އާއްމުންގެ ހިޔާލު ހޯދަން"ޖަޒީރާ ހޮޅުއަށި" ނަމުގައި ސަރުކާރުން ކުރިން ބޭއްވި ބައްދަލުވުމެއް. ނަޝީދު މިއަދު އެދިވަޑައިގެންނެވީ މަޖިލީހުގައި ހުރި ބިލްތަކަށް އާއްމުންގެ ހިޔާލު ހޯދަން.
16 ޖޫން 2020 - 12:22
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކަށް އާއްމުންގެ ހިޔާލު ފުޅާ ދާއިރާއެއްގައި ހޯދުމަށާއި އެގޮތުން ހިޔާލު ހޯދުމުގެ ބައްދަލުވުންތައް އަތޮޅުތަކުގައި ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މެމްބަރުންނަށް އިރުޝާދު ދެއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ހެނދުނުގެ ސަޔަށް މެދުކަނޑައިލުމުގެ ކުރިން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގައި މިހާރު އޮތް މުހިއްމު ފަސްބިލަކަށް އާއްމުންގެ ހިޔާލު ހޯދުުން ވަރަށް މުހިއްމު ކަމަށެވެ. ފުލުހުންގެ ހިދުމަތުގެ ބިލާއިި އިންތިގާލީ އިންސާފުގެ ބިލަކީ އެެގޮތުން ހިޔާލު ހޯދަން މުހިއްމު ބިލްތައް ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިނިމަމް ވޭޖް ކަނޑައެޅުމުގެ ގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުގެ ބިލާއި މަތީ ތައުލީމުގެ ބިލަކީ ވެސް ހިޔާލު ހޯދަން ޖެހޭ ބިލެއްް ކަމަށާއި ބޯހިޔާވަހިކަމާ ގުޅޭ ގޮތުން މަޖީލީހުން ކުރާ މަސަައްކަތަށް ވެސް އާއްމުންގެ މަޝްވަރާ ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މަޖިލީހުގައި މިހާރު ހުރި ބިލްތަކުގެ ތެރެއިން މުޅި ރާއްޖޭގައި މަޝްވަރާ ކުރަން ނަޝީދު އެދިވަޑައިގެންނެވީ އިންތިގާލީ އިންސާފުގެ ބިލަށެވެ. އެ ބިލަށް މުޅި ރާއްޖޭގައި ކުރާ މަޝްވަރާ ވާނީ "ކޮންމެހެން ދޭން ޖެހޭ ފަރުވާއެއް" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އިންތިގާލީ އިންސާފުގެ މަޝްވަރާ މުޅި ރާއްޖޭގައި ކުރުމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ދޭން ޖެހޭ ފަރުވާއެއް ހަމަ ގައިމު ވެސް އަޅުގަނޑު މިހާރު އެބަ ދެކެން،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ބޭއްވި މީޑިއާ ބްރީފިން ގައި ވާހަކަފުޅު ދައްކަވަނީ.
"މަޖިލީހުގެ ގަވައިދު ވަރަށް ބޮޑަށް އެބަ ބުނޭ އާއްްމުންނާ މަޝްވަރާ ކުރުމަށް. އަޅުގަނޑުމެންނަށް އާ އިމާރާތް ލިބުމާއި ދެން މި މަޝްވަރާ ހިންގާނެ ގޮތްތައް އަޅުގަނޑުމެެންގެ އާ އިމާރާތުގައި އިތުރުވެފައި ވުމާ، އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި ދެ ބާވަތެއްގެ ތިން ބާވަތެއްގެ މަޝްވަރާ ހިންގޭނެ،" ނަޝީދު ވިދާޅުވި އެވެ.
އަޅުގަނޑު ދެކޭ ގޮތުގައި އިންތިގާލީ އިންސާފުގެ މަޝްވަރާ މުޅި ރާއްޖޭގައި ކުރުމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ދޭން ޖެހޭ ފަރުވާއެއް ހަމަ ގައިމު ވެސް އަޅުގަނޑު މިހާރު އެބަ ދެކެން -- ނަޝީދު
އެމަނިކުފާނު ވިދާޅުވި ގޮތުގައި ބިލްތަކަށް އާއްމުންގެ މަޝްވަރާ ހޯދޭނެ އެއް ގޮތަކީ މަޖިލީހުގެ އިދާރާގައި ޕެނަލް ޑިސްކަޝަންތައް ބޭއްވުމެވެ. އަނެއް ގޮތަކީ ކަމާ ބެހޭ މާހިރުންގެ ހިޔާލާއި އާއްމުންގެ ހިޔާލު އެކުއެކީގައި ލިބޭ ގޮތަށް ހިޔާލުފާޅުކުރުމުގެ ބައްދަލުވުންތައް ބޭއްވުމާއި ކަމާ ބެހޭ މާހިރުންގެ މަޖިލީހަށް ގެނެސް އެބޭފުޅުން ލައްވައި ތަގުރީރު ކުރުވުން ކަމަށެވެ. ތިން ވަނަ ގޮތަކީ ރަށް ރަށުގައި (މެމްބަރުންގެ ދާއިރާތަކުގައި) މަޝްވަރާތައް ބޭއްވުމެވެ.
