުގީގު ކުރެވިދާނެ އެވެ.
"ދުއިސައްތަ ފަންސާސް ހަތް މައްސަލައެއް އެބައޮތް. ކޮން ކަމެއްތޯ ތަހުގީގު ކުރެވުނީ؟ ތަހުގީގެއް ނުކުރެވޭނެ. އެކަމަކު، މި ކަހަލަ ޕޯޑިއަމްތަކުގައި ތިޔަ ރައްޔިތުންގެ ލޯތްބާ އެކީ، އަޅުގަނޑަށް ދެއްވާ އިތުބާރާ އެކީ އަޅުގަނޑު މި ވާހަކަ ދައްކާތީ އަޅުގަނޑު ތަހުގީގު ކުރެވިދާނެ. އެ އަކުން ހަމަ ވާނެ އެއްކަމެއް ވެސް ﷲގެ ރަހުމަތުން ހަމަ ވާނެ އެއްކަމެއް ވެސް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން އެހެން ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް އެމަނިކުފާނުގެ ވެރިކަމުގައި ނުކުރުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެހެންވެ، މި ސަރުކާރުގެ ފުރަތަމަ ދުވަހު ވެސް ކުރި އެއް ކަމަކީ ހިޔާނާތުގެ ފައިސާ އަށް ވީ ގޮތާއި ހިޔާނާތް ހިންގި ގޮތް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދައި އެ ތަހުގީގު ފެށުމެވެ.
އެކަމަކު، ޔާމީން މިރޭ ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފުރިހަމަ ތަހުގީގު ނިމޭނީ ޕީޕީއެމްގެ ވެރިކަމެއްގަ އެވެ.
"ހީނުކުރާތި މިހާރު ބާރުގައި ތިބި މީހުން، އަޅުގަނޑުމެން ފުރޮޅާނުލާނެ ހަމަ އެންމެ ގާކޮޅެއް ވެސް ނޯންނާނެ. މިހާރު ފެހި ކާން ދެ ރޮނޑަށް އެއްކޮށް ތިބެވިދާނެ. އެކަމަކު ގަބޫލު ކުރައްވާ. އަޅުގަނޑުމެންގެ ވެރިކަމެއްގައި މި ދެންނެވި ހަމަ އެއްވެސް ކަމެއް ނުބަލައި ދުލެއް ނުކޮށްލާނަން،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރުގައި 2015 ވަނަ އަހަރާ ހަމައަށް މަޑުކުރީ ކުރީގެ ސަރުކާރުތަކުގެ އެއްވެސް މައްސަލައެއް ނުބަލާ ކަމަށެވެ. އޭގެ ބޭނުމަކީ ޔާމީން ވިދާޅުވި ގޮތުގައި ރާއްޖެ އަށް ހަމަޖެހުން ގެނައުމެވެ. ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށެވެ.
"އަޅުގަނޑުމެންނަށް އެންމެ އުނދަގުވާ އެއް މައްސަލަ ގޮތަށް މި އޮތީ އެމްއެމްޕީއާރުސީގެ މައްސަލަ. ދަރުމަ ވާނެ މި މައްސަަލަ ތަހުގީގުކޮށް ނިންމަންވީ ނޫންތޯ؟ ހަމަ ގޮން ޖަހާލާފައި މި ދެންނެވީ ފުލުހުންނަށް. މި މައްސަލަ ތަހުގީގު ކުރުމުގެ ގާބިލުކަމެއް، ކެރުންތެރިކަމެއް ނުހުންނާނެ އެ މީހުންގެ. މައްސަލަ ތަހުގީގެއް ނުކުރެވޭނެ،: ޔާމީން
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައިގެން ހިންގެވި އެ ބޮޑު ޖަރީމާ ހިންގެވި އިރު، ހިޔާނާތުގެ ފައިސާގެ ތެރެއިން 3.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ. އަދި ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ އަދަދު 267 އަށް އަރަ އެވެ. ޔާމީނަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވެ، އެމަނިކުފާނުގެ ވެރިކަން ނިމުމުގެ އެއް ސަބަކަށް ވީ ވެސް އެ މައްސަލަ އެވެ.
ޔާމީން މިރޭ ވިދާޅުވި ގޮތުގައި ފުލުހުންގެ މިހާރުގެ މަސައްކަތަކީ 24 ގަޑިއިރު ސިޔާސީ ކަންކަން ކުރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣފސސ
27 November 2019
އަނެއްކާ ކޯޓައް އެތިކޮޅެއްދިނީތަ ތިހާ ޔަގީންކަމާއެކު ބުނަނީ
އަހުމަދު.
25 November 2019
ތިޔަބުނާ ފައިސާތަކެއް ނެގިނަމަ މަނިކުފާނުގެ ވެރިކަމުގައި ކީއްވެތޯ އެކަން ނުބެލީ. ބަލަން އުޅެފިނަމަ މަނިކުފާނު ނެގިވަރު ފަޅާއަރާ ދާނެތީ ތޯއެވެ ؟ ދޮކޮޅު ނުޖެހޭވާހަކަ ތި ދައްކަވަނީ.
