ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ކެމްޕެއިން ހަރަކާތް ހުޅުމާލޭގައި ފެށުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާރުކޮޅުން ފައިބައިވަޑައިގެން ހިންގަވާފައި ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 ފެބުރުއަރީ 2020 - 14:01
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުން އިފްތިތާހު ކުރެއްވުމަށް ވަޑައިގެން އުޅުއްވަނިކޮށް، އެމަނިކުފާނުގެ ކާރުކޮޅަށް ބަޔަކު ގަސްދުގައި ފެން ޖެހީ ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ތަރުޖަމާން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ހެނދުނު އެ ހާދިސާ ހިނގީ ގެއެއްގެ ޓެރަސްމަތީގައި ހުރި ގަސްތަކަކަށް ފެން ދިނުމުގެ ތެރޭގައި ކަމަށެވެ.
"..އަދި އެއީ ގަސްދުގައި މީހަކު ކުރި ކަމެއް ނޫންކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވޭ،" ފުލުހުންގެ މީޑިއާގެ ވަޓްސްއެޕް ގުރޫޕްގައި އިޒްމިއާ ވިދާޅުވި އެވެ.
އެ ހާދިސާ ހިނގީ، ހެންވޭރު ހީނާމާގޭ ސަރަހައްދުގަ އެވެ.
ގެއެއްގެ ޓެރަސްމަތީގައި ހުރި ގަސްތަކަކަށް ފެން ދިނުމުގެ ތެރޭގައި ރައީސްގެ ކާރުކޮޅަށް ފެން ބަންޑުންވި އިރު އޭގައި އެ ވަގުތު އިނީ އެމަނިކުފާނުގެ ޑްރައިވަރު އެކަންޏެވެ.
މި ހާދިސާ އަށް ފަހު، އެ ދުވަހު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމީ އަދި އެމްޑީޕީގެ ހަރަކާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން، އެމަނިކުފާނުގެ ސަލާމަތީ ކަންކަން އޮތީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން، ކުރިއަށް ވުރެ ގިނަ ސެކިއުރިޓީން ހުޅުމާލޭގައި އެ ދުވަހު ހަރަކާތްތެރިވި ކަން ފާހަގަކުރެވުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
18 February 2020
މި ރައީސް ތިކަހަލަ ތާކުން ތާކުނު ނުޖެހޭ ކަމަކައް ނުހަދާނެ ގަބޫލް ކުރިއަސް އަދި ގަބޫލް ނުކުރިއަސް.
އެންޓި ޖާހިލު
18 February 2020
ވާރޭ ނުވެހުނަސް ވެސް ރައްޔިތހުންގެ ބޮލަށް ފެން ތިކި ޖަހާ. އެހެންވެ ތިބުނާ "ކާރުކޮޅަށް" ފެން އެޅުން އެއީ ބޮޑުކޮށްލަން ޖެހޭ ކަމެއް ނޫން. އެމްއެންޑިއެފްގައި ތި "ކާރުކޮޅު" ދޮންނަން މުސާރަ ދީފަ މީހުން ތިބޭނެ.
ޖޯސޭ
18 February 2020
ދެން ކާރަށް ނިސްބަތްކޮށްފަ ވެސް މާތް ބަހުން. މިކަން ބަދަލުވާނީ ކޮންދުވަހަކުން؟
ބޮޑު ބުލް
18 February 2020
އެއީ ކަރުދާހު ކާރަކީތަ؟ މާލެޔަށް ވިއްސާރަ ވެހުން މަނާކުރަގަ...ތެޅެ އަރުވާ ފާދެއް ދެން...
