ޚަބަރު / އަބްދުﷲ އަމީން، ކުރީގެ ހެލްތު މިނިސްޓަރު

ވެންޓިލޭޓަރު މައްސަލައިގައި ހެލްތު މިނިސްޓަރު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ

އަބްދުﷲ އަމީން: ވެންޓިލޭޓަރުތަކުގެ މައްސަލައިގައި މާދަމާ މާލިއްތު ކޮމިޓީއަށް ހާޒިރުކުރަން މަޖިލީހުން މިއަދު ނިންމި

ކޮވިޑް-19ގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ ކަމަށް ޚާއްސަ އޮޑިޓުން ފެންމަތިކޮށްފައިވާ މައްސަލަތަކާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ.

މިނިސްޓަރު އަމީން ކޮމިޓީ އަށް ހާޒިރުކުރަން ނިންމާފައި ވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

އެ ބައްދަލުވުމުގައި އަމީންގެ އިތުރުން ހެލްތު މިނިސްޓްރީގެ 10 ބޭފުޅަކު މަޖިލީހުގެ ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވާނެ ކަން ކޮމިޓީ އަށް އޮތީ އަންގައިފަ އެވެ.

މާލިއްޔަތު ކޮމިޓީއަށް ހާޒިރުވާ ބޭފުޅުން

- ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު އަބްދުލްކަރީމް

- ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު

- ޕާމަނަންޓް ސެކަޓަރީ އައިޝަތު ސާމިޔާ

- ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަހުމަދު ގާސިމް

- ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް ތަސްލީމާ

- ލީގަލް އޮފިސަރު އަލީ ޝިހާމް

- ލީގަލް އޮފިސަރު އިސްމާއިލް ޒާހިރު

- ފައިނޭންޝަލް އެގްޒެކިޓިވް ޑިރެކްޓާ އަހުމަދު އަސްލަމް

- އެސިސްޓަންޓް ޑިރެކްޓަރު ފާތިމަތު ލިމްޔާ

- އެސިސްޓަންޓް ބައޯމެޑިކަލް އިންޖިނިއަރު ހާޝިމް އަބޫބަކުރު ވެންޓިލޭޓަރުތައް ހޯދުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ހިންގާފައި ނޯންނާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީން ވަނީ ދީފަ އެވެ. އެކަމަކު އޮޑިޓް ރިޕޯޓުން ފާހަގަވި މައްސަލަތައް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އޮޑިޓް ރިޕޯޓުން ފާހަގަވި މައްސަލަތަކުގެ ތަހުގީގު ނިމެންދެން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުންނާއި މާލީ ޒިންމާދާރުވެރިޔާ އަހުމަދު އަސްލަމް ވަނީ ސަސްޕެންޑްކޮށްފަ އެވެ. ތަހުގީގު ނިމެންދެން މިނިސްޓަރު އަމީން މަސައްކަތުން އެކަހެރިވެވަޑައިގަތީ އަމިއްލަ އަށެވެ.

30 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 39%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޭޓަރުސޮރު

24 August 2020

ވެގެން މިއުޅޭގޮތަކީ މިފަހަރު މި ކޮރޮޮްޝަނުން މިލިއަނުން އެކައުންޓު ފުރާލީ އަމީނު އާއި އަމީރު އަދި ނިސާމާއެވެ. މިތިންމީހުންނަކީވެސް ހުވަދު އަތޮޅުގެ ކުދިކުދި ރަށްތަކުގެ މީހުނެވެ. ވީމާ މާލޭ ބޭފުޅުންނަށް އަސަރުކޮށް ހިތް ކުދިކުދި ވަނީއެވެ.

The name is already taken The name is available. Register?

ަަސަނީ

24 August 2020

ގުޑް ލަކް އަމީން

The name is already taken The name is available. Register?

ކަރުނާމާޓަރު

24 August 2020

25 ބުރީގެ ހޮސްޕިޓަލެކާ ބުރިޖްއެއް އަޅާ ނުމުނުއިރު 25ބުރީގެ ގެއައްއަޅާ އަދި 25 ބިލިއަން އެކައުންޓައް ވަދެ ކޮވިޑް 5 މަސް ނުނިދާ ހުރެ ކުރި މަސައްކަތުން 30 މިލިއަން އެކައުނޓައްވަނީމަ އެއީ ރައްޔިތުންގެ އިޚްލާސްތެރި ހަދިޔާ!

The name is already taken The name is available. Register?

