އެމިރޭޓްސްގެ މަތިންދާބޯޓަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މީހުން ފައިބަނީ. -- ފޮޓޯ/މިހާރު
22 މާޗް 2020 - 20:20
ކޮރޯނާވައިރަސްއާ ހެދި ގައުމުތަކަށް ދަތުރުކުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި ވާތީ ދިމާވެފައިވާ ދަތިތަކާ ހެދި، އެމިރޭޓްސްގެ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި އެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ. ރާއްޖެ އަށް ދަތުރުކުރާ އެތައް އެއާލައިނެއްގެ ދަތުރުތައް ވެސް ހުއްޓިފައި ވާއިރު އެމިރޭޓްސް އަދިވެސް ދަތުރުކުރެ އެވެ.
އެމިރޭޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަސިންޖަރުން އުފުލަން ކުރާ ހުރިހާ ދަތުރުތަކެއް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އެއާލައިންގެ ސްކައިކާގޯގެ ހިދުމަތް ކުރިއަށްދާނެ ކަމަށް ބުންޏެވެ.
އެމިރޭޓްސް އިން ބުނީ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމީ މި ދުވަސްވަރު ދަތުރުކުރާ މީހުންގެ އަދަދު މަދުވުމާއި ބައެއް ގައުމުތަކަށް ދަތުރުކުރުން މަނާކޮށްފައިވާތީ ދިމާވަމުންދާ ދަތިތަކާ ގުޅިގެން ކަމަށެވެ. މިއީ ވިޔަފާރި ދެމެހެެއްޓުމާއި ވަޒީފާތައް ހިމާޔަތްކުރުމަށް، މި ނޫން އެހެން ގޮތެއް ނެތިގެން އެޅި ފިޔަވަޅެއް ކަމަށް ބަޔާނުގައިވެ އެވެ.
ދަތުރުތައް މެދުކަނޑާލިޔަސް އެއާލައިންގެ މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ވަޒީފާގެ ޔަގީންކަން މުވައްޒަފުންނަށް އޮންނާނެ ކަމަށް އެމިރޭޓްސް އިން ބުންޏެވެ. އަދި ދަތުރުތައް މެދުކަނޑާލުމުން ލިބޭނެ ދަތިތަކަށް މާފަށް އެދޭ ކަމަށާއި ހާލަތު ރަނގަޅުވުމުން އަލުން ދަތުރުތައް ފަށާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ކޮރޯނާވައިރަސް ރާއްޖެ އިން ވެސް ފެނިފައި ވާއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކުރުން ހިމެނެ އެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ހުރި 13 މީހަކު ރާއްޖޭން މިހާތަނަށް ފެނިފައިވެ އެވެ. މުޅި ދުނިޔެ އަށް ބަލާއިރު މިހާތަނަށް 318،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި 13،600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީރުސް
23 March 2020
އެނިރޭޓްސްގެ މިނިންމުން ވަނީ ބަދަލުކޮށްފަ! 13 ޤްއުމަކަށް ދަތުރުކުރާ، އޭގެތެރޭ ހިމެނޭ ރާއްޖެވެސް
ކޮންޒާންޑް ސިޓިޒެން
23 March 2020
"ދަތުރުތައް މެދުކަނޑާލިޔަސް އެއާލައިންގެ މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ވަޒީފާގެ ޔަގީންކަން މުވައްޒަފުންނަށް އޮންނާނެ ކަމަށް އެމިރޭޓްސް އިން ބުންޏެވެ." މި ތަންކޮޅު މަންތާ އެއާލައިންގެ ބޮޑުންނަށް ދައްކާލުން އެދެން. މި ދަނޑިވަޅުގަ މުވައްޒަފުން ވަޒީފާއިން ކެނޑު މުގެ މަސައްކަތް ކުރަނީއެ. މި އޮއްހާ ދުވަހު މުވައްޒަފުން ކޮށްދިން ޚިދު މަތުގެ އަގަކަށް ސު މެއް
ހަސަނު1
23 March 2020
އެމިރޭޓްސްއާ އަލަށް ފެށި މަންޓާއާ އަޅުވާ ކިޔޭނީ ކިހިނެތް؟
ހަމީދުގެ
23 March 2020
ވަރައްދެރަ. އެންމެ 3 މަސްދުވަހު ހިފަހައްޓާލެވޭވަރަށް ފައިސާ އެއްކުރެވިފައެއް ނުވޭދޯ. ހުރިހާދުވަހު ކުރި ވިޔަފާރިންވީ ފައިދާ ކޮބާ؟ މިޔަފާރިވެރިންނަށް ވާނެ ވަރަކީ މިއީ. ކަމެއްވާދުވަހު އަތުގައިނޯވެ ހަރަދުކުރާނެ ފައިސާ ފޮއްޗެއްވެސް.
