ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތައް އަޑު އައްސަވަނީ/ ނަޝީދު މިއަދު ދެއްވީ އޭ ރިޕޯޓެއް.
02 މާޗް 2020 - 11:03
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓްގައި ފިޝަރީޒް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ ޒަހާ ވަހީދު ވަކިކުރާނެ ކަމުގެ އިންޒާރު ދީ، އަދި އޭނާ އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލައްވަމުން ދަނިކޮށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޒަހާ އަށް "އޭ" ރިޕޯޓެއް މިއަދު ދެއްވައިފި އެވެ.
މީގެ ކުރިން، ނަޝީދުގެ އެފަދަ "ޝަރަފެއް" ލިބިވަޑައިގެންފައި ވަނީ އެމްޑީޕީގެ ސްލޮޓެއްގައި އެޑިއުކޭޝަން މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އަށް އެކަންޏެވެ. މަޖިލީހުގައި ޑރ. އާއިޝަތު އަލީ، މީގެ ކުރިން ދެއްވި ޖަވާބުތަކާ ގުޅިގެން އޭނާ އަށް ނަޝީދު ވަނީ "އޭ ސްޓާ" ދެއްވައިފަ އެވެ.
އެހެން ނޫނީ، މަޖިލީހުގެ ތަޅުމުން ފެންނަމުން ދިޔައީ އެމްޑީޕީ ފިޔަވައި ކޯލިޝަންގެ އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން ނަމަ، ރިޔާސަތުން މަޖިލީހުގެ ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުންގެ ފަރާތުން އިސްތިއުފާ ދެއްވުމަށް ގޮވުމާއި އެ ވަޒީރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ، އިންޒާރު ދެއްވާ ތަނެވެ. އަދި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ވަޑައިގަންނަވާ ވަޒީރުންގެ ޖަވާބާ މެދު ނަޝީދާއި އެމްޑީޕީގެ މެމްބަރުންގެ ހިތްހަމަނުޖެހުން އަމާޒު ނުވާ ދުވަހެއް މަދެވެ.
ނަމަވެސް، ކާށިދޫ ދާއިރާގެ ޑީއާރުޕީގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުތަކަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒަހާ ޖަވާބު ދެއްވުމާ އެކު، ނަޝީދު ވަނީ ޒަހާ އަށް "އޭ" ރިޕޯޓެއް ދެއްވައި އޭނާ ދެއްވި ބައެއް ޖަވާބުތައް ދިފާއު ވެސް ކުރައްވައިފަ އެވެ.
ޖާބިރު ސުވާކު ކުރެއްވީ، ރާއްޖޭގެ މަސްވެރިކަން ޒަމާނީ ކުރުމަށް މިހާތަނަށް އެއްވެސް ދިރާސާއެއް ކުރެވިފައި ވޭތޯ އާއި ލޭނުގެ މަސްވެރިކަން ހުއްޓުނީ ކީއްވެތޯ އާއި އެކަން އަލުން ފެށޭނީ ކޮން އިރަކުންތޯ ސާފުކުރުމަށެވެ.
އެ ދެ ސުވާލަށް އެކަނި ޒަހާ ޖަވާބު ދެއްވުމާ އެކު، އިތުރު ސުވާލުތަކަށް މެމްބަރުންނަށް ފުރުސަތު ހުޅުވައިލުމުގެ ކުރިން ނަޝީދު ވިދާޅުވީ، "ރިޕޯޓް ފޮތުގައި ޖަހާ ނަމަ އޭ ރިޕޯޓަކާ ހަމައަށް މިހާރު [ޒަހާ އަށް] ވަޑައިގެންނެވިއްޖެ" ކަމަށެވެ. ޒަހާ އަށް އޭ ރިޕޯޓެއް ދެއްވުމުގެ އިތުރުން، އޭނާ ދެއްވި ބައެއް ޖަވާބުތައް ނަޝީދު ދިފާއު ވެސް ކޮށްދެއްވި އެވެ.
ނަމަވެސް، ކާށިދޫ ދާއިރާގެ ޑީއާރުޕީގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުތަކަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒަހާ ޖަވާބު ދެއްވުމާ އެކު، ނަޝީދު ވަނީ ޒަހާ އަށް "އޭ" ރިޕޯޓެއް ދެއްވައި އޭނާ ދެއްވި ބައެއް ޖަވާބުތައް ދިފާއު ވެސް ކުރައްވައިފަ އެވެ.
އެގޮތުން، ޖާބިރު ކުރެއްވި ސުވާލަށް ސާފު ޖަވާބެއް ލިބިވަޑައިނުގެންނެވި ކަމަށް ވިދާޅުވެ، އޭނާ ނެންގެވި ނިޒާމީ ނުކުތާއަކާ ގުޅިގެން، ނަޝީދު ވިދާޅުވީ މިނިސްޓަރު ޒަހާގެ ޖަވާބު އެ މަނިކުފާނަށް ވަރަށް ރަނގަޅަށް ސާފުވެވަޑައިގެންނެވި ކަމަށެވެ. އެހެންވެ، އެ ޖަވާބު އަލުން އިބާރާތް ކުރައްވައި، ޖާބިރަށް ވިދާޅުވެދެއްވީ ވެސް ނަޝީދެވެ. މީގެ ކުރިން، ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރި ދުވަހު ޒަހާ ދެއްވި ބައެއް ޖަވާބުތަކާ މެދު ނަޝީދު ހިތްޕުޅުހަމަޖެހިވަޑައެއް ނުގެންނެވި އެވެ.
