މުލީ ރީޖަނަލް ހޮސްޕިޓަލް
05 މާޗް 2020 - 11:41
މ.މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ދެ ޑޮކްޓަރެއްގެ ދެމެދު މާރާމާރީއެއް ހިނގައި ދެމީހުންނަށް އެކިވަރުގެ އަނިޔާ ވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އޮޕަރޭޝަނަކަށް ތައްޔާރުވެ ތިބި ދެ ޑޮކްޓަރުންގެ ވެސް މޫނުމައްޗާއި ނޭފަތުން ލޭ އޮހޮރެ އެވެ. އެކަމަކު ދެޑޮކްޓަރުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ
މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ހޮސްޕިޓަލްގެ ދެ ޑޮކްޓަރަކު މާރާމާރީ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެހެންވެ، އިތުރު މައުލޫމާތެއް މިވަގުތު ދެވެން ނެތް ކަމަށެވެ.
ފުލުހުން ބުނީ މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގެ ތެރޭގައި އިންޑިއާގެ ޑޮކްޓަރަކާއި ނޭޕާލުގެ ޑޮކްޓަރެއްގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރޭގައި މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާރަގެމަ
05 March 2020
ތިކަމުގަވެސް ފުރައިގެންދާން ޖެހޭނި ނިކަމެތި ނެޕަލް މީހާ.އިންޑިޔާ މީހުންނަކީ ވަރައް އަތް އިސްކުރާ ބައެއް
ފޮނިޓައްޕު ހަސަނު
05 March 2020
ތި މާރާމާރީގައި ގަދަވީ ކާކުބާ؟
ޟެެރު
05 March 2020
ޑަކުަޓަރުންނޭކިޔާފަ ޑުރައިވަރުން ހޮސްޕިޓަލަށްނުވައްދާކޮލެޓީޑަކުޓަރުންގެންނަންވީ.ރަގަޅު މސާރަ އެއްދީފަ
ދޮންބެއްޔާ
05 March 2020
ލަސްނުކޮށް ދެ ޑޮކްޓަރުން ވެސް ފޮނުވާލާ. ނޫނީ ތި ސީރީޒުގެ އިތުރު އެޕިސޯޑް ފެންނަން ފަށާފާނެ
ކެވެލި
05 March 2020
އެކަމަކު ވާ ދޯ!
ިއިބްރާ
05 March 2020
ތަޅައިގަތު މުގެ އަސަރު ތިޔަ އޮޕަރޭޝަނަށް ކުރާނެ. އަވަހަށް ކޮ މިޓީއެއް ހައްދަވާ. ފުރުސަތެއް ތިޔަލިބުނީ ޕްރޮޖެކްޓެއް ހިންގާލަން.
ބަލިމީހާ
05 March 2020
ދެންމަށެއްނު މިޖެހުނީ މިމީހުނަށް ފަރުވާދޭން
އޮނަރަބްލް އަފީފު ދީދީ
05 March 2020
ހަމަހޭގައި ތިބެގެން މެޑިކަލް ޑޮކްޓަރުންގެ ފަރާތުން މިފަދަ އަމަލެއް ފެނުމަކީ ނާދިރު ކަމަކަށްވާތީ މަސްތުވާތަކެތީގެ ޓެސްޓްގެ އިތުރުން މެންޓަލް އެސެސްޓްމަންޓެއްވެސް ހަދާންވާނެ. # ރާއްޖޭގައި އުޅޭ ބިދޭސީ ބައެއް ޑަކްޓަރުންގެ އަމަލު ހުންނަނީ ވަރަށް އެހެންކަހަލަ ގޮތަކަށް. މާލޭގައި އުޅޭތާ ވަރަށް ޒަމާންވެފައިވާ އެފްރިކާ ބައްރުގެ ޑޮކްޓަރަކުވެސް ބަލިމީހާއާއި ޒުވާބު ކުރަމުން ހޮސްޕިޓަލް މަގުމައްޗަށްވެސް ނިކުތް. އޭނާ އުޅޭނީ ޕްލޭއީ ބޯއި އެއްގެ ލައިފް ސްޓައިލަށް.
އޮސާމާ.
05 March 2020
ކަލެއަށް ކޮންކަމެއް. ބަލަ އޭނާ ދުއްވާނެ ސައިކަލާއި އޭނާގެ ލައިފް ސްޓައިލް ބަހައްޓާނެ ގޮތް އިގޭނީ އޭނާއަށްދޯ؟ މާލޭ ކަޓް ޑޮކްޓަރުން އުޅޭގޮތަށް ކޮންމެހެން އުލޭކަށް ނުޖެހޭ.
falcon_autho
05 March 2020
ފަހަރުގައިވެދާނެ ނޫންތޯ އެމީހުންނަކީ ކުށުގެ ރެކޯޑް އޮތްބަޔަކަށްވެސް. ޑޮކްޓަރެއްގެ ނަން ކިޔައިފިއްޔާ އެމީހަކީ ސާފު ހުދު ފޮތިގަނޑެއް ކަމަށް މިރާއްޖޭގެ މުއައްސަސާތަކުން ބަލީ. މިބައިމީހުންނަކީ ކުށުގެ ރެކޯޑް އެމީހުންގެ ގައުމުގައި އޮތްބައެއްތޯ ބަލާފައިތަ މިގެންނަނީ؟ ތި ދެމީހުން އަނެއްކާ އެހެން ދެއަތޮޅަކަށް ނުފޮނުވާނެބާ؟
އިސްމާލުކަލޭފާނު
05 March 2020
މާރީމާރީހިންގާން މީ ބަންގާޅީންތަކެއްތަ؟
ބަންގލާ
05 March 2020
އިންޑިޔާ އަދި ނޭޕާލް
ސަންޕަ ހަސަންފުޅު
05 March 2020
ވެދާނެ ފިލްމެއްކަމަށްވެސް. އިންޑިޔާމީހުން ނިކަން ފިލްމީވާނެ.