ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: އެ ދެ ޕާޓީއަށް ފައިސާ ދޫކުރަން އީސީން ވަނީ ނިންމާފައި--
17 މާޗް 2020 - 12:30
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ 33 މިލިއަން ރުފިޔާ، ގެ ތެރެއިން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަށް ލިބޭ ފައިސާ އެ ޕާޓީތަކަށް ދޫކުރަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ބަޖެޓް ފާސްކުރި ދުވަހާ ހަމަ އަށް 10،000 މީހުން ހަމަވެފައިވާ ތިން ޕާޓީއަކަށް ފައިސާ ދޭން ވަނީ ނިންމައފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީ އާއި ޖޭޕީގެ އިތުރުން ދެން ހިމެނެނީ އިދިކޮޅު ޕީޕީއެމް އެވެ.
ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖޭޕީ އަށް ފައިސާ ދޫކުރަން ނިންމި ނަމަވެސް، އިދިކޮޅު ޕީޕީއެމަށް ފައިސާ ދިނުން ލަސްވަނީ، އެ ޕާޓީން އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ މިމަހުގެ 31ގެ ކުރިން އެ ރިޕޯޓްތައް ހުށަހެޅުމުން އެ ޕާޓީ އަށް ވެސް ފައިސާ ދޫކުރާނެ ކަމަށެވެ.
ފައިސާ ދޫކުރަނީ 10،000 މީހުންނަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ޕާޓީތަކަށް މެމްބަރަކަށް 327.29ރ. ގެ މަގުންނެވެ.
ދައުލަތުގެ ބަޖެޓުން މި އަހަރު އެންމެ ގިނަ ފައިސާ ލިބެނީ 53،748 މީހުން ހިމެނޭ އެމްޑީޕީއަށެވެ. އެ ޕާޓީއަށް 17،612،793ރ. ލިބެ އެވެ. ބާރަ ހާސް މީހުން ރަޖިސްޓްރީ ވެފައިވާ ޖޭޕީ އަށް ލިބެނީ 3،974،249ރ. އެވެ. އިދިކޮޅު ޕީޕީއެމްގައި 36054 މެމްބަރުން ތިބޭއިރު އެ ޕާޓީއަށް 11،814،609ރ. ލިބެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެ ގާނޫނުގައި ވާ ގޮތުން ދުވަސްތައް ގުނަން ޖެހެނީ ބަންދު ދުވަސްތައް ނުލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރިއަތް
18 March 2020
ސަރުކާރުން މިވަގުތު ތިހެދީ ވަރަށްބޮޑު ގޯހެއް. ފައިސާ ދޭން ނުޖެހެއެކޭނޫން. މިވަގުތު ދޭކަށް ނުޖެހޭ. ތިކަހަލަ ކަންތައް ނުކުރުމަށް މިނިސްޓަރަށް އިލްތިމާސްކުރަން. މިއުޅެނީ އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުން އޮތް ވަގުތުވީމާ މިހެން މިބުނީ. އެތައް ދިވެހިންނެއްގެ ވަޒިފާ ގެއްލިއްޖެ. އެކަމަކު މިވެރިން ހޭވައްޓާލާފަ ފައިސާ ބަހަނީ. ކޮންފަދަ ދެރަކަމެއްމީ. ފައިސާ ގިނަވީތަ؟
ފުދިއްޖޭ
18 March 2020
ތި ލާރި ޕާޓީތަކުން ނަގަިއފިއްޔާ ވޯޓޭ ކިޔާ މިގޭ ދޮރުގައި ޓަކި ނުޖަހައްޗޭ. ޖަވާބެއްގެ ގޮތުން ޓަކި ޖެހި އިނގިއްޔެއް ބިންދާލާނަން.
މަޒް
17 March 2020
ބަލަ ތި ލާރިކޮޅު އާންމު ރައްޔިތުންގެ ބޭނުންތަކަށް ދޫކޮއްލާ.. ތިހެން ނަހަދާ.. އާމްދަނީން 6 ބިލިއަން މަދުވާނެކަމަށް އިއުލާންކޮއްފަ އޮއްވާ ތި ހިންގަނީ ބޮޑު ޖަރީމާއެއް. މުޅި ގައުމު ފުލް ލޮކް ޑައުންއަށް ދިއުމުގެ ކުރިން ތި ހިންގަނީ ބޮޑު ޖަރީމާއެއް.. ތި ފައިސާ ކަލޭމެންނަށް ހަލާލެއް ނުވާނެ..
ފަހުދު
17 March 2020
އިގްތިސާދު އިނދަޖެހުމުގެކުރިންފެލެންއޮތް އެއްޗެއް ފެލާލަނީ ދޯ. ސާބަސް
ފަހުދު
17 March 2020
ސިޔާސީޕާޓީތައް އުވާލާ
ކަނބިލި
17 March 2020
ރައްޔިތުންގެ ވަޒީފާތައް ގެއްލި ވިޔަފާރިތައް ބަނގުރޫޓްގެ އިގުސާދު އިނދަޖެހެ މުން ދާ މި ދަނޑިވަޅުގައި އެހެން ގައު މުތަކުން ބަލަނީ ހާލުގައި ޖެހެ މުންދާ ރައްޔިތުންނަށް އެހީތެރިވެވޭނެ ގޮތަކީ ކޮބައިތޯ. ރާއްޖޭގައި މި ބަލަނީ ސިޔާސީ ދާދާއިންނަށް މާލިއްޔަތު ބަހާލެވޭތޯ. މި ދަތި ދަނޑިވަޅުގައި މަޖިލިސް މެންބަރުންގެ މުސާރައިގެ ވާހަކައެއް ނުދައްކާ ޖުޑިޝަރީގެ ޚަރަދު ވާހަކައެއް ނުދައްކާ. ރައްޔިތުންގެ ހާލަތާ މެދު ވިސްނުން ހުރި މިންވަރު އެނގޭ.
ތީނަމެން
17 March 2020
މީ މިދަނޑިވަޅައް ކުރަން މުހިމު ކަރަދެއް ނޫން. މިއައްވުރެ ބޭރުޤައުމު ްތަހަކު ތާށިވެފަތިބި ދިވެހި ކިޔަވަަކުދިން ގެންނަން ފުލައިޓް ޗާޖަރ ކޮއްދިނުން މުހިއްމު
އަލީ ދ
17 March 2020
މިއީ ސިޔާސީޕާޓީތަކަށް ލާރި ދޫކުރަން އެންމެރަގަޅު ވަގުތު ނޫން ކަންނޭގެ. އިޚްލާސް ތެރިކަމެއް ހުރިނަަމަ އަމިއްލައަށް ވެސް ލާރިކޮޅު ދޫކޮއްލާނެ.
ބޮޑުހުސޭނު
17 March 2020
މިދަނޑިވަޅުގަ ސިޔާސީ ޕާޓީތަކަށް ބޮޑެތި އަދަދުތަކުން ހޭދަނުކުރިޔަސް ރަނގަޅުވާނެކަންނޭގެ. ކުރިޔަށް އޮތީ ދަތި ދުވަސް ތަކެއްކަމުގައި ދެކިގެން ޚަރަދު ވީހާވެސް ކުޑަކުރުން ބުއްދިވެރި.
އިޙްސާސް
17 March 2020
ސިޔާސީ ޕާޓީ ހިންގަން ކޮން މެހެން ދައުލަތުން ޙަރަދު ކުރާކަށް ނުޖެހޭ. ޤާނޫނުު އިސްލާހުކުރޭ.