ލައިފްސްޓައިލް / އިންޓެލިޖެންސް މައުލޫމާތު

އެންމެ ވިސްނުން ތޫނު ލިސްޓަށް ތިން އަހަރުގެ ކުއްޖެއް

ދުނިޔޭގެ އެންމެ ވިސްނުން ތޫނު ނުވަތަ އައިކިއު އެންމެ މަތި މީހުންގެ ތެރޭގައި އެންމެ ތިން އަހަރުގެ ކުއްޖަކު ހިމެނިއްޖެ އެވެ.

ހިސާބަށް އާދަޔާހިލާފަށް މޮޅު ކުއްޖެއްގެ ގޮތުގައި ފާހަގަކުރެވުނު ކުއްޖާ އަށް މިހާރު ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އިންޓަނޭޝަނަލް އައި އައިކިއު ސޮސައީޓީ ކަމަށްވާ އިނގިރޭސިވިލާތުގެ މެންސާގެ މެމްބަރަކުން ވަނީ ލިބިފަ އެވެ. މިއީ އެ ސޮސައިޓީގައި ހިމެނޭ އެންމެ ހަގު މެމްބަރު ވެސް މެ އެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅޭ މި ކުއްޖާ އަކީ މެލޭޝިއާ އަށް ނިސްބަތްވާ މުހައްމަދު ހަރީޒް ނަދްޒިމެވެ. މެންސާ ޔޫކޭ އިން ބުނީ އެ ކުއްޖާ އަށް އައިކިއު ސޮސައިޓީގެ މެމްބަރުކަން ދިނީ ސްޓެންފޯޑް ބައިނޭ-އައިކިއު ސައިކޮލޮޖިކަލް ޓެސްޓުން 142 ހޯދުމުން ކަމަށެވެ. މާނަ އަކީ 100 އިން 99.7 ޕަސަންޓްގެ ނަތީޖާއެއް ހަރީޒް ހޯދުމެވެ.

މި ވަރުގެ ނަތީޖާ އެންމެ ތިން އަަހަރު ކުއްޖަކު ހޯދުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔައި މެންސާ ޔޫކޭގެ ޗީފް އެކްޒެކްޓިވް ޖޯން ސްޓިވިނޭޖް ވިދާޅުވީ ހަރީޒަކީ ހަމަ ހަގީގަތުގައި ވެސް އާދަޔާހިލާފު ވިސްނުން ތޫނު ކުއްޖެއް ކަމަށާއި މެންސާއާ އެ ކުއްޖާ ގުޅުމަކީ ބޮޑު އުފަލެއް ކަމަށެވެ.

މެންސާ އައިކިއު ޓެސްޓް ފަރުމާކޮށްފައި ހުންނަނީ އުމުރުން 10 އަހަރުން މަތީގެ ކުދިންނަށް ހާއްސަކޮށެވެ. އަދި 10 އަހަރުން ދަށުގެ ކުއްޖެއް ނަމަ އެ ކުއްޖެއްގެ އައިކިއު ޓެސްޓް ކުރިއަށް ގެންދަނީ އެކަމަށް ހާއްސަ އެޑިއުކޭޝަނަލް ސައިކޮލޮޖިސްގެ އެހީގަ އެވެ. ހަރީޒްގެ އައިކިއު ހެދީ އެގޮތަށެވެ.

އޭނާގެ މަންމަ އަދި އިންޖިނިއަރިން ދާއިރާ އިން ކިޔަވާފައިވާ އަނީރާ އެސިކިން ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅަކީ އާދަޔާހިލާފަށް ވިސްނުން ތޫނު ކުއްޖެއްކަން ވަރަށް ތުއްތު އިރުން ސުރެ ވެސް ފާހަގަވާން ފެށި އެވެ.

އިނގިރޭސިވިލާރުގެ ޑާހަމްގައި އާއިލާއާ އެކީ ދިރިއުޅޭ ދަރިފުޅާ ބެހޭ ގޮތުން އަނީރާ ބުނީ ހަރީޒަކީ ވަރަށް ގިނައިން ފޮތް ކިޔައި، ހިސާބަށް ލޯބިކުރާ ކުއްޖެއް ކަމަށެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ވެސް ހަރީޒް ވަނީ ހިސާބާއި ރީޑިން ޕްރޮގްރާމުން ސްކޫލުން އެންމެ މަތީ ނަތީޖާ ހޯދާފައި ކަމަށް ބުންޏެވެ.

"ދަރިފުޅުގެ ވިސްނުން ތޫނުކަމާ ހުރެ އަހަރެމެން އޭނަ އަށް ކިޔައި އުޅެނީ މިނީ ބްރެއިންބޮކްސް." އަނީރާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ހަރީޒަކީ ހަމަ ތިން އަހަރުގެ އެހެން ކުދިން ވެސް އާންމުކޮށް އުޅޭ ގޮތަށް އުޅޭ ކުއްޖެކެވެ. އެގޮތުން ކުޅެ، ސަކަރާތް ޖެހުމަކީ ހަމަ ހަރީޒްގެ އާދައެއް ކަމަށް ބުންޏެވެ.

"އަދި ފޮތްތައް ކިޔުމާއި އާޓާއި ކްރާފްޓްގެ ކޮންމެ ކަމަކީ ވެސް ދަރިފުޅު ވަރަށް ގަޔާވާ ކަންކަން،" އަނީރާ ބުންޏެވެ. "އަދި ލެގޯސް އާއި ޕްލޭ-ޑޯއާ އެކު ވަގުތު ހޭދަކުރުމަކީ ދަރިފުޅު ވަރަށް ގިނައިން ކުރާ ކަންކަން. އެކަހަލަ ކަމެއްގައި އޭނާ ނޫޅޭ ކަމަށް ވަންޏާ ވަރަށް ލަވަ ވެސް ކިޔާނެ."

ހަނީރްގެ މަންމަ ބުނީ ދަރިފުޅާ މެދު މުޅި އާއިލާ ވަރަށް ފަހުރުވެރި ކަމަށާއި އެއީ ބޮޑުވެގެން މުޖުތަމައަށް ވަރަށް އަގުހުރި ދަރިއަކަށްވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

0 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 3%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454