ޖަމީލް: ގާސިމްގެ މަރާ އެކު، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ ނިޒާމް މުރާޖާ ކުރަންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
25 ޑިސެމްބަރ 2019 - 14:48
ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ހަމަލަދީ މަރައިލުމުން އެނގެނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު އަލުން މުރާޖައާ ކުރަންޖެހޭ ކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ޓެކްސީގެ ތެރެއިން ގާސިމް އަތުން ފޭރެން އުޅުމުގެ ތެރޭގައި އޭނާގެ ކަރަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ވަނީ މަރުވެފަ އެވެ. އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ އަހުމަދު އަދުހަމަކީ މަސްތުވާތަކެއްޗާއި ފޭރުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. އަދި ގާސިމް އަތުން ފޭރެން އުޅުމުގެ ތެރޭގައި އޭނާ އަށް ހަމަލަ ދިން އިރު ވެސް އަދުހަމް ހުރި މަސްތުގެ ހާލަތުގައި ކަމަށް އޭނާއާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ. މިހާރު ވެސް އަދުހަމްގެ މައްޗަށް ޑްރަގް ކޯޓުން ކޮށްފައިވާ ރިހެބިލިޓޭޝަން އަމުރެއް އޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ، އެންމެ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށާއި އެހެންވެ، ޑްރަގް ކޯޓަށް އަދިވެސް އިތުބާރު ކޮށްގެން ތިބެންވީތޯ އޭނާ ސުވާލު އުފައްދަވައިފަ އެވެ. އަދި ގާސިމްގެ މަރުން ލިބުނު ފިލާވަޅުން މި ނިޒާމު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށް ޖަމީލް ވިދާޅުވި އެވެ.
މަސްތުވެފައި ތިބޭ މީހުން މަގުމަތީ ހިނގައިނުގަނެވިފައި. އެންމެ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަނީ އެ މީހުން. އަދިވެސް ޑްރަގް ކޯޓަށް އިތުބާރުކޮށްގެން ތިބެންވީތޯ؟ މަރްޙޫމް ޤާސިމްގެ ހިތާމަވެރި، އަނިޔާވެރި މަރުން ފިލާވަޅު ލިބިގަނެ މި ނިޒާމް އަލުން މުރާޖަޢާކުރަންޖެހޭ pic.twitter.com/4JyixV80nb
— Mohamed Jameel Ahmed (@MJameelAhmed) December 25, 2019
ޖަމީލްގެ ޓްވީޓް
ގާސިމަށް ހަމަލާދިން ކަމަށް ތަހުގީގުގައި އެއްބަސްވެފައިވާ އަދުހަމް އެ ހާދިސާ ހިނގި ދުވަހުގެ ހެނދުނު ފެށިގެން އުޅެމުން ދިޔައީ މަސްތުގެ ހާލުގައި ކަމަށާއި އޭގެ ފަހުން އޭނާ މަސައްކަތް ކުރަމުން ދިޔައީ ފައިސާ ފޭރުމަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ގާސިމްގެ ޓެކްސީ އަށް އަދުހަމް އަރައި، ފޭރެން ކުރި މަސައްކަތުގައި ގާސިމް މަރުވީ އެކަމަށް އޭނާ ދެކޮޅު ހަދަން ފެށުމުން އޭނާގެ ކަރަށް ވަޅިން ދެވުނު ހަމަލާއެއްގައި ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
26 December 2019
ޖަމީލުވެސް މިހުރީ މުރާޖާ ކުރަން ޖެހިފަ! ކިޔަވައިގެން ހުރެ މިވަރަށް ހުސްއަނގަ ތަޅާ މީހަކު އެބަ އުޅޭ ބާ؟
ކޮސްގޮވާ
25 December 2019
ޖަމީލް އުޅުއްވަނީ ކޮންޕާޓީއެއްގައި ތޯ؟ މިބޭފުޅާ ވަކިސިޔާސީ ޕާޓީއެއް ހަދައިގެން ސަރުކާރަށް ފާޑުކިޔަން އުޅެންފެނޭ!
އަލްޖިބްރާ
25 December 2019
ކަލެއަށް ބާރު ލިބުނު ދުވަހު ހުރިހާހަޑިއެއް ހާވާފަ ކަލޭހުރީ ގޮސް ފިލާ ! ފިލާހުރެގެން އޭރު އޮތް ޔާމީނުގެ ސަރުކާރަށް ބެވި ހަދާން ނެތުނީތަ ؟ މިހާރު ކަން ކަން މުރާޖަޢާ ކުރަން ބުނަން ކަލެއަކަށް އެއްވެސް ހައްޤެއް ނެތް ! އެހެންނޫނަސް ކަލޭ ، އުމަރު ، އަދުރޭ ، ސައީދު ، މިޒާތުގެ މީހުން ދައްކާ ވާހަކަ ޤަބޫލު ކުރާނީ ހަމައެކަނި މޮޔައިން !
