ގާސިމްގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން ޕީޖީ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
12 ފެބުރުއަރީ 2020 - 14:20
ޓެކްސީ ޑްރައިވަރުގެ ގާސިމް ހަސަން މަރާލި ކަމުގެ ދައުވާ ލިބޭ އަދުހަމް މުހައްމަދާ އެކު އެކުލަވާލާފައިވާ އިއުތިރާފްގެ އެއްބަސްވުމުގައިވާ ގޮތުން ވާރިސުން މާފު ދީފި ނަމަ އޭނާ އަށް އަންނާނީ 17 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލެއަށް ގެންގޮސް ގާސިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރައިލި މައްސަލައިގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އޭނާ ވަނީ ގާސިމް މަރާލި ކަމަށް ތަހުގީގާއި މިއަދު އޮތް ޝަރީއަތުގައި ވެސް އެއްބަސްވެފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ޝަރީއަތް ފެށި މައްސަލައާ ގުޅޭ ގޮތުން ޕްރޮސިކިއުޓަ ޖެނެރަލް ޝަމީމް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އަދުހަމް ވަނީ ކުށަށް އިއުތިރާފްވެފައި ކަމަށެވެ. ކޯޓުގައި އެކަން ހިނގައިދިޔަ ގޮތް ކިޔައިދޭން އެއްބަސްވުމުން އޭނާއާ އެކު ޕީޖީ އޮފީހުން އިއުތިރާފްގެ އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އިއުތިރާފް އެއްބަސްވުމަކާ އެކު ދައުވާ އުފުލި ނަމަވެސް އެ މައްސަލަ ސާބިތުކުރެވޭ ވަރަށް ތަހުގީގުގައި ފުލުހުން ހެކި ހޯދާފައިވާ ކަން ވެސް ޕީޖީ ފާހަގަކުރެއްވި އެވެ.
މަރުގެ މައްސަލަތަކުގައި އެންމެ ބޮޑު އަދަބަކީ މަރުގެ އަދަބު ނުވަަަތަ 25 އަހަރުގެ ޖަލު ހުކުމެއް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އަދުހަމާ އެކު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން އެއްބަސްވުމެއް ހެދީ އިއުތިރާފްވުމާ އެކު ޝަރީއަތުގައި ކަން ހިނގި ގޮތް ކިޔައިދޭން އެއްބަސްވުމުން ކަމަށެވެ.
"މި އެއްބަސްވުން ހެދީމަ އަޅުގަނޑުމެންނަށް ވާ ފައިދާއަކީ ވަރަށް ގިނަ ވަގުތު އެބަ ސަލާމަތްކުރެވޭ، ވަރަށް ގިނަ ޚަރަދު އެބަ ސަލާމަތް ކުރެވޭ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ކޯޓުތަކުގައި ތާވަލްކުރި 20،000 އަށް ވުރެ ގިނަ މައްސަލަތަކުގެ ތެރެއިން 13،000 މައްސަލަ ބޭއްވި އިރު ކޮންމެ މައްސަލައަކަށް ވަރަށް ބޮޑު ހޭދައެއް ހިނގި އެވެ. މާލެ އާއި އަތޮޅުތަކުގެ ކޯޓުތަކުގައި ކުރިއަށް ގެންދާ މައްސަލަތަކުގައި އެއްބަސްވުމެއް އެކުލަވާލުމުން ޚަރަދުގެ ގޮތުން ވަރަށް ބޮޑު ލުޔެއް ލިބޭ ކަން ޕީޖީ ފާހަގަކުރެއްވި އެވެ.
"މިގޮތަށް އެއްބަސްވުން އެކުލަވާލީމަ ޝަރީއަތެއް ނުހިނގާނެ. ޝަރީއަތް އޮންނާނީ އިއުތިރާފް ކަށަވަރުކުރަން. މި މައްސަލައިގައި އޭނާ [އަދުހަމް] އެ ގޮތަށް ކުރިއަށް ދާން ބޭނުންވާތީ އެއްބަސްވުމެއް ހެދީ،" ޝަމީމް ވިދާޅުވި އެވެ.
