29 ޖޫން 2020 - 15:10
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އާ ދައުވާތަކެއް ކުރަނީ ސަރުކާރުގެ ނާބިލްކަމާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެފައި ވާތީ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަންވެގެން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
މިހާރުވެސް މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމިންގެ މައްޗަށް ޕްރޮސެކިއިޓާ ޖެނެރަލް އޮފީހުން އިއްޔެ އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި ދައުވާ އުފުލީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގަ އެވެ.
މިކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ޔާމީންގެ މައްޗަށް "ކުއްލި ގޮތަކަށް" ކޮށްފައިވާ ދެ ދައުވާ އަކީ ވެސް ސިޔާސީ ދެ ދައުވާ ކަމަށެވެ. އަދި ހުކުރު ދުވަހު ސަފާރިއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުތުގައި ހައްޔަރުކުރި މީހުން ދޫކޮށްލި މައްސަލާގައި އަމާޒުވެފައިވާ ފާޑުކިޔުންތަކަކީ ވެސް މި ދައުވާ ކުރުމުގެ ސަބަބެއް ކަމަށް ބަލަން ފުރުސަތު އެބަ އޮތް ކަމަށް ވަނީ ބުނެފަ އެވެ.
ވެރިންގެ ނާގާބިލްކަމުގެ ސަބަބުން ގައުމުގެ އިގްތިސާދު ހަލާކުވެފައިވާ ކަމަށާއި އިޖްތިމާއީ ފޭރާން ވެސް ވީދި ހުރިހާ ގޮތަކުން ވެސް ސަރުކާރު ފެއިލް ވަމުންދާ ކަމަށް ބަޔާނުގައިވެ އެވެ. އަދި ބުނެފައިވަނީ އެކަންކަމުން އަރައިގަތުމަށްޓަކައި އެއްވެސް ފިޔަވަޅެއް އެޅުމުގެ ގާބިލްކަމެއް ސަރުކާރުގެ ނެތް ކަމަށާއި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގާބިލް ކަމެއް ވެސް ނެތް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނީރާ
01 July 2020
ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެބައިތުލްމާލު ހުސްވަންދެން ވައްކަންކުރީ އެސަރުކާރުގެ ކިހާ ޤާބިލް ކަަމަކުންތޯ؟
ލުތުފީ
30 June 2020
ޔާމީނަށް ދައުވާކުރީ ވައްކަންކުރީމަ.
ދުވާ
30 June 2020
އޭނާއާ ނުބެހި ނުތިބެވޭވަރަށް މިދައުލަތް ލޫޓްވާފަ އޮތް ވަރު އާދައިގެ ސިކުޑި އަކުން ވިސްނިއަސް ވިސްނޭވަރުވޭ. ސިޔާސީ ނޫނީ ރިޔާސީ ދައުވާއަކަށް ވިއަސް ވައްކަންކޮއްފަ، ރިސްވަތު ނަގާފަ، ކައިފަ، ލޫޓްވާއޮތިއްޔާ އަދަބު ލިބޭނެ. ލިބެންޖެހޭނެ . ވަރަށް ސާފުދެއްތޯ.
އިރޭޒަރ
30 June 2020
ޔާމީނާ ބެހިލީމަ މިސަރުކާރުގެ ހުރިހާ ޖަރީމާއެއްވެސް ހަނދާނެތިގެން ހިނގައިދާނެ. އެކްޓިވިސްޓެއް ކަހަލަ ޕީޖީއަކު ލީމަ ދެން ފެންނާނީ އެ މަންޒަރު.
ވަގު ކަދުރު
29 June 2020
ވަގުންނަށް ދަޢުވާ ކުރަނީ ވައްކަންކުރީ މަ އޮތަ!
ވަގުރައީސް
30 June 2020
ވެލާނާގެއިން ވައްކަން ކުރި މީހާއަށް ދައުވާ ކުރެވި ހުކުމެއްވެސް އައި. އެވެސް ހަމަ ވަގެއްތާ އެހެންވީމަ. އެ ހުކުމަށް މާފު ލިބުނީމަ ދެން އޭނަ ގަވައިދާ ހިލާފަށް ބެހުނީ ގާޒީއަކާ. ދެވަނަ ފުރުސަތުގެ ދަށުން ކުށްކުރަން ލިބުނީމަ ކުރި ކުށް މާ ބޮޑު. އެކަމު ރައްޔިތުންނަށް ރަގަޅުވަނީ ވަގުން ކަންނޭނގެ.
އސމސ
29 June 2020
ޔާމީނަކަސް އިންސާފު އަރާ ހަމަކުރާނެ.
