ޚަބަރު / ޔޫކޭ ޓްރެވެލް އެޑްވައިޒަރީ

ވަޅީގެ ހަމަލައާ ގުޅިގެން، އިނގިރޭސި ރައްޔިތުން ރާއްޖެ އައުމުގައި ސަމާލުވާން އެދިއްޖެ

ހުޅުމާލޭގައި ދިން ހަމަލާގައި ޒަހަމްވި ބަޔަކަށް ފަރުވާދޭން ހޮސްޕިޓަލްގެ އެމަޖެންސީއަށް ގެންދަނީ.--

ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް ހުޅުމާލޭގައި ދިން ވަޅީގެ ހަމަލާއާ ގުޅިގެން، އިނގިރޭސި ވިލާތުގެ ރައްޔިތުން ރާއްޖެ އައުމުގައި ސަމާލުވާން އެ ގައުމުގެ ސަރުކާރުން އެދިއްޖެ އެވެ.

ޗައިނާގެ ޓޫރިސްޓަކަށާއި ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ އާއި އޮސްޓްރޭލިއާގެ މީހަކަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ދިން ވަޅީގެ ހަމަލައާ ގުޅިގެން، އިނގިރޭސި ސަރުކާރުގެ ޓްރެވެލް އެޑްވައިޒަރީ އަޕްޑޭޓްކޮށް ބުނީ، ހަމަލައިގެ ޒިންމާ ނަގާފައި ވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށާއި ދިމާވެދާނެ ނުރައްކަލަށް ސަމާލުވާންޖެހޭ ޖެހޭ ކަމަށެވެ.

އިނގިރޭސި ވިލާތުން އަބަދުވެސް ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީގެ އަޕްޑޭޓްގައިވާ ގޮތުން، ޓެރަރިސްޓުން ރާއްޖޭގައި އެފަދަ ހަމަލާތައް ދިނުން އަދި ވެސް ވަރަށް ގާތެވެ.

އެ ހާދިސާގެ މައުލޫމާތު ހިއްސާކުރަން މިރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އަންގާރަ ދުވަހުގެރޭ 7:50 ހާއިރު ދިން ހަމަލާގައި ހަރުކަށި ފިކުރުގެ މީހުން ބައިވެރިވެ އަދި އެކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް ހަ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި، ހަރުކަށި ފިކުރާ ދެކޮޅަށް ސިފައިންނާއި ފުލުހުން ދާދި ފަހުން ޚާއްސަ އޮޕަރޭޝަނެއް ހިންގި ރ. މަޑުއްވަރީގެ ބަޔަކު ވެސް އެ ހަ މީހުންގެ ތެރޭގައި ހިމެނެ އެވެ. އެކަމަކު، ފުލުހުން އަދި އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.

ހުޅުމާލޭގެ ތަފާތު ތިން ސަރަހައްދަކުން ދިން މި ހަމަލައިގެ ޒިންމާ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ބެލެވޭ ޖަމާއަތަކުން ނަގާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ރޭ ވީޑިއޯއެއް އާންމުކުރި ނަމަވެސް އޭގެ ސައްހަކަން ދިވެހި ފުލުހުންނަށް އަދި ނުބެލެ އެވެ. އަދި އެފަދަ ވީޑިއޯތައް ޝެއާ ކުރާތީ ކަންބޮޑުވުން ފާޅުކޮށް، ފުލުހުން މިރޭ ބުނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެއީ ކުށެއް ކަމަށެވެ.

Maldives travel advice

Maldives travel advice

Latest travel advice for Maldives including safety and security, entry requirements, travel warnings and health

GOV.UK

އިނގިރޭސި ވިލާތުން ރާއްޖެ އަށް ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީ އަޕްޑޭޓް ކޮށްފައި.

އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް އިނގިރޭސި ވިލާތުން އަބަދުވެސް ރާއްޖެ އަށް ޓްރެވެލް އެޑްވައިޒަރީއެއް ނެރެފައި ވެ އެވެ. އެއީ، އެކި ހާލަތުތަކާ ގުޅިގެން އަޕްޑޭޓް ކުރާ އެޑްވައިޒަރީ އެކެވެ.

