24 ޖޫން 2020 - 07:31
ޗައިނާގެ މަޝްހޫރު އެޕް ޓިކްޓޮކްގައި ހުންނަ ވީޑިއޯތަކުން، ކެއުމުގެ ނުރަނގަޅު އާދަތަކަށް ހިތްވަރުދޭ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ސޯޝަލް މީޑިއާގެ ކޮންޓެންޓްތައް ދިރާސާކުރާ ކެމްޕޭން ގްރޫޕަކުން ބުނެފި އެވެ.
ކުރުކުރު ވީޑިއޯތައް އަޕްލޯޑްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓިކްޓޮކާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ އީޓިން ޑިސްއޯޑާ ޗެރިޓީ "ބީޓް" އިން ބުނިގޮތުގައި އެ އެޕް ބޭނުންކުރާ ވަރަށް ގިނަ ބަޔަކު ދަނީ ސިއްހަތަށް ފައިދާ ނެތް ކާނާތަކާއި ބަރުދަން ލުއިކުރަން އެހީވެދޭ ކަމަށް ބުނާ އުފެއްދުންތަކާއި ކެއުމުގެ ނުރަނގަޅު ވައްޓަފާޅި އަށް ވަކިން ހާއްސަކޮށް ޒުވާނުންނަށް ހިތްވަރު ދެމުންނެވެ. އެގޮތުން އޭގައި ހިމެނޭ "ވަޓް އައި އީޓް އިން އަ ޑޭ-އަންޑަ 1،200 ކެލަރީޒް" ފަދަ އެއްޗިއްސަކީ ބަލައިގަންނަން އުނދަގޫ އެއްޗެހި ކަމަށް ބުނެފައިވެ އެވެ.
އަދި މީގެ ސަބަބުން އީޓިން ޑިސްއޯޑާތަކުގެ ތެރޭގައި ހިމެނޭ އެނޮރީޒިއާ އާއި ބްލީމިއާ އަށް އެޕް ފޮލޯކުރާ މީހުން ހުށަހެޅުންދާ ކަމަށް ބުންޏެވެ.
"Any suggestions on what distractions I could use when the eating disorder voice is loud?"
— Beat (@beatED) June 16, 2020
Can you help this person posting on our message boards? Find this and other questions here: https://t.co/JhvDwzLOWo
ޓިކްޓޮކް އެކްޓިވްކޮށް ބޭނުންކުރާ މީހުންގެ އަދަދު 800 މިލިއަނަށް އަރާއިރު އޭގެ ތެރޭގައި އެންމެ ގިނައީ 16-24 އަހަރާ ދެމެދުގެ ނޫކަށިފުރައިގެ ޒުވާނުންނެވެ. އެއީ ޓިކްޓޮކް ބޭނުންކުރާ މީހުންގެ ނިސްބަތަށް ބަލާއިރު 41 ޕަސެންޓެވެ.
ނަން ހާމަނުކޮށް މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި 19 އަހަރުގެ ޒުވާނަކު ބުނި ގޮތުގައި އޭނާގެ 40 ޕަސެންޓް ވަގުތު ހޭދަކުރަނީ ޓިކްޓޮކްގައި ހުންނަ ބަރުދަން ލުއިކުރުމާ ގުޅޭ ގޮތުން ހުންނަ ކޮންޓެންޓްތަކަށެވެ.
"އެކަމަކު އެއްޗެހިން ގެނެސްދެނީ ނެގަޓިވިޓީކަން މިހާރު ފާހަގަކުރެވޭ. އޭގެ ސަބަބުން ކުރިން އަހަރެން ޑައިޓާއި ކަސްރަތާ ދޭތެރޭ ދެކެމުން އައި އެޓިޓިއުޑަށް ވެސް ވަނީ އަސަރުކޮށްފައި." އޭނާ ބުންޏެވެ.