"އެހެންވީމާ އެ މަސަައްކަތްތަައް ފަށާ އިރުގައި ފުލުހުންގެ ބިލު އަޅުގަނޑު މިދެކެނީ ވަރަށް މުހިއްމު ބިލެއްގެ ގޮތުގައި، ވީ އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން،" ނަޝީދު ވިދާޅުވި އެވެ.
އެ ބިލަށްް މަޝްވަރާ ހޯދަން ބާއްވާ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ފުލުހުންގެ ކުރީގެ ވެރިންނާއި އާއްމުން ބައިވެރިކޮށް ތަފާތު ހިޔާލު ނުކުންނާނެ ގޮތަކަށް ކުރިއަށް ގެންދެވިދާނެ އެވެ.
އާއްމުންގެ ހިޔާލު ހޯދަން "ޖަޒީރާ ހޮޅުއަށި" ނަމުގައި ސަރުކާރުން ކުރިން ބޭއްވި ބައްދަލުވުމެއް.
ނަޝީދު ވިދާޅުވީ ބިލްތަކާ ގުޅޭ ގޮތުން ކަމާ ބެހޭ މާހިރުން ތަގުރީރު ކުރައްްވާ ގޮތަށް ބާއްވާ ބައްދަލުވުންތަކުގައި ވެސް އާއްމުން ބައިވެރި ކުރެވިދާނެ ކަމަށާއި އެެހެން ނަމަވެސް އެއީ ހާއްސަކޮށް މެމްބަރުން ހޭލުންތެރިކުރުމަށް ޓަކައި ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހެދުމާއި އެހެން ބައެއް ކަންކަމުގައި ވެސް އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރިން ވެސް ކޮންމެެވެސް ވަރަކަށް ރާއްޖޭގައި ކުރެ އެވެ. އެކަމަކު ފުޅާ ދާއިރާއެއްގައި ހިޔާލު ހޯދުމުގެ މަސައްކަތް ކުރަނީ މަދުންނެވެ. ހިޔާލު ހޯދަން އާއްމުކޮށް ކުރާ އެއް ކަމަކީ ގާނޫނެއް ނުވަތަ ގަވައިދެއްގެ ދެލިކޮޕީ އޮންލައިންކޮށް ބެލޭ ގޮތް ހަދައި، އޮންލައިންކޮށް ހިޔާލު ހުށަހަޅަން ހުޅުވައިލުމެވެ.
ރައްޔިތުންގެ ހިޔާލު ހޯދަން "ޖަޒީރާ ހޮޅުއަށި"ގެ ނަމުގައި ސަރުކާރުން ކުރިން ބައްދަލުވުންތަކެއް ބޭއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެޖެންޓާ 19
18 June 2020
މާ ހެޔޮއެދިގެން ކޮންމެހެން ރައްޔިތުން ލައްވައި ހަޑިހާވާނެ ކަމެއްނެތް މަނިކުފާނަށް ނުކުރެވެންޔާ ހަމަޖެހޭގޮތަކަށް ތިކަން ހިންގަވަން އެހެން ބޭފުޅަކާއި މަތިކުރައްވާ !
ާަާާައަލީ ޝަފީގު
16 June 2020
އިސްތިއުފާދިން ރައީސެވެ. ތިބާއަށް މަޖްލިސްގެ ރައީސްކަންވެސް ކުރަންނޭގެއެވެ. މަކަރުން ވަކަރަށްޖަހަން ރައްޔިތުންގެ ފައިސާ ހޭދަނުކުރާށެވެ. ތިބާ މަޖިލިސްގެ ރައީސްކަމުންވެސް އިސްތިއުފާދޭނެ ދުވަހެއްގެ އިންތިޒާރުގާ ވަމެވެ.
