އެމްއީއެސް ސްކޫލު ހިންގި އިމާރާތް: އެ އިމާރާތުގައި އަންނަ އަހަރު ކިޔަވައިދޭން ފަށާނެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 ޑިސެމްބަރ 2019 - 12:49
ކުރީގެ އެމްއީއެސް އިމާރާތުގައި ހަދާ އާ ސްކޫލުން 170 އަށް ވުރެ ގިނަ ކުދިންނަށް ޖާގަ ދީފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އިއްޒުއްދީން ނަމުގައި ހުޅުވާ އާ ސްކޫލުން މިހާތަނަށް 174 ދަރިވަރުންނަށް ޖާގަ ދީފައިވާ ކަމަށެވެ. އަދި ރަޖިސްޓްރޭޝަނަށް މިހާރު ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
އިއްޒުއްދީން ސްކޫލުން ޖާގަ ދީފައިވާ ދަރިވަރުން ރަޖިސްޓަރީ ކުރުން މިއަދުން ފެށިގެން ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:00 ގައި އެޑިއުކޭޝަން މިނިސްޓްރީގައި އޮންނާނެ އެވެ.
އެއްދަންފަޅި އަށް ކިޔަވައިދޭ އެ ސްކޫލުގައި ފުރަތަމަ ކިޔެވުން ފަށާނީ ގްރޭޑު 1-6 އަށެވެ. ނަމަވެސް ކޮންމެ އަހަރަކު އާ ގްރޭޑެއް ތައާރަފް ކުރަމުން ގޮސް ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭނެ އެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު، މާލޭގެ ސްކޫލުތަކުގެ ގްރޭޑް އެކަކަކުން 2000 އަށް ވުރެ ގިނަ ކުދިންނަށް ވަނީ ޖާގަ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްލޯ ދީދީ
13 December 2019
ކޮންތަނެއްހޭ އަލީ ތި ސްކޫލުގެ؟
ާއުނިމާ
12 December 2019
ތިޔަތަނަށް މަދުވެގެން 500 ހަމަކޮށް އެހެން ސްކޫލުތަކަށް ބާރުކުޑަކުރޭ
ފެން ފޯއް ރުއްކެޑި
12 December 2019
މާލޭގަ ސްކޫލް ހުޅުވި ވަރަކަށް ވިލި މާޅެ ހުޅުމާލެ ހުރިހހ ހާ ކުދިން މާލެ އަންނާނީ
ކަކުނިބޯ
12 December 2019
ކޮންމެގެއެއް 10 ބުރިޔަށް ނަގާއިރުކިހަމީހުންނެއް އަންނާނެ އަދި މިހާރުހުރި ސުކޫލްތަށް އެއްދަންފަޅިޔަށް ބަދަލުނުކުރެވިގެންމިއުޅެނީ ސުކޫލް ނާޅާވޭތަ