މާލެ: މެއި 26، 2020: މަޖިލިސް މެމްބަރުން މިއަދުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާސްކު އަޅުއްވައިގެން ޖަލްސާގައި.-- ފޮޓޯ: މަޖިލިސް
28 މެއި 2020 - 16:23
ކައުންސިލަރުންގެ ދައުރު ދަންމައިލަން ގާނުނުއަސާސީ ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލުގެ މަސައްކަތް ލަސްކުރެއްވި ކަމަށް ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއީލް އަހުމަދު ތުހުމަތު ކުރެއްވުމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އޭނާއަށް ރޭ ރައްދު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާގައި އިސްމާއީލް ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބިލަކީ މާޗް 31 ގައި މަޖިލީހަށް ފޮނުވާފައިވާ ބިލެއް ކަމަށާއި އެކަމަކު އެޖެންޑާ ކުރުމަށް ފަހު ބިލު އޮތީ "ގެއްލިފައި" ކަމަށެވެ. ކައުންސިލަރުންގެ ދައުރު ނިމޭ ދުވަހާ ހިސާބަށް އައުމުން ވަގުތު ނެތިގެން އެ ބިލްގެ މަސައްކަތް ނުކުރެވުނީ ރޭވުންތެރިކަމެއް ނެތީމާ ކަމަށް އޭނާ ސިފަކުރެއްވި އެވެ. މަޖިލީހުގެ ކަންތައްތައް މިހާރު ދާގޮތް އެހާ ހިތްގައިމު ނޫން ކަމަށާއި މަޖިލީހުގެ އަމާޒު ސާފުވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު ކުޑަތަންވެގެން މިދަނީ، ޖޫން މަހުގެ ދެވަނަ ދުވަހަކީ ކައުންސިލްގެ މުއްދަތު ހަމަވާ ދުވަސް. އެކަމަކު އަޅުގަނޑުމެންނަށް ދެ މަސް ދުވަހުގެ ތެރޭގައި މިކަމަށް ގޮތެއް ނުހެދިގެން މިއުޅެނީ، މި ރޭވުންތެރިކަން އިތުރަށް ކުރިއަރާ ދާންޖެހޭ ކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން،" އިސްމާއީލް ވިދާޅުވި އެވެ.
އޭނާގެ ވާހަކަ ނިންމަވައިލެއްވުމުން ރިޔާސަތުން ނަޝީދު ވިދާޅުވީ "މެމްބަރު ތިޔަ ހުންނެވީ ސްނޫކާ"ވެފައި ކަމަށެވެ. ތަފްސީލް ފަހުން ދެއްވަމުން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލް ވެސް އަދި އެހެން މަސައްކަތެއް ވެސް އެމަނިކުފާނު އިންނެވި ތަނެއްގައި މަޑުޖެހިފައި ނޯންނާނެ ކަމަށެެވެ.