ކެއުމުގެ ނުރަނގަޅު އާދަތަކުގެ ތެރެއަށް މީހުން ވައްޓައިލައި ދުޅަހެޔޮ ސިއްހަތަށް މަގުފަހިވާނެ ކަމަށް ބުނެ ސައްހަ ނޫން ކޮންޓެންޓް ޓިކްޓޮކުން ހިތްވަރުދޭ ކަމަށް ބުނާ މައްސަލާގައި އެ ޕްލެޓްފޯމުން ބުނީ އަބަދު ވެސް އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ރައްކާތެރިކަން ކަމަށެވެ. އަދި ޓިކްޓޮކް ބޭނުންކުރުމުގައި ގައިޑްލައިންތަކެއް ހުންނާނެ ކަމަށާއި އެ އުސޫލްތަކުގެ ތެރެއިން އީޓިން ޑިސްއޯޑާ ޕްރޮމޯޓްނުުރެވޭނެ ކަމަށް ބުންޏެވެ.
ބީޓްގެ އެކްސްޓާނަލް އެފެއާޒް ޑިރެކްޓަރު ޓޮމް ކްއިން ވިދާޅުވި ގޮތުގައި އެ މީހުން ވަކާލަތުކުރަނީ "ރިއަލިޓީ" އަށެވެ.
"ނަމަވެސް ޓިކްޓޮކްގައި އެކުލެވޭ ބައެއް ކޮންޓެންޓްތަކަށް ބަލާ އިރު ބަލައިގަންނަން އުނދަގޫ އަދި އެ ބޭނުންކުރާ މީހުންނަށް އެތައް މައްސަލަތަކެއް ދިމާވެދާނެ އެއްޗެހި އޭގައި އެބަ ޕްރޮމޯޓްކުރެވޭ،" އޭނާ ވިދާޅުވި އެވެ. "މިއީ ހުއްޓުމަކަށް އަންނަން ޖެހޭ ކަމެއް."
ޖޭމްސް.
މެންޓަލް ހެލްތު ކެމްޕެއިނާއެއް ކަމަށްވާ އަދި އީޓިން ޑިސްއޯޑާ ތަޖުރިބާކޮށްފައިވާ ޖޭމްސް ޑައުންސް ބުނިގޮތުގައި ޓިކްޓޮކްގެ ކޮންޓެންޓްތައް ފާރަވެރިވެވޭނެ ގޮތްގޮތް ހުއްޓަސް، ކަންކަން ތަންފީޒުކުރުމުގައި ލަސްތަކެއް އުޅެ އެވެ.
"ރަނގަޅަށް ރެގިއުލޭޓްކޮށް، އުސޫލުތައް އިމްޕްލިމަންޓް ނުކުރެވޭ ކަމަށްވަންޏާ ޓިކްޓޮކް ކަހަލަ އެޕްތައް ބޭނުންކުރާ މީހުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާނެ." އޭނާ ބުންޏެވެ. "އަހަރެން ކަންބޮޑުވާ ކަމަކީ ޓިކްޓޮކުން ރައްކާތެރިކަމުގެ ގެރެންޓީ ދިން ނަމަވެސް އެއާ އެއްގޮތަށް އަމަލުނުކުރެވޭތީ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންދެރި
24 June 2020
ޕިއްޒާ އެނާޖީ ޑްރިންކް ސޮސެޖް ނޫޑްލްސް ސިނގިރޭޓް މިއީ ރާއްޖޭގަ އެންމެ ގިނައިން ވިކޭ ހަށިގަނޑައް ގެއްލުން ހުންނަ ބާވަތް ތަކެވެ. ސަރުކާރުން ވެސް މިފަދަ ތަކެތި ކޮންޓްރޯލް ކުރަން މާބޮޑު ކަމެއް ނުކުރެ އެވެ. ރާއްޖެއިން ބޜުން މިކަން ދަސްވެ ބޭރުން ކިޔަވައިގެން އައިސް ސަރުކާރުގެ މަތީ މަގާމް ތަކުގަ ހުންނަ ގިނަ ބަޔަކަށް ވަނީ މިކަން އާދަވެފައެވެ.