އަދުހަމަށް ވާރިސުން މާފު ދޭނެތޯ ނުވަތަ ނޫންތޯ ބަލާނީ ޝަރީއަތުގަ އެވެ.
އަދުހަމާ އެކު ޕްލީ ބާގެއިން ނުވަތަ އިއުތިރާފްގެ އެއްބަސްވުމެއް ހެދިއިރު ކުށްކުރާ މީހާ އެ ކުށަށް އިއުތިރާފްވާން އެއްބަސްވުމުން ދައުލަތުން ދެވެން އޮންނަ ލުޔެއް ދިނުމަކީ ޕީޖީ ގެންގުޅުއްވާ ވިސްނުމެކެވެ. ބަންޑާރަ ނައިބާ ވެސް ވާހަކަ ދައްކައިގެން ޕްލީ ބާގެއިނިން ސިސްޓަމެއް ހެދޭނެ ގޮތެއް ހޯއްދަވާނެ ކަމަށް ވެސް ޝަމީމް ކުރިން ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިއްލި
13 February 2020
އަދިވެސް އޭނަ ސަލާމަތްކޮށްދޭން މީނަ މިއުޅެނީ. ކޮންބާވަތެއްގެ ގޭމެއްބާ
ދިރާސާ
13 February 2020
ހިންނަވަރު މީހެއް ނޫން އެއީ. އައްޑޫ މީހެއް.
ވަތުބަތާނަ
13 February 2020
މަރުވި މަރުހޫމުގެ މަރުގެ ޙައްޤާއި އޭނާގެ ދަރިންނާއި ހުވަފަތް އަނބިމީހާއާއި އޭނާގެ ތިބިނަމަތިބި މައިން ބަފައިންގެ ޙައްޤާބެހޭގޮތުން ޕީޖީ އެއްބަސްވުމެއް އެކުލަވާލާނީ ކޮން އިރަކުންބާއެވެ. ނުވަތަ ހިންނަވަރު މީހަކަށްވީމާ މިވަގުތަށް ހުރިގޮތްބާއެވެ؟
ޑެލޯ
12 February 2020
ބައްޔެއްނު މަރަށް މަރު ހިފޭކަށް ނެތް، 25 އަހަރަށްވުރެ ގިނަދުވަހު ޖަލުގައި ބެހެއްޓޭކަށް ނެތް..!! އަދުހަމަށް ހުކުމް ކުރާނެ ކަމެއް ނެތް.. ވާރިސުންނަށް ނުވަތަ ތި މައްސަލަ ބެލި ފުލުހުންނަށް ހުކުމް ކުރަންވީނުން..
ވޯލް
13 February 2020
ރަގަޅަށް އާޓިަކލް ކިޔާބަލަ، ވާރިސުން ބޭނުން ވެއްޖެނަމަ މަރުގެ އަދަބު، އެމީހުން އެކަން ބޭނުން ނުވެއްޖެޔާ އޭނައަށް ލޔެއް ދިނުމަށް އެބަސްވަނީ.
