ޚަބަރު / އިދިކޮޅު ފަރާތްތައް

ނަރުދޫގެ ހާލަތު ގޯސް، ކަންބޮޑުވޭ: ޕީޕީއެމް/ޕީއެންސީ

ށ. ނަރުދޫ: އެރަށުން 11 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި--

މާލެ ފިޔަވައި އެންމެ ގިނަ މީހުން ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގެ ސިއްހީ ހާލަތު ދަށްކަން ފާހަގަކޮށް އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގާތްގަނޑަކަށް 600 މީހުންގެ އާބާދީއެއް އޮންނަ ނަރުދޫން ކޮވިޑް-19 އަށް 11 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެންމެ ފުރަތަމަ އެ ބައްޔަށް އެ ރަށުން ޕޮޒިޓިވްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭން ފުރި އެ ރަށުގެ އަމާޒު ބޯޓުގެ ކެޕްޓަނެވެ. އެ އަށް ފަހު އޭނާގެ އާއިލާގެ އިތުރު ހަތް މީހުންނާއި އިތުރު ބަޔަކު މިހާރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

Amaaz boat ge kappi aailaa ge ha meehun positive, Narudhoo himeynvefai

Amaaz boat ge kappi aailaa ge ha meehun positive, Narudhoo himeynvefai

The most trusted news source in the Maldives

Mihaaru

އަމާޒު ބޯޓްގެ ކެޕްޓަން އާއިލާ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުން---

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ނަރުދޫގެ ސިއްހީ ހާލަތު ރަނގަޅު ކުރެވިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ސިއްހީ ހިދުމަތް ދޭނެ ޓީމެއް އެ ރަށުގައި ނެތް ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވި ގިނަ ބަޔަކު އެ ރަށުގައި ތިބިއިރު، އެ މީހުން ކަރަންޓީން ކުރެވޭނެ އެއްވެސް އިންތިޒާމެއް މިހާތަނަށް ހަމަޖައްސާފައި ނުވާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެ އެވެ.

"ރަށުން ބޭސް ނުލިބުމާއި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެންމެ އާދައިގެ ތަކެތި ރަށުން ލިބެން ނެތުމާއި، ސިއްހީ ގޮތުން ރައްކާތެރިވުމަށް ބޭނުންވާ މާސްކް، ސެނިޓައިޒާ، އަންގި ފަދަ ތަކެތިވެސް ރަށުން ލިބެން ނެތުމަކީ ވެސް ރަށުގެ ރައްޔިތުން އިތުރު ހާސްކަމެއްގެ ތެރެއަށް ދާންޖެހިފައި އޮތް މައްސަލައެއް،" ބަޔާނުގައި ވެ އެވެ.

ނަރުދޫ ފަދަ ބަލި ފެތުރިފައިވާ ރަށްރަށާއި ބަލި ފެތުރުމުގެ ފުރުސަތު އޮތް ރަށްތަކަށް ދޭ ސަމާލުކަން އިތުރު ކުރުމަށް އިދިކޮޅު ކޯލިޝަނުން އެދެ އެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޯރުކޮށްދިނުމަށާއި ސަރުކާރުން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ވެސް ގޮވައިލި އެވެ.

ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރާ އެންމެންނަށް އިދިކޮޅު ކޯލިޝަނުން ޝުކުރު އަދާކުރި އެވެ.

"ރަށުން ބޭސް ނުލިބުމާއި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެންމެ އާދައިގެ ތަކެތި ރަށުން ލިބެން ނެތުމާއި، ސިއްހީ ގޮތުން ރައްކާތެރިވުމަށް ބޭނުންވާ މާސްކް، ސެނިޓައިޒާ، އަންގި ފަދަ ތަކެތިވެސް ރަށުން ލިބެން ނެތުމަކީ ވެސް ރަށުގެ ރައްޔިތުން އިތުރު ހާސްކަމެއްގެ ތެރެއަށް ދާންޖެހިފައި އޮތް މައްސަލައެއް،" ޕީޕީއެމް/ޕީއެންސީ

އަތޮޅުތަކުން މި ބަލި މިހާތަނަށް ފެނިފައި ވަނީ ނަރުދޫގެ އިތުރުން ހއ. ތަކަންދު އާއި ހއ. އުލިގަމާއި ށ. މިލަންދޫ އަދި ކ. ތުލުސްދޫންނެވެ.

