ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސްއާ މިއަދު ވާހަކަފުޅު ދައްކަވާއިރު، ހެލްތު މިނިސްޓަރު އަމީނާއި އެ ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު އަރްވިންދު އަރިހުގައި.---ފޮޓޯ: ހެލްތު މިނިސްޓްރީ
08 އެޕްރީލް 2020 - 17:26
ކޮވިޑް-19 އާ ގުޅޭ ގޮތުން ރާއްޖޭގެ ހާލަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސްއާ މިއަދު ހިއްސާ ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިއަދު މެންދުރު ފޯން މެދުވެރިކޮށް ދެބޭފުޅުން ކުރެއްވި މަޝްވަރާގައި ޑަބްލިޔުއެޗްއޯ އިން ކޮވިޑް-19 އިން މީހުން ސަލާމަތް ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ރައީސް ވަޒަން ކުރެއްވި އެވެ. އަދި އެ ޖަމިއްޔާ އިން ރާއްޖެ އަށް ދެމުން އަންނަ އެހީތައް ފާހަގަ ކުރައްވައި ރައީސް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
ރާއްޖޭން މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 19 މީހުން ކަމަށާއި ދުރާލައި އެޅި ފިޔަވަޅުތަކުގެ ސަބަބުން އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރިގެން އަދި ނުދާ ކަމަށް ވެސް ރައީސް ދެންނެވި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ތަފްސީލް ދެއްވަމުން ރައީސް ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން އާއްމު ސިއްހަތުގެ ކުއްލި ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އާއްމުން އެއްވެ އުޅުން މަދު ކުރުމާއި ބަލި ފެތުރުން އިތުރުވެފައިވާ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން ކުރިއާލައި ހުއްޓުވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކަށް ރިސޯޓްތަކުން މީހުން ދިއުން މަނާ ކުރުމާއި ރާއްޖޭން ބޭރުން އަންނަ ދިވެހިން ވެސް 14 ދުވަހަށް ކަރަންޓީން ކުރާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސްއާ މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭން ދުރާލައި ފިޔަވަޅުތައް އެޅިކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ބަލި މީހުންނަށް ހާއްސަ އެނދާއި އައިސީޔޫގެ ކެޕޭސިޓީ އިތުރު ކުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ގޮތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޒަރޫރީ ތަކެތި ހޯދުމަށް ގޮންޖެހުންތަކާ ކުރިމަތިވާކަން ފާހަގަ ކުރައްވައި އެކަންކަމަށް ހައްލު ހޯދައި ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސްއާ މިއަދު ވާހަކަފުޅު ދައްކަވާއިރު، ހެލްތު މިނިސްޓަރު އަމީނާއި އެ ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު އަރްވިންދު އަރިހުގައި.---ފޮޓޯ: ހެލްތު މިނިސްޓްރީ
