ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒެއްގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވަނީ. --ފޮޓޯ/މިހާރު
29 މާޗް 2020 - 12:18
ކޮރޯނާވައިރަހުން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގައި ފަސްކުރަން ޖެހުނު ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު އަންނަ ޖެނުއަރީ 6 ގެ ކުރިން ބާއްވަން ޚާއްސަ ގާނޫނެއް ހަދަން ނިންމައިފި އެވެ.
ކުރިން ނިންމާފައި އޮތީ އަންނަ މަހުގެ 4 ގައި އިންތިޚާބު ބާއްވާށެވެ. އިންތިޚާބު ފަސްކުރީ އިލެކްޝަންސް ކޮމިޝަނުން ހުރިހާ ތައްޔާރީތަކެއް ވެފައި ވަނިކޮށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި "ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނު"ގެ ނަމުގައި ބިލެއް އެކުލަވާލައި މި ހަފުތާގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޑްރާފްޓްކޮށްފައިވާ އެ ބިލުގެ ބޭނުމަކީ ގާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ނުބޭއްވި ލަސްވެފައިވާތީ ގާނޫނީ ފަރުވާއެއް ހޯދުމެވެ.
އެ ގާނޫނު ފަރުމާކުރަމުން އަންނަނީ، އިންތިޚާބު ނިމުމާއެކު އުވާލާ ގޮތަށެވެ. އަދި އިންތިޚާބު ފަސްކުރިއިރު އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެފައިވާ ހިސާބުން އަލުން ހުރިހާ ކަމެއް ފަށާ ގޮތަށެވެ. އެހެންކަމުން، އިންތިޚާބަށް އަލުން ހުޅުވާނުލައި ކުރިއަށް ގެންދާނީ މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާ އެކުގަ އެވެ.
މިހާރު އަމަލުކުރަމުން އަންނަ ގާނޫނު ބުނާ ގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެނީ ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވަނީ ޖޫން މަހަށެވެ.
އިންތިޚާބު ފަސްކުރުމުގެ ގާނޫނީ ބާރެއް އިލެކްޝަންސް ކޮމިޝަނަކަށް ލިބިގެނެއް ނުވެ އެވެ. އެހެންވެ އެ މައްސަލަ އަށް ހައްލެއް ހޯދަން އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފަ އެވެ.
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު ގިނަ ބަޔަކު ފޯމު ހުށަހެޅި އެވެ. ކޮމިޝަނުން އާއްމުކޮށްފައިވާ ގޮތުގައި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީން 877 ގޮނޑި އަދި ޕީޕީއެމުން 673 ގޮނޑި އަށް ކުރިމަތިލި އެވެ. މީގެއިތުރުން އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވެސް ވާދަކުރި އެވެ.
އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
29 March 2020
މަޖިލީހުން ރައީސަށްދަންނަވާންޖެހޭ މިހާރުހުރި މިނިސްޓްރީތަކަށާއިއިދާރާތަކަށް މަސައްކަތުމީހުންގެކަންކަންނުބެލެހެއްޓޭތީ ލޭބަރ މިނިސްޓްރީގެނަމުގައި މިނިސްޓްރީއެއްއުފައިދައިގެންކަމުގައިވިޔަސް ރާއްޖޭގެވަޒީފާ އަދާކުރާއެންމެހާދިވެހިންނާއި، ވަޒީފާ އަދާކުރާ އެކްސްޕަޓްރިއޭޓުންގެ އެންމެހާ މައުލޫމާތު ރައްކާކޮށް ބަހަލައްޓާނެ ޤާނޫނީ އިދާރާއެއް ހަދާ މިކަންކަން ފުރިހަމަކުރަން. # މިޤައުމަށް ލޭބަރ މިނިސްޓްރީއެއްގެ މުހިންމުކަން ވަރަށްބޮޑު. މިކަން އަވަސްކުރާންޖެހޭ.
ކައުންސިލަރު
29 March 2020
ޤާނޫނަށް އިސްލާހު ގެނެސްގެންވިޔަސް މިހާރުއޮތް ކައުންސިލްގެ ދައުރު އިންތިހާބު ބޭއްވެންދެން ލަސްކުރުން ރަނގަޅުވާނީ ޖެނުއަރީ އާއި ހަމައަށްވިޔަސް
ޑަން
29 March 2020
ދުނިޔޭގައި މިއޮތް ބަލިމަޑުކަމުގެ މުސީބާތުގައި އެހެންކަމެއް ކުރާނެއްވާހަކަދައްކާ އެއްވެސް ބަެއްނެތް އެންމެވެސް ބަލަނީ ބަލިންއަރައިގަނެވުމަށް ބުރަމަސައްކަތްކުރަމުން ރިދޫމީހުން އަދިވެސް އުޅެނީ އިންތިހާބެއް ނުބޭއްވިގެން ތިއިންތިހާބަކާއި ތިކަމެއް މިހާރު އޮތީ ޑަސްބިނަށް އަޅާފައި ބާލާންވެސްބޭނުމއްނޫން
އޮނަރަބްލް އަފީފު ދީދީ
29 March 2020
ކޮވިޑް 19 އާއިވިދިގެން ދައުލަތް ބަޤުރޫޓްވެދާނެކަމުގެ ބިރައްޓަކާ ކުއްލިމައްސަލައެއްގެގޮތުގައި ދައުލަތްޙިއްސާވާކުންފުނިތަކާއި ސަރުކާރުގެވަޒީފާތަކުގައިތިބި ބިދޭސިންގެ ތެރެއިން "ޕްރޮފެޝަނަލް ގިންތީގެ ވަޒީފާތައްނޫން ހުރިހާ ވަޒީފާތަކެއްގައިތިބި ބިދޭސިން ކުރިއަށްއޮތް 3 މަސް ދުވަހުގެ ތެރޭގައި ވީސާ ކެންސަލް ކުރުމަށްފަހު އެމީހުންގެ ޤައުމަށް އަބުރާ ފޮނުވާލަން" ސަރުކާރަށް އަންގަވާ. # އަދި ޕްރައިވެޓްސެކްޓަރ ތަކުގައިތިބި ބިދޭސިން %50 އަށް ތިރިކުރަން އަންގާ.
