ބިޒް ފިހާރައިން ވަގަށް ނެގި ބައެއް ތަކެތި: އެތަނުން ވަގަށް ނެގި ގިނަ އަދަދެއްގެ ތަކެތި ވަނީ ހޯދާފައި -- ފޮޓޯ/ޕޮލިސް
14 އެޕްރީލް 2020 - 14:50
ބިޒް މޮބައިލް ފިހާރަ ފަޅާލައި، އެތަނުން ވަގަށް ނެގި އިލެކްޓްރޯނިކް ސާމާނުގެ ތެރެއިން ގިނަ އަދަދެއްގެ ތަކެތި ހޯދައި، ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހާއި 30 ވަނަ ދުވަހު ބިޒް މޮބައިލް ފިހާރައިން ވައްކަން ކޮށްގެން 75،000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ ވަގަށް ނެގި ކަމަށެވެ. އޭގެ ތެރެއިން 62،000ރ. ގެ ތަކެތި ހޯދައި، ވެރިފަރާތާ ހަވާލު ކޮށްފައިވާ ކަމަށާއި އެހެން ތަކެތި ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ހައްޔަރުކުރީ އަންހެންނަކާއި ފިރިހެނެކެވެ. އަދި މި މީހުން އެ ތަނުން ވައްކަންކުރި ކަމަށް އެއްބަސް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭގެ ތެރެއިން ފިރިހެން މީހާ އަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރަން ދޫކޮށްލާފައިވާ މީހެއް ކަމަށާއި އެހެންވެ، މިހާރު އޭނާ ކަރެކްޝަންސްއާ ހަވާލު ކޮށްފައިވާ ކަމަށެވެ.
ބިޒް މޮބައިލް ފިހާރައިން ބަޔަކު ވައްކަން ކުރިއިރު، އެޕޯލޯ ހޯލްޑިންގްސްގެ އޮފީސް ވެސް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަޅާލައި، 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގައިފަ އެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްއަދުރޭ
15 April 2020
އަންހެނުންވެސް ހާދަކުރީގައޭދޯމިއުޅެނީ...!
ބޮޑުމީހާ
14 April 2020
ބަންދުކޮށްފަ ބަހައްޓާ
އަހުމަދުބޭ
14 April 2020
މިވާހަކަ އަހަރެން މިދިޔަމަހުބުނިން ވައްކަން އިތުރުވެ، ފޭރުން އިތުރުވާނޭ، ފުލުހުން ނިކަން ރަގަނޅަށް ފާރަލާން ޖެހޭނޭ، މިގައުމުގައި ކޮރޯނާނޫނަސް ބަލިވާނެ 30 ހާސް ކުދިން އުބައުޅެޔޭ؟ އެކުދިންނަށް ސުޓަފް ނުލިބުނީމާ އެކުދީންގެ ސުޓަފްގެ އަގުއަރާނޭ އެހޯދަން ކޮންމެ ފަދަކަމެއްވެސް ކޮއްފައިނޭ، މިފެންނަނީ އެކަމުގެ ކޮޅުމަތި މައިދޮރާށި ހުޅުވަންދެން މިކުދިންގެ އުދަގޫވަކި ކުޑައެއްނުވާނެ
އިސްމާލުކަލޭފާނު
14 April 2020
މިދުވަސްކޮޅު ވައްކަންކުރާމީހުންނަށް އަހުވަބޮޑުވާންޖެހޭނެ އެހެން އާއްމުޙާލަތުގައި ވައްކަންކުާމީހަކަށްވުރެ.
ކުނާ
14 April 2020
ސާބަސް
އިބުރާހިމު
14 April 2020
ދެރަކަމަކީ މިކަހަލަ ވަގުންކުރާ ވައްކަންތަކަށް ހިތްވަރުދީ ސާބަސްދޭ މީހުންވެސް އުުޅޭތީވެ. މިސާލަކައް ކުނާ މެންކަހަލަ މީހުން ސާބަސްދީ ކޮމެންޓް ކުރާތީވެ މިއީ އެފަދަވަގުންނައް ލިބޭއިތުރު ހިތްވަރެއް
falcon_autho
14 April 2020
ކުނާގެ އެސާބަހަށްވުރެ އެމީހުންނަށް ހިތްވަރު ބޮޑަށް ލިބޭކަމަކީ އެމީހުންނަށް އަދަބެއް ނުދީ ސަރުކާރުން އެމީހުން ދޫކޮށްލާނޭ ކަން ޔަގީން ވުން. ކަރެކްޝަނަލް ސާވިސްއާ ޙަވާލުވުމަކުން އަދަބެއް ނުލިބޭ. ރިސޯޓް ފެންވަރުގައި ކާލައިގެން ޑޮކްޓަރަށް ދައްކަންވެގެން މާލެއާދެވޭ. ދެން ދޫކޮށްލީމާ ދަތިވެގެން އަނެއްކާވެސް ރައްޔިތުމީހާގެ ފައިސާކޮޅު ދަމައިގަންނަނީ.
ދޯބެ
14 April 2020
ޥަގު އަތިލައިގެންފި ވާހަކައޮތީމަ. .ކުނާ ސާބަސް ދީފަ އެއޮތީ ފުލުހުނަށް ހެން ހީވަނީ..
އައްސަރިބަހާއި ސާބަސް
15 April 2020
ހައްޔަރުކުރާ ކޮންމެ މީހެއްގެ ފަތިފުށް، ފަތްފުށްތަކުގައި ލިޔެލީމާ އަޑުއަހާލަން ކަންފަތަށް ފަސޭހަ ނުވިޔަސް ހިތަށް ކުޅަދާނަ ނުވިޔަސް ރޯދަކުރަން ކިޔާ ވާހަކައަކަށްވުރެ ދިގުވިއްޔާއެވެ. އެވަރުގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން ނިބުރަވެރިކަމެއް ނެތި ހައްދުފަހަނައެޅުމެއް ނެތި މިހިންގައި ނިންމާލާ ބިޔަ ބޮޑެތި މަޝްރޫޢުތަކުގެ ވާހަކަ ނޫސްތަކުން ކިޔާލާފައި ދޭން އޮތީ އައްސަރިބަހާއި ސާބަސް ނޫން ދެން ކޯއްޗެއްހެއްޔެވެ؟