މިއަދު ހަވީރު ބޭއްވި މީޑިއާ ބްރީފިންގައި ސުޕްރިންޓެންޓް އޮފް ޕޮލިސް ސަމީރު ވާހަކަ ދައްކަވަނީ.
30 އެޕްރީލް 2020 - 20:09
މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި، ފެން، ގޭސް ތެޔޮ ޑެލިވަރީ ކުރުމަށް އިތުރު ފާހެއް ބޭނުން ނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންއެއްގައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، ލޮކްޑައުންގެ މުއްދަތު އަންނަ މަހުގެ 14 އާ ހަމައަށް އިތުރު ކޮށްފައިވާއިރު، މީގެ ކުރިން ދޫކޮށްފައިވާ ޑެލިވަރީ ފާސްތައް ބާތިލްކޮށް، އާ ފާސްތައް ހެއްދުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް ފެން، ގޭސް އަދި ތެޔޮ ޑެލިވަރީ ކުރާ ފަރާތްތަކަށް އިތުރު ފާހެއް ބޭނުމެއް ނުވާނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް އެއްވެސް ދައްޗަކާ ނުލައި އެ ޚިދުމަތް ދެވޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
"އިތުރު އެއްވެސް ފާހަހަކާ ނުލައި، ފެނާއި ގޭހާއި ތެޔޮ ޑެލިވަރީ ނުވަތަ ބޭނުންވާ އޮޑިދޯނިފަހަރަށް ތެޔޮ އެޅުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ. ހަމަ ފެން ވެސް ގޭގެ އަށް ސަޕްލަ އިކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނިގޮތުގައި، ކުރިން ވެސް ޝޮޕިން ޕާމިންޓް ދޫކުރި ޕޯޓަލް މެދުވެރިކޮށް، ޑެލިވަރީ ފާސްތަކަށް އަލުން އެދުމަށް މިހާރު ވާނީ ހުޅުވާލައިފަ އެވެ.
މިގޮތަށް ދޫކުރާ ފާސްތަކުގެ ތެރެއިން ޑެލިވަރީ ކުރާ މީހާ އާއި ވެހިކަލަށް ވަކި ފާހެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތަށް ދޫކުރާ ފާސް ޕްރިންޓުކޮށް، ވެހިކަލުގައި ތައްކޮށްފައި ހުންނަން ވާނެ ކަމަށާއި މީހާ އަށް ދޫކުރާ ފާސް އެ މީހާގެ އަތުން ފެންނަން އޮންނަން ޖެހޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފިހާރަތަށް އާންމުނަށް ދެވޭ ގޮތަށް ހަމަޖައްސާފައި ވާތީ، ފިހާރަތަކަށް ބޭނުންވާ ސަޕޯޓް ސްޓާފުންނަށް ވެސް ވަކި ހާއްސަ ފާހެއް ދޫކުރާނެ ކަމަށެވެ. އެ މީހުންނަށް ދޫކުރާ ފާހަކީ ހަމައެކަނި ގެއިން ފިހާރަ އަށް ދިއުމަށް ބޭނުންކުރެވޭ ފާހެއް ކަމަށާއި ޑެލިވަރީ އާއި މި ނޫން ފިހާރައިގެ އެހެން ކަންކަމުގައި އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.
ޑެލިވަރީގެ ޚިދުމަތް ދިނުމަށް ކުރިން ދޫކޮށްފައިވާ ފާސްތައް ރޭގެ ދަންވަރު 12 ން ފެށިގެން ބާތިލް ކޮށްފައިވީ ނަމަވެސް މިހާރު ހަމަޖައްސާފައި ވަނީ 48 ގަޑިއިރު ވަންދެން އެ ފާސް ބޭނުންކުރެވޭ ގޮތަށެވެ. އެއީ ޑެލިވަރީ އަށް ހުއްޓުމެއް އަޔަނުދިނުމަށް ކަމަށް ފުލުހުން ބުްޏެވެ.
މި މަހުގެ 15 ގައި އެންމެ ފުރަތަމަ މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު، ފިހާރަ، ރެސްޓޯރަންޓު އަދި ކެފޭ ތަކަށް ދޫކުރި ޑެލިވަރީ ފާސްތަކުގެ އަދަދު 4،000 އަށް ވުރެ މައްޗަށް އަރަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟުލްމަން
01 May 2020
ފާސް ވެސް. ޖޫރިމަނާ ވެސް ، ތަންފީޒުވެސް ސާބަހޭ.
