އއ. މާޅޮހު ސްކޫލުގެ ދަރިވަރުންގެ ސްކޫލުގައި ނާސްތާ ނަގަނީ.--
23 ޑިސެމްބަރ 2019 - 16:14
މި އަހަރުގެ ކިޔެވުން ނިމުނުއިރު، ހެނދުނު ދަންފަޅީގައި ކިޔެވި 83 ޕަސެންޓް ދަރިވަރުން ނާސްތާ ޕްރޮގްރާމުގައި ބައިވެރިވިކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން، ސަރުކާރުގެ ސްކޫލުތަކުގައި މި އަހަރު އަލަށް ދޭން ފެށި ނާސްތާ ޕްރޮގްރާމުގައި 213 ސްކޫލަކުން 46،259 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.
ހެނދުނުގެ ދަންފަޅީގައި މި އަހަރު 55،808 ދަރިވަރުން ކިޔެވި އެވެ. އެހެންވެ ނާސްތާ ޕްރޮގްރާމުގައި ބައިވެރިނުވަނީ 9،549 ދަރިވަރުންނެވެ.
ދަރިވަރުންނަށް ހެނދުގެ ނާސްތާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދުގެ ދަށުން އެންމެ ފުރަތަމަ މި އަހަރުގެ ފުރަތަމަ ޓާމުގައި ނާސްތާ ދިނީ 25 ސްކޫލެއްގަ އެވެ. އެއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފެށީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ދިނުމުގެ ވައުދު ފުރިހަމަކުރުމަށް ފަހުގަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވެފައިވާ ގޮތުގައި ދަރިވަރުންނަށް ނާސްތާ ދޭން ފެށުމުން ސްކޫލު މާހައުލުގައި ކުދިން ބަލިވާ މިންވަރު މަދުކުރެވި، ކިޔެވުމަށް ދަރިވަރުން ދޭ ސަމާލުކަން ވަނީ އިތުރުކުރެވިފަ އެވެ. އޭގެ އިތުރުން އިޖުތިމާއީ ގުޅުންތައް ވެސް ނާސްތާގެ ސަބަބުން ރަނގަޅުވި ކަމަށާއި ދަރިވަރުންގެ ހާޒިރީ ވެސް ރަނގަޅުވި ކަމަށް، މިދިޔަ އޮގަސްޓް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
"ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، ދަރިވަރުން ފިލާވަޅަށް ދޭ ސަމާލުކަން ހަމަ އިތުރުވެގެން ދިޔަކަމަށް ހުރިހަ ޓީޗަރުން ވެސް އެއްބަސްވެލައްވާ. އަދި ހަމަ އޭގެ އިތުރުން އެސެމްބްލީގައި ތިއްބާ އަނބުރައިގަނެގެން ވެއްޓޭ ކުދިންނާއި ހެލްތު ރޫމަށް، ބަނޑުގައި ރިއްސާތީ އަދި ބޮލުގައި ރިއްސާތީ ދާ ކުދިންގެ އަދަދު ހަމަ މަދުވެގެން ދިޔަކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ނާސްތާ ޕްރޮގްރާމުގެ ފުރަތަމަ އަހަރަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
24 December 2019
ތި ނާސްތާ ޕްރޮގްރާމް ދޭންވީ ހޮޓާތަކުން؟ އަހަރުމެން ކެއުމަށް ކޮންމެ ދުވަހުކު 150 ރުފިޔާ އެބަދޭ!
މުޖޭމީ
24 December 2019
ރާއްޖޭގެ ވަރަށްގިނަކުދިންނަށް ބޭނުންވާ އިރުގެއަލިކަން ނުލިބުމުގެ ސަބަބުން ހަމުގެބަލިތައް ދަނީ އިތުރުވަމުން. މިކަމަކީވެސް ވިސްނަންޖެފައިވާކަމެއް.
