ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ރޭ ޔޫއޭއީ އަށް ފުރާވަޑައިގަތުމުގެ ކުރިން މަތިންދާބޯޓުގައި އަލްވަދާއުގެ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
30 ނޮވެމްބަރ 2019 - 12:10
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބެހޭ ގޮތުން ސިޔާސީ ބައެއް ލީޑަރުން ޖައްސަވާ ހިސާބު ގޯސް ކަމަށާއި އެބޭފުޅުން ކަންކަން ނިންމަވަނީ އެކުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ރޭ ވަނީ ފުރާވަޑައިގެންފަ އެވެ. އަދި ޔޫއޭއީ އަށް ފުރާވަޑައިގަތުމުގެ ކުރިން ދެ ބޭފުޅުން މަތިންދާބޯޓުގައި އިންނެވި ފޮޓޯއެއް ނަޝީދު ވަނީ ޓުވީޓް ކުރައްވައިފަ އެވެ.
މި ފޮޓޯއާ އެކު ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެ ރައީސުންގެ މެދުގައި ހިޔާލު ތަފާތު ވިޔަސް، ބަޖެޓާއި ބަދަލު ދިނުމާއި ޖުޑީޝަރީގެ ކަންކަން ދެ ބޭފުޅުން ނިންމަވަނީ އެކުގައި ކަމަށެވެ.
ޚިޔާލް ތަފާތުވިޔަސް މި 2 ބޭފުޅުން ކަންކަން ނިންމަވަނީ އެކުގައި. އެއީ ބަޖެޓް، ބަދަލު ދިނުން އަދި ޖުޑިޝަރީގެ ކަންކަން ވިޔަސް. ސިޔާސީ ބައެއް ލީޑަރުން ޖައްސަވާ ހިސާބު ގޯސް. ނިދިން ހޭލެވޭއިރު އޮންނާނީ ކަތިވަޅި ގެއްލި މަރިޔަނބުވެސް ގެއްލިފައި. pic.twitter.com/PyrTV3SZm2
— Mohamed Jameel Ahmed (@MJameelAhmed) November 30, 2019
ޖަމީލް ކުރެއްވި ޓުވީޓު.
"ސިޔާސީ ބައެއް ލީޑަރުން ޖައްސަވާ ހިސާބު ގޯސް. ނިދިން ހޭލެވޭއިރު އޮންނާނީ ކަތިވަޅި ގެއްލި މަރިޔަނބު ވެސް ގެއްލިފައި،" މިހާރުގެ ސަރުކާރުގެ ވެރިންނާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރު މަސައްކަތް ކުރެއްވި އެކަމަކު މިހާރު ޔާމީންގެ ހިމާޔަތުގައި އުޅުއްވާ ޖަމީލް ވިދާޅުވި އެވެ.
ރައީސް އާއި މަޖިލިހުގެ ރައީސްއާ ދެމެދުގައި ހިޔާލު ތަފާތުވުން އޮންނަ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެކަމަކު، އެ ތުހުމަތުތައް ދޮގު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ އެ މަނިކުފާނާއި ނަޝީދާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށެވެ. އަދި އެއްވެސް ކަހަލަ ހިޔާލު ތަފާތުވުންތަކެއް ނޫޅޭ ކަމަށް ކުރިން ވިދާޅުވެފައިވެ އެވެ.
ޔާމީނުގެ ފުރަތަމަ ނައިބު ރައީސްކަމުން ޖަމީލް ވަކިކުރީ، ކުރިން އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީއާ ހިލާފަށެވެ. އަދި ޔާމީންގެ އަނިޔާވެރިކަމާއި ހިޔާނާތާ ބެހޭ ގޮތުން، އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވެސް ގެންދެވި އެވެ.
ހައްޔަރުކޮށްފާނެތީ އެ މަނިކުފާނު ދިރިއުޅުއްވީ އިނގިރޭސި ވިލާތުގަ އެވެ. އެނބުރި ރާއްޖެ ވަޑައިގަތީ ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވެވަޑައިގަތުމުންނެވެ. އޭރުއްސުރެ، އިނގިރޭސި ވިލާތުގައި ޖަމީލް މަސައްކަތް ކުރެއްވީ ވެސް ނަޝީދާ އެކު ސިޔާސީ މަސައްކަތުގަ އެވެ. އޭރުގައި އުފެއްދި އިދިކޮޅު އިއްތިހާދުގެ ލީޑަރުކަން ވެސް ޖަމީލް ވަނީ ކުރައްވައިފަ އެވެ.