އަހިމަދު23
25 December 2019
ޖަމީލްތީ ފެއިލްވެފަހުރިމީހެއް އަދި އިހްލާސްތެރިއެއްނޫން. . ތިދައްކާވާހަކަ ބަލައެެއް ނުގަނެވޭނެ. ރައްޔިތުންނަށް ކަމެއްކޮށްދޭން ބޭނުންނަމަ ސިޔާސީ ކަންކަމުން ދުރައްގޮސް ރައްޔިތުންނަށް ފައިދާހުރިކަމެއް ކުރުން މާއައުލާކަންބޮޑުވާނެ.
ސެޓީ
25 December 2019
ޖަމީލޭ ކިޔައިގެން ނޫހެއްގައި ޖަހާ ޙަބަރަކަށް ކޮށްފައިވާ ކޮމެންޓުގެ 99 ޕަސަންޓު ހުންނަނީ އޭނާއާއި މުޅީންވެސް އިދިކޮޅަށް، އަދި އޭނާ ސިޔާސީ ބޮޑެތި ކަންކަމުގެ ތެރޭގައި ބަސްބުނެ އުޅޭތީ ރައްޔިތުން އެކަމާއި ނުހަނު ނަފުރަތުކުރޭ. ނޫސްވެރިން އެބަޖެހޭ ތަންކޮޅެއް ޕްރޮފެޝަނަލްވާން. ޖަމީލުގެ ޙަބަރު ކަވަރުކުރަން ޖަމީލަކީ ކާކު؟ ކޮބާ އޭނާގެ ހައިސިއްޔަތަކީ؟ އޭނާއަކީ ކުށެއް ސާބިތުވެގެން އަޒުލުކުރި ކުރީގެ ނައިބުރައީސް.
ބުޒުރާދީ
25 December 2019
ނޫސްވެރީން އެބަޖެހޭ ރައްޔިތުންނަށް ފުރައްސާރަކުރުން ހުއްޓާލަން. ޖަމީލަކީ ސިޔާސީ ނިޒާމުން ރައްޔިތުން ބޭރުކޮށްފައިވާ މީހެއް. އަދި ގައުމަށް ޢައްދާރުވުމުގެ ކުށުގައި ގާނޫނު ހަދާ މަޖްލީހުން އޭނާގެ ނައިބު ރައީސްކަން އަޒުލުކުރެވި، ހުރިހާ އިނާޔަތްތަށްވެސް ކަނޑާލާފައިވާ މީހެއް. އޭނާއަކީ 200 ވޯޓު ނުލިބުނު މީހެއް. މިވަރު މީހެއްގެ ވާހަކަ، މާ ބޮޑުކޮށްގެން ނޫސްތަކުގައި ލިޔުމަކީ ރައްޔިތުންނަށް ފުރައްސާރަ އާއި ޖެއްސުންކުރުން. މިކަން ހުއްޓާލުމަށް ގޮވާލަން.
ހައިރާން
25 December 2019
ތިޔަކަންތަކުގެ ޙައްލު ހޯދަން ޖަ މީލު ނައިބު ރައީސަކަށްހުރެގެން އުޅުނިންތަ؟ ޢޭރު ހޭވި ހަޑިއަށް އަ މިއްލައަށް ފާޑު ތިކިޔަނީ މިހާރު.
ގުރަހަ
25 December 2019
ނިޒާމު ހިންގޭގޮތް ހަދާފަ ބުނެބަލަ. ތިޔަ ނިޒާމު އިސްލާހުކުރަން ޖަމީލު ޑްރަގް ކައުންސިލް ޗެއަރކުރި އިރު ކުރިކަމެއް ބުނެބަލަ. އެންމެ އަސާސީ މަރުކަޒު، ރިމާންޑު ސެންޓަރުވެސް ވުޖޫދުގަ ނެތް. ޖަމީލު މިނިސްޓަރުމަކުން އެއީ ހިތުހުރި އެއްޗެއް ކިއުމަށް ލިބޭ ލައިސަންސެއް ނޫން. ސެންޓަރު ނޭޅުމަކީ ޑްރަގް ކޯޓުގެ މައްސަލައެއްތަ؟ ޒިންމާދާރު ނޫސްވެރިކަމަކީ ތުހުމަތުކުރި ކަންކަން އޮތީ ކިހިނެއްކަންވެސް ބުނެދިނުން
ވފރ67
25 December 2019
ސިޔާސީ މަސައްކަތް ކުރެވޭނެ އުޞޫލުތަކެއްވެސް އެބަޖެހޭ ކަނޑައެޅެން.. މީހާގެ މިޒާޖާ ރުޅިއާ ފެއިލްވެފައިވާ މިންވަރާ ބަލާފަ ސިޔާސީ މަސައްކަތް ކުރުމުގެ ހުއްދަދޭން ފެނޭ.. މިހާރު އެކްސްޕަޔަރ ވެފަ ހުރި ޕްރޮޑަސްކްޓް ތަކުން ދައްކާ ވާހަކަތައް ބަލައެއް ނުގަންނަން.. ވަރަށް ވެދުން
ވައިސޫރި
25 December 2019
ޖަމީލަކީ ދެން ކާކު ތިޔައީ ބޮޑު ފޭލިޔަރެއް އެއްވެސްމީހަކު ބަލައެއް ނުގަންނާނެ