ސަނީި

24 August 2020

ނުވަދެއޭ ނުވަދެއޭ. އެ އޮތީ އޮޑިޓް ރިޕޯޓުގައި ފިނޭންސުން ފައިސާ ދައްކާފައިވަނީ ރަނގަޅަށޭ. ދެން ކޮސްގޮވާ-

The name is already taken The name is available. Register?

ބޮޓުން ތަކާ

25 August 2020

ސާނީ.. ދެންކޮބާ ވެންޓިލޭޓަރުތައް!!!!!!!!!!!!!!؟؟؟

The name is already taken The name is available. Register?

ކޮސްގޮވާ

24 August 2020

ތި މައްސަލައިގައި ބޮޑަށް ބެލެވެނީ އެއްމެމަތިން ފަރުވާކުޑަކަމުން ކުރެވުނު ކަމެއްގެ ގޮތުގަ.

The name is already taken The name is available. Register?

ސަނީި

24 August 2020

އެހެންތަ؟ ކޮން ފޮތެއްގައި ތި ޒިންމާ ލިޔެފައި އޮތީ؟ ހެހެހެ

The name is already taken The name is available. Register?

ބަންޑޭރި

24 August 2020

ކޮމެޓީ އަށް ހާޒިރު ކޮށް ސުވާލު ކުރުމުން ހަދާނީ ހުސްދޮގު ވަގުތު ނަގާލަން ތިކަން ކުރުމުގެ ބޭނުމެއް ނެތް ހައްޔަރުކޮށް ތަހުގީގު ކޮށް މައްސަލަ ކޯޓަށް ފޮނުވަންވީ ގެއްލުނު ފައިސާ އަވަހަށް ހޯދުން ބުއްދިވެރި.

The name is already taken The name is available. Register?

ރަންނަ

24 August 2020

ތަހުގީގުވެސް ކުރިއަށް އެބަދޭ. ދެން ވާހަކަ ދައްކާ އަޑު ރައްޔިތުންނަށް އިވިދާނެތީ ހާދަ ބިރެކޭ ތި ގަންނަނީ؟ ކުރީބައިގައި ތިހެން ބުނުމުގެ ބޭނުމަކީ ކޮބާ؟ ދެންވެސް ރައްޔިތުންނަށް އޮޅުވާލަން ނޫޅެބަލަ.

The name is already taken The name is available. Register?

ކަލީމު

23 August 2020

އިންތިޒާރުކުރަން

The name is already taken The name is available. Register?

މަބުނާނީ......

23 August 2020

މަބުނާނީ: ﷲގެ އިރާދަފުޅުން ތިކަން ނިމޭއިރު ދާނީ ޗޮކު ހުންނޭ! އަދި ބަޔަކަށް ކެތްތެރި ކަމާއި، އަޚްލާޤީ ރީތި މިސާލެއް ހެލްތް މިނިސްޓަރ އަމީންގެ ފަރާތްޕުޅުން ލިބިގެންދާނެ އެވެ. މި ހާތަނަށް އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިފައިވަނީ ވެސް އެފަދަ މިސާލު ތަކެވެ. އަދިވެސް މަބުނާނީ: އެމަނިކުފާނުގެ ނަންފުޅުގެ މާނަ (އަމީން / އަމާނާތްތެރިޔާ) ފަދައިން އެމަނިކުފާނަކީ ވެސް އަމާނާތްތެރިއެކޭ، އެވެ.

The name is already taken The name is available. Register?

އަލީ!

24 August 2020

ދެން ކީއްވެތަ ވެންޓިލޭޓަރުތަށް އަދިވެސް ނާންނަނީ؟! އައި ދެތިންއެތިވެސް ބޭނުމެއްނުކުރެވޭ.

The name is already taken The name is available. Register?

ބަލީ!

24 August 2020

ކޮވިޑްގެ ދަތި ވަގުތުގައި މިރުސް ގަންނަން ލިބެންހުރީ ކަންމަތީ ފިހާރަައިގައޭ އެކަންޏޭ ބުނުމުން ކަންމަތީ ފިހާރަށް 1 ކިލޯ މިރުސް ގަންނަން އަގު ދެއްކިން. އަދި ފައިސާ ދެއްކީވެސް މި ގޯތި އަނީސާ މެދުވެރިކޮށް. އަނީސާ އެބަ ކަށަވަރު ކޮށްދޭ ފައިސާ ދެއްކިކަން. އަދި މިހާތަނަށް ސަޕްލައިކޮށް ނުދެވުނަސް، ކަންމަތީ ފިހާރައިންވެސް އެބަ ޔަގީންކޮށްދޭ ފައިސާ ދައްކާފަައިވާކަން. އެކަމަކު އެއްކަލަ މިރުސް ކިލޯ ނުލިބިގެން ހަވަރަށް ދޭން މި ނިންމީ ކަންމަތީ ފިހާރައިގައި މިރުސް ހުއްޓޭ ބުނި މީހާ.