ވޯލް
23 November 2019
މިހާ ބޮޑު ވައްކަމެއް ކުރުމަށް މަގުކޮށަ އެންމެ ބޮޑު އެހީއެއްވީ ތިޔަ ރ.ޔާމީނު. ދެރައީ މިކަލޭގެ ާދައްކާ އަޑު އަހާނެ މީހުންވެސް ވާކަން, ހުރިހާ ގޯހެއް ހަދާބަޔަކީ ހަމަ އަމިއްލަ ފައިދާއަށް އުޅޭ އާއްމު ރައްޔިތުން.
ގޮއިދުހަސަނ
23 November 2019
މިސަރުކާރަކަށް އެމްއެމްޕީއާރުސީގެކަންތަކެއް ނުބެލޭނެއެވެ. މިސަރުކާރުގައި ކޮޅުގޮހޮރަށް ކާންދީފަތިބި މީހުން ތިބިޢަދަދު ރަނގަޅަށްއެނގިވަޑައިގަންނަކަމާއި އެމްއެމްޕީއާރުސީގެ ހުރިހާކަމެއް ރަނގަޅަށް އެނގޭކަން ތިވާހަކައިން އެބަހާމަވެއެވެ. ކަމެއްފާޅުވާން މިންވަރުކުރައްވައިފިނަމަ، އެކަންކުރިބައެއްގެ އަމިއްލަދުލުންވެސް އެކަމެއްގެ ހެކިގޮވާނަގާނެއެވެ. މިފެންނަނީ ރިވެތިމިސާލެކެވެ. އެހެންނޫނިއްޔާ ނުދެނަހުރިކަމެއްގެކަމެއްގެ ވާނެ، ނުވާނެ ބުނެވޭނީކިހިނެތް!
އަލީގ
23 November 2019
ތިވިދާޅުވާފައިސާ ކޮންމެ ބަޔަކައް ބެހިކަމައްވިޔަސް އެފައިސާ ނެގުމުގެ މަގުފަހިކޮއްދީ އެފައިސާ ނަގާކަން ބެލިޔަނުދީ ހުއްޓުވީ މަނިކުފާނުނޫންއެހެންމީހަކައްނުވާނެ.
މުޙުއްމާ
23 November 2019
އަދި ލަދެއް ހަޔާތެއް ނެތެއްނުން އެމް.އެމް.ޕީ.އާރ.ސީ. އޭކިޔަންވެސް. މީނަ ދޫކުރެވިފަ ހުންންނާތީ ޙައިރާންވޭ. މީނަޔަކީ އުމުރަށް ޖަލުގަ އޮއްނަން ޖެހޭ މީހެއް. މީނަޔަށް ހީވާކަހަލަ ތިމެންނަ ކުރި ވައްކަން ދިވެހި ރައްޔިތުންނަށް ނޭގޭހެން. މުޅި ދުނިޔެއަށް އެކަންއެގޭ. ދެންވެސް އަގަމަޑުންލައިގެންހުރޭ.
ގައުމީދޫ
23 November 2019
ބްރިޖް ހުރަސްކޮށް އެއާރޕޯރޓް، އަދި ހުޅުމާލެއަށް އެރުމުން ޔާމީނުގެ ސަރުކާރަކީ ތަރައްގީގެ ސަރުކާރެއްކަމަށް ގަބޫލުކުރެވޭ! ޢެހެންނަމަވެސް މާލެއަށް އެރުމުން ފެންނަނީ އިންތިހާއަށް ކޮރަޕްޝަން އޮތްކަމަށް ގަބޫލުކުރެވޭ އިމާރާތްތައް.! ނަމަވެސް، ދީނީ އަދި ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި ޔާމީނަށް 100 ދޭން ޖެހޭ! ޢަދުލު އިންސާފް ގާއިމްކުރުމާއި ސުމެއް .ނުހައްގު މަންފާ ( ފްލެޓް ބަހައިލިގޮތް) ހޯދައި ދިނުމުގައި ވެސް 100
ރަންނަ
23 November 2019
ދީނީ ގައުމީ މަސްލަހަތު 100%. އަދުލު އިންސާފު 0؟؟؟ ދީނީ ގައުމީ އޭ ތިކިޔަނީ އަމިއްލަ އެދުމަށްތޯ؟ މީހުންގެ ވިސްނުން ހުރިހިސާބު
ޙަސަންބެގެ ޚިޔާލު
23 November 2019
ޔާމީނުގެ ޖަލްސާއަށް މީހުން ދިޔައީ މަޖްލީސް މެދުވެރިކޮށްގެން ، މަޖްލިސް ރައީސް ހިންގަމުންދާ ކަންކަމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ސަރުކާރަށް ނަފްރަތު އުފެދޭތީ.
އުމަރުބެ
23 November 2019
ޔާމީނު ހުންނާނީ ޖަލުގައި، އެންމެ ފުރަތަމަ ބަލަންވާނީ މާސްޓާގެ މައްސަލަ، ދެން އޭގެ ފަހުގައި އިތުރު މައްސަލައެއް އޮތިއްޔާ ބަލާނީ، ރައްޔިތުން ބޭނުންވަނީ މައިވަގުން ޖަލައްލާން، އެމަންޒަރު ބަލަން ކެތް މަދުވެފައި މިތިބީ
ހެމާ
23 November 2019
މިސްޓަރ ހިބަރޭ