14 ޖެނުއަރީ 2020 - 16:11
ހިމަބިއްސާއި ރުބެއްލާއިން ދިފާއުވުމަށް ދޭ އެމްއާރް ވެކްސިން ދެ ލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ލިބެނޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އާދަޔާ ހިލާފަށް ގިނައިން ހިމަބިހި ފެތުރިގެން ނުދާ ހާލަތުގައި ވެކްސިން ދެވޭ ވަރަށް މިހާރު ވެސް ރާއްޖޭގައި ވެކްސިން އެބަހުރި ކަމަށެވެ. އަދި ސިއްހީ ދާއިރާގައި، ބަލިމީހުންނާ އެންމެ ގާތުން މަސައްކަތް ކުރާ ފަަރާތްތަކަށް މިހާރު ވެސް ވެކްސިން ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ބައިނަލްއަގުވާމި ފަރާތްތަކާ، ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދެކެވި މިވަގުތުން މިވަގުތަށް އަޅުގަނޑުމެންނަށް ދެ ލައްކަ މީހުންނަށް ވެކްސިން ދެވޭނެ ވަރަށް ވެކްސިން ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖެހިފައި،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލިބޭ ގޮތަށް ހަމަޖެހުނު ވެކްސިން ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭ ވަރު ވާނެ ކަމަށެވެ.
ހިމަބިހި ކޮންޓްރޯލް ވިޔަސް ވެސިން ދިނުމުގެ ޕްރޮގްރާމެއް ތިން މަސް ދުވަހަށް ކުރިއަށް ގެންްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތިން މަސްދުވަހަށް އަޅުގަނޑުމެން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނަން. އެ ޕްރޮގްރާމްގެ ތެރެއިން އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުން ހުރިހާ އެންމެންނަށް ވެސް ވެކްސިން ދެވިފައި ތިބިކަން،" އަމީން ވިދާޅުވި އެވެ.
ހިމަބިހި ޖެހިގެން ތިން އަހަރުގެ ފިރިހެން ކުއްޖަކަށް މިދިޔަ ހަފުތާގައި ފަރުވާ ދީ، ދޫކޮށްލި ފަހުން 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިން ވެސް އެ ބަލި ވަނީ ފެނިފަ އެވެ. ރާއްޖޭގައި ހިމަބިހި ފެތުރޭކަން އިއްޔެ ރަސްމީކޮށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިމަބިހި
15 January 2020
ތިވަރުން ކިރިޔާ ހެނވޭރު ބަނގުލަދޭޝް ބޭފުޅުންނަށްއެކަނި ވެކްސިންދެވޭނީ ދެންދިވެހި ބައިވަރުގަނޑަށް ހަދާނީކިހިނެއް
ދޮންހިޔަލަ
15 January 2020
ހިމބިހިގެ ނުރައްކާ އޮތްވަރު ވިސްނާލައްވާ. ވިހައިގެން 9 މަސް ފަހުން ބޭބީއަށް ހިމަބިހީގެ ވެކްސިންދެނީ. ހިމަބިހި ޖެހިގެން ހޮސްޕިޓަލަށް ދާ މީހާ ދާ ފަހުންވެސް އެ ވައިރަސް އެތާ ހިފާފަ ހުރޭ. އެހެންވީމަ ކުޑަކުއްޖާ ވިހައިގެން ގެއަށްދާއިރުވެސް އެކުއްޖާއަށް ޖެހުމުގެ ފުރުޞަތު އެބައޮތް. މިއީކީ ވެކްސިން ޖަހާފަ ތިބި މީހުންނަށް އޮތް ބިރެއްނޫން. އަލަށް އުފަންވާ ކުދިންނަށާ އެކުދިންގެ މައިންބަފައިންނަށް އޮތް ބިޑު ބިރެއް.