ދިއްދޫ ހަންދަރު ޙަސަނު
24 December 2019
ސަރުކާރުން މަދަރުސާ ތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭންފެށި ފެށުމަކީ ދަރިވަރުންގެ ހެދި ބޮޑުވުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް މިކަމުގެ އެދެވޭ ނަތީޖާ ފެންނަން ދުވަސް ކޮޅެއް ނަގާނެ މީގެ ނަތީޖާއަކަށް ވާނީ ހެނދުނު ހެނދުނާ ނާސްތާ ނަގައިގެން އޮފީހަށް ދާން ފެށުން މަސައްކަތުގެ މާހައުލު ގަޑިޔަށް މުވައްޒަފުން ދޮންވެ ފައްކާވެ ދުޅަހެއުކަން އިތުރުވެފަ ތިބުން
ޓީނަ
24 December 2019
ދޮގު.. އަަހަރު ނިމުން އިރު ވ ގިނަ ދަރިވަރުން ތިޔަ ކަމުން އެއްފަރާތް ވެއްޖެ.. އެންމެ ފަހު ދުވސްކޮޅު މިސކޫލުގެ 50 ޕަސެންޓުވެސް ތިކަމާ ނޫޅެ
ޖަޒީރާ ރަދީފް
24 December 2019
ނާސްތާ ޕްރޮގްރާމުގަ މަގޭ ދަރިވެސް ބައިވެރިވި، އެކަމަކު މެނޫގަ ހުންނަ އެއްޗެހި ކަމުނުދާތީ އެކުއްޖާ އޭގެ ބޭނުމެއް ނުކުރޭ، ބައިވެރިވިނަމަވެސް އޭގެ ބޭނުން ނުކުރާ މިފަދަ ކިތަމެ ކުދިންނެއް އެބަތިބި. ކުދިންނަށް ހެނދުނުގެ ނާސްތާއެއް ދޭން ބޭނުންނަމަ ރައްޓެއްސެއްގެ ޖީބު ބޮޑުކުރަން ބަޔަކާ ހަވާލުކޮށްގެން މިކަން ކުރުމުގެ ބަދަލުގައި ބެލެނިވެރިޔާގެ އެކައުންޓަށް ކަނޑައެޅޭ އަދަދު ޖަމާކޮށްލަދިނުން މާރަނގަޅުވާނެ،
@ރަދިފް
24 December 2019
ނާސްތާ ބޭނމުން ނުވާ ކުދިން ނޯޓްކޮށްފަ އެކުދިންނަށް ޗާރޖް ނުކުރާ ގޮތަކަށް ހަމަޖެއްސުން މުހިއްމު
ޙަގީގަތް
24 December 2019
މަބުނާނީ ނާސްތާޕުރޮގުރާމާކީ ބޮޑުއިސްރާފެކޭ ކުދިންނައް އެހާކަމަކުނުދޭ މުވައްޒަފުން ޓީޗަރުން, ސްޓާފްރޫމައް ގެގޮސްގެން ކަނީ ނުކެވޭބާ ގެއައްވެސް ގެންދަނީ ސަރުކާރުން މިކަމާވިސްނަާލާ
ކަޅުމަރިޔަނބު
24 December 2019
ކަނޑައެޅިގެން ދޮގެއް! ބޮޑުވެގެންވާ ދޮގެއް!
ސައްހަ ކަރެޕްޝަން
24 December 2019
ކަރިކިއުލަ މް ތަންފީސް ނުވޭ ޓީޗަރުންގެ މޯޓިވޭސަން ގެއްލިފައި ބުރެކުފަސްޓް ޕްރޮގުރާ މަކީ ވޭސްޓެއް 6 މަސް ދުވަހުން މިޕްރޮގުރާމްގެ ސަކުސަސް ކިޔައިދޭން ނޭގޭނެ ހެދޭނީ ދޮގު
ާއުނިމާ
23 December 2019
ކަރިކިޔުލަމް ތަންފީޒު ނެވެގެން ބެލެނިވެރިން ކޮޅުކޮޅުމައްޗަށް ދުވެހދާއިރު ކޮންނާސްތާއެއްގެ ވާހަކަތޯ؟
ނިކަމެތިއަޅާ
23 December 2019
ތީބަޔަކަށް ލިބިފަ އޮތް ރަންބިސްއަޅާ އަސްދޫންޏެއް، ކޮލިޓީ ވ. ދަށް، ބަލާނެ ބެލެނިވެރި ފަރާތެއްނެތް... ގިނަކުދިން ނުބައިކަމުން ކާންނުކެރޭތީ ނުކައި ޑަސްބިނަށް އަޅާލަނީ، އެހެނަސް ކިހާ ސަޅި %83!!!