ހުޅުމާލެ- އޭޕްރިލް 13، 2020- ކޮވިޑް-19 ބަލީގެ މީހުންނަށް ފަރުވާދިނުމަށް ތައްޔާރުކުރާ ހާއްސަ ފެސިލިޓީ ހެދުމުގެ މަސައްކަތުގެ ތެރެއިން --- ޕޮޓޯ: އަހުމަދު އަވްޝަން/މިހާރު
27 އެޕްރީލް 2020 - 01:05
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދާ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރާ ދެ މީހަކު ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް "މިހާރު" އަށް ވިދާޅުވީ ޕޮޒިޓިވްވީ އެ ފެސިލިޓީގައި މަސައްކަތް ކުރާ ރަޝީދު ކާޕެންޓްރީގެ ދެ މުވައްޒަފުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ބަލި މީހުން އެކަހެރިކޮށް ފަރުވާދޭން ހަދާ 300 އެނދުގެ އެތަން ވީހާވެސް އަވަހަށް ނިންމުމަށްޓަކައި ގިނަ ކޮންސްޓްރަކްޝަން ކުންފުނިތަކާއި ސިފައިންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެސް އަންނަނީ އެކުގައި މަސައްކަތް ކުރަމުންނެވެ. ޕޮޒިޓިވްވި ދެ މީހުންނާ، އެތަނުގައި މަސައްކަތް ކުރާ އެހެން މީހުންނާ ކޮންޓެކްޓް ވެފައިވަނީ ކިހާ ވަރަކަށް ކަމެއް އަދިއެއް ނޭނގެ އެވެ.
މެޑިކަލް ފެސިލިޓީ ހެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެމްއެންޑީއެފާއި ފެނަކަ އެވެ. އޭގެއިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، ވެމްކޯ، އާރުސީސީ، އެލިއާ ކޮންސްޓްރަކްޝަން، އަމިން ކޮންސްޓްރަކްޝަން އަދި ލެއޯ ކޮންސްޓްރަކްޝަނުން ވެސް އެ ތަނުގެ މަސައްކަތުގައި ބައިވެރިވެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހަދާ އެ ފެސިލިޓީގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. އެގޮތުން މުޅި ތަނުގެ 99 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި ކަމަށް މަސައްކަތް ކުރާ ކުންފުނިތަކުން ބުނެ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 214 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެންމެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވްވި ދުވަހަކީ އިއްޔެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވިޑް
27 April 2020
އަހަރުމެން މިތިބީ ތައްޔާރަށް...ކޮނަކަމަކަށް ލާރިކާން...
އާރީ
27 April 2020
ބަގުލާސްދޭސް މީހުންނަށް. 40000 މީހުންގެ ވިލެޖެއް ފައްޔާޒް އެބަހަދާދޭށް އުޅޭ ގުޅީފަޅު ގަ. ދެން ކިހިނެތް މި މީހުން ކިބައިން ސަލާމަތްވާނި
ޢީސާފުޅު
27 April 2020
ޢަމިއްލައަށް ދުނިޔެއެއް ހަދައިގެން އުޅެން ބޭނުންބަޔަކު، އެބަޔަކުގެ ދުނިޔޭގައި އުޅުއްވާ..! ޢަހަރެމެން އުޅޭނީ ބިދޭސީންވެސް ދިރިއުޅޭ ދުނިޔޭގައި،، އަމިއްލަ މައިން ބަފައިންނަށް އުރެދިގެންތިބެ، އަދި ކާޑުކޮޅު ރޯފިލުވާލަން ނުކެރޭ ދިވެހިން ބޮޑުބުނެ، ބިދޭސީންނަށް އައިބުކިޔާތީ ހަމަލަދުގަނޭ..، ދުނިޔޭގެ ވެރިންނަކީ ހަމައެކަނި މަކަނެއްތާ ފޮޑަރު ހެދިގެންތިބި ދިވެހިންކަމަށް ދެކޭދެކުން ހުއްޓާލަންކެހޭ....
ރާއްޖެމީހާ
27 April 2020
ޕޮޒިޓިވް ނުވެ ތިބި ހުރިހާ ބިދޭސީން މިވަގުތު އެމީހުންގެ ގައުމަށް އަވަހަށް ފޮނުވާލާ
ބޮޑުމީހާ
27 April 2020
ލިޔެކިޔުން ނެތް ހުރިހާ ބިދޭސީންގެ ބިލްތައް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރުންނަށް ފޮނުވާތި، އެމީހުން އަތުގަ ލައްކަ ފައިސާ ހުންނާނެ ބިދޭސީ ނުގަވާއިދުން އެތެރެކޮށްގެން.
