ހުދުރަންފުށި ރިސޯޓް: ކޮވިޑް-19 ގެ އަލާމާތް ހުރި ދިވެއްސަކު ފެނުމުން އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި
22 މާޗް 2020 - 22:53
އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި ހުރި ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނުމުން އެ ރިސޯޓް މޮނީޓަރިންގެ ހާލަތަކަށް ގެނެސްފި އެވެ.
ކޮވިޑް-19 ވައިރަސްއާ ގުޅިގެން މީގެ ކުރިން ވެސް ބައެއް ރިސޯޓްތައް މޮނީޓަރިންގެ ހާލަތަށް ގެނެސް، އެ ބަލީގެ އަލާމާތްތައް ފެންނަ މީހުން އަންނަނީ ޓެސްޓް ކުރަމުންނެވެ. އޭގެ ތެރެއިން މިހާތަނަށް އެ ބަލި ފެނުނީ 13 މީހެއްގެ ގައިންނެވެ. އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ހުދުރަންފުށިން އެ ބަލީގެ އަލާމާތްތައް ހުރި ދިވެއްސަކު ފެނުމުން އެ ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު މޮނީޓަރިންގެ ހާލަތުގައި ކުރިން އޮތް ވެލިގަނޑު ރިސޯޓްގެ އެ ހާލަތު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު 13 މީހުންގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. އެކަމަކު ބަލީގެ ނުރައްކާ އޮތްލެއް ބޮޑުކަމުން މުޅި ރާއްޖެ އަށް އާންމު ސިއްހަތު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮކް
23 March 2020
ދެއިރުދެ ދަދަޅައަށް ކޮންޓެކްޓް ޓްރޭސިން އޭ ނުކިޔާ ވައިރަސް ފެނުނު ރިސޯޓު ތަށް ބަންދު ކޮށްބަލަ. އެލަރޓް ލެވެލް މިރަށްތަކށް ގާއިމްކޮށް ލޮކޮޑައުން ކޮށްބަލަ. ގެސްޓްމީހާފުރާފަހުން މިދުވަނީ.......! މީގެން ކޯންޗެއް އެނގޭނީ! ގެސްޓްމީހާ ކިތަށް އެހެން ގެސްޓުންނާ ކައިރިވާނެ. ކިތަށް ތަނުގަ އަތްލާނެ. މަބޫރޫހު މޮޔަ ނޮގޮވާ ގޭގަ އޮވޭ ތިކަން ނުވަންޏާ.
އިބިރިހިންބެއްޔާ
23 March 2020
ކީކޭތޯ ދަންނަވާނީ. ޓޫރިސްޓުން ގެނެވޭކަށެއްނެތް. އަމިއްލަ އަތްފައިން މަސައްކަތެއް ކޮއްގެން ވާކަށެއް ނެތް. ކޮންމެ ދޮޅު ދިވެއްސަކަށް ބައި ބިދޭސީން ގެންނަން އެބަޖެހޭ. ކިތަންމެވަރަކަށް ރުފިޔާ ޕްރިންޓް ކުރިޔަސް އެ ޤަބޫލުކުރާ އެހެންބަޔަކު ދުނިޔެއަކު ނެތް. ރުފިޔާ ޕްރިންޓްކުރަންވެސް، ކައިބޮއި ހަދަންވެސް ބޭރުމީހުން ގެންނަންވެސް ބޭނުންވަނީ ޑަލަރު. އެ ލިބެނީ ޓޫރިސްޓުންއަތުން. ދެން... ކަޅުވަކަރު މިސްކިތަށް އަރާ ދުޢާކުރުން ނޫންކަމެއް ނެތްތާ.
ރިސޯޓް
23 March 2020
ކީއްކުރަން ރިސޯޓުތަކަށް ޓޫރިސްޓުން ގެނެސް އެތާތިބޭ މުއައްޒަފުންނަށް މި ބިރުވެރިކަން ދެނީ. ރިސޯޓައްވެސް ގެސްޓުން ގެނެއުން ހުއްޓާލާ
ކަސަބު
23 March 2020
ތިކަމެއްނުވާނެ. އެންމެފުރަތަމަ ކުރަންވީކަންތައް.