ރާއްޖޭގައި އުޅޭ ތިން ބިދޭސީއަކަށް ދިން ވަޅީގެ ހަމަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) ގެ ކުއްލި ބައްދަލުވުމެއް ވެސް ބާއްވަވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު، އެމަނިކުފާނު ނެރުއްވި ބަޔާނުގައި ވިދާޅުވީ، "މިފަދަ ހަމަލާތަކާއި ހަރުކަށި ފިކުރުގެ މިފަދަ އެހެން އަމަލުތަކަކީ ގައުމީ ސަލާމަތަށް ހުރި ވަރަށް 'ސީރިއަސް' ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށެވެ. އަދި ދިވެހިންނާއި ޜާއްޖޭގައި އުޅޭ ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އަންގާރަ ދުވަހުގެ ރޭގެ ވަޅީގެ ހަމަލަ އަމާޒުވި ތިން ބިދޭސީންގެ ތެރެއިން މިހާރު ވެސް ދެ މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. މި ހަމަލައިގެ މައްސަލަ ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަމަށް ވެސް މިހާރު ވަނީ އައިސްފަ އެވެ.

16 ކޮމެންޓް, 67 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 82%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިއްތި

08 February 2020

ވަރަށް ރީއްޗެއްނު. މިއޮތީ މިގައުމާ އުޅޭ އެންމެންނަށް ރަނގަޅަށް ހިމާޔަތްދެވިފަ. މިވެސް އަޅުވާ ކުރީ ސަރުކާރު ބޮލުގަ

The name is already taken The name is available. Register?

މުހަންމާ

07 February 2020

"ދިވެހިންނާއި ޜާއްޖޭގައި އުޅޭ ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ." ހަމަ މިފަދައިން ޔަގީންކަން ދެއްވި އަފްރާޝީމް އާއި ރިޟްވާން ގެ ގާތިލުން ހޯއްދަވާނެކަމަށް އެކަމަކު އަދިވެސް އެކަމެއްވެސް ނޭގުނު.

The name is already taken The name is available. Register?

ޢަލީ

07 February 2020

ހަރުކަށި ފިކުރުގެމީހުން ވަގުތީގޮތުން ތަނެއްގައި ބަންދުކޮށް އެމީހުން އެގެންގުޅޭ ފިކުރާއި މާތްވެގެންވާ އިސްލާމްދީނުގައި ﷲ އަންގަވާފައިވާ އަސްލު އުސޫލުތަކުގެ ހުރި ފަރަގު އަންގައިދީ, އެމީހުނަށް ވިސްނައިދިނުމަށްފަހުނޫނީ އެމީހުން މުޖުތަމަޢުގައި ދޫވެފައި ތިބެގެންނުވާނެ. އެއީ މިއަދު މިކުޑަކުޑަ ދިވެހިރާއްޖެއަށްއޮތް އެންމެބޮޑު ނުރައްކާ. މިކަން ޙައްލުކުރުމަށް ކުރާންޖެހުނު ކޮންމެކަމެއް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ޤައުމީ ދިފާޢީ ބާރުތަކަށް ދިނުމަށް ނުހަނު އިޙްތިރާމާއިއެކު އަދުގެ ސަރުކާރަށް ގޮވާލަން.ކުރިންނުވި ރައްކަލެއް ފަހަކުން ނުވެވޭނެ.އެއިރު އޮންނާނީ ވަގުތު ފާއިތުވެފައި.

The name is already taken The name is available. Register?

ސިރާޖު

07 February 2020

ހަމަ ތިގޮތަށް މަގުމަތީ އުޅޭ ނުލަފާ ޕާޓޭންނަށްވެސް ފިޔަވަޅު އަޅާލަބަލަ. އެމީހުންގެ ނުރައްކާ ވަރަށްބޮޑެވެ.

The name is already taken The name is available. Register?