ހިޔާލެއް
29 March 2020
ބޭރު މީހުން މަދު ކުރަން ރަނގަޅު ފުރުސަތަކަށް ވާނެ ކަން ޔަގީން
123321
29 March 2020
ތިމާމެން ގަޔައް ނުކަތާވަރުގެ ބޮޑު ކޯޓް ނުފަހާ، ތިމާމެންގެ ސައިޒް ގަ އުޅެން ވީނު، ރައްކުރި އަރުވާ ކޮމިޓީ އާ، އަތޮޅުވެރިންނާ، ކަތީބު އާ، އަންހެނުން ކުރިެަރުވާކޮމިޓީ ބޭއްވީމަ ނިމުނީ، ކީއްކުރާ އިންތިހާބުތަކެއް، ނެއްފައިސާ އެއްގަ
އޮނަރަބްލް އަފީފު ދީދީ
29 March 2020
އިންތިޙާބު ލަސްކުރުމުގެ އިތުރަށް ރާއްޖެ އިދާރީ ޤާނޫނީ 3 ސަރަހައްދަކަށް ބަހާލާ މައުމަވީގޮތުން ލާމަރުކަޒުކުރުމަށް ފުރުސަތު ލިބޭގޮތަށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެއާއިއެކު)ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާރން ޕްރޮވިންސް ހަދަން ޤާނޫނުގައި ކަޑައަޅުއްވާ. # މިބަދަލާއިއެކު ކުރިއަށްއޮތް 20 އަހަރުގެ ބަޖޭޓްގެ ބޮޑުގައި އުތުރު އަދި ދެކުނު ޕްރޮވިންސްގެ ތަރައްޤީއަށް ޙާއްސަކުރަން ސަރުކާރަށް މަޖިލީހުން ލަފާދެއްވަވާ.
ލޮލް
29 March 2020
އިންތިޚާބެއް ނުބާއްވާނޭ ކިޔާފައި ހަޅޭއްލެވި މީހުން ވެރިކަމަށް އަރާފައި މި ހަދަނީ ކިހިނެތް؟ ސުޕަރ މެޖޯރިޓީ އޮތީމާ، ހެޓިލަރު ހެދިހެން ގާނޫނު ބަދަލުކޮށްގެން ބޭނުން އެއްޗެއް މިހަދަނީ! ވެރިކަމުގައި ތިބި މީހުންނަށް ކިހިނެއްބާއެގެނީ މިއަންނަ ޖެނުއަރީގެ ކުރިން ހާލަތު ރަގަޅުނުވާނެ ކަމެއް؟ ނަމަ ނަމަ މިހާރު ތިބި ކައުންސެލަރުންނަށް ދައުރު ހަމަވުމަށް ފަހު މަގާމުގައި ނުބައިތިއްބާތި! އެހެން ހަދައިފި ނަމަ އެ އަރައިގަނެވެނީ ވަރަށް ގިނަ ބައެއްގެ ހައްގަކަށް!
ނެތީމޭ
29 March 2020
ތިޔާއީ ސަންސެޓް ގާނޫނެކޭ މަމެން ބުނަން ނެތީމޭ...
ހަޑިގިއްލާ
29 March 2020
ރަނގަޅު ނިންމުމެއް. ނަމަވެސް އާ އިންތިހާބެއްގޮތައް އެންމެހާ ކަންކަން ހުޅުވާލަންވާނެ
ބޮޑުމީހާ
29 March 2020
ކައުންސިލްތަކަކީ އޭރަކު ހުންނަ ވެރިޔަކު އައްޔަންކުރާ ބަޔަކަށް ހެދީމަ ނިމުނީ. އިންތިހާބު ބާއްވަން ދާ ޚަރަދު ސަލާމަތްވެފަ، އެއްބާރުލުން ނުދެޔޭ ބުނާ މައްސަލަ ހައްލުވެފަ، ސިޔާސީ މަގާމުތައް މަދުކުރަން ފުރުސަތު ލިބޭނެ،