ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން.
09 އެޕްރީލް 2020 - 18:23
މާލޭގެ 10 ގެއެއް ބަލައި ފާސްކޮށް ހޯދި ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުުރުކުރީ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު، 24 އާއި ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު 23 އާއި ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހްމަދު ގިޔާސް 25 އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު، 50 ކަމަށެވެ.
މީގެ ތެރެއިން އަރުޝަދަކީ، އެ މައްސަލައިގައި ހިމެނޭ އެންމެ އިސްމީހާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އޭނާ ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރަން ކުރިން ގެންދިއުމުން ކޯޓުން ދޫވެސް ކޮށްލި އެވެ. އެކަމަކު އޭނާ އަލުން ހައްޔަރު ކުރީ އެ އަމުރު މުރާޖައާ ކުރަން ހުށަހެޅުމުން ކޯޓުން އަމުރު ދިނުމުންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރި ކުށުގެ ވެށިން ވެސް 4.6 މިލިޔަން ރުފިޔާ ފެނުނެވެ. އޭރު ފުލުހުން ބުނީ އަރުޝަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކުގައިވާ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓުތައް ފްރީޒްކޮށްފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއުމާ މޫސާ
10 April 2020
ދެން ފެންނާނީ ދޫކޮށްލާ މަންޒަރު ބަލަންތިބޭތި
ދެކު
10 April 2020
ހުސްވެސް ދެކުނު މީހުން ހާއްސަކޮށް ގދ މީހުން. ހުސްވެސް މިކަމެއްގަ އުޅެނީ މިމީހުންނާ މާލޭ މީހުން. ބޮޑު އުނދަގުލެއް
3355
10 April 2020
މިއޮއްކުޑަ ގައުމު ހަލާކުވެ ނިމިއްޖެ.. މުޅިންވެސް އުޅެނީ އެއްފަހަރުން މުއްސަނދިވާން ބޭނުންވާ މީހުން ހަލާލުގޮތުގައި ބުރަކޮށް މަސައްކަތްކޮށްގެން ފައިސާހޯދާނެ ބުއްދިނެތް ބައެއްމީ ސަހާދަތް ދެރަވަރުމ
ޑީއީއޭ އެޖެންޓް
09 April 2020
ޑްރަގް ވިޔަފާރި އަކީ ވަރަށް ބޮޑަށް ކޮރަޕްޝަން ހިމެނޭ ވިޔަފާރިއެއް ކަމަށް ވާތީ ގިނަ ފަހަރަށް ޝަރީއަތުން ސަލާމަތްވެގަނޭ. މިކަން ހައްލު ކުރަން ޑްރަގް ވިޔަފާރީގެ މައްސަލަތަކުގެ ޝަރީއަތް ކުރުމަށް 5 ޖަޖުންގެ މައްޗަށް އެކުލެވޭ ބެންޗަކާ އެކީ މިފަދަ ޝަރީއަތަށް ޚާއްސަ ކޯޓެއް އުފެއްދުން ރަގަޅުވާނެ.
އަސްތާ
09 April 2020
އެހެންތޯ. މައްސަލަ ނިންމޭއިރު ޗެއިން އޮފް ކަސްޓަޑީ މިފަހަރު ރަނގަޅަށް ލިޔެވިފައި އޮންނާނެބާ؟!
ބޭބެ.
09 April 2020
ޕޮލިހުން އޮންނާނީ އިޖްރާއަތާއި ހިލާފުފައި އެހެންވެ ބޮޑުން މިއަދާއިހަމައަށް މިނިވަންކަންމަތީ އެއުޅެނީ
ތަމެންދޯ
09 April 2020
މުޅިން ވެސް އުޅެނީ އެހެލާން ތެހެލާން މެން ދޯ ކީއްކުރާނީ...
ދެމިސްކޯލު
09 April 2020
ހަޑިއެއްހާވާފަ، ހުރިހާއެންމެން ދޫކޮށްލާ..