ނަން
12 February 2020
ވާރިސުން މާފު ދިންކަމުގައި ވިޔަސް މީހުން މަރާ މީހުންނަކީ ޕްލީ ބާރގެއިންއެއްގެ ފުރުސަތު ލިބެންޖެހޭ ބައެއް ކަމަށް ގަބޫލެއް ނުކުރަން. ކުށްކުރާ މީހާއަށް އަދިވެސް ފުރުސަތު ދޭން މި ވިސްނަނީ. އަދި އެއީވެސް ކުށުގެ ރިކޯޑު އޮތް މީހުން. ވާރިސުން މާފު ދިންކަމުގައި ވިޔަސް މުޖުތަމައުގެ އާންމު ސަލާމަތާ ރައްކާތެރިކަމަށްޓަކައި މިމީހުންނަށް ދެވެން އޮންނަ ހައްގު އަދަބު ދެވެން ޖެހޭނެ. ޑީލް ހަދަން ފުރުސަތު ދެވިގެން ނުވާނެ. އިއުތިރާފު ނުވިއްޔާ އިތުރު ހެކި ހޯދައިގެން ވިޔަސް. ކުރިން ކުރި ކުށަށް ވުރެ ބޮޑުކުށެއް މިފަހަރު މިކުރީ. ދެން މިނިވަން ވެއްޖެއްޔާ މަރާނީ ކިތައް މީހުން ކަމެއްވެސް ނޭނގެ. އެކަމަކު ކުށްވުރިޔާގެ ހައްގު މާ މުހިއްމު?
ނިއްޓު
12 February 2020
އިންސާނާ ހަދާ ވަޟަޢީ ޤާނޫނުގެ ދަށުގަ ފިތި އިންސާނާ ހަލާކުވެފައި. ޤިސާސް ހިފުމުގަ ދިރުމެއް ވާކަން އެނގޭ ހާލުވެސް މީހުން މަރާ މީހުންނަށް މާފު ދިނުން ނުވަތަ ތަޢުޒީރީ އަދަބު ކަނޑައެޅުމަކީ އެންމެހާ އިންސާނުން މެރުން ފަދަ ކަމެއް. މީހަކު މެރިކަމަށް އެއްވެސް ޝުބުހައެއް ނެތް މިންވަރަށް އިއުތިރާފްވާ މީހާ މެރުމަކީ އެންމެހާ އިންސާނުން ދިރުވުންފަދަ ކަމެއް
ކުޑޭ
12 February 2020
މީހަކު މަރާލީމަ 17 އަހަރު! ކަަމަކުނުދޭ މާކުޑަ
ޝަރީއާ
12 February 2020
ވާރިސުން މާފު ދީފިއްޔާ އިސްލާ މީ ޝަރީއާއިން މިނިވަން ކުރެވޭނެ އެން މެ އަހަރަކުވެސް ޖަލުހަގައި ނުޖެހޭ ހުންނާކަށް ނުޖެހޭނެ .
ޝިޔާމް
12 February 2020
އިސްލާމްދީނުގައި އޮންނަނީ މީހުން މަރާ މީހުން ޖަލަށް ލާންތަ؟ ވާރިސުން މާފު ނުކުރާހާ ހިނދަކު އޮންނަނީ މެރުން.
abdhuh lathhef
12 February 2020
އިސްލާމީ ޝަރީޢަތް ތަންފީޒުކުރަން ގޮވާލަން
ކުޅަނދުރު
12 February 2020
ތިޖުމްލަ ރަގަޅު އެކަމަކު ގިނަމީހުން ހީކުރަނީ ޝަރީޢާ ގާއިމުކުރުމަކީ ޝަރީޢާގަ ހިމެނޭ ހައްދުކަނޑައެޅިފައިވާ އަދަބުދިނުން އެކަނިކަމަށް. ޝަރީޢާގެ މާނަ ވަރަށް ފުޅާ. މީހުންގެ އަބުރު ރައްކާ ކުރުމަކީވެސް އިސްލާމީ ޝަރީޢާގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް. މިކަން މިހާރު މިރާއްޖެގަ އޮތީ ކިހާހިސާބެއްގައިތޯ؟
ދޮންދީދީ
12 February 2020
އެކަލޭގެއަށް އާއިލއިން މާފް ދީފިނަމެސް ކަލޭމެން އޭނައަށް އަދަބުދޭންތަ އެއްބަސްވުން ހެދީ. މިހާރު ކުއްވެރިންވެސް އެގްރީމެންޓުންހަދަނީ. ޔާމީންއަށްވެސް އެގްރިމެންޓެއް ހަދާލަންވީނު. ޝަމީމު ކަލޭ މޮޔަ ނުގޮވާ