ބޭރުކުރޭ ވާހަކަ ގިނަނުކޮށް
27 April 2020
ދެރަކަ މުގެ ކޮޅެއްނެތް! މިގައު މާ ދިވެހި ދަރީންގެ މުސްތަގުބަލަށް ގަވާއިދާ ޚިލާފަށް އުޅޭ އަދި ސާފުތާހިރުކަން ހިފަހައްޓާނެ ގޮތެއް ނެތް މަތި މައްޗައް ނިދާ އުޅޭ ބަންގްލަދޭޝް މީހުން ބޭރު ކުރަން ގައު މީ ފަންޑެއް ހުޅުވާދެއްވާށޭ! މިހުރިހާ އަހަރުތަކެއްގަ ސަރުކާރުތައް ފެއިލް ވެއްޖެ މިކަ މުގަ! ގައު މީ އެއަރލައިން ނެރޭ ތެލަށްދާ ޚަރަދުންވެސް ފުދޭނެ. މި މީސް މީހުން އެތެރެކޮށް އެ މީހުން އަތުން ނުހައްގު ނަފާނެގި މީހުނަށް ފަހުން ގާނޫނުން އަބަދު ދޭނީ.
ވިސްނަވާ
27 April 2020
ލޮކްޑައުން އެޅުވި ދުވަހުގެރޭ ފުރަންއޮތް އަމާޒު ބޯޓު އަވަސްއަރުވާލާ މެންދުރު ގަޑިއެއްގައި ފުރާގެންގޮސް ރާއްޖޭގެ ދެތިން އަތޮޅެއްގެ އެތައް ރަށެއް މޮނިޓަރިން ހާލަތައް ގެނައި ސާފުތާހިރު ޑަބަލްބެޑުގައި ނިދާ ދިވެހީންނަށް ހުޅަވާލަދޭނެ ފަންޑެއް ނެތްތޯ؟
ފިލާބޮންދު
27 April 2020
ކޮން ފަންޑެއް ހުޅުވާ ވާހަކަހޭ? ފަންޑް ހުޅުވީމާ ރައްޔިތުން އަތުގައި އޮތް ފައިސާ ފޮއްޗޭ ދާނީ. ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން ބަންގާޅު އެމީހުންގެ މީހުން ގެންދާށޭ. ދައުލަތަށް ބަލަދުއަރައި ދިވެހިންނަށް ކުރަން ޖެހޭ ޚަރަދު ބަންގާޅު ބޭފުޅުންނަށް ކޮށްގެން ނުވާނޭ
ތަމް
27 April 2020
ބަލަ ތިގޮތަށްއުޅޭ ބޭރު މީހުން އެހެން ތަންތަނަށް ބަދަލު ކުރު މަށް ޓޫރިޒަމް ފަންޑުން ލާރި ހަމަޖެހިފައިވާ ކަމަށް ފެބްރުއަރީ މަހު ޢަލީ ވަޙީދު ބުނި، އަދި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ޑިޕޮސިޓް ފައިސާ ބޭނުން ކޮށްގެން ފޮނުވާލާނެ ވާހަކަ ފައްޔާޒު މާރިޗު ބުނި، މިކަމުގައި ހަމަ މިއޯތީ ފެއިލުވެފަ
الله ހެއްދެވޮ
27 April 2020
حسبنا الله ونعم الوكيل
ޚިޔާލު
27 April 2020
ކޮންމެ ކަމަކަށްވެސް ސާއަތަކާއި ވަގުތެއް އޮންނާނެ. މިހާރު ބަންގާޅީން ގައުމަށް ފޮނުވަން އުޅުނަސް އެކަން ފަސޭހައެއް ނުވާނެ. ދެން ޖެހެނީ އެމީހުންނާއިއެކު ދިރިއުޅެން ދަސްކުރަން ކޮވިޑްގެ ހާލަތުން އަރައިގަނެވެންދެން. އަދި އެމީހުންނަށް ބޭސްފަރުވާގެ އިންތިޒާމް ހަމަޖައްސާދީ އެމީހުންނަށް އެހީވާން. އެމީހުންނަކީ އަމިއްލައަށް ރާއްޖެ އައި ބައެއްނޫން. ޒިންމާދާރު މަގާމުތަކުގައި ތިބިމީހުންގެ ވިސްނުންކޮށިވީމާ މިކަހަލަ ކަންތައް ވާނެ.
ރަންދެލި
27 April 2020
ވިސްނުން ކޮށި ކަމަށް ބުނުމަކީ ގަބޫލުކުރެވޭ ވާހަކައެއް ނޫން. މީ އެތައް ބަޔަކު ނަފާ ހޯދި އިންސާނުން ވިއްކުމުގެ ވިޔަފާރީގެ (ހިއުމަން ޓްރެފިކިންގް) ނަތީޖާ. ނަފާ ހޯދީ ކޮންބައެއްކަން އިނގޭ މީހުން މި ގައުމުގަ މަދެއް ނުވާނެ. އެކަމާ އަޅާލާނެ މީހަކު ނެތީ!
ފަހުދު
27 April 2020
ލަފާކުރެވެނީ ބަންގްލަދޭޝް މީހުންކަމައް. ވަގުތު ފާއިތުނުވަނީސް މީހުން ވަކިތާކައް ގެންދަން ފެނޭ. ފަހުން އެކަންކުރާކައް ވަގުތެއް ނުވާނެ.