The name is already taken The name is available. Register?

މުޑޭށި

23 August 2020

ފިނޭންސުން ފައިސާ ދައްކާފައިވަނީ ސައްހަ ގޮތުގައި ކަމަށް އޮޑިޓް ރިޕޯޓުން ބުނާއިރު، މިހާރު މި ކުޅޭ ޑްރާމާއަކީ ކޮވިޑްގެ ދަތި އުނދަގޫ ވަގުތުގައި ދިވެހިރާއްޖޭ ރައްޔިތުންގެ ހައްގުގައި މިނިސްޓަރ އަމީން އުފުއްލެވި ބުރައަށްޓަކައި ނަޝީދު ވެދުން ކުރާ ހަދިޔާއެއްކަން ދަނެތިބީމެވެ. އެެކަން އޮޅުވާލެވޭ ވަރަށް ހެއްކެއް ގަރީނާއެއް ކަރުދާސްކޮޅެއްވެސް ނުފެނުނެވެ. ބާތިލު ނެތިދަނީއެވެ. ސާބިތުވެ ހުންނަވާށެވެ.

The name is already taken The name is available. Register?

ދޮންކެޔ

24 August 2020

ދެން ކޮބާހޭ ވެންޓިލޭޓަރުތަށް؟

The name is already taken The name is available. Register?

ތަރީހުގަ

23 August 2020

ފާހަގަވާ އެއްކަމެއް އެބައޮތް މިކަމުގަ. ދުވަހަކުވެސް މިބާވަތުގެ މައްސަލައެއްގައި ރޭވިގެން ބަޔަކު ފުލްޓައިމްކޮށް އަމީނުގެ މޮޅުވާހަކަޔާ ހިންގުންތެރިވާހަކަޔާ ކުށެއް ނުކުރާ ވާހަކަޔާ، ކެއްތެރިވާހަކަ ބަޔަކު ލިޔަމުން އެބަދާކަން. ލިޔެފަ ހުންނަ ވާހަކަތަކުން އެނގޭ މިކަން ކުރަނީ އެއްބައެއްކަންވެސް އެއީ އެއް އިބާރަތް ތަކެއް ހުންނާތީ. ބުނެލަން އޮތީ، ވައްކަމެއް ނުކުރާނަމަ މާބާރަކަށް ފޮށިބަންނަންވެގެންތިއަ އުޅެނީ ކީއްވެހޭ؟ މީގެ ކުރިންވެސް މިގައުމުގަ މިބާވަތުގެ

The name is already taken The name is available. Register?

ާއުނިމާާ

23 August 2020

ތިކަން އެންމެ ބޮޑަށް އިހުސާސްވާނީ ރޭވިގެން ބަޔަކު ފުލްޓައިމްކޮށް އަމީނުގެ އަގުވައްޓާލައިގެން ހަނާއަޅަން ތިބީމައެވެ. ދެން ބަޔަކު މި ވާހަކަ ދެއްކިއަސް ނުދެއްކިޔަސް، އަދި އެކަމާ ބަޔަކަށް އަސަރު ކުރިއަސް ނުކުރިއަސް، އަމީނުގެ އަޚްލާގު ހުރި ސާބިތު ކަމަކީ ފަސްއަޅާ ފޮރުވޭނެ އެއްޗެއް ނޫނެވެ. އަދި އެއީ ރައްޔިތުންނަށް އޮޅުވާލެވެނޭ އެއްޗެއް ނޫނެވެ. އެކަންވަނީ އެކި ފަހަރު މަތިން ސާބިތުވެ ގޮސްފައެވެ.

The name is already taken The name is available. Register?

United Suvadive Republic

23 August 2020

މަޖިލީހަކީ ސޭކު ތަނެއް..! އެހެނަސް ގުޑް ލަކް!

The name is already taken The name is available. Register?

ޢުނބު ޝޭމް

24 August 2020

މަޖްލީސް. މީ އަންނި ޗަރުކޭސް ކުޅޭ މާލަން. ދެންދިވެހިން ތިބޭ ލޮލުގަ އަދުން އެޅުވިފަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454