ޙަލީމާ
30 June 2020
ޔާމީނަކަސް ބޭއިންސާފުން ޙުކުމް ކުރީމަ ކަޑަ. ޔާމީނާއި އެކީ އެކަމުގައި ހިމެނޭ އެހެން މީހުން ގޮޅިއަށްލި ނަމަ ދައްކާނެ ވާހަކައެއް ނެތް. ޔާމީން އެކަނި ގޮޅީގައި ބޭއްވުން ބޭއިންސާފުދޯ؟
މުހަންމާ
29 June 2020
މިސަރުކާރަކީ ނާގާބިލް ސަރުކާރެއް. ހުޅުމާލޭގެ ބައެއް ފްލެޓްތަކާ ބައެއް އެޕާރޓްމަންޓަށް ކާރުތަކެއް ރަޖިސްޓްރީކޮށްފައިވޭ. ނަމަވެސް އެއީ ވަކިބަޔަކަށް. އެހެންމީހުންނަށްވެސް ހަމަ އެ ފުރުސަތު އޮންނަންޖެހޭނެ. އެކަމަކު އިންތިޚާބެއް އަންނަ ފަހަރަކު އެބަޔަކު ހިތަށް އެރިފަރާތަކަށް ކިކަހަލަ ކަންތައް ކޮށްދެނީ.
މަގުފުޅާޓިނު
29 June 2020
މިސަރުކާރުގެ ނާޤާބިކަމުން މިހާރު ވަރަށް އުފާވޭ، އެހެންނޫނީ ނިމުނު ސަރުކާރުން އެމްއެމްޕީއާރިސީ ތެރޭން ދައުލަތް ދަވާލި ގޮތަށް ރައްޔިތުންގެ ތިޖޫރި ދާވާލީސް.
އާންސީ
30 June 2020
ވައްކަން ވިޔަސް ޑުރަގު ވިޔަސް އެކަމެއްގަ ހިމެނޭ މައި މުގޫތަކަށް އަދަބު ނުދެވޭހާ ހިނދަކު އެއްވެސް ކަމެއް ރަގަޅު ނުވާނެ. ހައްގު ނޫން އަދަބެއް ލިބޭ މީހާ އަށް މަތިވެރި ސަވާބު ލިބޭނެ.
ނިރު
29 June 2020
ލޯކަލް އިންތިހާބްގެ ކުރިން މިސަރިކާރަށް ފުލެޓްތަށް ދޭކަށް ނުކެރޭނެ... މިސަރިކާރަށް ވޯޓްދިން މީހުން މިހާރު ތިބީ ދެއްކި ހުފެންތަށް ހަގީގަތަކަށް ނުވާނެކަން އިގި މާޔޫސްވެފަ ދެން އިތުރަށްދޭނެ ވޯޓެއްވެސް ނެތް... ޕާޓިކުދިންކޮޅު ހިންހަމަ ޖެހޭތޯ އަދިވެސް ރައީސްޔާމިން އަށް ދައުވާކުރަނީ ކިތަަންމެ ވަރަކަށް ދައުވާކުރިޔަށް ވެރިކަން ނިމޭހިސާބުން ތިކުރާ ދައުވާތަށް ފަޓާސް ބަރިއެއްހެން ގޮއްވާލާނެ...
ކޮޅުކެހި
29 June 2020
އިދިކޮޅުން ކީއްވެބާ ޔާ މީނުގެ މައްސަލަ ރަނގަޅައް ބަލަން ގޮވައިނުލާ މިހާރު ހިނގައިގެން އެއުޅޭ ރޭޕްކޭސް ކަ މައްބުނާ މައްސަލަ ރަބގަޅައް ނުބަލައިގެން ފޫކޮޅު ކަހާވަރުން އެއުޅެނީ. މީތޯ ތިބޭފުޅުންގެ އިންސާފަކީ.
ޖައިލަމް
29 June 2020
ޔާމީނަށް ވީމާ ހެކި އޮތްތާކުން ނެރިގެންވެސް ހުކުމް ކުރޭ. ޜެޕިސްޓުން ވީމާ ކުށުގެ ވެށިން ހައްޔަރު ކުރިޔަސް، ހެއްކެއް ނުހުރޭ ކުޑަމިނުން ބަންދުކޮށްލަން 7 ދުވަސްވެސް ނުޖެހުން. އެހެންވީމާ ބޭފުޅުން ވާހަކަ ނުދައްކާ! އިންސާފު މި ނޫންތޯ ވެރިކަމަށް އަރަން ކީ އިންސާފަކީ؟
ބޮޑުމީހާ
29 June 2020
ޔާމީނުގެ ގާބިލުކަމުންތާ 500 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ކައްވާލި މައްސަލަ ދައުވާގަ އޮތީ. ޕީޕީވެސް ރަގަޅު މުސްތަގުބަލެއް އޮތީ ޕާޓީން ވަގުން ބޭރުކޮށްގެން
ވަހީދު
30 June 2020
ތިބުނާ 500 މިލިޔަން ރުފިޔާއިން ބައި އެޅުނު މީހުން އެތިބީ ރައީސް އޮފީހުގައި ވެސް. މަޖުލީހުގައި ވެސް. ޔާމީން ގާބިލުވީމަތާ އެއެންމެނަށް ބައި އެޅީ.