އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް މީޑިއާއަށް މައުލޫމާތު ދެއްވަނީ--
30 އެޕްރީލް 2020 - 00:55
މިއަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގައި ތިން ޓޫރިސްޓަކަށް ވަޅިން ހަމަލާ ދިނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުުހުން ކުރާ މަސައްކަތާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ތިން ޓޫރިސްޓަކަށް ފެބްރުއަރީ 4 ވަނަ ދުވަހުގެ ރޭ ހަމަލާ ދިން މައްސަލައިގެ ތަހުގީގުތައް ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ތަހުގީގުން ހޯދި ހޯދުންތަކުން މިއީ ރ. މަޑުއްވަރީގައި މިދިޔަ އަހަރު ފަހުކޮޅުގައި ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއްކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހަމަލާއާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ އަށް މީހަކު ހައްޔަރު ކޮށްފަ އެވެ. މީގެ ތެރެއިން ހަ މީހަކު ފެބްރުއަރީ 13 ގައި ހައްޔަރުކުރި އިތުރު މީހަކު މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ ތެރެއިން އަމަލީގޮތުން ހަމަލާދިނުމުގައި ބައިވެރިވީ ހަތަރު މީހަކު ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"ތިން ބިދޭސީންނަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވީ ހަތަރު މީހެއްކަން ފާހަގަކުރެވޭ. އެމީހުން ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލުތައް ހޯދައި، އެ ސައިކަލުތަކުގައި ބަދަލުކޮށްފައި ހުރި ނަން ބޯޑުތައް ވެސް ތަހުގީގަށް ވަނީ ހޯދިފައި." ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކުރި މީހުން ދިރިއުޅޭ ގެތައް ބަލައި ޗެކު ކުރި އިރު އެމީހުން ގެންގުޅުނު ވަސީލަތްތަކުން ޓެރަރިޒަމަށް ހިތްވަރުދޭ ތަކެއްޗާއި ހަމަލާއާ ބެހޭ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ހުޅުމާލޭގައި ވަޅިން ހަމަލާ ދީފައިވަނީ ތިން ފިރިހެނުންނަށެވެ. މީގެ ތެރޭގައި ޗައިނާގެ ދެ މީހަކާއި އޮސްޓްރޭލިއާގެ މީހެއް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣޣ
30 April 2020
ސަރުކާރުން މިވަގުތު ފޯކަސް ކުރަންވީ ކޯވިޑް19 ކޮންޓްރޯލް ކުރާކަށް ނޫންތޯ؟ ... ފުލުހުން ވެސް އެހީވާންވީ އެކަމަކަށް ނޫންތޯ؟ މިއަދު މުސްކުޅި ޑައިރެކްޓް ކޮންޓެކްޓް އެއް މި ދުނިޔެ އެއިން ވަކިވެގެން އެދިޔައީ ފަރުވާ ނުލިބެނީސް... ފުލުހުން ސަލާމަތީ ކަންތައް ބަލަހައްޓަން ޖެހޭނެ އަދި ތަހުގީގު ހިންގަން ޖެހޭނެ.... އެކަމަކު މި ހިތާމަ ވެރި ހާލަތުގަ ބޮޑަށް ފޯކަސް ކުރަން ޖެހޭނީ ކޯވިޑް19 އިން މިގައުމް ސަލާމަތްކޮށް ބަލިމީހުންނަށް އަވަސް ފަރުވާ ދޭން....
ތެދުވެރިޔާ
30 April 2020
ސަރުކާރުން އުޅެނީ ރާއްޖެ ޝީރިޔާއަށް ނެހެދިގެން. ދޮގު ވާހަކަ ފަތުރާފަ ރައްއިތުން ހެއްދޭތޯ.
ެއިކޮނޮސިސްތް
30 April 2020
ތި ބުނަަނީ އެއީ ހިނގި ކަ މެއް ނޫނޭ.ނުވަތަ މީ ނަތަންޔާހޫ ކުރި ކަ މެކޭތޯ
މަރުވިތާ 2 ގަޑިއިރު
30 April 2020
ޓޫރިސްޓުންނަށް ދިން ހަމަލާ ގެ ހަގީގަތް މިއެނގުނީ ކޮވިޑު ޖެހިގެން އަންހެނަކު މަރުވިތާ 2 ގަޑިއިރުތެރޭ. މޑނ އިން ދޮގު ރިޕޯރޓު ނެރެނީ ކީއްވެކަން ފުލުހުން ބުނެލަނުދެނީ ކީއްވެ؟
ެއިކޮނޮސިސްތް
30 April 2020
އެ މްޑީއެން ރިޕޯރޓަށް ވުރެ މާ ނުރައްކާ ކަ މެއްނު މީ