ދެރަ
18 February 2020
ކާރުކޮޅަށް ފެންއެޅުން އެއީ މާބޮޑު ކަމަކަށް ރައީސް ނުހައްދަވާނެ ތިކަން ކަމަކަށްހަދާނި މިއުޅޭ ފުލުހުން ބޭނުމަކީ ރައްޔިތުން ރަތަށް އެރުވުން ކާރުކޮޅަށް ވިއްސާރަ ވެހުނަސް ހަމަތެމޭނީދޯ ތީ މިޔަދު ޔާމީނުނަމަ ތިޔަމީހެތްގެ ކުޑަގޮހޮރު ނެރޭނެ
ގާރޑްނާރ
18 February 2020
ދެން ހުރިހާ ގަހެއް ގެންގޮސް ދޫނިދޫ ގޮޅިއަށް ލާ
ވަހީދު
18 February 2020
އަންހެނުން ގޮވައިގެން ފިހާރައަކަށް ގޮސް ސައިކަލު ޕާކުކޮށްލަން އުޅެނިކޮށް ކުއްލިއަކަށް މަތިން ފެންތިކިތަކެއް ބޮލަށް ފާބައިގެންފި. މަގޮލާ ކޯއްޗެއްހޭ ކިޔާފައި މައްޗަށް ބަލާލީމަ އަނގަޔަށާއި ލޮލަށް ފެން އެޅުނީ. އަވަހަށް ސައިކުން ފާބައިގެން ދުރަށް ޖެހިލާފައި ބަލާލިއިރު މަންމަ މެންގެ އޭޖުގެ ދައްތައެއް ހެވިފައި ހުރި މޮޕެއް ނަގައިގެން.
ސިފާ
18 February 2020
ތިހިރަ އޭސީތަކުން ބޮލަށް ޖަހާ ފެން ތިކި އޯކޭތަ
ނަޝީދު.
18 February 2020
މީގެ 40 އަހަރު ކުރިން ނަމަ މީހާރު ތި މީހަކު އިންނާނީ ޖަލުގަ. ގައުމު ބަދަލުވިވަރު ދޯ ...
އަހްމަދުކަލޯ
18 February 2020
މައުމޫން ކަޓުވާފަތޯ ތިޔަ ގުނާލެއްވީ މައުމޫން ކާރުކޮޅަށް އޮޅިގެން މާ ދުރުން އެއްލާލި ކޯކު ފުޅިއެއް ޖެހިގެން 18 އަހަރު ނުވާ ކުޑަކުއްޖެއް ދޫނިދޫ ކުޑަގޮޅީގަ ބިޑިއާއެކު 6 މަސް ބޭއްވުމަށް ފަހު ސުވާލު ކޮއްލީވެސް އަދި ހުކުން ކުރީ 18 ވަންދެން ޖަލުގަ ބައިންދާފަ 2 އަހަރު ފަހުން އަދި ހުކުން އައީ 25 އަހަރަށް ލުތުފީމެންނަށް ވެސް ކުރި ޓެރެރިޒަމް ގާނޫނުން އަދި ދަންނަވަންތޯ ވަޒަން ނާރާ ކާރުކޮޅު ކޯކުފުޅިން ތަޅައިގެން ގޮސް ބިއްލޫރިގަނޑު ފުޑިފަ އޮތީ
ވިދުވަރުދޯނިން
17 February 2020
ރައްޔިތުން އަމިއްލަ ގައުމުގަ ވާރުދައްކައިގެން މިއުޅެނީ ގަހަށް ޖަހާފެން އެއްޗެހި ދޮންނަފެން އަދި ދިޔަދޮވި ހޮޅީގެ ފެނާ އަސްކަނީ ފެން އެޅިގެން އަދި ކޮބައިތޯ ހިމަފޮދުވާރޭ ކޮޅެއް ވެހިލިޔަސް ފެނބޮށުވެ ބޫޓު ގަނޑާއިއެކު ފެނަށް އެރިގެން މިއީ މާލޭގެ ޙާލު މިކަންކަން ބަލާ ރަނގަޅުކުރާނެ ބަޔަކުނެތް އެކަމަކު އެއްޗެއް ގަތަސް އެއްޗެއް ކެޔަސް ޓެކްސް ނެގެމުންދާނެ ގޮތަށް މަޅިތައް ހުރީ ތިއްބާފަ އެއަކުން ސަލާމަތެއް ނުވެވޭ ބުނަން މިއުޅެނީ ފެން ބޮލަށް އެޅުން ޥ އާއްމޭ