ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. އަބްދުއްރަހީމް، ފަނޑިޔާރުންނަށް އިންޒާރު ދިން މައްސަލަ ފުލުހުން ދަނީ ބަލަމުން. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
01 ޑިސެމްބަރ 2019 - 11:06
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް އިންޒާރު ދިން މައްސަލައިގައި އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާ ފުލުހުން ރޭ ސުވާލުކޮށް ބަޔާން ނަގައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ކުރި ހުކުމާ ގުޅިގެން ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހެޅީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.
އަބްދުއްރަހީމް "މިހާރު" އަށް މިއަދު ވިދާޅުވީ ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގެން ފުލުހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައިވާނެ ކަމަށެވެ. ފަނޑިޔާރުންނަށް އިންޒާރުދީ، ހުތުރު ބަހެއް ބޭނުން ކުރެއްވިތޯ އެހުމުން އޭނާ މިއަދު ވެސް ވިދާޅުވީ އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު ފުލުހުން ކައިރީ ވެސް ބުނިން ނޫނެކޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ ފަނޑިޔާރުންނަށް އިންޒާރުދީ ހުތުރު ބަސްތައް ބޭނުން ކުރައްވަނީ އެމްޑީޕީގެ ބޭފުޅުން ކަމަށެވެ. އިދިކޮޅުގައި ތިއްބެވީ ކޯޓުތަކަށް އިހްތިރާމް ކުރާ ބަޔަކު ކަމަށެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހު ނިންމައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމަށާއި އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވަނީ ހުކުމްކޮށްފަ އެވެ.
އަބްދުއްރަހީމްގެ ވާހަކަ މިއަދު ތަފާތުވިޔަސް، ޔާމީންގެ މައްޗަށް ހުކުމް އިއްވުމާ އެކު، ކޯޓު ބޭރުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުން ކުރައްވައިފަ އެވެ. އަދި އެ ބޭފުޅުންގެ ވެރިކަމެއްގައި ފަސް ފަނޑިޔާރުން ޖަލަށްލާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީންގެ މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަދި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ފަނޑިޔާރުން ސުލޫކާ ޚިލާފްވި ކަމަށް ބުނެ ޔާމީންގެ މައްސަލަ ބެލުމުން އޭނާ ތަނާޒުލްވާން ޖެހޭނެ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ކުރިން ވެސް ވަނީ އެކަމަށް ގޮވާލައިފަ އެވެ. އަދި އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ސަމާލު ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ކުރިން ގެނަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައްސޫރަ
01 December 2019
އެއްގޮތަކަށްވެސް އަބުދުއްރަހީމް ޖަލަށް ލައިގެ ން
ދުންމާރި1
01 December 2019
ސިޔާސީ ވަކި ބަޔަކަށް ދައުވާކޮށް އަނެއްބަޔަކަށް އެއިރެއްގަ އޮންނަ ސަރުކާރަކުން ބޭނުން ބަޔަކަށް ބިރުދައްކައި އަދަބުދީ ދިވެހިން ދެކެން ބޭނުންވާ ޑިމޮކްރަސީއެއްނޫން ފަނޑިޔާރުުންނާ ފަނޑިޔާރުގެއާ ދިމާޔަށް ކުށްބަސް ބުނާނަމަ ކޮންމެ މީހަކަށްވިއަސް ޙައްޤު އަދަބުދޭންވީ ވަކިމީހެއްނެތް ވަކިމީހަކު ފުރޭމުކޮށް އަދަބު ދިނުމަކީ އިންސާފެއްނޫން އެމްޑީޕީ މެމްބަރުންނާ އިސް ބޭފުޅުން ފަނޑިޔާރުންނަށް ނުގޮވަނީކޮން އެއްޗެއް ޤާނޫނުއަސާސީގެ 20 ވަނަމާއްދާއާއިވެސް ޚިލާފުކަމެއް
ސުމާރު
04 December 2019
ވަކިބަތަކު ކިޔާއެއްޗެހި ފުރައްސާރަޔަހަދަން އުޅުއްވިޔަސްﷲގެޙަޒުރަތހުގައި ވަނީ ލިޔެނިމިފަ ހައްގައްނަސްރު ދެއްވާނީ
ހާސަރު
01 December 2019
މިހެން ދޮގު ހަދަމުން ދުވާ މީހުން މައިތިރި ކުރެވޭނީ ހައްގު އަދަބު ދީގެން. މީނާގެ މައްޗައް ދައުވާ ކުރުން އަވަސްކުރޭ.
