ތުލުސްދޫ: އެ ރަށުން ދެ ބިދޭސީއަކު ވަނީ ޕޮޒިޓިވްވެފައި.
27 އެޕްރީލް 2020 - 00:26
ކ. ތުލުސްދޫގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަން އުޅޭ ބަންގްލަދޭޝްގެ ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މި ދެ ބިދޭސީން ޕޮޒިޓިވްވީ އެ ރަށުގައި ކަރަންޓީނުގައި ތިއްބަ އެވެ. ދެ މީހުންގެ ސާމްޕަލް ނެގީ މީގެ ދެ ދުވަސް ކުރިންނެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް އަހުމަދު އަނީސް، "މިހާރު" އަށް ވިދާޅުވީ ދެ ބިދޭސީންނަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވެގެން ކަރަންޓީންގައި ތިބި ބައެއް ކަމަށެވެ. އެ ދެ މީހުންގެ އިތުރުން ވެސް 14 ބިދޭސީއަކު ކަރަންޓީންގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލެ އިން ޕޮޒިޓިވްވި މީހަކާ [ޕޮޒިޓިވްވި] ދެ މީހުން ބައްދަލުވީ،" އޭނާ ވިދާޅުވި އެވެ.
ކަރަންޓީނުގައި ތިބި ބިދޭސީން ހިމެނޭ ގޮތަށް ޖުމްލަ 40 މީހެއްގެ ސާމްޕަލް އެ ރަށުން ވަނީ ނަގައިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ނަތީޖާ ޕޮޒިޓިވްވީ އެ ދެ މީހުންނެވެ.
ތުލުސްދޫގެ ހާލަތާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަދި އެއްޗެއް ނުބުނެ އެވެ.
އަނީސް ވިދާޅުވި ގޮތުގައި މިމަހުގެ 21 އިން ފެށިގެން އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތުގަ އެވެ. އެހެންކަމުން ރަށަށް މީހުން އަރައި ފޭބުން މަނަލެވެ. އަދި ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މިހާތަނަށް އިތުރު ހަރުކަށި ފިޔަވަޅެއް ނާޅާ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް މިހާތަނަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ ބަންގްލަދޭޝްގެ މީހުންނެވެ. ހެލްތު މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ 102 މީހަކަށް ވަނީ އެ ބަލި ޖެހިފަ އެވެ. އެ ލިސްޓުގައި ދެން އެންމެ ގިނައީ ދިވެހިންނެވެ. މިހާތަނަށް 80 ދިވެއްސަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފަ އެވެ. ދެން އުޅެނީ އިންޑިއާގެ 13 މީހަކާއި ސްރީ ލަންކާގެ ދެ މީހަކާއި އިޓަލީގެ 11 މީހަކާއި ޕާކިސްތާނުގެ އެކެކެވެ. އަދި "އެހެނިހެން" ކެޓަގަރީގައި ފަސް މީހަކު އުޅޭ ކަމަށް ހެލްތު މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.
ތުލުސްދޫން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މާލެ ފިޔަވައި ދެން އެ ބައްޔަށް މީހަކު ޕޮޒިޓިވް ވެފައިވަނީ ހއ. އުލިގަމާއި އުތުރުގެ ތިން އަތޮޅަކަށް ދަތުރުކުރި "އަމާޒު" ބޯޓުގެ ކެޕްޓަނެވެ. އެ ބޯޓު ދަތުރުކުރި ހުރިހާ ރަށެއް އެޗްޕީއޭ އިން ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.
އެޗްޕީއޭގެ މޮނިޓަރިން ލިސްޓަށް ލާފައި ވަނީ ހއ. އަތޮޅުން ދިއްދު އާއި އުތީމުގެ އިތުރުން ށ. ނަރުދު އާއި ށ. ފުނަދު އާއި ށ. މިލަންދު އާއި ށ. ފީވަކާއި ށ. މާއުގޫނދު އާއި ނ. ވެލިދު އާއި ހޮޅުދު އާއި ނ. މާފަރާއި ނ. މިލަދު އާއި ނ. ކެނދިކުޅުދު އާއި ނ. ހެނބަދޫ އެވެ.