ނަޝީދު، ޒަހާ އަށް މިއަދު މަރުހަބާ ވިދާޅުވި އެއް ކަމަކީ ރާއްްޖޭގެ މަސްވެރިކަމާ މެދު ޔޫރަޕިއަން ޔޫނިއަނުން ކުރިން ފާޅުކޮށްފައި އޮތް ކަންބޮޑުވުން މިހާރު ނެތް ކަމަށް ވިދާޅުވުމުންނެވެ.
ރާއްޖޭގެ މަސްވެެރިކަމުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުން މަނާކުރަން ޖެހިދާނެ ކަމުގެ އިންޒާރު 2015 ވަނަ އަހަރު އީޔޫ އިން ދިނެވެ. އެއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހިނގަމުން އައި ގަވައިދާ ހިލާފު ކަންކަމާ ހެދި އެވެ. އެކަން މިހާރު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވީ، ޔޫރަޕަށް މަސް އެކްސްޕޯޓް ނުކުރެވިދާނެ ކަމުގެ ބިރެއް މިހާރު ނެތް ކަމަށެވެ.
"އެހެން ނަމަވެސް އުފަލާ އެކު ފާހަގަަކޮށްލަން ޖެހެނީ މިދިޔަ 12 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން، ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ފާހަގަ ކޮށްފައިވާ ހުރިހާ ކަމެއްހެން ހައްލުކޮށް، ފިޔަވަޅު އެޅުމުގެ ބިރު އެއްކޮށް ދުއްވާލެވިއްޖެކަން،" އޭނާ ވިދާޅުވި އެވެ.
ޒަހާ އާ މެދު އެމްޑީޕީގެ ބައެއް މެމްބަރުން، މަޖިލީހުގައި އެންމެ ފަހުން ނުރުހުން ފާޅުކުރެއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް، އެ ދުވަހު ވަނީ ޒަހާ އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ. އަދި ޒަހާއާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) މީގެ ކުރިން ވަނީ ދެއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝީދު.
03 March 2020
އާޒިމު ކޮށްކޮ މަޖިލިހަށް ދޮން ކުރަނީތަ؟
އެމްޑީޕީމީހާ
03 March 2020
ރާއްޖެ ކުރިޔަށް ދިޔައީ ރައިސް ޔާމިންގެ ދައުރުގަ. މިހާރު ހުރިހާކަމޭއްވެސް ދަނީ ފަހަތަ
ކައުންސެލަރު
02 March 2020
ދެން ފެންނާނީ މިބޭފުޅުންނާ މިބޭފުޅުން ނަގޫ ގޮށްޖެހޭތަން. މީ ވަރަށް ވާހަކަ. ފަޅައިގެންދާން ކައިރިވަނީ..... ޓިކް ޓޮކް ޓިކް ޓޮކް...
ޢަލީިި
02 March 2020
އެމްޑީޕީ ކުދިން އަދި މަސްވެރިން ކިޔާލަން ރަގަޅު ހަބަރެއް. ކަންކަން ވަމުންދާ ގޮތް ބަލާނެ ކަމެއް ނެތް. ބާރަށް އަތް ޖަހާ. ހަމަ ބުނާނެ އެކައްޗެއް ވެސް ނެތް. ހުއްޓާނުލާ ތިބެ ވީހާވެސް ބާރަކަށް އަތްޖަހާ
ބޮޑުމީހާ
02 March 2020
ރޫހާނީ ލީޑަރ ހިތްނޭދޭ ގޮތަށް އެއްކަމެއއވެސް ނުވަނީދޯ
ޣޣ
02 March 2020
އަންނި ބިރުގަތީ މައުމޫން ކޯލިޝަނުން ވަކިވެދާނެތީ!!!!!! ކުރިން އަންނި އަށް ތާއީދު ކުރިއަސް ލާދީނީ ވާހަކަ އަބަދު ދައްކާތީ މިހާރު އެއްވެސް ތާއީދެއް ނުކުރަން....
ރަދީފު ބިން ރަފައިދާ
02 March 2020
ނަޗީދުބުނާއެއްޗެއްގެ މާނަ އޮންނަނީ އޭނާގެ ބަނޑުގައެވެ. ދެން އޭނާ ބުނާއެއްޗެއްގެ މާނަ ބަލަން ބޭނުމިއްޔާ ޖެހޭނީ .........
ދިއްދޫމީހާ
02 March 2020
ބޯވާގެ ކުލަ ބަދަލު ކުރަނީ ކޮންއިރަކު ކޮން ވަގުތަކު ކަމެއް ނޭގެ، ހަމަ އެއުސޫލުން އިންސާނާގެ ހިތް ބަދަލު ކޮންއިރަކު ކަމެނޭގެ
މުޙުއްމާ
02 March 2020
ނަޝީދުގެ އޭ ރިޕޯރޓަކީ އަސްލު އެފް ރިޕޯރޓް. މަޤާމުގެ ޒިންމާ އަދާނުކުރެވޭ. އަވަހަށް އިސްތިޢުފާ ދެއްވާފަ ގެއަށް ވަޑައިގަންނަވާ.
މުބީނު މާރނީ
02 March 2020
ޒަހާ އަށް ދެން އެންމެ ފައިދާ ބޮޑުވާނީ އެމްޑީޕީ އަށް ސޮއި ކުރިއްޔާ.