ކުރީގެ ތިން ވަޒީރުންނާ އިއްޔެ މައުމޫން ބައްދަލުކުރެއްވުމަށް ފަހު ޕްރެސް ކޮންފަރެންސެއްގައި -- ފޮޓޯ: މުހައްމަދު ޝަރުހާން\ މިހާރު
20 އޮކްޓޯބަރ 2016 - 13:09
އެމްޑީޕީ ފިޔަވައި ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ދައުވަތު ދެއްވައިފި އެވެ.
ދެ ފަޅިވެފައިވާ ޕީޕީއެމްގެ މައުމޫން ފެކްޝަނުން އައްޔަންކޮށްފައިވާ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަލީމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ޑީއާރުޕީގެ އިސް ވެރިންނާ ބައްދަލުކުރައްވަން މައުމޫން ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ ޕާޓީތަކުގެ ލީޑަޝިޕާ، ޕީޕީއެމްގެ ކައުންސިލުން ބައްދަލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީމް ވިދާޅުވީ ޖޭޕީ އާއި އަދާލަތު އަދި ޑީއާރުޕީގެ އިސް ވެރިންނާ ބައްދަލުކުރަން ނިންމީ މައުމޫން ބޭއްވެވި ކައުންސިލް ބައްދަލުވުމަކުން ކަމަށެވެ.
ޕީޕީއެމުން 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ހެދި ކޯލިޝަންގައި ޖޭޕީ އާއި އަދާލަތު ހިމެނެ އެވެ.
ބައްދަލުވުންތަކުގައި މަޝްވަރާކުރާނެ ކަންތައްތަކުގެ ތަފުސީލެއް އަލީމް ނުދެއްވަ އެވެ.
މައުމޫން އިއްޔެ ވަނީ ރައީސް އަބްދުﷲ ޔާމީން ކެބިނެޓުގެ ކުރީގެ ތިން ވަޒީރުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. ޕީޕީއެމް އޮފީހުގައި މައުމޫން ބައްދަލުކުރެއްވީ އެމަނިކުފާނުގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.
މި ތިން ބޭފުޅުންނާ މައުމޫން މަޝްވަރާ މި ކުރެއްވީ، މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދުނު މައްސަލަ ބޮޑުވެ، ޕީޕީއެމްގައި މައުމޫން އަދާކުރައްވާ ހުރިހާ ޒިންމާތަކެއް ސިވިލް ކޯޓުން ރައީސް ޔާމީނާ ހަވާލުކޮށްފައި ވަނިކޮށެވެ.
ޕީޕީއެމްގެ ހުރިހާ ބާރުތަކެއް ރައީސް ޔާމީން ނަންގަވައި އެ ޕާޓީ މިހާރު ހިންގަމުން އަންނަނީ ދެ ފެކްޝަނެއްގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެތްތެރިވޭ
20 October 2016
މިކޯލީޝަނުން ހިތިފިލުވަން ޖެހޭ ކަނޑޫ އެބަހުރި. ދެންތިބި މީހުން ދަންނަން ޖެހޭ
އިބޫ
20 October 2016
ރައީސް މައުމޫން އަށް އަދި ކިރިޔާތޯ އެނގިވަޑައިގަތީ 2013 ގައި، ޖުމްހޫރީޕާޓި، އަދި އަދާލަތުޕާޓީ އާއި އެކު ކޯލިޝަން ހެދުނުކަން.. ބެޓާރ ލޭޓް ދެން ނެވަރ ދޮތްތޯ
ވިސްނާ
20 October 2016
މިހާރު ހިނގަމުން މިދަނީ ޕީޕީއެމް ސަރުކާރެއް. މި ސަރުކާރު ހަމަ މަގުން ނެއްޓިގެން ދިޔުމުން ހަމަ މަގަށް އަޅުވަން ޖެހޭނީވެސް ސަރުކާރު ގެނައުމަށް މަސައްކަތްކުރި މީހުން. ނަމަވެސް، ރައީސް ޔާމީނާއެކު ދެން ކުރިއަށް ދިއުމަށް ވިސްނުމުގެ ބޭނުމެއް ނެތެވެ. ސަރުކާރު ގެނައުމަށް މަސައްކަތްކުރި ޕާޓީތަކުގެ އަމާޒަކަށް ދެން ވާންޖެހޭނީ މި ސަރުކާރު ނިމުމަކަށް ގެނެސް އަދުލުވެރި އިންސާފުވެރި އިންތިހާބަކަށް މަގުފަހިކުރުމެވެ. އެއަށްފަހު އެ ޕާޓީއަކުން އިހްތިޔާރުކުރާގޮތަކަށް ކުރިއަށް ދިއުމަށް ފުރުޞަތު ދިނުމެވެ. ކޮންމެ ގޮތެއްގައި ނަމަވެސް ރައީސް ޔާމީނަށް ދުލެއް ދެއްވައިގެން އެމަނިކުފާނު ގޮވައިގެން ކުރިއަށް ދިއުމަށް އުޅުމަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާރުގެ ކަމެއް ނޫނެވެ. ދެން ޖަހާ ރާޅު މާ ބޮޑުވާނެއެވެ.