ރާއްޖެ އިން މިހާތަނަށް މި ބައްޔަށް ވަނީ 519 މީހަކު ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނެވެ. ކޮވިޑް-19 ޖެހިފައިވާ ދިވެހިންގެ އަދަދަކީ 178 އެވެ. ބަންގްލަދޭޝްގެ 265 މީހަކަށް މިހާތަނަށް އެ ބަލި ވަނީ ޖެހިފަ އެވެ. އަދި ރާއްޖެ އިން ކޮވިޑް-19 ޖެހުނު 500 އަށް ވުރެ ގިނަ މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ އެންމެ 18 މީހުންނެވެ. އެކަކު ވަނީ މަރުވެފަ އެވެ.

27 ކޮމެންޓް, 71 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 10%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮމާން ޓިނު

04 May 2020

އަދުރޭމެން ފެންވަރުގެ މީހުން ބަސް ބުނަން ޖެހޭ ވަރަށްވުރެ މާ ސީރިއަސް މައްސަލައެއް ކޮރޯނާ ކަންތަކަކީ. އަނގަ ނުފޮކާ މަޑުން ހުރެވޭތޯ ބަލާ!!

The name is already taken The name is available. Register?

ޕޮގުބަ

03 May 2020

އެމްޑީޕީ ވެރިކަމުގަ ށ ނަރުދޫ ރަށްޔިތުންނަށް ދިންބޮނޑި ކުޑައީތަ އަދިވެސް ތިތިބީ ކުށެއް ނުކޮށް އުޅެނިކޮން ޖަލަށް ލާފަ އަމިއްލަ ރަށުގަ

The name is already taken The name is available. Register?

އަލްޖިބްރާ

03 May 2020

ތަނެއް އޮތިއްޔާ ކަލޭމެން އެތަނަކަށް ބޯބާނާތި ! ކަލޭމެން ވެރިކަންކުރިއިރު އެންމެ އަސާސީ ޚިދުމަތް ދެވިފާ ނެތުމަކީ އެހެންބަޔަކު ބަދުނާމު ކުރަން ޖެހޭ ކަމެއް ނޫން ! މޮޔަގޮވުން ނޫން ކަމެއް ކަލޭމެނަށް ކުރެވޭތަ ؟

The name is already taken The name is available. Register?

ުހުދުމާ

03 May 2020

މޮޅެތި ވާހަކަ ނުދައްކާ! 5 އަހަރު ތެރޭގައި ނަރުދޫ އަށް ކޮންކަމެއް ކޮށްދެވުނީ.......ދެންވެސް ފާޑު ނުކިޔާ ތިބޭފުޅުން ގެ މުސާރަ ނަރުދޫގެ ރައްޔިތުންނަށް ހަދިޔާ ކުރައްވަންވީނޫންތޯ.... މި ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކަށް އަހަރުމެން ޝުކުރުވެރިވަން.....ދުޢާ އަކީ ތި ބޭފުޅުން ތި ރާވާ ނުބައި ރޭވުންތައް ނާކާމިޔާބު ކޮށްދެއްވުން...

The name is already taken The name is available. Register?

އަހުމަދުއަލޯ

03 May 2020

ފަސްއަހަރު ވެރިކަންކޮށް ނިންމާފަ ގޮސް ދެން ރަށްރަށުގަ އެއްވެސް ކަމެއް ގާއިމުވެފައެއް ނެތޭ ކިޔުމުގެ މާނައެއް ނެތް. ދަތުރުފަތުރުގެ ނިޒާމުވެސް އުވާލީ ތިމީހުން. ލަދު...

The name is already taken The name is available. Register?