ައަފުރާސިޔާބު
16 June 2020
ބިލްތަކުގެ މަޝްވަރާއޭ ކިޔައިގެން އަތޮޅުތަކަށް ދަތުކުރަން ތިނިންމަނީ ރައްޔިތުން ދަރުވާލައިގެން ލޯނުނުގައި އެފައިސާކޮޅުވެސް ކާލާނޭ އައު ގޮތެއް ހޯދަންތާ ރައްޔިތުން ގުނބޯ ހައްދާފައި. ދެވަނަ މަގްސަދަކީ ގާނޫނު އަސާސީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ބޮލަށް ހުތްފެލުން ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން.
މިވަރެއްނެތް
16 June 2020
ވޯޓު ވިއްކާ، ކޮރަޕްޝަނަކީ މައްސަލައަކަށް ނުވާ ހޭލުންތެރިކަން ކުޑަ ރައްޔިތެއް ކާރިން މާ މޮޅު ލަފާ ލިބޭނެކަމަށް ހީކުރުމަކީ ގޯހެއް. އަހަރެމެންނަށް ވުރެން މާކުރިއަރާފައިވާ އިނގިރޭސި ވިލާތުގެ ރައްޔިތުން ކާރިން އީޔޫގައި ތިބުމާއި މެދު ފެންނަ ނުފެންނަ ވޯޓަކަށް އެހުމުންވެސް ގޮވީ އަތަށް! ވެރިންނަކީ ލީޑަރުން. ލީޑަރުންނަކީ ތަޞައްވުރެއް/ވިޝަނެއް އޮވެގެން އެދިމާއަކަށް ރައްޔިތުން ލީޑުކުރާ މީހުން. މިހާރު ތި އެނބުރެނީ އެކްޓިވިސްޓުންގެ ވިސްނުމަށް.
ވިސްނާލުމަށް އެދެމޭ
16 June 2020
މަޖިލިސް ބަންދުކޮއްފަ ރައްޔިތުންނަ އަގަތަޅަން ފުރުސަތު ހޯދަދީފަ ސަރުކާރު އަރާ މުކުރަން އޮވެލާ..ރައްޔިތުންގެ ޝަކުވާތަކާ އުދާސްތައް މާބޮޑުވީ މަ ރައްޔިތުންގެ ސަ މާލުކަން އެހެންކަ މަކަށް އަބުރާލަން މަޅިފައްޗެ ގަތާލީ.. ބަރުލަ މާނީގެ ވޯޓެނަގަން ހުޅުވާލާ ރައްޔިތުންތިބިގޮތް ބަލަންބޭނުންނަ މަ..ތިތަނަށް އަނގަތަޅަންދާނީ ރައްޔިތުންގެ ނަ މުގަ މޑޕއިން ހޮވާލާބައެއް..އެ މީހުންގެ އަނގައިން ނުކުންނާނީ މޑޕ ބޭނުންވާގޮތް. މިހާތަނަށް ބޭއްވި ޑިސްކަޝަންތަކުގަ ކަންވީ މިގޮތަށް.
ބޮޑުމީހާ
16 June 2020
ހިޔާލު ހޯދަންވީ މަޖްލިސް މެމްބަރުންގެ މުސާރަ، އެމީހުންނަށް ދޭ ކެއުން، އެމީހުންގެ ހާޒިރީ އާއި ބެހޭގޮތުން. އަދި މެމްބަރުން ވަކިކުރެވޭނެ ފަދަ ބިލްތައް ލުމަށް
ރިޒުން
16 June 2020
ރައްޔިތުން ގުބޯހައްދަނީ
މިޞްރާބު ސީދާތޯ؟
16 June 2020
ކޮށްފަ ނުކުރާނެ ކަމެއް ނެތި ފޫހިވެ އުޅޭ ބަޔަކު މިނޫނީ ނުފެންނާނެ އަމާޒެއް ނެތި ލާހޫރޭ ރިޔާސަތެއް
ތެދު
16 June 2020
މިހާރު އެއުޅެނީ މަޖިލީހުގެ ހަރަދުގައި އަތޮޅުތެރެއަށް ދަތުރުކޮށް ކެމްޕޭން ހިލޭ ކުރަން.މަކަރުވެރި ރޭވުމެއް.
ގީސް
16 June 2020
ރައްޔިތުންގެ ހިޔާލުހުރިގޮތް ބަލާލަން ނިކަން މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނާ މުސާރަ ފުޅާ އިނާޔަތްތަކާ އެލަވަންސްތަކާ މެމްބަރުން އިތުރުވާގޮތަށް އޮތް އޮތުމާބެހޭގޮތުން ހެފިފައިވާ ގާނޫނުތަށް ހުޅުވާލަބަލަ. އޭރަށް ރައްޔިތުންގެ އަޑު އަހާކަމަށް ވާނީ.