16 އޯގަސްޓް 2020 - 07:17
ހިންދީ ސިނަމާ އަށް ކޮށްދިން ހިދުމަތްތަކުގެ އަގު ވަޒަންކޮށް، މަރުވެފައިވާ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް ނެޝަނަލް އެވޯޑް ދޭން ނިންމައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ޖޫން މަހުގެ 14 ގައި މަރުވި 34 އަހަރުގެ އެކްޓަރަށް ވަރަށް ހާއްސަ ގޮތަކަށް ނެޝަނަލް އެވޯޑް ދޭން ނިންމާފައިވާތީ ކުރިއަށް އޮތް 67 ވަނަ ނެޝަނަލް ފިލްމު އެވޯޑްސްއާ ދިމާކޮށް ސަރުކާރުން ސުޝާންތުގެ ފިލްމުތަކަށް ހާއްސަ ފެސްޓިވަލެއް ވެސް ބާއްވާނެ އެވެ.
ކޮރޯނާވައިރަހުގެ ސަބަބުން މި އަހަރުގެ ނެޝަނަލް އެވޯޑް ވަނީ އެޕްރީލް މަހުގެ ތެރޭގައި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އެހެންވެ އެވޯޑް ހަފުލާ ބާއްވާނެ އިރެއް ނޭނގެ އެވެ. އިންޑިއާގައި ހުރިހާ ބަހަކުން ހަދާ ފިލްމުތައް ޖަޖްކޮށްގެން ދޭ ނެޝަނަލް އެވޯޑް ހަފުލާ ބޭއްވުމުގެ ކުރިން އެވޯޑް ލިބޭ ފިލްމުތަކާއި ފަންނާނުންގެ ނަންތައް ދުރާލައި އިއުލާންކުރެ އެވެ.
ސުޝާންތަށް ނެޝަނަލް އެވޯޑް ދޭން ނިންމާފައިވާ އިރު އޭނާ އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެކެކެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ސުޝާންތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 24 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ދިލް ބޭޗާރާ" އެވެ.
ސުޝާންތު މަރުވީ ދަންޖެހިގެން ކަމަށް ކުރިން ބުނެފައިވީ ނަމަވެސް އެ ހާދިސާގައި އަޑި ނޭނގޭ ސިއްރު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނާތީ އެ މައްސަލަ މިހާރު އަންނަނީ ވަރަށް ސީރިއަސްކޮށް އިންޑިއާގެ ކަމަބެހޭ ފަރާތްތަކުން ތަހުގީގުކުރަމުންނެވެ.
މަރުވި ފަހުން ނެޝަނަލް އެވޯޑް ލިބުނު ތަރިންގެ ތެރޭގައި 2018 ގައި މަރުވި ބަތަލާ ސްރީދޭވީ ހިމެނެ އެވެ. އޭނާ 2017 ގައި ކުޅުނު ފިލްމު "މޮމް" ގައި ކުޅުނު ރޯލަށް ވަނީ އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބޫލެއްނުކުރެވޭ
16 August 2020
މިއީ އަހރެން ދަންނަ ކުއްޖެއްވެސް ނޫން. ނަމަވެސް މިކުއްޖާގެ ވީޑިއޯތައް ބަލާފައި އޭނާގެ ހުނަރަށް %100 ދެވުނު. އަދި އޭނާ އަމިއްލަޔަށް މަރުވުމަށްވުރެ އޭނާގެ ހުނަރަކީ އެހެން ގިނަތަރިންތަކަކަށް ބޮޑު ތްރެޓެއްކަންވެސް އެނގުނު.
މާއެނގޭ
16 August 2020
އަމިއްލައަށް މަރުވެގެން ކަމަށްބުނާ މައްސަލަ ތަހުގީގުކޮށް ނިމިފައި ނުވާއިރު އަގު ވަޒަންކުރުމުގެ ގޮތުން ސުޝާންތަށް ނެޝަނަލް އެވޯޑް ދިނުމަކީ އެތަކެއް ބަޔަކު އަމިއްލައަށް މަރުވުމަށް ހިތްވަރު ލިބިދާނެ ކަމެއް........
ފާރަގެމަ
16 August 2020
ދުނިޔޭގަ ހުރިއިރު ނުދިން އެއްޗެއް މިހާރު ތިދެނީ މަރުގެ ވާހަކަ އޮއްބާލާ މީހުންގެ ސިކުނޑިތަކާ ކުޅެލަން .ޖަސްޓިސް ފޯރ ސުޝާންތު ގެ އަޑު ނުކެޑޭނެ
ހަސީ
16 August 2020
ސުޝާންތު ވަރަށް އުފަލުން އުޅެނީ ތި ލިބޭނެކަން އެނގުނީމަ
ބާރު
16 August 2020
އަމިއްލައަށް މަރުވާމީހުންނަށް ހައްގުވާ އެއްޗަކީތޯ؟ ތެދެއް އިންޑިޔާމީހުންގެ ހުންނާނީ ހަމަ ގެރިބޯ. ނޫނީ އެމީހުންގެ އަތުންހަދާފާވާ ބަގުވާނުގެ ނެތްސިކުނޑި.