"ބައެއް ފަހަރަށް ސްނޫކާ ކިޔާ ކުޅިވަރެއްގައި އިއްޒަތްތެރި މެމްބަރު ތިޔަ ފާހަގަކުރައްވާ ކަންކަން ފާހަގަވީމާ އެއަށް ކިޔަނީ ސްނޫކާ ވުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެ ވިދާޅުވި ކުޅިވަރުގައި ސްނޫކާ ވުމަކީ އެއްވެސް ބޯޅައެއްގައި ސީދަލަށް ޖެހޭ ފަދަ ތަނެއްގައި ބޯޅައެއް ނެތް ހާލަތަކަށް ދިއުމެވެ. ބަޔަކު ކުރާ ކަމެއްގެ ސަބަބުން މީހަކު ހާލުގައި ޖެހުމުގެ މާނައިގައި މަޖާޒީ ގޮތެއްގައި އެ ލަފްޒު ބޭނުން ކުރެ އެވެ. ނަޝީދު އެހެން ވީދާޅުވީ އިސްމާއިލް ދެއްކެވި ވާހަަކައަށް ކަމެއް ނުވަތަ މާސްކާއި އެކު އޭނާ ވާހަކަ ދެއްކެވި އުނދަގޫ ގޮތަށް އިޝާރާތް ކުރައްވައި ކަމެއް ނޭނގެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ވާހަކަ ދައްކަވަނީ
އެކަމަކު ޖަލްސާގައި ވޯޓަށް އަހަން ހުރި ކަންތައްތަކަށް ވަޑައިގެންނެވުމުގެ ކުރިން އިސްމާއީލްގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްްގެ ވާހަކައަށް ވެސް ރައްްދު ދެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް މަޖިލީހުގައި ހުއްޓާލާފައި ބާއްވާފައި ދުވަހަކުވެސް ނޯންނާނެ ކަމަށެވެ. އެމަނިކުފާނު އިންނަވާ ތަނެއްގައި ކަންތައްތައް މަޑުޖެހި ހުއްޓިފައި ނޯންނާނެ ކަމަށާއި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް މިހައިތަނަށް ބޭއްވެވީ ރައްޔިތުންގެ ޚިޔާލު ހޯއްދަވަން ކަމަށެވެ.
"ފުރަތަމަ ކިއުމަށް ފަހު މަޖިލީހުގެ ގަވައިދު ތަންދޭ ހުރިހާ ހަމައެއްގެ މަތިން އަޅުގަނޑު މަސައްކަތް ކުރީ އަޅުގަނޑުމެންގެ، ތިޔަ އިއްޒަތްތެރި މެމްބަރުންގެ ލޮބުވެތި ރައްޔިތުންނަށް ދުވަސްކޮޅެއް ވާންދެން މި ބިލު ފެނިލާފައި އޮތުން،" ނަޝީދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
falcon_autho
29 May 2020
ގާނޫނެއް ހަދާނީތޯ؟ ނޫނީ ގާނޫނު އަސާސީ އިސްލާހުކުރާނީތޯ؟ ނޫނީ ބާއްވާނީތޯ؟ ނޫނީ އުއްތަމަ ފަނޑިޔާރަށް ލަފައަކަށް އެދޭނީތޯ؟ މިއިން އެއްވެސް ކަމެއް ނިންމަން ނޭގުމަކީ ސްނޫކާވުން. އިސްމާލަށްވުރެ މިކަމުގައި ސްނޫކާ ވެފައިވާ މިންވަރު މާބޮޑު ކަމަށް ފެންނަނީ. ދެން އިސްމާލަކީ ނަޝީދަށްވުރެ މަޖިލީހުގެ ތެރޭގައި ގަވާއިދާއެއްގޮތަށް ވާހަކަ ދައްކާ މެންބަރެއް. ބަސްމަގުވެސް މާފުރިހަމަ.
ރައްޔިތު ސޮރު
29 May 2020
ރައީސް މަޢުމޫނު މިހާރު އިންނަވާނެ ހީލަ ހީލަ، އެމަނިކުފާނު ޕްރެޑިކްޓް ކުރެއްވި ގޮތަށް ކަންކަންދާތީ. ފާރިޝްއަށް މިހާރު ދަންނަވާނެ ވަގުތު ކައިރިވަމުންއަންނަވާހަކަ. ސިޔާސީ މުފައްކިރުން މީ ހާދަ ފާޑެއްގެ ބައެކޭ!
ރައްޔިތު ސޮރު
29 May 2020
މީހާ ރުޅިގަދަވާނީ އަދި އަތުންފައިން ގޯސް ހެދެންފަށާނީ ތިމާގެ ބާރާ ނުފޫޒު ގެއްލެންފެށީމަ.