ޖެކް
15 January 2020
މައިމީހާއަށް ހިމަބިހި ކުރިން ޖެހިފައިވާނަމަ ( ބަނޑުބޮޑުވުމުގެ ކުރިން) އޭނާގެ ގައިގައި ހުންނާނެ ހިމަބިއްސަށް ދިފާއީ އެންޓިބޮޑީސް އުފެދިފައި. އެ އެންޓިބޮޑީސް ދަރިފުޅަށްވެސް ވާރުތަވާނެ. އޭގެ އަސަރު ދަރިފުޅަށް ހުންނާނެ 3 އަހަރު ވަރުވަންދެން. މިހާރު އެނގިއްޖެތަ ﷲ އިންސާނާގެ ދިފާއީ ނިޒާމް އުފައްދަވާފައި ހުރި މޮޅުކަން
ދަވާލި19
15 January 2020
ބަޔަކަށްލޮލައް ފެންނާނެތަ؟ ތިޔަ ވިދާޅުވި 10 ދުވަސް ގުނާނީ ބަންދުވަސް ހިނަނައިގެންތަ؟
ނަސްރު
14 January 2020
2 ލައްކަ ވިސާއާ ނުލާ ސަރުކަރުން ގެންގުޅޭ ބިދޭސީންނަށް ތިޔަ ޖަހާ، އޭރުން ރައްޔެތުން ސާލާމްތްވީ
ޙަސަންމަންމަ
14 January 2020
ތިވެސް ހިލޭ ދެއްތޯ؟ ޑަބްލިޔު އެޗްއޯ ގެ ހިލޭ އެހި އެއްނޫންބާ. ޓެކުސްލާރިން ކުރެވޭ ކަމެއް ނެތް
ޅަބޭ
14 January 2020
ދެ ލައްކަ މީހުންތަ ރާއްޖޭގަ އުޅެނީ؟؟
ހައްޤުތެދުބަސް
14 January 2020
ބައްޔެއް ފެތުރުނަސް އުޅޭ އެންމެންނަށަ އެބަލިޖެހޭތަ؟؟ ހައްސަކޮށް ދުރުގަ ހުންނަ ޖަޒީރާ ރަށްތަކެއްގަ ދިރިއުޅޭއިރު؟؟ އެ ބުނީނު އައުޓް ބުރޭކެއް އައިސްފިއްުޔާ އެވަރަށް ވެސް ވެކްސިން ލިބޭނެއޭ.. އެއީ މިވަގުތު ހުރިވަރު ދެޓްސް މޯރދެން އިނަފް ފޯ ނައު.. އަބަދުވެސް ފިތުނައެއް ފަސާދައެއް ހެދޭތޯ ވާނެ އުޅެން
ފަލަޑޭ
14 January 2020
މޭން 2 ލައްކަ މީހުންނަށް ވެކްސިން ޖަހާކައްނުޖެހެ ޔޭ ތިޔޯ ބޮޑުވަރު!
ބުރާންތިމެން
14 January 2020
ދެ ލައްކަ ހޯދީމަ ކޮބާހޭ ފަސް ލައްކަ.. ފަސް ލައްކަ ހޯދީމަ ދިހަ ލައްކައަށް ގޮވާނެ... ކަލޭމެން ދުވަހަކުވެސް ރަނގަޅުވާނެތަ
މީހުންދޯ
15 January 2020
މިމީހުން ބަނީ އަސްރާއިލް މީހުންނަކަށް ދުލެއް ނުކުރޭ. ހެޔޮގޮތެއް އެއްގޮތްވެސް ނުވާނެ. މިލިއަނެއް ބަލަގަ އަދި ނުގެނެވިފަ ނެތެެއްނުން. ދެ ލައްކަ އަށް އެއްފަހަރާތަ ޖަހަނީ
ގައުމީ ލޯބީގާ
14 January 2020
ސާބަހޭ ހެލްތު މިނިސްޓަރު.. ގައުމައިގެން ހަމަ ކުރިއަށް...