އެމްޑީޕީގެ ޖަލްސާއެއްގައި އެ ޕާޓީގެ މެމްބަރުން: ބައިބައިވުން އުފެދޭ ވާހަކަ ހުއްޓުވަން އެ ޕާޓީން ވަނީ ގޮވާލާފައި. --ފޮޓޯ/މިހާރު
29 ފެބުރުއަރީ 2020 - 10:16
ދީނީ ގޮތުން ހިޔާލުތަފާތުވުން އުފެދޭ މައްސަލަތަކާ ގުޅުވައިގެންނާއި މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންގެ ހައްގުތަކުގެ މައްޗަށް ދޮގު ވާހަކަތައް ފަތުރައި މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދައި ބައިބައިކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވަން ކަމާބެހޭ އިދާރާތަކަށް އެމްޑީޕީން ގޮވާލައިފި އެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގައި ވަކާލާތުކުރާ އެމްޑީޕީން ނެރުނު ބަޔާނުގައި ހަނދާންކޮށްދީފައި ވަނީ، ގާނޫނުއަސާސީގައި އެ ހައްގު ކަށަވަރުކޮށްދީފައި ވަނީ ވަކި ހުދޫދުތަކެއްގެ ތެރޭގައި ކަމެވެ. ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ އެހެން ހައްގުތަކެކޭ އެއްގޮތަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދައިދިނުމުގައި އެމްޑީޕީގެ ދައުރު ބޮޑުކަން ބަޔާނުގައި ފާހަގަކޮށް، ބުނެފައި ވަނީ މުޖުތަަމައު ބައިބައިކޮށް ފިތުނަ އުފެއްދުމުގެ މަސައްކަތް ބަލައިނުގަންނަ ކަމަށެވެ.
މިފަދަ ވާހަކަތަކަށް ދައުލަތުން އަޅާނުލެވިއްޖެ ނަމަ ގައުމުގައި ބައިބައިވުން އިތުރުވެ، ގައުމުގެ އަމަންއަމާންކަމާއި ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިޔުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ. --އެމްޑީޕީ
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ބަޔާނުގައި ބުނިގޮތުގައި ރައްޔިތުންގެ ތެރޭގައި ފިތުނަ އުފެއްދުމަށް ފަހަކަށް އައިސް ދެ މައުޟޫއަކަށް ސޯޝަލްމީޑިއާ އާއި އެހެން ގޮތްގޮތުން ވެސް ވާހަކަ ދައްކަމުންދެ އެވެ. އެއް ކަމަކީ ދީނީ ގޮތުން ޚިޔާލުތަފާތުވާ ވަގުތުތަކުގައި، އެ ފަރާތްތަކާ މެދު ހިޔާލުތަފާތުވާ މީހުންނަކީ އިސްލާމްދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް ރުޅިވެރިކަމާއި ނަފްރަތު އުފެއްދުން ކަމަށް އެ ޕާޓީން ބުންޏެވެ.
މި މައުޟޫއުގައި އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާ ކަމުގެ މިސާލެއްގެ ގޮތުން ދެއްކީ މިދިޔަ މަހުގެ ތެރޭގައި ހދ. ހަނިމާދޫގައި ބޭއްވި ވޯކްޝޮޕަކާ ގުޅޭ ގޮތުން ފެތުރި ވާހަކަތަކެވެ.
