18 މެއި 2020 - 18:54
ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިތުރު 10،000 ޓެސްޓު ކިޓް މިއަދު ހަދިޔާކޮށްފި އެވެ.
ހެލްތު މިިނިސްޓްރީން ބުނީ ޑަބްލިއުއެޗްއޯ އިން މިހާތަނަށް 21،000 ޓެސްޓު ކިޓް ހަދިޔާ ކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން މިދިޔަ މާޗް މަހު ފެށޭވަރުވީ ވެސް ޑަބްލިއުއެޗްއޯގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު އެވެ.
އެ ޖަމާއަތުން ވަނީ ޓެސްޓް ކިޓުގެ އިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ވެސް ރާއްޖެ އަށް މިއަދު ހަދިޔާ ކޮށްފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
ޑަބްލިއުއެޗްއޯ އިން ޜާއްޖެ އަށް ޓެސްޓު ކިޓާއި ޕީޕީއީ މިއަދު ހަދިޔާ ކުރުމާ ގުޅިގެން، ހެލްތު މިނިސްޓަރު އަމީން، ރާއްޖޭގައި ހުންނަވާ އެ ޖަމާއަތުގެ މަންދޫބު ޑރ. އަރްވިންދާ ގުޅުއްވައި ޝުކުރު އަދާކުރައްވާއިރު، އަރްވިންދު އަޑުއައްސަވަނީ.
މި އެހީއާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރު އަށް ގުޅުއްވައި ޝުކުރު އަދާކުރައްވާފައި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ޑަބްލިއުއެޗްއޯއާ ހަވާލާދީ، ހެލްތު މިނިސްޓްރީން ބުނިގޮތުގައި ރާއްޖެ އަަށް ކަނޑައަޅާ ޓެސްޓް ކިޓުގެ އަދަދު ކުރިމަގުގައި އިތުރުވާނެ އެވެ.
އެ ޖަމާއަތުން މިއަދު ރާއްޖެ އަށް ހަދިޔާކުރި ޕީޕީއީގެ ތެރޭގައި ހިމެނެނީ ގައުން އާއި ފޭސް މާސްކާއި އަންގި އާއި ފޭސް ޝީލްޑް ފަދަ އާލާތްތައް ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
ޑަބްލިއުއެޗްއޯ އަކީ ރާއްޖެ އިން ކޮވިޑް-19 ފެނުނު ފަހުން އެކި ގޮތްގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ އެއް ޖަމާއަތެވެ. އެގޮތުން ފަންނީ އެހީތެރިކަން އިތުރުކުރުމާއި އެ ބައްޔަށް އެކި ސަރަހައްދުތަކުގައި ޓެސްޓު ކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ކުރަންޖެހޭ ކަންކަމާއި އެކި ކަހަލަ އާލާތްތައް ހޯދުން އަދި އެހެން ޖަމާއަތްތަކުގެ އެހީ ހޯދައި ދިނުމަށް ޑަބްލިއުއެޗްއޯ އިން މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތާމަކުރަން
19 May 2020
ފެން ބިލް ކަރަންޓް ބިލް ހިލޭ މިދުވަސް ކޮޅު ދޭންޖެހޭނެ. ކޮންމެ ރައްޔިތަކައް ހަނޑޫ ހަކުރު ފުށް ގޭސް ފުޅި ރޯމަސް ދޭންޖެހޭނެ. ތިކުރާ މަކަރު ހަރަދު ނުކޮށް މިކަންކަމަށް ކޮށްދިނުމަކީ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައް. ސީއެންއެން ބަލާލިޔަސް ދުނިޔޭގަ ކަންކުރާ ރީވެތިކަން ހެޔޮކަން ފެނި ލަދުގަނޭ. ޗައިނާގަ 8 މިލިއަން މީހުން 10 ދުވަހުން ޓެސްޓްކުރަން ފަށަނީ. މިތަނުގަ 350000 2 މަހުންވެސް ނުވޭ. ދިވެހިން ވިސްނާ ފިކުރު ކުރޭ، އެޅިހާ ބަތަކަށް ރިހަނުވޭ. ލަދުވެތި
ފައިސލް
19 May 2020
ޝުކުރިއްޔާ ހެލްތު މިނިސްޓަރ އެންޑް ޓީމް. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަށްވެސް ޓެސްޓު ނުކުރެވި، ޕީޕީއީ ނުލިބި، ވެންޓިލޭޓަރު ނެތިގެން އުޅޭ ހާލު ފެނިފައި ރާއްޖޭގެ ކަންތަކާމެދު ﷲއަށް ހަމްދުކުރަން.