މީގެ އިތުރުން ހދ. ކުޅުދުއްފުއްޓަށް މި މަހުގެ 21 ވަނަ ދުވަހު އިއުލާންކުރި ލޮކްޑައުންގެ މުއްދަތު ވެސް މިހާރު ވަނީ އިތުރުކޮށްފަ އެވެ.
މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ ގިނަ މީހުން މިހާތަނަށް ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ. ނަމަވެސް އަމާޒު ދޯނީގެ މައްސަލައާ ގުޅިގެން ރަށްރަށަށް ކޮވިޑް-19 ފެތުރުމުގެ ބިރު ބޮޑު ކަން އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 214 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެންމެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވްވި ދުވަހަކީ އިއްޔެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަތާވީސް
09 May 2020
ތުލުސްދީގައި ބިދޭސީންގެ މެދުގައި ކޮރޯނާފެތުރޭތާ،ކޮން ދުވަހެއް. އަދި ކިރިޔާތޯ އެމީހުންނާ މެދު ފިޔަވަޅު އެޅުނީ. މީގެވަސް ބަސް ނާހަނީ ރައްޔިތުންތަ؟
ހާސަރު
27 April 2020
ބަގްލާދޭސް މީހުނަށް ބަވާ ކޮމެންޓް ކުރާ މީހުންވެސް ވިސްނާލަބަލަ ،އެމީހުން ގެނައި ބަޔަކު އެމީހުން ބިކަކޮށްލީ. އިންސާނިއްޔަތުކަން އިސްކުރުން މިވަގުތުމުހިއްމީ.
ބޭކާރު ވާހަކަ
27 April 2020
ތީނަ ގެނައީ. ތީނަގޭގަ އެއެން މެން ގެންގުޅޭ. އަހަރުން ނުގެންނަން 1 ކަކުވެސް އު މުރުން 40 ވީ މިހާރު.
އޮނަރަބްލް އަފީފު ދީދީ
27 April 2020
މާލެނޫން ރަށްރަށުގައިތިބި އިމިޤްރޭޝަން ޤާނޫނާއި ޙިލާފް ހުރިހާބިދޭސިން އެމީހުންގެ ޤައުމަށް ފޮނުވާލުމައްޓަކާ އެމީހުން ރާއްޖެއެތެރެވި އެއަރޕޯޓް އޮތް މާލެއަށް އެމީހުން ފޮނުވާލުމުގެ މަސައްކަތް ރަށްރަށުގެ ކައުންސިލް ތަކާއި ރައްޔަތުން ގުޅިގެން ބާރުމިނުގައި ކުރިއަށް ގެންދާންޖެހޭ. # ޤާނޫނާއި ޙިލާފް މިފަދަ ބިދޭސިންގެ ސަބަބުން އިޖްތިމާއީ އެތައް ނުރައްކާތެރިކަން ތިމާގެ ރަށާއި އާއިލާއަށްވެސް ކުރިމަތިވެދާނެ. ޖެހިލުންނުވެ ފިޔަވަޅު އަޅުއްވާ.
ވަގުތުވަރަށްމުހިންމު
27 April 2020
ރަނގަޅު ވާހަކައެއް މިހާރު މިއޮތީ އިތުރު މަސައްކަތަކާ ނުލައި،ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ގިނަ ބަޔަކުު ހޯދިފައި. އިތުރު ފުރުސަތު ދޭން ނުހަދައި އަވަސް މަގަކުުން އެ އެންމެން ރާއްޖެއިން ފޮނުވާލަން އެބަޖެހޭ. އެހެންނޫނީ ފުރަބަންދު ހަމައުވޭ އިރަށް ދިޔަނުދިޔަ ތަނެއް ނޭނގި ފިލައިގެން މުޅި ރާއްޖޭގަ ފެތުރިގަންނާނެ.