"ދީނީގޮތުން ޚިލާފު އުފެދޭ ކަންކަމާއި މައްސަލަތަކުގައި ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނީ "ލާދީނީ" މީހުންކަމުގައި ލޭބަލްކޮށް އެ މީސްމީހުންނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖްތަމައު ފިތުނަ ކުރުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫނެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
މި މައްސަލައިގައި ބޮޑެތި ދޮގު ހެދުމުގެ ނަތީޖާ އަކީ ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންތަކެއްވެ ފުރާނަ އަށް ނުރައްކާވާ ދަރަޖަ އަށް ކަންކަން ގޮސްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. ދީނީ ހައްދުފަހަނަޅައި ދިއުން ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި އެގޮތަށް އަމަލުކުރަމުން ދަނީ ހީލަތްތެރި ރޭވުމުގެ ތެރެއިން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
މާލެ އާއި އަތޮޅުތަކުގެ ވާހަކަ އިން މުޖުތަމައު ބައިބައިވާ ކަމަށް އެމްޑީޕީން ބުނިއިރު، އެ ވާހަކަތައް ފެންމަތިކޮށް، ބޮޑު ބަހުސަކަށް ހެދީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެ ޕާޓީގެ ބައެއް މެމްބަރުންނެވެ. އެގޮތުން، މަޖިލީހުގައި ދެ ފަހަރެއްގެ މަތިން އެމްޑީޕީގެ މެމްބަރުން އެ ވާހަކަތައް ފެންމަތިކޮށް، ސޯޝަލް މީޑީއާގައި މާލޭގެ މީހުންނާއި އަތޮޅުތަކުގެ މީހުން ޖެހޭ ގޮތަށް ވާހަކަތައް ފެތުރި އެވެ.
އެ ޕާޓީން ބުނީ މުޖުތަމައު ބައިބައިކުރަން ދައްކާ އަނެއް ވާހަކައަކީ މާލެ އާއި އަތޮޅުތަކުގެ ވާހަކަ ކަމަށެވެ. އެއީ ވެސް އެއް ބަޔަކު އަނެއް ބަޔަކާ މެދު ރުޅިވެރިކަމާއި ނަފްރަތު އުފައްދައި ފިތުނަކުރަން ދައްކާ ވާހަކަތަކެއް ކަމަށް ބަޔާނުގައިވެ އެވެ.
މާލެ އާއި އަތޮޅުތަކުގެ ވާހަކަ އިން މުޖުތަމައު ބައިބައިވާ ކަމަށް އެމްޑީޕީން ބުނިއިރު، އެ ފަދަ ވާހަކަތައް ފެންމަތިކޮށް، ބޮޑު ބަހުސަކަށް ހެދީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެ ޕާޓީގެ ބައެއް މެމްބަރުންނެވެ. އެގޮތުން، މަޖިލީހުގައި ދެ ފަހަރެއްގެ މަތިން އެމްޑީޕީގެ މެމްބަރުން އެ ވާހަކަތައް ފެންމަތިކޮށް، ސޯޝަލް މީޑީއާގައި މާލޭގެ މީހުންނާއި އަތޮޅުތަކުގެ މީހުން ޖެހޭ ގޮތަށް ވާހަކަތައް ފެތުރި އެވެ.
އެމްޑީޕީން ބުނިގޮތުގައި ރައްޔިތުންގެ މެދުގައި ރުޅި އާއި ނަފްރަތު އުފައްދައި މުޖުތަމައު ބައިބައިކޮށް ފިތުނަކުރަން ވާހަކަ ދެއްކުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ހުއްދަކުރާ ކަމެއް ނޫނެވެ. އަދި އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ވެސް ހިމެނޭ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައިފާ
01 March 2020
އޫޕްސް! މިމީހުން އުފައްދާ ފިތުނަޔޯ! ހާދަ ހަޖަމް ނުވެޔޭ ދޯ! ތާރީޚު އިއާދަ ވާނެޔޭ ބުނެ އެއްނު ، ދެން އެމް ޑީ ޕީ ކުދިން ހަޖަމް ކޮށްލާ މިފަހަރު! މީ ތިކުދިން ހޯދަދިން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމެއްނު ދޯ!
މަހުމޫދު އަހުމަދު އަލީ
01 March 2020
މި މުޖުތަމައުތެރޭ ފިތުނަ ފަސާދަޔާއި ނަފުރަތު އުފައްދާ މުޅި މުޖުތަމަޢު ފަސާދަ ކުރީ އެމްޑީޕީގެ ބޮޑުން. ޒަމާނުއްސުރެން ވެރިކަމަށް ދަހިވެތިވެ އެތަކެއް ފަސާދަ މިގައުމުގައި ހިންގާ، ކާމިޔާބު ނުވުމުން، ފިތުނަޔާއި ނަފުރަތު އުފައްދައިގެން ވެރިކަމަށް އައީ އެމްޑީޕީ. ވާހަކަ ނުދައްކާ!