އެކަމަކު އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޔާމީންގެ މައްޗަށް ކުރި ދައުވާ އާއި އެ ހިޔާނާތާ ގުޅިގެން ފުލުހުން މިހާރު ވެސް ކުރިއަށް ގެންދާ ތަހުގީގުތަކުގައި އެ މަނިކުފާނުގެ ދިފާއުގައި އަމަލީ ގޮތުން ޑރ. ޖަމީލް އުޅުއްވަ އެވެ. އަދި ޔާމީންގެ އިސްތަށިފުޅުގައި އަޅުވާ ތުހުމަތުތައް ގެންދަވަނީ ދޮގުކުރައްވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ނަސީމް
01 December 2019
ދެން ކޮބާ މައްސަލައަކީ؟ ބޭފުޅާއަށް ލައިފްގައި ގެއްލުނު އެއްޗިހި ގިނައީ. އަބަދު މީހުންނާ ހަސަދަ ލާ ރަނގަޅު އެއް ގޮތްވެސް ނޯންނަ މީހެއްތީ. އަހަރުމެން ބޭނުމޭ މިގައުމުގެ ވެރިންގެ މެދުގައިވެސް އަމާންކަމާ އެކުވެރިކަން އޮންނަން
އަޙުމަދު.
01 December 2019
މީވެސް ދެން މިހެކޭ ބުނާނީނީދޯ. މިސޮރުވެސް އުޅެންވާނީ. ތާކުންތާކު ލައްވާނުލިއަސް އަދި ރައްޔިތުން އެއީ މީހެއްކަމަށް ބަލައި ނުގަތަސް، އެކަމަކު ރަޢީސްކަންވެސް ވަރަށް ބޭނުން، ދެރައީ ޙިލްމެއް ނެއްކަން.
ބޮޑުމީހާ
01 December 2019
ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން. ޚިޔާލު ތަފާތު ވާ ކޮންމެ ފަހަރަކު ބޮޑު ހަނގުރާމައެއް ކުރާކަށް ނުޖެހޭ.
ހަސަން ނަސީމް
01 December 2019
ޖަމީލަށް ދަސްވެފައި ހުރީ އެހެނޭ. ދެބުމަ ގޮތް ޖަހާ ޒުވާބުކޮށް ފަސާދަކުރުން. އެހެންވެތާ ޔާމީނާ އެކުވެސް ނޫޅޭވުނީ
އަޅެފަހޭ
01 December 2019
އަޅެފަހޭ ޖަމީލަށް މިތާނގަ ކިޔޭ ނުކިޔޭ އެއްޗެއް އެބައިނގޭތަ؟ ކޮބާތޯ މައްސަލައަކީ 2 ރައީސުން އެކުގައި ކަންކަން ނިންމެވުމުގެ؟ ތިޔައުޅެނީ ހަމަރަނގަޅަށް ގާނޫނީ ގޮޅިއަކަށް ފެތެން..ޖަމީލުދަށްކާ ވާހަކަ މިހާރު ކުޑަކުދިންވެސް ނާހާނެ! ހެހެހެހެ
ރީތި މޫސަ
01 December 2019
ކިތަންމެވަރަކަށް އޮޅުކޮށްގެންއުޅުނަސް އޮޅުނުވާއެއްޗިހި ހުންނާނެ ނަޝީދަކީ އަބަދުވެސް އޭނަނޫން އެހެންމީހަކު މަތީފަޑީގަ ހުންނަންއެދޭނެމީހެއްނޫން އެކަންއެނގޭނެ އެމްޑީޕީގެ ކުރީގެ ރައީސުންނަށް ވީގޮތް ތާރީޚްގެ ތެރެއިން ބަލާލުމުން ހަމައެގޮތްހަދާނެ އިބޫއަށްވެސް މީ ވަރަށްވާހަކަ
އަޙުމަދު.
30 November 2019
ޖަމީލް ހީކުރައްވަނީ އެއީ ދެހަތުރުން ކަމަށް ތޯއެވެ. ޖަމީލުމެން ކިތަންމެވަރަކަށް ދެބޭފުޅުން ޖައްސާނަމޭ ހިތާ މަސައްކަތް ކުރިއަސް އެކަމެއް ނުވާނެ. ވަރަށް ސަލާމް.
މިލެނިއަލް
30 November 2019
އޯކޭ ބޫމަރ...
އަހުމިދުބޭ
01 December 2019
ބޭބީ ބޫމާރސް
ޛަމިލަ
30 November 2019
ޖަމީލް މަތިން ބައިން ޖެހިގެންދޯ ޔާމީނާ އެއްކޮށް މިއުޅެނީ، އަންނިމެންގެ ޓީމަށް ނުލެއްވީމަ؟ ޙާދަ ރިލެވެންސް ވާން ބޭނުންވެއޭދޯ. ޖަމީލު މިހާރު އެ ދިފާއު ކުރާމީހާ ކުރިން ޖަމީލް ޖަލަށް ލާ ފާނެތީ ފިލަންވެގެން އިގިރޭސިވިލާތަށްވެސް ދިޔައީއޯ.
ހަސީނާ
30 November 2019
ޖަމީލޫ، ސިޔާސީގޮތުން ރައީސް ނަޝީދު ހިނގާ މަގުގެ ހަވާސާއަށް އަރަން ވެސް ތިޔަބައިމީހުނަށް އަދި އެތައް އަހަރެއް ނަގާނެ. #ހަކުޅިކުރިއަށް،
ރަށުމީހާ
30 November 2019
ޖަމީލް ބުނާބަހަކީ ބަސްނުވިކޭ އޮޑިއެއްގެ ދިރުބާކޮޅައް ނާރާށޭބުނާހެން. މިބުނީ ވަރަށް ބައިވަރު ވާހަކަ.