ދަނީމާ
01 May 2020
ދެން ތިބި ހުރިހާ މުއައްސަސާއަކީ ކިހިނެއްވެފަ ތިބޭ ބައެއްބާ. މިވަރު ކަމެއް މެނޭޖެ ނުކުރެވި ފެއިލްވީމަ މިހަވާލުކުރަނީ ފުލުހުންނާ. ބޯކޮޅުވަތަށް އޮންނަ ޑިމޯކްރޭޒީ އެއްމީ
ނަމޫނާ އެމެރިކާ
30 April 2020
ބައެއް ފަހަރު ބުނާނެ މިއީ އެމެރިކާގައި އޮންނަ ގޮތޭ. އެމެރިކާގައި ފުލުހުން ހުރިހާ ކަމެއް ނުކުރޭ. ސިޓީ ކައުންސިލްގެ މޭޔަރު އަމުރުކުރަނީ. ގަވާއިދު ހަދަނީ. ފުލުހުންނަކީ ގަވާއިދު ތަންފީޒުކުރަން ތިބޭ ބައެއް. މިރާއްޖޭގައި ގަވާއިދު ހަދައި ފާސްހަދައި ހިންގައި އަމުރުކޮށް ތަންފީޒުކޮށް ހަދަނީ ފުލުހުން. މީ ކޮންވައްތަރު ނަމޫނާ އެމެރިކާ ޑިމޮކްރަސީއެއްތަ؟
ސިޓީ މޯލޯ
01 May 2020
ދިވެހިރާއްޖޭ ކައުސިލްތަކުގައި ތިބެނީ މަރުމޯލުން ވީމަ ވާނީ އެހެން
އާދަމުގެދަރި
30 April 2020
ހުރިހާ މުވައްސަސާތައް ފެއިލްވީތޯ. ކޮބައިތޯ އިކޮނޮމިކް މިނިސްޓްރީ. ކޮބައިތޯ ސިޓީ ކައުންސިލް. ފުލުހުންނަކީ ގަވާއިދުތަކާ އެއްގޮތަށް އުޅޭތޯ ބަލަން ތިބެންޖެހެނޭ ބައެއް. މިހާރު ގަވާއިދު ހަދަނީވެސް ހިންގަނީވެސް އަމުރުކުރަނީވެސް ތަންފީޒުކުރަނީވެސް ހައްޔަރުކުރަނީވެސް ޖޫރިމަނާކުރަނީވެސް ފުލުހުން. އެހެން ތަންތަން އަވަހަށް އުވާލާ. ދައުލަތުގެ ޚަރަދު ކުޑަވާނެ. ތިޔަ ހުރިހާ އަމުރެއް ކުރުމުގެ ބާރު، ގަވާއިދު ހެދުމުގެ ބާރު ފުލުހުންނަށް ލިބޭ ގާނޫނު ބުނެ ބަލަ.
ރައްޔިތެއްގެ އަވަސް ސިޓީ
30 April 2020
ރައީސް ސޯލިހަށް، ވެދުން ސަލާ ަމށްފަހު ދަންނަވަ މެވެ، ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދުނީ މަ ހުއްދަ ނުދީ ޖެއްސުން ކުރާހެން އެބަހީވޭ! މަދު ޒުވާނުންތަކެއް ޖޯޝުގައި ތިބެ ކަ މުގެ ނާޖާއިޒް ފައިދާ ނެގިޔަސް އެން މެންނަކީ ބޭރަށް ނިކުންނަ ހިތުން ނުކުންނަ ބައެއް ނޫން މިހާލަތުގަ ޒަރޫރީ ކަ މެއް ނެތި! ޖޫރި މަނާ ކުރާ ހިތުން ހުއްދަ ނުދޭން އުޅޭހެން މިހާރު ހީވަނީ! ރަނގަޅު އުސޫލަކުން މިކަން ކޮށްދެއްވާނެ ސިފައިންނާ ހަވާލުކުރު މުން.
ނިރު
30 April 2020
ފުލުހުންނަކީ ޤަވާއިދު ތަންފީޒުކުރަން ޖެހޭބައެއް މިހާރު ސިޓީ ކައުންސިލް ބާރުތަކުގެ ތެރެއަށް ވަނީމަ ވާގޮތަކީ ޤާތް ރަހުމަށް ތެރިންނަށާ މަޖުލިސް މެމްބަރުންނަށް ޤަވާއިދު ބޭރުން ހުއްދަދެވެނީ... އެކަން ފޮރުވަން އެތަށް ދޮގެއްހަދަން އެބަޖެހޭ
ރޯނުއެދުރ
30 April 2020
މިހާލަތުގަ ސިޓީކައުންސިލް އޮންނަންޖެހޭނީ ކޯމާގަ، ފުލުހުން، ސިފައިން ނޫނީ އެޗްޕީއޭއިން ގޮވާލީމަ ޔެސްސަރ ކިޔާގޮތައް.