23 ޖޫން 2020 - 12:47
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފުލުހުންގެ އިތުބާރު ނެތް ކަމަށް، މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެ އެވެ.
ތަފާސްހިސާބާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ލީޑަރު، އިމްރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރާއީ ވިދާޅުވީ މިނިސްޓަރު އިމްރާންގެ އިންޓަގްރިޓީއާ މެދު ފުލުހުން ސުވާލު އުފައްދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓުނުއިރު އެކަމުގައި ވެސް އިމްރާން އިސްކޮށް ހުންނެވި ކަމަށް ވެސް ރާއީ މިއަދު ވިދާޅުވި އެވެ.
"ފުލުހުންގެ މުއައްސަސާ މަތިކޮށްފައިވާ ވަޒީރަކަށް ފުލުހުންނެއް އެ ބޭފުޅާއަކަށް އިތުބާރެއް ނުކުރޭ. ފުލުހުން ސުވާލު އުފައްދާ އެ ބޭފުޅާގެ އިންޓަގްރިޓީއާ މެދު. އަޅުގަނޑުމެންގެ ސަރުކާރު، އަޅުގަނޑުމެންގެ މެމްބަރުން އެބަ ވިދާޅުވޭ ބަޣާވާތް ކުރިއިރު އިސްކޮށް ދުއާ ދަންނަވަން ހުރި ބޭފުޅެކޭ އެއީ،" ރާއީ ވިދާޅުވި އެވެ.
މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ މަޖިލީހުގައި ބަހުސް ކުރައްވަނީ: އޭނާ ވަނީ ހޯމް މިނިސްޓަރު އިމްރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި-- ފޮޓޯ: މަޖިލިސް
ހދ. ނޭކުރެންދޫގައި ޖަލެއް ހެދުމަށް ނިންމާފައިވާއިރު އެކަން ނުވެ އޮތީ ވެސް މިނިސްޓަރު އިމްރާންގެ ސަބަބުން ކަމަށް ވެސް ރާއީ ތުހުމަތު ކުރެއްވި އެވެ.
"ޖަލުމަތީގައި މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ހަމަ ފައިން އަރައިގެން ހަމަ ފިއްތައިގެން އެ ހުންނަނީ. އެ ދާއިރާގެ ރައްޔިތުންގެ ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ އުންމީދުތަކުގައި މިނިސްޓަރު ފައިއަރައިގެން ފިއްތައިގެން އެ ހުންނަނީ. ވާނުވާއެއް އަންގަނީއެއް ނޫން،" ރާއީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޭކުރެންދޫގައި ޖަލު އެޅޭނެ ކިތަންމެ ގޮތެއް އެބަހުރި ކަމަށާއި ނަމަވެސް އެކަން ކުރައްވަން މިނިސްޓަރު އިމްރާން ބޭނުން ނުވާ ކަމަށެވެ. މި ސަރުކާރަށް ރަނގަޅު ކަމެއް ވާން މިނިސްޓަރު އިމްރާން އެދިވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހާއްސަކޮށް އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރާކަށް މި ބޭފުޅާ ބޭނުމެއް ނުވާނެ. ޚުދު ޕޮލިހުންނަށް ވެސް މި ބޭފުޅާ ރަނގަޅު ގޮތެއް ނޭދޭނެ،" ރާއީ ވިދާޅުވި އެވެ.
Majilyhuge hamanujehunthah balan ninmumun minister goas vejje
The most trusted news source in the Maldives
Mihaaru
ހަމަނުޖެހުންތައް ބަހާނެ ކަމަށް ވިދާޅުވުމުން މިނިސްޓަރު ގޯސްވުން
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުން ދޭތެރެ ދޭތެރެއިން ދަނީ ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުގެ އިސް ބޭފުޅުންނަށް ފާޑު ވިދާޅުވަމުންނެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ހިނގި ހަމަނުޖެހުންތަކެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް އަނިޔާވި މައްސަލަ ފުލުހުން ތަހުގީގު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވުމުން ވެސް އެމްޑީޕީ މެމްބަރުންގެ ނުރުހުން އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތަން އިސްކުރަންޖެހޭ
24 June 2020
އެމްޑީޕީގަ އުޅެނީ ތަނެއްދޮރެ ނުދަންނަ ގަމާރުބައެއް.
