އިސްލާމިކް މިނިސްޓަރު، ޔޫސުފާ ބައްދަލު ކުރައްވައި ހަތިމެއް ހަދިޔާ ކުރައްވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
25 ނޮވެމްބަރ 2019 - 10:40
އުމުރުން ހަ އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިންއާ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޔޫސުފްގެ މައިންބަފައިންނާ އެކު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލު ކުރެއްވުމުގައި މިނިސްޓަރު ވަނީ ޔޫސުފަށް ހަތިމެއް ހަދިޔާކުރައްވައިފަ އެވެ. އެއަށް ފަހު މިނިސްޓަރު ވަނީ ޔޫސުފަށް ހިތްވަރުދެއްވައިފަ އެވެ.
ޔޫސުފް ގުރުއާން ހިތުދަސް ކުރަން ފެށީ ބޭބީ ނާސަރީގަ އެވެ. އެ ގުރޭޑްގައި އެއް ފޮތް ހިތުދަސްކުރިއިރު ނާސަރީގައި ދެ ފޮތް ދަސްކުރި އެވެ. އެލްކޭޖީގައި ފަސް ފޮތް، އޭގެ ފަހުން މިއަހަރު ޔޫކޭޖީގައި 22 ފޮތް ހިތުދަަސްކުރި އެވެ.
އުމުރުން ހަ އަހަރުގައި ކީރިތި ގުރުއާން ހިތުދަސް ކުރި ޔޫސުފް-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އަމިއްލަ ޕްރީ ސްކޫލެއް ކަމަށް ވާ ދޮންދޫނީގައި ޕްރީ ސްކޫލް ނިންމި ޔޫސުފް ގުރުއާން ހިތުދަސްކުރި ނަމަވެސް ހާފިޒު ކަމުގެ ސަނަދު ލިބޭނީ ގުރުއާނާ ބެހޭ މަރުކަޒުގައި އޮންނަ އެކަމަށް ޚާއްސަ ކޮމެޓީއަކަށް ޤުރުއާން އެއްކޮށް ކިޔައިދިނުމުންނެވެ.
ގުރުއާން ކިޔެވުމުގެ ޝައުގު ޔޫސުފުގެ ހިތުގައި އުފެދުނީ އޭނާގެ މަންމަގެ ފަރާތުންނެވެ. ޔޫސުފްގެ މަންމައަކީ ޓީވީއެމުން ބޭއްވި އެންމެ އަލި ގަދަ ތަރި ޕްރޮގްރާމުން މަޝްހޫރުކަން ހޯދި އުންމުހާނީ އިބްރާހިމް އެވެ.
މީގެ ކުރިން ދޮންދޫނީގައި ވަނީ އުމުރުން ފަސް އަހަރުގެ ކުއްޖަކު ވެސް ގުރުއާން ހިތުދަސްކޮށްފަ އެވެ. މުހައްމަދު އަޝްހަމް އަލީ ވެފައި ވަނީ މިހާތަނަށް ގުރުއާން ހިތުދަސްކުރި އެންމެ ހަގު ދިވެހި ކުއްޖާއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުލޯ
25 November 2019
ފައިސާގެ އިނާމެއް ނުލިބުނީމަ ވަރަށް ދެރަ، ގައުމަށްލިބޭ ރީތި ނަމެއް މިކަމަކީވެސް ،ފަސޭހަ ކަމެއްނަމަ އެންމެންވެސް ތިބޭނީ ހާފިޒު ކަން ނަގާފަ
ރަށުމީހާ
25 November 2019
މަރުހަބީ ދަރިޔާ
އޮމީތަރބް ބަކައްޗަން
25 November 2019
އެއްވެސް ޙާލެއްގައި ކުޑައިމީސް ބަހެއް ބުނާކަށެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ ލޮބުވެތި އިސްލާމިކް މިނިސްޓަރު ދުވަހަކުވެސް ހިނިވަރުނަ ނުކުރައްވަނީ ކީއްވެގެންތޯ؟ އެންމެ ފޮޓޮއެއްވެސް ނެތް މިނިސްޓަރު ހިނިވަރުނަކުރެއްވި.
ފުންއަސަރު
25 November 2019
ވަރަށްއުފާވޭ ތިފަދަކުދީންގެ ތިފަދަ ހިތްވަރު ފެނި ހާމަވީމަ. ޔޫސުފްއަށް މަރްހަބާ. ޔޫސުފްގެ މައިން ބަފައިންނަށް އަތްތިލަބަޑިއެއް. މިނިސްޓަރ އަށް ޝުކުރިއްޔާ!
ޢަފްރާދު
25 November 2019
ތިޔަ ތުއްުތު ކުޖާއަށް ވަރަށް ބޮޑަށް ކޮންގްރެޓްސް އިތުރު ކާމިޔާބީއަށް އެދެން!
ރަދީފް
25 November 2019
މާޝާﷲ. ތިޔަ ލޯބި ކުއްޖާގެ ކާމިޔާބީއާއިމެދު ވަރަށް އުފާކުރަން.ރަދީފްގެ ދުޢާއަކީ ރަދީފްގެ ދަރިންނަށް ވެސް ތިޔަފަދަ ކާމިޔާބީތަކެއް ލިބުން.ވ.ވެދުން
ހާލިސް
25 November 2019
ރަދީފް ވެސް ހެޔޮނިޔަތާ އެކު ދަރިންނަށް ހިރަވަރުދީ ގަދައަޅާ މަސަކަތް ކުރަން ނަސޭހަތްތެރިވޭ. އިންޝާﷲ ކާމިޔާބު ދެއްވާނެ.
ޙަޤީޤީ
25 November 2019
ސައިންޓިފިކް އިލްމެއް ހިތުދަސްކުރުން މާ ރަނގަޅުވެފައި މުޖްތަމަޢުއަށް ފައިދާ ކުރާނެ.
ހަސަން މަނިކު
25 November 2019
ޤުރުއާން އާއެކު އެހެން އިލްމުތައްވެސް އުގެނެންވީ.
ކިޔާ
25 November 2019
ބައްލަވާ ކީރިތި ޤުރުޢާނުގެ އެންމެ އަކުރެއް ކިޔެވި ނަމަވެސް އެލިބެނީ 10 ސަވާބު..މުޅި ކީރިތި ޤުރުޢާން ހިތުދަސްކުރީމަ އެލިބޭ ދަރުމަޔާއި ސަވާބު މިދުނިޔެއާއި ދުނިޔޭގަވާ ހުރިހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑު..ސައިންސްގެ ޢިލްމަކީވެސް ޤުރުއާނުގެ ދަށުން އަންނަ އޭގެ ބޭނުން ހެޔޮގޮތުގަ ކޮށްފިނަމަ ފައިދާހުރި ދުނިޔަވީ ޢިލްމެއް.....ދުނިޔެއާއި އާޚިރަތްބާޖަވެރި ކުރުުމަށް އެދޭމީހާ މިތަނުން އިސްކުރާނެ ޢިލްމެއް ވ.ސާފް ދެއްތޯ؟؟؟
ނޫވިލު
25 November 2019
ތިމާއަށް މާ އެނގިގެން ނޫޅެއްޗޭ.