އާރީ
19 May 2020
އަހުން ހިތަށް އަރާ އެހީގެ ގޮތުގަ ތި ލިބޭ އެއްޗެހި ކީއްވެގެންބާއޭ އަތޮޅުތަށް ނުދެނި. ހުރިހާ ރަށަކުން ވެސް އެކިޔަނި ފީފީ ނެތޭ. މާސްކު ނެތޭ. އަންގިނެތޭ. ނެތޭ ނެތޭ
ފޫހި
19 May 2020
މުޅިންވެސް ކިޓް މާސްކް ފަދަތަކެތި ހުރީ އެހީގެ ގޮތުގައި ދީފަ. ޢެކަމަކު ހަރަދު ވަރަށްކޮށްފި. ކުރީ ބިދޭސީން އެއްތަނުން އަނެއްތަނަށްގެންދަންށާ ބަންދުކުރި ރިސޯޓްތަކަށް އެއްޗެއްހޯދައިދިނުމަށް. ޢާއްމު ނިކަމެތި ރައްުޔިތުން ތިބީ ހުސްއަތާ.
ރާނީ
18 May 2020
އަލްހަމްދުލިއްލާހި. ހެލްތު މިނިސްޓަރު ތި ކުރައްވާ މަސައްކަތަށް ސާބަސްދެން. އަދި ރާއްޖޭ ޑަބްލިއު އެޗްއޯ ރިޕްޒެރެޒެންޓިވް އަރްވިންދަށްވެސް.
ޝާޒް ވަލީދު
19 May 2020
މިހާރުވެސް ހެލްތު މިނިސްޓަރުގެ ޕޮޕިއުލަރިޓީ ވޯޓެއް ނަގައިގެން 10 ޕަސެންޓްވެސް ނުލިބޭނެ. ކަންކަން ހަމައަކަށް އެޅުނީމަ ރައީސުލްޖުމްހޫރިއްޔާ މީނަ ވަކިކުރާނެކަމަށްވޭ. ރައީސް އިބޫއަކީ މަޑުމައިތިރި ބޭފުޅެއް. ތެޅިފޮޅިގަނެގެން ވަޒީރަކު ބޭރުނުކުރައްވާނެ!
ލޮލްސް..
19 May 2020
10% ވަރަށް ސާފު. މި އާޓިކަލްގައި އެއްކޮޅުން އަނެއްކޮޅަށް އެކަނިމާ އެކަނި ތަފާތު ނަން ބޭނުން ކޮށްގެން ތި ކޮމެންޓު ކުރަނީ ފިތުނަ ހަދަން. އެވަރުންވެސް 10% ވެސް ނުލިބުނު. މިކަން ކަށަވަރުވެއްޖެ ކޮމެންޓުތަކުގެ ލައިކްސްއާއި ޑިސްލައިކްސްއަށް ބެލީމަ.
އިބްރިޒާ
18 May 2020
ހެލްތް މިނިސްޓަރަކަށްވުރެ މިނިސްޓްރީގެ މީޑިއާ ސެކްޝަންގެ ވެރިޔަކަށް އަމީން ގާބިލް!