މޯޑް
27 April 2020
ބަގުލާދޭސް މީހުން ތިހާގިނަވާނި ކަން އެގޭތީ ދޯ ބަގުލާދޭސް ޑޮކުޓަރުން ޓީމެއް ގެނައީ
ށަނާ
27 April 2020
ޟީ މީ ދިވެހިން ކަންނެއްކަމުން ވާގޮތް މިކުދިންކޮޅު ރަނގަޅަށް ބަލާތި އިނގޭ
ގަޓް ބްރޯ
27 April 2020
ދިވެއި މަސައްކަތްތެރިއަކަށް ދުވާލަކު 200އެއްހާ ރުފިޔާ ދޭން ބޮޑުވެގެން ރާއްޖޭގެ ކުދިކުދި ރަށްރަށަށްވެސް އަގުހެޔޮ މަސައްކަތްތެރިން ގެ ނަމުގަ ގިނަ އަދަދެއްގެ ބަންގާޅީން އެތެރެކުރިއިރު، ފަހުން ކުރިމަތިވެދާނެ އެއްވެސް މައްސަލަތަކަށް ވިސްނައެއްނުލާ. ދެން މިހާރު މިއޮތީ ވަގުތުފާއިތުވެފަ. ދެންވެސް އަމިއްލަ އެދުން ދޫކޮށްނުލާތީ! ހެޔޮ ގައުމު ފުނޑުނަސް.
ަިބްރަދަރ
27 April 2020
ބަލަ މިގައުމުގަ ތިބީ މަސައްކަތް ކުރުވާ މީހުން. އެހެން ވީމަ މަސައްކަތް ކުރާނެ ބަޔަކުވެސް ތިބެންޖެހޭނެ. ދިވެހިން ކުރަން ބޭނުންވަނީ ވައިޓް ކޮލަރ ޖޮބްސް މަސައްކަތް އެކަނި.
މަރުމަރުޖަމާ
27 April 2020
200 ރުފިޔާ އަށް ދުވަހު މަސައްކަތު ދާނެ ދިވެއްސަކު ލާހިކެއްނޫން ހޯދާކަށް. ކަލޭމެން ތިއަގަތަޅަނީ ދުވަހަކު ހަތަރެސްފައިން މަސައްކަތެއް ނޮކޮތްތިބޭތީ. މަސައްކަތެއް ކުރަން އުޅޭމީހަކަށް އެގޭނީ ރާއްޖޭގައި މަސައްކަތްތެރިއަކު ހޯދަން ވާ އުދަގޫ.
ރަށުސޮރު
27 April 2020
ސަރުކާރަށް ވިސްނޭނީ ކިތައްދިވެހިން މަރުވީމާބާ ؟ ބަންގާޅުން އައިސްތިބި ވިސާނެތް މީހުނަށް ދެވަނަ ފުރުސަތުދޭކަށް ދިވެހިންނެތް ބޭނުމެއްނޫން! އަދި އިޤްތިސާދު ތަނެއްނުދޭ! އިޤްތިސާދީ ވަޒީރު އެފަދަ ފުރުސަތެއް ދޭންއުޅުނީ އެއީ ޙުދް އޭނާވެސް ކޮށްފައިވާ ކަމެއްކަމަށްވާތީކަމަށް ވަރަށްބޮޑަށް ބެލެވޭ! ހެކިންވެސް އެބަބުނޭ! އަޅާލާނެމީހެއް ނެތް! ގޯސްވާނީ ނިކަމެތި ރާއްޖެތެރޭމީހާ! ރަށަށްދާންވެސް ބުނީ އަހަރެމެންނާ ދިމާލަށް! ރަށުގަ މާލޭގަ ލިބޭހާލާރިލިބޭ ވަޒީފާއެއްނެތް!