ފޯން ކޯލް ނިންމާލައްވަމުން ރައީސް ވަނީ ބައްޔަށް ޓެސްޓް ކުރުމަށް ޑަބްލިޔުއެޗްއޯ އިން އިތުރު ޓެސްޓް ކިޓްތަކެއް ރާއްޖެ އަށް ދެއްވި ކަމަށްޓަކައި ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭން އަޅާފައިވާ ފިޔަވަޅުތަކަށް ޑަބްލިޔުއެޗްއޯ އިން ވަނީ ތައުރީފް ކޮށްފަ އެވެ. އަދި އެ ޖަމިއްޔާ އިން އަންނަނީ ރާއްޖެ އަށް ތަފާތު އެހީތައް ފޯރުކޮށް ދެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިޔާލު
09 April 2020
ސައެންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިން މިބައްޔަށް ވެކްސިންއެއް ހޯދަން މަސައްކަތް ފެށުމަށް ގޮވާލަން. މިބަލިން އަރައިގަނެވި އިގުތިސާދު އެންމެ އަވަހަށް ނަގާ ކޮޅަށްޖެހޭނީ ވެކްސިންއެއް ހޯދިގެން. މިހާތަނަށްވެސް ސައެންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިން ވަނީ ނަމޫނާ ދައްކަވާފަ. ގޭގަ ތިބެގެން ސަރުކާރުގެ މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ މަގު ތަނަވަސްކޮށްދީފަ
ދޮގެއްނުހެދީ
09 April 2020
ބަލިފެތުރެމުން ދިއަ ގައުމުތަކުން ކުރިއާލައި މީހުން އައުން ނުހުއްޓުވުނީމަ ފުރަތަމަ ކޭސްވެސް މިގައުމަށް އައީ. އިޓަލީގައި ބާރުމިނުގައި ފެތުރެމުންދިއައިރު ރިޒޯޓެއްގެ ޑޮކްޓަރަކު ގުޅާފަ ކަމާބެހޭ ވާހަކަ ދެއްކިއިރު އެނގެންވީ މީހުންނަށް ހިލަމެއްނުވި. ދެންވެސް ހުރިހާ ފައްސިތަކެއް އިމްޕޯޓްވެގެން އެއައީ. އެދޮރު ކުރީބައިގަ ބަންދުކުރިނަމަ 19 އަށް ނޭރީސް. ބަނޑަށްޖެހިދާނެތީ ޓޫރިޒަމް ނުހުއްޓޭނެކަމަށް ކިއަސް އެކަމަކުންނޫން މީހުންތައް މިހާރު ބަނގުރޫޓްވަމުން އެދަނީ
ޢެހެންތަ ހީވަނީ
09 April 2020
މަށެއް ނޫޅެއް ރައިސާއަޅައިގަނެގެން ނެއްޓެއްނޭގިގެން ރައިސޫ ދިވެހިގެ ތެރޭގަ ތަ ބަލި ފެތުރެނީ .ކީއްކުރަންތަ ދޮގު ހަދަނީ ދިވެހިންގެތެރޭގަ ބަލި ފެތުރުން ކޮންޓްރޯލޭ . ދިވެހިންގެ ތެރެޭބަލި ފެތުރޭތަ ؟ ބަލި ހިފައިގެން ރާއްޖެ ބަޔަކު އެރީކީނޫންތަ ؟ ފުރަތަ މައަޅަންޖެހޭފިޔަވަޅު އެޅީނަ މަ ސުކޫލުތައް ބަންދު ކޮއް ހަޔާތުން ދުވަސް ތަކެއް ބޭކާރުކުރާކަށް ނުޖެހޭނެ . ވާހަކަ ދައްކައިގެން ނާގާބިލް ކަ މުން ސަ މާލު ކަން ހޯދަން ނޫން އެހެން ކަ މެއް ނުކުރޭ . ކިހާބޭކާރު
މޫޗީ/މީދޫ
09 April 2020
''ކޮވިޑް 19''ބަލީގައި އެއްމެ ބޮޑު ގެއްލުމެއްވެގެން މިދަނީ ގެއްލިގެންދާ ފުރާނަތަށް ދެން ފައިސާ. ރާއްޖޭން ފުރާނަތަކެއް އިރާދަފުޅުން ނުގެއްލޭ އެކަމަކު ހާދަ ބައިވަރު މީހުންގެ އާމްދަނީ އާއި ވަޒީފާތައް ގެއްލި ގައުމު ބޭންކްރަޕްޓް ވާހާލަތައް ދާއިރުވެސް ގައުމު ގެ އިގްތިސާދު ކުރިޔަށް ގެންދާނެ ހަރުދަނާ އަލިމަގެއް އަދި ފެއްނަންނެތް.
ނަސީމް
09 April 2020
ހަމަ ސީދާ އޯވަލް އޮފީސް. ތަފާތަކީ މީހުން ލައިގެންތިބި ގަމީހުގެ ކުލަ.