އަލިމާ

07 February 2020

މިވަގުތު ރަގަޅު ފިޔަވަޅުން ތިކަން ފޮހެލަން ވަރަށް ފަސޭހަވާނެ. ފެތެރޭނީ ވައިރަސް އެއް ގޮތަށް. ހަރުކަށި މީހުންނަށް ހަރުކަށި ފިޔަވަޅުއަޅާ މުޖްތަމައުގައި އުޅޭއިރު އޭނަގެ ހުރިހާ މޫވްމަންޓްއެއް ބެލެންޖެހޭ. އެއްވެސް ޕްރައިވަސީ އެއް ދީގެން ނުވާނެ

The name is already taken The name is available. Register?

ޞދބދހ

07 February 2020

މިއުޅޭހަރުކަށިފިކުރުގެ މުއްލާއިންތައް ސީރިއާއަށްފޮނުވާލަބަލަ. ބޮޑުއުނދަގުލެއް. ދީނޭކިޔާފަ ރަސޫލާގެ މާތްއަހްލާގުތަކާނުގުޅޭގޮތަށްމިމީހުންކަންތައްކުރަނީ. ގުރުއާނުގަވެސްވަނީ ދީނަށްވެއްދުމުގަ މަޖުބޫރުނުކުރަން

The name is already taken The name is available. Register?

ޚާލި

07 February 2020

ހުސް ޑްރާމާ..

The name is already taken The name is available. Register?

ކުރުކުރު

07 February 2020

އިނގިރޭސިވިލާތުގައި މަގުމަތީގައި އެތައްބައެއްގެ ގަޔަށް ވަޅިޖެހިތާ މިވަނީ 2 ދުވަސް، ވަޅިޖެހިމީހާ ހުއްޓުވީ އޭނާ މަރާލައިގެން. އެކަމަކު އަދި އެއްވެސް ގައުމަކުން އެޑުވައިޒަރީއެއް ނުނެރޭ.

The name is already taken The name is available. Register?

ހާމަ333

07 February 2020

ދީން އެެއްވެސް ބައެއް ހަމަނުޖެހުން ހިންގަން ނުވަތަ ތިމާގެ ސިޔާސީ މަންފާއަށް ބެނުން ކުރެވިގެން ނުވާނެ....އިސްލާމް ދީނަށް ފާޅުގަ ބަސްބުނާ މީހުންނާއި އިސްލާމްދީނުގެ ނަމުގަ ލާއިންސާނީ އަމަލު ހިންގާ މީހުނަށް އަދަބުދެވެންޖެހޭ...އެ ހެޔޮ ޅަހުއްތުވިއަސް ދެންހުރި މީހަކުވިއަސް

The name is already taken The name is available. Register?

ލައިފް0000

07 February 2020

ތި ދެކަންތައް އެއްގޮތެއް ނޫން. ފުރާނައަށް އަރާގަންނަ ހެން މީހެއްގެ ދީނަކަށް އަނެކަކަށް އަރައެއް ނުގަނެވޭނެ. އެއްކަމަކީ އުގޫބާތުން ހުއްޓުވަން ޖެހޭ ކަމެއް. އަނެއްކަމަކީ ހޭލުންތެރި ކުރުވަންޖެހޭ ކަމެއް. ކޮންމެކަމެއް އަނެއްކޮޅުގައި ވިއްދާކަށް ނުޖެހޭ.

The name is already taken The name is available. Register?

ސަނާ މިނާ

07 February 2020

ރައްޖެ ނާއްނަން/ ބޮއިކޮޓް ކުރަން ގޮވި އެން. ޑީ. ޕީ ކުދިނނަށް މިހާރު އެގޭނެ މިކަމުގެ ހިތިކަން

The name is already taken The name is available. Register?

ޢަންދާނު

07 February 2020

ހެލޯ، ނޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއެއް ނޫނޭ!!! ހަހަހަ

The name is already taken The name is available. Register?

‫ސަނާ މިނާ ގެ އައްޕަ

07 February 2020

ހެލޯ! އަންދާނު. އޭނާ އެބުނީ ނޮން ޑިމޮކްރެޓިކް ޕާޓީ އޭ. ނޭނގުނަސް ކޮމެންޓުކޮށްފަ ބަހައްޓާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454