ޓަކިބެ
29 May 2020
ޤާނޫން އަސާސީ އަށް އިސްލާހެއް ގެންނަންޏާ އެންމެ ފުރަތަމަވެސް ރައްޔިތުންގެ މަޖިލީހުގަެި ބަހުސް ކިރެވެމްޖެހޭނެ. ދެން ޙައްލެއް ނުލިބުނިއްޔާ ދުސްތޫރީ އެންމެ މަތީކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެންވާނީ. އެއީ ޑިމޮކްރެޓިކް ގޮތަކީ. އަންނި ހަމަ އެ ގެންދިޔައީ ރަނުން ރަނަށް. ރާނަން ހުރެފަ އަތުގަ އޮތް ހަނދި އެއްލާލާފަ އަންނި ބާލުވަން ޖެޓީދޮށަށް ދުވި މީހުނަށް ޓިކެޓުދިނީމަ ވާގޮތް މި ފެންނަނީ.
ފަޤީރުކޮއެ
29 May 2020
އެކަމަކު ތިއޮށް ޤާބިލު މަޖިލީހަށް އަދި ހިންގުންތެރި މަޖިލިސްގެ ރައީސަށް ހަމައެއްމެ މައްސަލައެއްނިންމަން ނެގިދުވަސް މަދުކަމަށް ފެންނަނީ! އަހަރެއްވަރު ބޭނުންވާނެ ކަމަށް ފެންނަނީ ތިމައްސަ ހައްލުކުރަން ތިހާ ރޭވުންތެރި ދުރުވިސްނޭ ބަޔަކަށް!
ސިޓިޒަންސް އޮފް މާލެ
29 May 2020
ގާނޫން އަސާސީއަށް ގެންނަ ކިތަންމެ ކުޑަ އިސްލާހެއް ވިއަސް ރައްޔިތުންނާ ހިއްސާކޮށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް ދެކެން! ޢަދި މިކަން ކުރުމަކީ ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންގެ ޒިންމާއެއްކަމުގައިވެސް ދެކެން! އެ މެމްބަރުން ވޯޓްދޭންވާނީ އެ ދާއިރާގެ ރައްޔިތުންގެ ރާއުޔު އާއި އެްގޮތަށް ކަމަށް ފެނޭ!
އިބުކޮ
29 May 2020
ޑޮނަލްޑް ނަށީދު ބޯގޮވައިފި.
އަޒީީ
29 May 2020
ޑެމޮކްރަސީ ޗެމްޕިއަންގެ ފެންވަރު. މީހަކު ވިއްދާފަ އެއްޗެއް ބުނެލާއިރަށް ހަޖަމު ނުވޭ. ޕަކާސް. މީނަ ކުރިމަތި ލައިގެން މިހާރު ހީނުވޭ ވަހީދަށް ވީވަރު ވެސް ވާނެހެން.
ސިކުނޑި
29 May 2020
ތެދަށް ބުނާނަމަ ސްނޫކަރ ވީ ރިޔާސަތެވެ. ގާނޫނެއް ހަދާނާނީތޯ ނޫނީ ގާނޫނު އަސާސީ އިސްލާހު ކުރާނީތޯ ނުވަތަ ގާނޫނީ ލަފައެއް ހޯދާނީތޯ އުޅެ ތިންހަމަ ދޭއްވީއެވެ. މިއިން ކޮންމެ ކަމަކީވެސް ކުރެވޭނެ ކަންތަކެވެ.
ކުމުންދޫއަލީ
29 May 2020
ރައްޔިތުންގެ މަޖްލިސްގެ ރައީސް ކުރެއްވި މަސައްކަތް ސްނޫކާ ވެގެން އިއްޒަތްތެރި މެމްބަރަކަށް ވެސް ރައްޔިތަކަށް ވެސް ސީދަލައް ވެސް ނުސީދަލަށް ވެސް ނުފޯރި...ޕާޓީ ވ ފަނިވެފަ ހެން ހީވަނީ. މަނިކުފާނު އަބަދު ފެންނަނީ ރުޅީ ގަދަވެފަ ހުއްޓާ. ފާގަދިޔަ ހިއްޕެވުން ބުއްދިވެރި
މޯޑޭ
29 May 2020
މާސްކުއަޅާގެން ވާހަކަ ދަށްކަށް ދަސްކޮށްދީބަލަ އިންތިމެންނަށް.