ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ ސަލާމްކުރައްވަނީ.
13 ޑިސެމްބަރ 2019 - 16:27
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި ބައެއް މެމްބަރުންނާ އެކު އިންޑިއާ އަށް ކުރައްވާ ދަތުރުގެ ތެރެއިން ނަޝީދު ވަނީ މޯދީއާ ބައްދަލުކުރައްވައި ސަރަހައްދީ އަދި ދުނިޔޭގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އޭގެ ތެރޭގައި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި އިއާދަކުރުވަނިވި ހަކަތަ އާއި އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކާއި ފަރުތައް ހިމާޔަތްކުރުން ހިމެނެ އެވެ.
Wonderful to meet with Prime Minister @narendramodi. We discussed a number of regional & global issues, including climate change, Paris targets, renewable energy, single use plastics, coral reef protection, natural climate solutions — & saw eye to eye on everything. 🇲🇻 🇮🇳 🌏 pic.twitter.com/MhwG4dh5z6
— Mohamed Nasheed (@MohamedNasheed) December 13, 2019
މަޖިލީހުގެ ބޮޑު ވަފުދަކާ އެކު މިދިޔަ އާދިއްތަ ދުވަހު އިންޑިއާ އަށް ވަޑައިގެންނެވީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ ދަށުގެ، ލޮކް ސަބާއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށެވެ. އެ އެއްބަސްވުމުގެ ދަށުން ގުޅުން ބަދަހިކުރުމުގެ އިތުރުން މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ތަމްރީނު ދިނުން ހިމެނެ އެވެ.
ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލީހުގެ އަމީން އާންމާއި ކައުންސެލް ޖެނެރަލާއި ބައެއް މެމްބަރުން ވެސް އެ ދަތުރުފުޅުގައި ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެރަވޭ
14 December 2019
އަހަރެންނަކީ ޔާމީނާ ގަޔާވާމީހެއްނޫން. ޢެކަމަކު އިންޑިޔާ ބޭނުންކަންތައް މިގައުމުގައި ނުކުރާނެކަމަށް ފާޅުގައި ބުނި. ޢަދި ހެލިކޮޕްޓަރުވެސް ގެންދާށޭބުނި. ޢަދި ފިޔާ ނުދޭނެކަމަށް ބުނުމުން މިހާރަށްވުރެބޮޑަށް ފިޔާއަގުހެޔޮކޮށް ލިބުނު. އަދި މިނިވަން ގައުމެއްގެ އިހްސާސްވި.
ޝޮކްތެރަޕީ
14 December 2019
ރައިސް ޔަމިން ރާއްޖެގެ މިނިވަންކަން ދިފާއު ކުރެއްވި. އަމިލްލަ ވަންތަކަން ދިފާއުކުރެއްވި. ރާއްޖެއަކީ މިނިވަން އިގްތިސޯދެ ބިނާ ކުރަން މަސައްކައް ކުރެއްވި ރައިސްސެ ޔާމިނަކީ. މިހާރު މިދަނީ ހުރިހާކަމެއްވެސް ދިމާ އިދިކޮޅަ.
އަބޫ
14 December 2019
މޯދީޔާ ނަޝީދު މިގައުގާ ލާދީނީ ފިކުރު ފެތުރުގެ ސެކިއުލާ ބަދަލްވުން ބާވައިފި
އަލީ ރާޖާ
14 December 2019
ރައީސް ޔާމީނަށް ސަޕޯޓްކުރާ ހަމައެކަނި ސަބަބަކީ ވެރިކަމުގަ އިންޑިއާ ދޭތެރޭ ޓްރީޓްކުރޮި ގޮތުން
އަލީ ރާޖާ
14 December 2019
ކުރީފަހަރު ގައުމު އަނދަވަޅަކަށް ވައްޓާލާފަ ބެޗީމަ ލައްކަ އުނދުގުލާ މަސައްކަތުން ސަލާމަތްވި. މިފަހަރު ލާހިކެއް ނޫން. މިވެރިކަން ގެނައި މައުމޫނާއި ގާސިމާ ވޯޓުދިން ކޮހުން ތިބޭ ކޮނޑުހުޅު ނެއްޓެންދެން އަތް ޖަހަން.
އަލީ ރާޖާ
14 December 2019
މައްސަލައަކީ ކޮބާ. މިގައުމުގަ އޮންނާނެ ބައިގަނޑެއް. ނަޝީދާ އެމްޑީޕ ދުވާލު ނުކުމެފަ މިއީ ރޭގަނޑޭ ބުންޏަސް ގަބޫލްކުރާ. އެހެންވީމާ ގައުމެއް ދީނެއް މިއްލަތެއް މުހިއްމެއް ނުވާނެ. މުހިއްމުވާނީ އެމީހުން ބުނާ އެތި. އެމީހުން ނުކުމެފަ އަހަރުމެންނަށް ފައިދާވާނީ މިތަން އިންޑިއާގެ ސްޓޭޓެއްގެ ގޮތުގަ އޮތުމޭ ބުންޏަސް (މިހާރުވެސް ފާޑަކަށް އެގޮތަށް މިއޮތީ) މިބުނި ބައިގަނޑު އާދެ މަސާހިބޭ ކިޔާފަ އަތް ޖަހާނެ.
ފާހަގަ
14 December 2019
އަހަރެމެން ދެން އަޅާނީ އިންޑިޔާ ސާޅީ
ކުމްކުމް
13 December 2019
ދިވެހިން ދިވެހިންގެ ގޮތުގައި ތޯ މިތިބެވެނީ
އަލީ ރާޖާ
14 December 2019
ދިވެހިން ބޭނުންވަނީ "މިގޮތް" ކަން އެމީހުން ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބުން ދައްކައިދީފަ އެއޮތީ. ދެން ތިބޭ ފިތިގެން.
ހުތާ
13 December 2019
އިންޑިޔާގެ ޕްލޭނަކީ އެމީހުންގެ ބާރު ހިނގާ ފުލްކޮންޓްރޯލް އޮންނަ ގައުމަކަށް ދިވެހިރާއްޖެވުމެވެ. އމީހުން ޕްލޭން ހަދަނީ ދިވެހިން ޕްލޭން ހަދާހެން ފަސްއަހަރަކަށް ނޫނެވެ. އެމީހުންގެ ޕްލޭން ހަދަނީ 100 އަހަރަށް 50 އަހަރަށެވެ.
އޮނަރަބްލް އަފީފު ދީދީ
13 December 2019
އިއްޒަތްތެރި ރައީސް. ރާއްޖޭގެރައްޔިތުން ވެރިކަމުގެނިޒާމް ޒަމާނީކުރަންބޭނުން. އެގޮތުން ލާމަރުކަޒީކުރިކަމުގައިވިޔަސް މާނަވީގޮތަކަށް ފަންގްޝަން ނުކުރޭ. # މިވަގުތު އިންޑިޔާގެ އެހީތެރިކަން ހޯދަންވީ ފެޑަރަލް ބާރުވެރިކަން ރާއްޖޭގައި ޤާއިމްކުރެވިދާނެތޯ ބެލުމަށް. # މިގޮތުން ތިލަދުންމަތިން ފާދިއްޕޮޅަށް، ނޯތްޕްރޮވިންސް، ކ.އަތޮޅުން(މާލެއާއިއެކު)ދާލަށް ސެންޓްރަލް ޕްރޮވިންސް، ފާދިއްޕޮޅުން އައްޑުއަށް ސަދާރންޕްރޮވިންސް ހެދުމުގެ ދިރާސާއަށް އެހީތެރިކަން ހޯއްދަވާ.