ހޭލާ
01 March 2020
ގުދޯ ގުދޯ ގޮވުމަކީ ތާއިދު އިތުރުވާނެ ކަމެއް ނޫން
ހަސް
01 March 2020
އަހަރެން އީމާންވަނީ ﷲ އަށޭ ބުނާމީހުންނަށް މަލާމާތް ކޮއް އެކަލާންގެ މާތްނަބިއްޔާ އަށް ފުރައްސާރަކުރި މީހުން އެއީ މިނިވަންކަމަށް ހަދާ އެމީހުން ރައީސްއޮފީހުގައި ތިބިހާހިނދަކު ވޯޓްދެވެން ނެތްވާހަކަ ވަރައް އިޙްތިރާމާއެކު އިބޫއަށް ދަންނަވަން
ފފފފފފފ
01 March 2020
ތިޔަ ބަޔާން ނެރޭ ހީލަތްތެރި ޕާޓީގެ ވެރިޔާ ގޮސް ޕީޖޭޕީ އިން މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ތާއީދުކޮށް އެއޮއްވާހަކަ ދައްކަނީ. މުސްލިމުންގެ ހައްގުގައޭ ކިޔައި އެކުވެރި އަމާލުއަށް، ގަޑިއަކަށް 30 ހާސް ޑޮލަރު ދީގެން އޭނަލައްވާ އައިސީޖޭއަށް މައްސަލަ ހުށަހެޅީވެސް އެއީ ޖަލުން ނެރެދޭން މަސައްކަތްކުރި މީހަކަށްވާތީ ހަދިޔާދޭން. ގައުމުގެ ރައްޔިތުންގެ ވަޒީފާތައްގެއްލިދަނީ. ކޮރޯނާގެ ސަބަބުން އިތުރުގަޑި ކަނޑާލާރި. އިތުރުވަޒީފާގެ ފުރުސަތުގެއްލިއްޖެ.
އަލަ
01 March 2020
މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންގެ ހައްގުތަކުގެ މައްޗަށް ދޮގު ވާހަކަތައް ފަތުރައި މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދައި ބައިބައިކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވަން ކަމާބެހޭ އިދާރާތަކަށް އެމްޑީޕީން ގޮވާލިއިރު ނަޝީދު މުއިޒުއަކީ ރާއްޖެތެރޭމީހެއް ކަމަށާ އެނަޔަށް މާލޭ މީހުން ވޯޓް ނުދޭނެ ކަމަށް ގޮވީ ލައިވްކުރި ޖަލްސާއެއްގަ. މުއިޒު ރާއްޖެތެރެ މީހަކަށް ވީމަ ވޯޓުނުދިނުމަށް ގޮވާ ލުމުގެ އިތުރަށް ފާޑުފާޑު ވަނަމުންވެސް
ޝޮކްތެރަޕީ
01 March 2020
އެމްޑީޕީ ވެއްޖެނުން ދީނާ ނުކުޅެން. ކޮމްމެފަހަރަކު އެމްޑީޕީ ވެރިކަމަށް އަންނަ ފަހަރަކު މިކަހަލަ ކަންތައްގަޑެ ހިންގާ. ރައިސް ޔާމިންގެ ވެރިކަމުގަ އެމީހުން ތިބީ ސައިޒު ކޮއްލާފަ.
އަލީ ރަސްގެފާން
01 March 2020
ދިވެހިންނަކަ އިހުސާސޭއް ނުވޭ މިނިވަން ޤައުމެއްހެން މިހާރު
މަންޑޭލާ
01 March 2020
ނަޝީދު ސަލާމަށް ކުރަން މިއުޅެނީ ލދނ ފަތުރަން އުޅޭ ޖަމީޔާތަކުން. ދިވެހިންނަ މިވަރު ވިސްނެން ވެއްޖެނުން.
ާވަހީދު
01 March 2020
ރާއްޖެއަށް ކާފަރުން ގެނެސްގެން އެމީހުން ލައްވައި އިސްލާމްދީނަށް ފުރައްސާރަ ކުރަންޏާ ހީވެސް ނުކުރާ ކަންކަން ހިނގާފާނެ