ދެން ކުޅިބަލަން ތިބޭ
27 April 2020
ހުރިހާ އަހަރުތަކެއްގަ ރޯދަ ވީއްލު މަށް މިސްކިތްތަކަށް ދާ ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން މަސައްކަތް ނެތީއޭ، ކާނާ ނެތީއޭ ކިޔާ މާލޭ މަގުތަކުގަ ސަލާން ޖަހަ މުން ކޮން މެ ދުވަހަކު އެދުވަނީ! އިއްޔެ ދި މާވި ދިގުރަށް ރިސޯޓް ޕްރޮޖެކްޓަށް ގެންގުޅެފަ މާލެ ތެރެއަށް އުކާލި ބަންގްލަދޭޝް ބަޔަކާ! މުސާރަ ނުދެނީ ކާނާ ނެތީ މަސައްކަތް ނެތީ ކިޔާ ރޯން ފެށީ. ޕޮލިސް ކާރިއަށް ދާށޭ ބުނީ މަ ޖެއިލް ލަނީއޭ ކިޔަންފެށީ. މުސްލި މުނަށް ވީތީ ބޮލާލާޖަހަން ދަތި!
ބޮޑުމީހާ
27 April 2020
ބަޔަކު މީހުންގެ ފައިދާއަށް ހާހުބް ދެހާހުން ބިދޭސީން ގެނެސްވާނެ އެއްޗެއްވާން ދޫކޮށްލީމަވާގޮތް ފެނޭނުން. ކިހިނެއް ތި ހުރިހާ ބިދޭސީންގެ ކޮންޓެކްޓު ޓްރޭސިންގ ހަދާނީ
ހަސަން ދޮންރަހާ
27 April 2020
ކޮންޓެކްޓް ޓްރޭސިންގ ހެދޭނެ.ޕޭޝަންޓް ޒީރޯވެސް ހޯދޭނެ.އެކަމަކު މިހާރު މި ކުރާގޮތަށް މިކަންކޮށްގެން އެކަމެއް ނުވާނެ.މީގަ ޓެކްނޮލޮގީ ބޭނުންކުރަން އެބަޖެހޭ.ޗައިނާގަ ވެސް އަދި ކުރިއެރުން ހޯދި އެހެން ގައުމުތަކުންވެސް ކުރި އެއްކަމަކީ ޓެންނޮލޮޖީ ބޭނުންކުރުން.އެހެންވީމަ މޮބައިލް އެޕް އަދި ބިގްޑޭޓާ ޓެކްނޮލޮޖީގެ ތެރެއިން މިކަން ކުރަން ސްޓްރެޓެޖީއެއް ރާވަންޖެހޭ.މިއީ މިހާރު ރާއްޖޭގެ ޤައުމީ ސަލާމަތާއި ބެހޭ މައްސަލައެއް.
ގައު މު ހަލާކޭވަނީ
27 April 2020
ސަރުކާރަށް ފަހު މް ވާންވީ ދިވެހީން ކަންބޮޑުވެ ވާހަކަ މިދައްކަނީ ގައިވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ ވަހަކައެއް ނޫންކަން! އޮޅުވާނުލައްވާ! ރައްޔިތުން މިތިބީ ގަވައިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ބޭރުކުރު މަށް ސަރުކާރު ނުކުޅަދޭނަ މަ ދިވެހި ގައު މާ ދަރީންގެ ރައްކަލައްޓަކާ ފަންޑެއް ހުޅުވާގެން ނަ މަވެސް އެ މީހުން ބޭރުކުރަން އެހީވާން ތައްޔާރަށް. ގައު މީ އެއަރލައިން ތެލަށްދާ ޚަރަދުވެސް ދޭން މިތިބީ. ހެޔޮނުވާނެ ބޭރުކުރޭ ފަންޑު ހުޅުވަދީ.
ބަރާބަރު
27 April 2020
މިމީހުން އެބަޖެހޭ ބޭރުކުރަން، ރާއްޖެހާ މިނިވަން ކޮށް މި ބަންގާޅިންނަށް އުޅެވޭ ގައެމެއް ނެތް