ބަކުރުބެ
20 October 2016
ކޮމެންޓް ކުރެއްވި ބޭފުޅުން އަދި ނުތެޅި މަޑުން ތިއްބެވުން އެދެން. ރައިސް މައުމޫނު އެކުރައްވާ ކަމަކީ 2013 އިންތިޚަބުގައި ކޯލިޝަން ހެދި ޕާޓީ ތަކަ ބައްދަލު ކުރައްވަނީ. އެ ކޯލިޝަންގައި އެމްޑީޕީ އެއް ނުހިމެނޭ. އެހެން ވީމާ އަދި އެޕާޓީ އާ ބައްދަލު ކުރާކަށް ނުވޭ.
ކާޅު
20 October 2016
ދެންވެސް ލަދުންނުހުރެ އެމްޑީޕީ އާއި މަޝްވަރާކުރުމުން ކުރިއެރުމެށް ލިބޭނީ.. ކާމިނީ އާއިލާ ދެރަވިޔަސް، ރުޅިއަޔަސް އަދި ލަދުގަތަސް އެމްޑީޕީ އަކީ މިޤައުމުގައިއޮތް ހަމައެކަނި ޑިމޮކްރެޓިކް ޕާޓީ.
ދިވެހި މީހާ
20 October 2016
އެމްޑީޕީއާއި ބައްދަލު ނުކުރައްވަން މަނިކުފާނު ތިއުޅުއްވަނީ އެމްޑީޕީ ގައި ތިބެނީ ދިވެހި ރައްޔިތުންނަށް ނުވާތީތޯ؟ ނޫނީ އެމްޑީޕީގައި މެމްބަރުންގެ އަދަދު މަދުވެގެންތޯއެވެ، މަނިކުފާނުގެ އިހްލާސްތެރިކަމާއި ދޭތެރޭ ޝައްކު އުފެދޭ؟
ޢުމަރޭ
20 October 2016
ޢަދާލަތު ޕާޓީގެ ރައީސް ޝޭޙް ޢިމްރާން އަށް ބޭ އިންސާފުން ޝަރީއަތް ކޮށްފަ ކުޑަ ގޮޅީގަ. ޢަދާލަތު ޕާޓީ އަށް ނުވިސްނޭވަރު އިނގޭނެ ތި ދައުވަތު ގަބޫލު ކުރައްވައިފިއްޔާ
ހުސްނޫނު
20 October 2016
ރައިސް މައުމޫނުގެ އިޚުލާސްތެރިކަމާއި މެދު ސުވާލު އެބައުފެދޭ. ރައިސް މައުމޫނު އިޚުލާސްތެރިނަމަ ބައްދަލު ކުރަންވީ ހުރިހާ ޕާރޓީތަކާއި. މަޝްވަރާކޮށްގެން މިހާރު މިހިގަމުންދާ ބޭއިންސާފު ނިމުމަކަށް ގެންނަންވީ. ރާއްޖޭގެ ޖުޑިޝަރީ އިސްލާހުކޮށް، އިލެކުޝަން ކަމިޝަންފަދަ މުވައްސަސާތަށް އިސްލާހުކޮށް ބޭއިންސާފުން ޖަލަށްލާފައިވާ ސިޔާސީ މީހުން މިނިވަންކޮށް ހުރިހާޕާރޓީތަށް ބައިވެރިވެވޭ އިންތިޚާބަކަށް މަގުކޮށަންވީ. މިފެންނަނީ ޖަލަލަށްލާފައި ތިބިމީހުން މިނިވަން ނުކޮށް ޒައީމުގެ ދަރިއަކަށް ވެރިކަމަށް ގެންނަން ހިކުމަތު އަމަލީ ބޭނުން ކުރަން އުޅޭތަން/
ގޭމް
20 October 2016
ޕާރޓީ ބަލިކަށިވާތީ ރޭވިގެން ހިންގާ ކުޅިގަނޑެއްގަ އަނެއްކާވެސް މީހުން ދަލުގަ ޖައްސަނީ
ރަސީީދާާ
20 October 2016
ޒައީމުގެ ހިކުމަތު އަމަލީ. ޒައީމު ރާވަމުން އެދަނީ ހުރިހާ ޕާރޓީތަށް އަތުޢަޅުވާލައިގެން ކޮންމެވެސް ދަރިއަކަށް ވެރިކަން ހޯދަދޭން. ދިވެހިން ހޭލަން ވެއްޖެ. އާއިލީ ވެރިކަން ނިންމަން ވެއްޖެ.
ޒާހިރު
20 October 2016
ކޮން އާއިލީވެރިކަމެއްހޭ؟ ވެރިކަމަކީ ވަކިމީހަކަށް ސައިޒު ކޮށްފަ އޮތްކަމެއްތަ؟ ގަޓް ހުރިއްޔާ ކެރިގެން ނުކުންނަން ވީނުން ވެރިކަން ހޯދަން.