އިބްނާ އަދޫ
18 May 2020
މިއަދުގެ މިނިސްޓަރު ގޯހެއް ނޫން. އެކަމަކު އަހަރެން ދެކެން ބޭނުންވަނީ ކަމުގެ ފަންނީ ތަޖުރިބާ ހުރި ރަގަޅު ބޭފުޅަކު ހެލްތްމިނިސްޓަރަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަންޒަރު. ފަހަރެއްގައިވެސް މިއަދުގެ ހެލްތް މިނިސްޓަރު ބޭކާރުކުރާ ވާހަކައެއް ނޫން މިބުނީ. ކޮންމެވެސް ސަފީރެއްމަގާމެއް ދެވިދާނެ. ސިއްހީ ދާއިރާ ހަމައަކަށް އެޅުވޭނީ އެގޮތަށް ކަންތައް ކޮށްގެން. ރައީސުލްޖުމްހޫރިއްޔާއަކީ ވިސްނުންތެރި ބޭފުޅެއް އަދި އެންމެން ގޮވައިގެންއުޅޭ!
ޞަބ€
18 May 2020
މމަވަސް ސަލާން ޖަހާމީހުންނަ ފިހާރައިން ބޭނުންވާ އެއްޗެއް ނަގާދެނީ. ޢަތަލާރި ދިމީނަ ގޯސްވަނީ.
އޭސީސީ4ރާއްޖެ
18 May 2020
މީނާގެ ނަމުގައި ގަނެފައި ހުރި ފްލެޓްތަކާއި ވޭތުވެދިޔަ 10 އަހަރު ލިބުނު އާމްދަނީ ޗެކްކޮށްލުން ރަގަޅު!
ހޯދާ
18 May 2020
ޝައްކެތް އޮތިއްޔާ ހަމަ ވަރަށްވެސް ރަނގަޅު ކަމެއް ކުރަން ތިޔައީ. އޭރުން ކަށަވަރު ޔަގީންވާނެތާ ތިޔަފަދަ ކަމެއް ހިނގާފައި ނެތްކަން.
ޑަބްލިއުއެޗްއޯ2020
18 May 2020
ބައެއް މީހުންގެ ގާބިލްކަން ހުންނަނީ ޕާޓީ ބަދަލުކޮށްގެން ވަޒީރުކަން ހޯދުމަށް. އެކަހަލަމީހުން ގިނަފަހަރަށް ބޮޑު ކަމެއް ދިމާވީމަ ހަދާނެގޮތް ނޭނގެ. މިއީ އެކަހަލަ ވަޒީރެއްތަ؟
މަޖިލީސް2020
18 May 2020
އެއްގޮތަކަށްވެސް ނޫން. ހުރިހާ ޖެއްސުމަކާ ފިއްތުމަކާއެކީވެސް ކަންތަކާ ކުރިމަތިލީ މި މިނިސްޓަރު. ޖަނަވަރީ މަހުގައި ހެލްތުން ގޮވަން ފެށި މި ބަލީގެ ސީރައަސް ކަމުގެ ވާހަކަ. އެކަމަކު މާރިޗު މަހު ފަހަކޮޅާ ޖެހެންދެންވެސް ގިނަ މީހުން ތިބި ކެމްޕޭނުގައި އަވަދިވޭވޭ. އެންމެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަގު އިއުލާންކޮށްގެން ކުރިއަށް ދެވޭ ގޮތްވީ. އެއަށްފަހުވެސް މަޖިލީހުން ކުރީ ޖެއްސުން. ޕާޓީ ކުއްޖާ ނުވީމަ. އަދިވެސް ހަމަ އެހެން. މި ސޮރުގެ ހިތްވަރަށް ސާބަސްދޭންޖެހޭ.
ހާފީޒްނ1
19 May 2020
މަޖްލިސް 2020 ކޮމެންޓަށް ބުނެލަން އޮތީ ތިގޮތަށް ގަޓުހުރިއްޔާ އިސްތިއުފާ ދޭން ކެރޭނެހޭ؟ މަގާމުގެ ދަހިވެތިކަމުގައި އެމްޑީޕީން ޖެއްސުން ކުރާތީ ކަންކަން ނުވެޔޭ ބުނާ މިނިސްޓަރުންނަށް އިނގިރޭސިބަހުން ކިޔަނީ ކަވަރޑް coward
coward
19 May 2020
ކުރިންވެސް އޮތީ އިސްތިއުފާ ދީފައި. ޓްރެކް ރިކޯޓް އޮންނާނެ. ބަލާލާ.