ކުރީގެ ރައީސް ވަހީދު: މަގުމަތިން މީހަކު ވަނީ އެމަނިކުފާނާ ދިމާކޮށްފައި -- ފޮޓޯ/މިހާރު
14 ޖޫން 2020 - 12:57
ކުރީގެ ރައީސް ޑރ. މުހަައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނާ މީހަކު މަގުމަތިން ދިމާކޮށް، ހުތުރު ބަހުން މުއާމަލާތުކުރި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ވަހީދާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ކަސްރަތު ކުރެއްވުމަށް އުސްފަސްގަނޑު ސަރަހައްދުގައި އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު އެ ދެ ބޭފުޅުންނާ ދިމާކޮށް، ހުތުރު ބަހުން އެއްޗެހި ގޮވި ކަމަށް ވަހީދު ވަނީ ވިދާޅުވެފަ އެވެ. އަދި އޭރު އެމަނިކުފާނާ އެކު ތިބި އެމްއެންޑީއެފްގެ ސެކިއުރިޓީން އެކަން ފުލުހުންނަށް އެންގި ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ފުލުހުން ބުނީ ވަހީދަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔައި، ފުރައްސާރަކުރި މައްސަލަ މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
އެކަމާ ގުޅިގެން ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ މީހުންނާ މެދު ނަފްރަތު އުފެއްދުމަކީ އިޖްތިމާއީ މިންގަނޑުތައް ހަލާކުވެ، ބައިބައިވެގެންދާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓާލަންޖެހޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ވެރިކަމަށް ވަޑައިގަތީ އެހާތަނަށް ނަޝީދުގެ ނައިބަކަށް ހުންނެވި ވަހީދެވެ. އެހެންވެ، އެމްޑީޕީގެ ގިނަ ބައެއްގެ ނުރުހުން ވަހީދަށް ވަނީ އަމާޒުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިލް ކޮކީ
15 June 2020
އިއްޒަތާއި ގަދަރާއި އިހްތިރާމަކީ ވަކިރައީސަކަށް ވަކި ސިޔާސީ ލީޑަރަކަށް ހިބައިން މިލްކު ކުރެވިފައިވާ އެއްޗެއް ކަމުގައި ހެދުމަކީ މުޖުތަމައު ފަސާދަވުމަށް ހުޅުވާލެވޭ ދޮރެއް. ރައީސް ވަހީދުއަށް ހަމަލާދޭން އުޅެ ފުރައްސާރަކުރުން ބަލައެއްނުގަނެވޭ.
ހަޑިގިއްލާ
15 June 2020
ރައްޔިތުންގެ ލޯތްބާއި އިޚްތިރާމް އޮތްވަރު މިނެކިރާ އެއްޗަކީ ވޯޓް. %5 އަކީ ވަރަށް ދައް އަދަދެއް. ބާތިލްވޯޓާ ގާތްކުރަނީ..
އަސްލުވެސްދޯ
15 June 2020
މި ހާދިސާ އިން ފެންނަނީ ގައުމުގައި ތިބި ޓެރަރިސްޓްންނާއި އަނދިރި ދައުލަތެވެ. އަދިރި ދައުލަތުގެ ވެރިޔާ އަކީ މަޖުލިހުގެ ރައީސް ކަން ހާމަ ވެއްޖެ.
ޖޭމާދޮންތީ ގެ ސާރީ ބޯލޯ
15 June 2020
ތިމަުގެ ފަހަތުގައި ހުންނާނީ މުހައްމަދު ނަޝީދު (ކެނެރީގެ/ ކ.މާލެ)
ޙަސަން ވަޙީދު
15 June 2020
އެމްޑީޕީގެ ބައެއް މީހުންނަކީ ފިކުރީ ހަރުކަށިކަން ގެންގުޅޭ ހައްދު ފަހަނައެޅި ބައެއް. މިއީ ވަރަށް ނުރައްކާ ކަމެއް. މި ފަދަ މީހުން ގައުމުގައި ބޮމެއް ވެސް ގޮއްވަ ފާނެ
ލަބީދު
15 June 2020
ކޯނީ ރިޕޯޓު ހާމަ ކުރޭ
ކޮއި ބެތްޔާ
15 June 2020
އެމްޑީޕީ މީހުން ކުރާ ވަރައް ދަށުދަރަޖާގެ ކަމެއް މަގުމަތިން މީހުނާފޮށުމާ ވަނަން ގޮވުމާ ސާބިތު ނުހިފޭ ދޮގުވާހަކަ ފެތުރުން މިކަން ހުއްޓާލަން ނުވޭތަ...؟
ރީތިމޫސަގެ ވަގުބިޓު
15 June 2020
ވަހީދާއި ދިމާއަށް ބާޣީއެކޭގޮވޭނެއެއްގޮތެއްވެސްނޯންނާނާނެ އެކަންކޯނީ ރިޕޯޓުންވަރަށްސާފުކޮށްއެގެން އެބައޮތް ސިދާ ނަޝީދުވަނީއެކަމަށް އެއްބަސްވެފަ... ނަށީދު އެކަމައް އެއްބަސްވިޔަސް ނުވިޔަސް މަގުމަތިން ދިމާކޮއް ނުފޮށެވޭނެ' މަގުމަތިން ފޮށެން ހިތްވަރުދީ އެކަން އެކަން އެގޮތައް ކުރިޔައް ދަނީނަމަ ނަށީދުގެ ބަފާވެސް އެކަމާ ކުރިމަތިލާން ޖެހޭނެ އެކަކުވެސް އެކަހަލަ ދަށޫދަރަޖާގެ ޖަރީމާއައް ހިތްވަރު ނުދެމާ
ހަޖާމު ބޭބޭ
15 June 2020
ސުޕަރ މެޖޯރިޓީ އޮތީމަ ކަލޭމެންނައް ރައްޔަތުންނާ ފޮށި އައުގުރާނަ ގޮވުމާ މަޖިލީހުގަ މާރާމާރީ ހިންގަން ލައިސަނެއް ލިބުނީކަމައް ހީކުރަނީތަ....!!!
ދިލްކޮކީ
15 June 2020
އެއްވެސް މީހަކާ މަގުމަތިން ދިމާކޮއް ނުފޮށެވޭނެ އެކަން ކުރާކަމައް ވަނީނަމަ ނަތީޖާ ރަނގަޅުނުވާނެ ރައްޔަތުން މަގައް ނިކުމެ އެމްޑީޕީ ސައިޒައް ތިރިކުރަން ޖެހިދާނެ މިހާރުވެސް ވެރިކަމުގަ ކޮޅައް ހުރެވެނީ ބޯއަނބުރާތި ކާބޭސް ބޭނުންކޮއްގެން
ޑރ ޒަންޖަބީލް
15 June 2020
ޑރ ވަހީދުއާ މަގުމަތިން ފޮށުނުގޮތައް ރައީސް ޔާމީން ރައީސް މައުމޫނުއާ ފޮށިލަބަލަ ވާގޮތެށްބަލާލަން