މަކުނުދޫ ޢަލީ
24 June 2020
މެންބަރު ރާއީއަށްވެސް އަހަރެމެންގެ އިތުބާރެއް ނެތް ކަލޯ
ޢިބްރާ
23 June 2020
ޢަޅެ ބަލާބަލަ ކިތައް ދިވެހިން ތޯ ބުނަނީ ތިމަންނަޔަށް ފުލުހުންނަށް އިތުބާރު އެބައޮތޭ؟ ޢަހަރެން ކުރިން ދުވަހު ފުލުހައް ގުޅިން މީހަކު ފޭސްބުކުގަ ފޭކް ޕޭޖެއް ހަދާއިން ހަރޭސް ކުރާތީ. ޢެމީހުންގރ ވާހަކައިން ކަމެއް ވާނެކަމަށް ނުފެންނާތީ އަޅާނުލީ. މީ ވާވަރަކީ . ޜައްޔިތުންގެ ލާރިއިން މުއައްސަސާތައް ހަދާފަ ހުންނަނީ ޕޮލޮޓީސަންގެ ފައިދާއައް ކަންކަން ކޮށްދޭން
މުޙުއްމާ
23 June 2020
ރާއީ އަކަށް މިހާރު ރައްޔިތުންގެ އިތުބާރެއްނެތް. އިސްތިޢުފާދީފަ ގޭގަ މަޑުކުރޭ.
ސައުދު
23 June 2020
އިންޑިޔާގައި އުޅޭނެ ލާލޫ ޕްރަޝާދުކިޔާ ޖޯކަރެއް މަޖިލިސްގައި. އޭ މިވެސް.
ައަފުރާސިޔާބު
23 June 2020
ކާކަށްތޯ އޮތީ؟ މަޖުލީހުގައި ތިބިމީހުންނަށް ރައްޔިތުންގެ އިތުބާރެއް ނެތް. ފުލުހުން މަދުވާނެ ރައްޔިތުންނަށްވުރެ. ދެން މެންބަރު ހިމެނޭ ޕާޓީއަށްވެސް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މިންވަރު ފެނިގެން އެދިޔައީ އިދިކޮޅުން ބޭއްވި ޖަލްސާއިންވެސް. އެތަނަށް މީހުން އެއްވީ ކޮންމެހެން އިދިކޮޅަށް ސަޕޯޓްކުރާތީ ނޫންކަމަށްވުންވެސް އެކަށީގެންވޭ.
އަހުމަދު ވަހީދު
23 June 2020
19ވަނަ ރ މަޖްލީސް ގައި މި ތިބީ ހާދަ މޮޅު ބައެކޭ ހުރިހާ ފުލުހުންގެ މެދުގަ މިނިސްޓަރ އަށް އިތުބާރު އޮތްތޯ ބަލަން ސާރވޭ އެއް ކުރީތޯ އެހެންކަމަށްވާނަމަ. މިހާރުން މިހާރަށް މެމްބަރު އިސްތިއުފާ ދޭންޖެހޭ މެމްބަރުންވެސް ވަކި ހުދޫދެއްގެ ތެރގަ ތިބެންވާނީ ރައިސް މިނިސްޓަރުން އައްޔަން ކުރީމަ ތި މަޖލީހުން ރުހުންދީފަ ދެ ދުވަހުން އެއްދުވަހު ކީކޭތަ ތިކިޔަނީ
އަފުން
23 June 2020
މި ރާއީއަކީ ކޮންތާކުން ވަޑައިގެން އުޅުއްވާ ބޭފުޅެއްތޯ. މިހެން މިދެންނެވީ ނޭނގޭ ކަމެއްވެސް އެނގޭ ކަމެއްެސް ނޯއްނާތީ. ދެން މި ބުނީ ރޯނު އެދުރެކޭނޫން އިނގޭ. މިކަހަލަ މެންބަރުން މަޖިލީހަށް ހޮވަން ވޯޓު ދޭ މީހުންގެ އަދި ހާލަތު ހުންނާނީ ކިހާހިސާބެއްގައިބާ؟ ބޯހަލާކު.
ކޮރަލް
23 June 2020
އެމްޑީޕީ މީހަކަށް މިނިސްޓަރު ކަން ދެވުނީމަ ހުރިޙާ އިތުބާރެއް ދެވުނީ އެވެ. ނުވެގެން އުޅޭ ކަމަކީ އެއީ އެވެ.
ޖަމަލު
23 June 2020
މިކަހަލަ މީހުން މަޖުލީހުގަ ތިބެގެން ހަދާ ގާނޫނު އަހަރުމެން ތަބާވާން މިޖެހެނީ. ހަމަ ބޮޓުން