01 މާޗް 2020 - 07:31
މި އަހަރުގެ އޮސްކާ އެވޯޑްސްގެ މޮޅު ފިލްމުގެ މަގާމު ހޯދައިގެން އޮސްކާގެ ތާރީހުން ޖާގަ ހޯދި ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" އަންނަ އެޕްރިލް މަހު ހުލޫ އިން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެެ.
ޑިޒްނީގެ ދަށުން ހިންގާ ހުލޫން ކުރި ޓްވީޓެއްގައި ބުނީ ހޮލީވުޑް ސިއްސުވައިލި ފިލްމު އެ ޕްލެޓްފޯމަށް އަންނާނީ އެޕްރިީލް މަހުގެ 8 ގައި ކަމަށެވެ.
The rumors are true. #Parasite is coming to Hulu on April 8. pic.twitter.com/d6I3IJocBv
— Hulu (@hulu) February 24, 2020
ފަގީރު އާއިލާއެއްގެ ބަޔަކު މުއްސަނދި އާއިލާއެއް ބެލެހެއްޓުމުގެ ކަންކަމާ ހަވާލުވުމުން ހިނގާ ހާދިސާތަކެއް ދައްކުދައިދޭ "ޕެރަސައިޓް" އަކީ ބޮންގް ޖޫން-ހޯ ލިޔެ، ޑައިރެކްޓްކޮށްފައިވާ ބްލެކް ކޮމެޑީ ތުރިލާއެކެވެ.
މި ފިލްމަށް އޮސްކާގެ އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އިތުރުން އެންމެ މޮޅު ބޭރު ފިލްމުގެ އޮސްކާ ވެސް ލިބިފައިވެ އެވެ. އަދި މި އަހަރު ބޭއްވި ގޯލްޑެން ގްލޯބް އެވޯޑްސްގެ މޮޅު ބޭރު ފިލްމަކީ ވެސް "ޕެރަސައިޓް" އެވެ.
ޖުމްލަ 11.4 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 210 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމަށް އެކިއެކި އެވޯޑް ހަފުލާތަކުން ލިބުނު އެވޯޑްތަކުގެ އަދަދު 185 އަށް އަރަ އެވެ.
ބޮންގް މިހާރު އަންނަނީ އެޗްބީއޯއާ ގުޅިގެން "ޕެރަސައިޓް" ގެ މިނީ ސީރިޒެއް އިނގިރޭސި ބަހުން ގެނެސްދޭން ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާއހރނ
01 March 2020
އަހަރުމެންގެ ބައްރުގެ މީހަކަށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބުމުން މަ ހާދަ އުފާވެޔޭ!