ސާބީ
01 December 2019
މިގޮތަށް ދޮގުހަދާހާ މީހުންގެ މައްސަލަ ބަލާ އަދަބު ދޭންވެއްޖެ ކަމަށްވާނަމަ އެ އަދަބު ނުލިބޭނެ ހަމައެކަކުވެސް މިސަރުކާގެ އިސްކޮށްއުޅޭ މީހުންގެ ތެރެއަކު ނުހުންނާނެ ކަން ކަށަވަރު. ވަކިވަކި މީހުން ހޮވައިގެން އަދަބު ދިނުމަކީ ޢަދުލު އިންސާފު ގާއިމުކުރުމަށް އައިސަރުކާރުން ހަދާނެ އެންބޮޑު އެއްގޯސް. ގޯސްހަދާ ކަމަށް ވަންޏާ އެއަށް ޒިންމާވާން ޖެހޭނެތާ.
އޭބީ
01 December 2019
ރެކޯޑް ކުރެވުނީމާވެސް މި ބުނަނީ ނުބުނަމޭ.. ދޮގު ހެދޭނީ މިހާކަށްވަރަށް
އާއެކޭ
01 December 2019
ދުވަހަކުވެސް ތެދެއް ނަހަދައެވެ.
ސަޅު
01 December 2019
މި އަދުރޭގެ އަނގަޔާ ހަޔާތްކުޑަކަން އިސްލާހުކޮށް ސިޔާސީ އިސްމީހެއްގެ ސިފަ މީނަގައިގަ ޖައްސަން އެބަޖެހޭ، މިކަންވާނީ ފުލުހުންނަށާ ގާނޫނުގެތެރެއިން.
މޯޑޭ
01 December 2019
މިނާމި ވަރަށް ގަޓްހުރެގެން ކަމަށް ހެދިގެން އުޅޭ ވަރަށް ފިޑި މީހެއްކަން މިހާރު މި ހާމަވީ. ފުލުހުންނަށް ދޮގުބަޔާންދީފަ ތިހެން ސަލާމަތް ނުވެވޭނެ ލައިވު ވީޑިޔޯއާއި އެކު އެތަށްރައިންތުންނެއް ބަލަމުންދަނިކޮށް ހަޔާތްގޮވާފަވެސް ތިބުނަނި މިހާރު ނުގޮވަމޭ.
ރަންދެލި
01 December 2019
އަދުރޭ ވެސް ދެން ރެޑީ ވެގެން ހުރޭ. ޑަބަލް ބުލް ޓީޝާޓަކާ މުންޑަކާ ކޮތަޅަކަށް ލައިގެން ހުރޭ. އިރާދަ ކުރެއްވިއްޔާ ލަސްތަކެއް ނުވެ ގޮޅިއަށް ގެންދާނެ!
ހަނުހުންނަ މީހާ1
01 December 2019
ޕީޕީއެމަށް ތާއީދުކުރަން ބޭނުންވިޔަސް ކިހިނެތް ކުރާނީ ރައްޔިތުން ކުރިމަތީ ބުނާބަސް އޭގެ މިނެޓެއްފަހުން އެބަ ދޮގުކުރޭ މި ފަދަބަޔަކަށް ވެރިކަން ލިބިއްޖެއްޔާ ރައްޔިތުން އުލިބާންދާނެތާ އަދުރޭއަށް މަވާ ސަލާމް
ނިޔާމް
01 December 2019
ހަމަ އެކަނި މި މައްސަލަ؟ ދިވެހިރާއްޖޭގެ އެތައް ރަށަކާއި ފަޅެއް ނު އަގުގައި ވިއްކައިގެން މިލިއަނުން ފައިސާ ގެއްލުނުއިރު މި ބޭފުޅާ އެއް ފަހަރާ ފައިސާ ދައްކާ ރެހެންދި 2 ފުލެޓް ގަތް ގޮތެއް ބަލާ އޮޅުން ފިލުވަންޖެހޭ.