ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނު މުއައްމަރު (ކ)، ޗީފް އޮފް ޑިފެންސް، ޝަމާލާއެކު ފޮޓޯއަކަށް ހުއްޓިގެން.- ޓްވިޓާ ފޮޓޯ: މުއައްމަރު
03 މެއި 2020 - 21:07
ކޮވިޑް-19 ޖެހުނު ދިވެހި ފުރަތަމަ މީހާ، އެ ބަލިން ރަނގަޅުވެ މިއަދު މަސައްކަތަށް ނުކުމެއްޖެ އެވެ.
ރާއްޖޭގައި، ދިވެއްސަކަށް ކޮވިޑް-19 ޖެހިފައިވާކަން ސަރުކާރުން ފުރަތަމަ އިއުލާންކުރީ މާޗު، 27ގަ އެވެ. އެ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެޗްޕީއޭ އިން ހާމަކުރި ތިން މީހުންގެ ތެރެއިން އެކަކީ ސިފައިންގޭގައި މަސައްކަތް ކުރާ މުއައްމަރު މުހައްމަދެވެ. ރާއްޖެ އިން ދެން އެ ދުވަހު އެ ބަލި ޖެހިފައި ވަނީ އިޓަލީގެ ތިން ޓޫރިސްޓަކަށެވެ.
މުއައްމަރު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ހެދި ޓެސްޓުތަކުންނެވެ.
ކަރަންޓީނުން ދޫކުރުމާ ގުޅިގެން، ކުރި ޓްވީޓެއްގައި މުއައްމަރު ބުނީ ކޮވިޑް-19 އިން މުޅިން ރަނގަޅުވެ މަސައްކަތް ނުކުތުމަކީ ލިބުނު ފަޚުރެއް ކަމަށެވެ. އޭނާ ވަނީ ފަރުވާ އަށް އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި ހޭދަކުރި މުއްދަތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ދެއްވި އެހީތެރިކަމާއި ހިތްވަރަށް އަދި ފަރުވާ ދިން ޑޮކްޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.
I also want to thank the team of doctors and nurses and everyone at Velidhoo Isolation Faciltiy who took care of me. My heart felt gratitude goes to them and all the other frontline workers for risking their lives in our time of need. Be kind, be supportive. #StayHome 2/2
— Morey (@Morey_m24) May 3, 2020
ކޮވިޑް-19 މިހާތަނަށް ޖެހުނު ސިފައިންގެ އަދަދަކީ ފަހެއް ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފަ އެވެ. އަދި ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން އައިސޮލޭޓް ވެސް ކޮށްފަ އެވެ. އެކަމަކު، ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ސިފައިންނާއި ފުލުހުންގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހާމަނުކުރުމެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 500 އަށް ވުރެ އިތުރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެހެ
04 May 2020
ތީ އަހަރެންގެ ވެސް ދަންނަ ބޭފުޅެއް. ބަލިޖެހުނުކަން އަދި މި އެނގުނީ. ވަރައް ބަރާބަރު ބޭފުޅެއް. ހުރިހާ އެންމެނާވެސް ގުޅޭނެ އަދި ހިތްހެޔޮވާނެ. މަރުހަބާ މޮރޭ އަދި ތިޔަ ހިއްވަރައް އަދި މަސައްކަތައް ސާބަސް އަދި ޝުކުރުކުރަން.
ރީތި މޫސަ
04 May 2020
ސާބަސް މުއައްމަރު މުހައްމަދު ތީޤައުމީ ބަތޮލުންނަކީ ތިކުރާމަސައްކަތުގަ ބަރަކާތްލައްވާށި އާމީން ނަމަވެސް ހިތާމަޔަކީ ސިފައިންނަށް މަލާމާތްކޮށް ހެދިމީހަކު ވެރިޔަކަށް ހުރީތީ ލަދުގަންނަނަމަ ސިފައިންފެންވަރުފެނި މިހާރު މައާފައްއެދުނީސް
ފޮރިނގް
03 May 2020
ޝުކުރާއެކީ ތިޚިދުމަތް ބަލައިގަންނަން. ތެންކިޔޫ
ސައްލި
03 May 2020
މޯރޭ މި ފެނުނޫ 25 ވަރަކަށް އަހަރު ފަހުން. އަހަރެމެންް މަޖީދިއްޔާގަ އޭނައަށް ކިޔަން ފެށި ނަމެއް މޯރޭ އަކީ. އެހިސާބުން އެ ނަން ހަރުލާފަ ތާ މިއޮތީ! ކުލާހުގެ އެންމެ މަޖާ އެކަކު ތިއީ. ޢަދިވެސް ހަނދަން ހުރޭ އޭނަގެ ޖޯކުތައް
ޢަހުމަދު އިބޫއަހުމަދު އަހުމަދު
03 May 2020
މިއީ ގޯހެއް. ބަލިޖެހިފައި ރަނގަޅުވާ މީހުން އިތުރު 14 ދުވަހަށް ސާފު ވައިލިބޭތަނެއްގައި ރެސްޓުގައި ބަހައްޓަން ޖެހޭނީ. މެޑިކަލް ގަވާއިދުތަކަށް ބޯލަބާ
ގެރިގާ
03 May 2020
ޑަބަލް ނެގެޓިވް ވާފަހުންވެސް 14 ދުވަސް ފަހުން މިތާގަ ދޫކުރަނީ.
ޜަތްގާ އަހުމަދު
04 May 2020
ޑަބަލް ނެގަޓިވްއޭ ބުނާއިރު ދެ ސާމްޕަލް ދެމެދު އެންމެ އަވަސް ދިގުމިނަކީ 24 ގަޑިއިރު. ޢެންމެ އަވަހަށް ސާމްޕަލް ނެގޭނީ 24 ގަޑީރުކަމަށް އޮންނާތީ އަވަހަށް ނަގާފަ އަވަހަށް ފޮނުވާލުމުގެ ސިޔާސަތު ބަދަލްކުރުން ރަނގަޅީ. ރަގަޅުވިޔަސް އެމީހަކު ހުންނަން ޖެހޭނީ ރެސްޓުގައި. ޙެކިދައްކަބަލަ ރަނގަޅުވާއިރަށް މަސައްކަތައް ނިކުމެވޭނެ ކަމުގެ
ނަސީރު އަހްމަދު
03 May 2020
އަލްހަމްދުލިއްﷲ. މިކަމުގައި ދެގޮތެއް ނުވެ މަސައްކަތް ކުރަމުންދާ ހިންގުންތެރި ވަޒީރު އަމީންއާއި އެ މަނިކުފާނު ޓީމުގައި ހިމެނިވަޑައިގަންނަވާ ހެލްތު މުވައްޒަފުން، އެޗްޕީއޭ މުވައްޒަފުން، ޑޮކްޓަރުން، ނަރުހުން، ޕަބްލިކް ހެލްތު ވޯކަރުން، ލެބޯރަޓްރީ ސްޓާފުން، ދިވެހި ސިފައިންނާއި ފުލުހުން އަދި އެހެނިހެން ގޮތް ގޮތުންވެސް މިކަމުގައި ޝާމިލްވާ ފަރާތްތަކަށް ޝުކުރު. ﷲގެ އިރާދަފުޅުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.