ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބައިވެރިވަޑައިގަންނަވަނީ. މާލެ ލޮކްޑައުން ވިޔަސް ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަން މަޖިލީހުން މިއަދު ސަރުކާރަށް ގޮވައިލި
10 އޯގަސްޓް 2020 - 15:21
ކޮވިޑް-19 ފެތުރޭތީ ރައްކާތެރިވާން އަޅާ ފިޔަވަޅެއްގެ ގޮތުގައި މާލެ ލޮކްޑައުން ކުރަން ޖެހޭ ހާލަތެއްގައި މާލޭގެ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް އުތުރާއި ދެކުނުގެ ބަނދަރުތަކުން ލިބޭނެ އިންތިޒާމް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.
ކޮވިޑް-19 ފެތުރިފައި ނުވާ ސަރަހައްދުތަކުގައި އިގުތިސާދީ ހަރަކާތްތައް ހިންގޭ ގޮތަށް ރާއްޖެ ހުޅުވާލަން ގޮވާލައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާކުރުމަށް ފަހު މަޖިލީހުގެ އިގުތިސާދީ ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި އެހެން ގޮވާލި އިރު، އެ ގަރާރު މަޖިލިހަށް އޭނަ ހުށައެޅުއްވީ މާލެ ލޮކްޑައުންގައި އޮތް އިރު އެވެ.
މާލޭގެ ލޮކްޑައުންއަށް ލުއިތައް ދިނީ ކޮމިޓީން ގަރާރު ދިރާސާކުރުގެ މަސައްކަތް ކުރަނިކޮށެވެ.
- މަސްވެރިކަން ކުރިއަރުވަން ދެވެން އޮތް ހުރިހާ ފުރުސަތެއް ހުޅުވާލުމާއި ސްޓޯރޭޖް ފެސިލިޓީ އިތުރުކޮށްދިނުން.
- ރާއްޖޭގެ ތިން ސަރަހައްދެއް އިގުތިސާދީ މަސައްކަތްތަކަށް ހުޅުވައިލުން.
- ދަނޑުވެރިކަން ކުރިއެރުވުމަށް ފަންނީ އަދި މާލީ އެހީތެރިކަން ދިނުން.
- ސަރަހަައްދީ ބަނދަރުތަކުން ޑިއުޓީ އިނާޔަތްތައް ދިނުން.
މިއަދު ފާސްކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ގަރާރުގައި ގޮވާލާފައިވާ ކަންކަން ކުރަން ސަރުކާރުގެ އެކި މިނިސްޓްރީތަކުންނާއި ދައުލަތުގެ ކުންފުނިތަކުން މިހާރު ވެސް ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ލާމަރުކަޒީ އުސޫލުން ހިންގަން ޕްލޭނިން މިނިސްޓްރީން ހާއްސަ ލާމަރުކަޒީ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް އެ މިނިސްޓްރީއާ ހަވާލާދީ ރިޕޯޓްގައި ބުނެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކޮމާޝަލް އަދި ލޯކަލް ބަނދަރުތަކާއި އަސާސީ މުދާ ގުދަން ކުރުމުގެ އިންތިޒާމްތައް ހަމަޖައްސާނެ ގޮތް އެ ޕްލޭންގައި އޮންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޒޮބެއްޔާ
10 August 2020
އަންނި ބެއްޔާ ބޭއޭޭޭއޭއޭއޭނުން ގޮތަކަށް ހުރިހާކަމެއް ހަމަޖެހެމުން ދިޔުމަކީ މި ސަރުކާރަށް މިއަދްއް އޮތް ހަމަ އެކަނި ޗޮއިސް !!!!!