ގާކޮށި ހުސޭނުނު

03 May 2020

ރައީސް ޔާމީނަށް 95ހާސް މީހުންގެ ތާއީދު އޮތް އޭގެ ބައެއް ށ. ނަރުދޫ ގަވެސްވާނެ ކަންބޮޑުވޭ ހަމަ މިކަމުގަ ސަރުކާރުގެ އިހުމާލު ބޮޑް ސަބަބަކީ ލޮކްޑައުން ކޮއްފަ އޮއްވަ ނަރުދޫ އަމާޒް ބޯޓް ފުރިކަން އެގޭއިރުވެސް ނުހުއްޓުވުން ސާފު ވެއްޖެތޯ

The name is already taken The name is available. Register?

އާންމުމީހާ

03 May 2020

ކީއްވެތަ ބޯޓު ފުރައިގެން ދިޔައީ... އަޅެ ހުސޭނުބެ ދިޔަ ނަމަ އެބޯޓު ހުއްޓުވަން..

The name is already taken The name is available. Register?

ުހުދުމާ

03 May 2020

ފަރުދީ ޒިންމާ އަދާނުކޮށް މޮޅެތި ވާހަކަ ނުދައްކާ.....ލޮކްޑައުން ޢިއުލާން ނުކުރަނީސް އެ ބޯޓު ވަނީ މާލެއިން ފުރާފައި.....

The name is already taken The name is available. Register?

ދޮން މަނިކު

03 May 2020

ރާއްޖޭ ގަ 30 ރަށުގަ މީހުން އާބާދުކުރަންވީ ..... ކަންކަން ފަސޭހަވާނެ .... ލ. ގަ މަކީ 500000 ފަސްލައްކަ މީހުގެ އާބާދީ އެއް އުޅެވޭނެ ތަނެއް 500 މީހުން އުޅުނަސް ޑޮކްޓަރުން ނަރުހުން ބޮޑު ސުކޫލު ކޯޓު ބަދަރު ... ދިވެހިން ތަރައްޤީ ވާވެއްޖެ.

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

03 May 2020

މީ ދެން ކަންބޮޑުވާން ކޮންބައެއް؟

The name is already taken The name is available. Register?

2ގޔހ

03 May 2020

ތިޔަބުނީ ހަމަ ހެޔޮކޮށް...އެއްރެއަކު ކޮންމެސް ޕްރޮގްރާމެއްގަ ހީވީ ކެމެރާތައްވެސް އުކާލާފާނެހެން.. ޓީވީ ފަޅާފަ ނިކުމެދާނެހެންވެސް ހީވި.. ޕޮޒިޓިވް ވެއްޖޭ.. އެކަން ހާމަ ކުރާށޭ.. މުއަތަބަރު ފަރާތަކުންނޭ އެނގުނީ..ސަރުކާރުން ސިއްރު ކުރަނީޔޭ.. އެކަމަކު ރަނގަޅަށް ބެލިއިރު އާދައިގެ ފްލޫއަކަށް މީހަކު ޕޮޒިޓިވްވީ.. އެކަމު ދެން ކޮވިޑަށް ޕޮޒިޓިވް ކަމަށް ހަދައިގެން މިމީހުން ތެޅި ފޮޅުނީ.. އަސްލު އެއުޅެނީ ހެޑްލައިނުން ޖާގަ ނުލިބިގެން.. ވެމްކޯއާ ހަވާލުކުރަންވީ ތިމީހުން

The name is already taken The name is available. Register?

2 ޕީ އެމް

03 May 2020

މިއޮތީ ރައީސް ޔާމީން ދޫކޮށްލަންވެފަ. އަހަރެމެންގެ ވެކްސިން ރިލީސް ކުރޭ!

The name is already taken The name is available. Register?

ލ. މާވަށު ސައީދު ޕީޕީ

03 May 2020

އަސްލުގާ ފައިސާ ބަހަންވީ އިންޚާބު ތެރެއަކު ނޫނެވެ.ނިކަމެތި ރައްޔިތުން ނަށް އެހީތެރި ވާންވީ މި ދަތި ހާލުގައި އުޅޭ އިރު އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454