އޮނަރަބްލް އަފީފު ދީދީ
09 April 2020
އދ އެހީއާއި ލޯނު ހޯދައިގެން އެއްފަސް ކުރުމަށް ބރުއަޅަން މާލޭގެ ސްކޫލްތަކުން ވަކިކޮށް ހޯރަފުށި، ކުޅުދުއްފުށި، އޭދަފުށި، ހަނިމާދޫ، ހިންނަވަރު، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާ ހުރިހާ ރަށެއް، ކޮލަމާފުށި، ތިނަދޫ، ވިލިގިލި، ފުވައްމުލަށް އަދި އައްޑޫ ސިޓީގެ ސްކޫލްތަކަށް ބަދަލުވާ ކޮންމެ ކުއްޖަކަށް 50000:00ރ ގެ މަގުން އެކުދިންގެ އާއިލާތަކަށް މާލެދޫކޮށް ބަދަލުވުމަށްޓަކާ 5 އަހަރުން އަބުރާދައްކާގޮތަށް ސްޓިމިއުލަސް ޕެކޭޖުން އިންޓްރަސްޓް ފްރީ ލޯނު ދެއްވާ.
ޢެހެންތަ ހީވަނީ
09 April 2020
ހެއްވާއިގޭ ކީއްކުރަންތަ ރަށަށްދާންވީ ރަށަށް ދިއަސް ވަންނާނެ ގެދޮރެއްނެތް ދަރިންނަށް ކިޔެވޭނެ ފަދަވެސް ވަޒީފާގަޑެއްވެސް ނެތް ދަޑުހައްދަން ބިމ މެއްނެތް .މަހަށް ދިއަސް މަސް ކިރައިލަދެނީކީނޫން މަސް ގަރުދިއަ ފެއްޓްރީ އެއް ގޭދޮށު މަސް ފެކްޓްރީ އެއީ އަދި ހިޔާލީ ފޮލައެއް ކީއްކުރަންތަ ފޮލާކައްކަން ލޯނަކާހަވާލުވާންވީ 15 މަސްދުވަސްވީ ވެރިކަ މެއްގަ ތައުލީ މީ ހާލަތް ޑައުންވީ .
ޚިޔާލު
09 April 2020
ސަރުޚާރުން ވަގުތުން އިއުލާން ކުރައްވަންވީ މާލެއިން ރަށަށް ދިރިއުޅުން ބަދަލުކުރާ ކޮންމެ އާއިލާއަކަށް ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން އެހީވެދޭނެކަމަށް. މިކަން މިއަންނަ ހަފުތާ ތެރޭގައި އިއުލާންކުރައްވާނެކަމަށް އުންމީދުކުރަން.
އޮނަރަބްލް އަފީފު ދީދީ
09 April 2020
މާލޭގައި ކުއްޔަށް އުޅޭ އެތައްހާސް ބަޔަކު މަގުމަތިވެ އާއިލާތަށް ބިކަވެހިގައިދާނެތީ ޤާނޫނުހަދާ މިޖިލިސް މެންބަރަކު "ކުލިނުދެއްކޭނަމަ ރަށަށް ދިއުމަށް" ގޮވާލައްވާ އަދި އެކަމަށް މަޖިލިސް ރައީސް ވަނީ ތާއީދުވެސް ކޮށްފަ. # މިކަމަށް އެއްބާރުލުންދިނުމަށްޓަކާ މާލޭސްކޫލްތަކުން ރަށެއްގެ ސުކޫލަކަށް ބަދަލުވާ ކޮންމެ ކުއްޖެއްގެ އާއިލާއަށް ސްޓިމިއުލަސް ޕެކޭޖުން ކުއްޖަކަށް 50 ހާސް ރުފިޔާގެ މަގުން 5 އަހަރުން ދައްކާގޮތަށް އިންޓަރެސްޓް ފްރީ ލޯން ދެއްވާ.
ބާދަގަނޑަށް
09 April 2020
ރަށަށް ބަދަލު ނުވިއަސް ތައުލީ މަކަށް ބޭނުންވާކޮން މެ ގައު މަކުން ކިޔެވޭނެ ލޯނު ދީބަލަ ރަށަށް ދާ މަތިންތަ ލޯނު ދޭން ޖެހެނީ ވައްޓާލި ހާލަތުން އަރައިގަންނާނެ ލޯނު . ވައްޓާލީ މަ ތެދުވާކަށް ނޫންތަ އެއްބާރުން ދޭންޖެހޭނީ .