ހަސަނު1
23 March 2020
ރަނގަޅު ވިޔާފާރި ވެރިއެއް ވެއްޖިއްޔާ ލިބޭ ފައިދާ ރީ އިންވެސްޓް ކުރާނެ. ލޯނުތައް ބައިވަރު ހުންނާނެ. ލިކުއިޑް ކޭޝް އަތުގައި ބަހައްޓަނީ ތަންކޮޅެއް ކުރީގެ އުމުރުން ދުވަސްވީ ވިޔަފާރިވެރިން.
ހޮޅިސަރުކާރު
23 March 2020
ހުރިހާ ތަނެއް ހުއްޓުމަކައް އަޔަސް މިރާއްޖޭގެ އެއާޕޯޓް ބަންދެއް ނުކުރާނެ. . މީހުން ގޭގަ މަޑު ނުކުރާތީ ފަޔައް ހިނި އަރައިގެން އުޅެކަހަލަ. ބަލަ! ގޭގަ ނީންނަ މޭހާތަ ޕޮޒިޓިވް ވަނީ މި . ފަތުރުވެރިން ކިބައިން ނޫންތަ މި ވައިރަސް މި އަންނަނީ. އެނމެ ރަނގަޅުވާނެ ދޯ އެންމެ 14 ދުވަހައް ނަމަވެސް ފަތުރުވެރިން ނުގެނެސް މަޑުކޮށްލަން.
ޙައްހައްހާ
23 March 2020
14 ދުވަހައް ނުގެނައީމަ އެއްކޮށް ވައިރަސް ކޮންޓެއިން ކުރެވުނީތަ؟ ގޭގަ ތިބޭށޭ ބުނީމަ ގޭގަ ތިބޭނީ. ޑިޒިޝަންސް އެނަގަނީ އެންމެނަށް ފައިދާއާ ރައްކާތެރިކަން ލިބޭގޮތަށް
ދުމައިން
23 March 2020
މިއީ އަޅުގަނޑުމެން ދެއްކިވާހަކަ.. މޯލްޑިވިއަން ޕުލީޓުގައިހިމެނޭ ބޮޑެތޮ ބޯޓުތަށް ގުރައުންޑުނުކޮށް މިހާރުވެސް ދަތުރުކުރާ ޑެސްޓިނޭޝަންތަކުން ކާގޯގެ ޚިދުމަތްފަށާ، ސްކޯޕްއޮތް އެހެނިހެން ޕޮޓެންޝަލް މާކެޓުތަކުންވެސް ކާގޯގެ ޚިދުމަތް ނުފަށަންވީ ސަބަބެއް ނުވިސްނުނު.
އޭ320
23 March 2020
ކާގޯކުރާނީ ވަކި މޮޑެލްއެއްގެ ބޯޓުތަކުގަ. ފެސެންޖަރުން އުފުލުމަށް ހަދާފަހުންނަ މޮޑެލްގައެއް ނޫން.
ޛެޖެ
23 March 2020
ޥަރައް އުފާވެއްޖެ
އާރީ
23 March 2020
އަދިވެސް ވެލާނާ އެއާރފޯޓް ބަންދުކުރާކަށް ނުވޭތަ. ދުވާލަކަށް އައްނަ އެއްމެ 200 އެއްހާ މީހުންނަށް ހިދުމަތް ކުރަށް 3000 މުއަށްޒަފުން ނެރެގެން ކޮން ސަކަރާތެއް ޖަހާކަށް. ގައިމް ހަރަދުވެސް ކުޑަވާނެ ދޯ.
ބާރި
23 March 2020
އެއަރޕޯޓު ބަންދުކޮށްފައި ކައިބޮއެ ބޭސްކޮށްހަދާނެ ގޮތެއް ކަލޭ ހޯދައިދޭނަންތަ؟
އިބްރާހިމްކިލެގެފާނު މާލްދީފީ
23 March 2020
ބްރޯ ކާރގޯ އަންނަންޖެހޭ ނޫންތަ؟
ހައް ދުންމަތި
23 March 2020
މޯލްޑިވިއަންގެ ދަތުރުތައްވެސް ހުއްޓާލަންވީ