މިއަދުގެ އަލިފާނުގެ ހާދިސާގައި ވެސްޓަޔާ ފިހާރަ އަނދައި ހުލިވެފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
30 އޯގަސްޓް 2020 - 13:26
ހެންވޭރު ޖަނަވަރީ މަގުގައި ހުންނަ ފިހަރާއެއްގައި މިއަދު ރޯވެއްޖެ އެވެ.
ޖަނަވަރީ މަގު، މަޖީދީމަގާ ގުޅޭ ކަންމަތިން ހ. ޑޮނީބޯލްގެ ތިރީގައި ހުންނަ "ވެސްޓަޔާ" ފިހަރާގައި ވަރަށް ބޮޑަށް ރޯވުމާ އެކު އާންމުން ވަނީ އެ ހިސާބުގައި ޕާކުކޮށްފައި ހުރި ސައިކަލްތައް ދުރުކޮށްފަ އެވެ. އަލިފާން ރޯވިތާ މާ ގިނަ އިރެއް ނުވެ ސިފައިން ގޮސް ވަނީ އަލިފާން ނިއްވާލައިފަ އެވެ.
އެމްއެންޑީއެފުން ބުނީ ފިހާރާގައި ރޯވި ކަމުގެ ރިޕޯޓް ލިބުނީ މެންދުރު 1:08 ހާއިރު ކަމަށާއި ރޯވެފައި ވަނީ ފިހާރައިގެ އޭސީގެ އިންޑޯ ޔުނިޓްގައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް ވެސް ބުންޏެވެ.
ވެސްޓަޔާ ފިހާރާގައި ރޯވެ ދުން އަރަނީ
އަލިފާންގަނޑު އެއްކޮށް ނިއްވައިލެވުނީ މެންދުރު 1:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ރޯވީ އަންނައުނު ވިއްކާ ފިހާރައެއްގަ އެވެ. އަލިފާން ނިއްވައިލި އިރު ފިހާރާގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދައި ހުލިވެފަ އެވެ. ތިން ބުރި އަށް ހުންނަ އިމާރާތުގެ ތިރީގައި ހުންނަ މި ފިހާރާގައި ރޯވުމާ އެކު އިމާރާތުން ވަނީ މީހުން ހުސްކޮށްފަ އެވެ.
ވެސްޓަޔާ ފިހާރައިގައި މިއަދު މެންދުރު ރޯވި އަލިފާންގަނޑު ނިއްވައިލުމަށް ފަހު، ފަޔާ ފައިޓަރުން އެ ފިހާރައިގެ ތެރެއަށް ފެން ޖަހަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ވެސްޓަޔާ ފިހާރައިގެ ވެރިޔާ ހަސަން ޒުބައިރު "މިހާރު" އަށް ބުނީ، އެ ތަން ބަންދުކޮށްފައި ދިޔައީ މެންދުރު 12 ޖަހާކަންހާއިރު ކަމަށެވެ. ފިހާރައިގައި ރޯވިކަން އެނގުނީ އޭނާ ބުނިގޮތުގައި ރައްޓެއްސެއްގެ ފަރާތުންނެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެފައި ވަނިކޮށެވެ. ހުކުރު ދުވަހުގެ ރޭގެ އަލިފާނުގެ ހާދިސާގައި ރޯވީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޯލޯގަ އެވެ. އެ އަލިފާނުގެ ހާދިސާގައި، އެ ކެފޭއާ ޖެހިގެން ހުންނަ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްގެ 10 ވަނަ ބުރީެ ޕެންޓު ހައުސްގައި ވެސް އަލިފާން ރޯވެ ވަނީ އަނދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަވަޖުދީ
30 August 2020
މިއީ އާދައިގެ ކަމެއްނޫން. ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ގެއާ ފިހާރަފަދަތަންތަން މިހާރަށްވުރެ ބޮޑަށް ބަލަހައްޓަންޖެހިއްޖެ. ދިވެހިރާއްޖެއަކީވެސް ދުނިޔޭގައިއޮތް ގައުމެއް. އެހެންގައުމު ތަކުން ފެތުރޭ ރޯގާތައް މިހާރު މިރާއްޖެއަށް އަންނަލެއް ފަސޭހަ.
އިސްމާލު
30 August 2020
ދުނިޔޭގައި އޮތް ޤައުމެކޭ؟ މަހީކުރީ އަދި މީ މާރސްކަމަށް.
ބާދަގަނޑަށް
30 August 2020
ހެންވޭރުކޮޅަށް އަލިފާން މިހާވަރަށް މިހިފަނީ އެސްފިނާއެއްތަމީ ނޫނީ އަލިފާން ހިފާ ޒާތު ގެ ވާހަކަ ދައްކާމީހުން ގިނައީތަ . ؟
ހިނގައިދާނެއޭ
30 August 2020
އެމްއެންޑީއެފް އިން އެބަޖެހޭ ރޫޓިންގް އިންސްޕެކްޝަނެއް ބާއްވަން މާލޭގައި ދާއިމަށް އެނޫން ނަމަ މާލެ ވަރަށް ނުރައްކާތެރި ފައްތަރަކަށް ހިނގައިދާނެއޭ...
ޖަރީ
30 August 2020
އެލްސިޔޯން ބޭކަރީ ކައީ މިފަދަ ބޮޑު ހާދިސާއެއް ހިނގުމުގެ ފުރުސަތު ވަރައް ކައިރި. ތެޔޮ ލޮރީން ތެޔޮއަޅާ ކޮންމެ ދުވަހަކު ބިރުން ހަލާކުވޭ. ކަމާބެހޭ ފަރާތުން ހުއްދަ ދީގެން ރަށުތެރޭ ތެޔޮ ރައްކާ ކުރަނީ. ވިޔަފާރި ވެރިން ވީމާ ސަރުކާރުން މިކަން ނުހުއްޓުވި. ދިރިއުޅޭ އާންމު ރައްޔިތުން ނަށް ހުރިހާ ގެއްލުމެއް. ބޮޑުކަމެއް ނުހިގަނީސް މިކަން ހުއްޓުވާން ޖެހޭ
ގަލަދުން ހުސެންް
30 August 2020
މިކަ މުގައި އަދުން ހުސެން ގެ ބަހެއް ވަރަށް މުހިއް މު
ވިސްނާވިސްނާ
30 August 2020
ރާއްޖޭގެ މުއައްސަސާތަކުގެ ސެކިއުރިޓީންނަށްް ބޭރުމީހުން ތިބުމުެ ނަތީޖާ ގައމުދެކޭނެ އިނގޭތޯ!!
ވިސްނާވިސްނާ
30 August 2020
އަސްލުވާގޮތަކީ ފިހާރައަކަސް އޮފީހަކަސް ތިތަންތަނުގައި ކަންކަން ބަލަހައްޓަން ތިބެނީ ބިދޭސީން. ރާއްޖޭގެ މުއައްސަސަތަކުގެ ސެކިއުރިޓީންނަށްވެސް ބިދޭސީން ބައިތިއްބަނީ! މިއީ ދުނިޔޭގެ ތަހުޒީބުތަުގައި ކަންކުރާގޮތެއްނުން. މިއީ މުޅިމުޖުތމަު ހަާކުވުން. ބިދޭސީން މަދުކުރޭ!#
ބާބާ
30 August 2020
މާލޭގެ އިމާތްތަކުގަ ފަޔާ ސޭފުޓީ ހުރީ ކިހާވަރަކަށްތޯ ބަލަނީ ކާކުތޯ؟ އަހަރުމެން ދެކެން 6 ބުރިއަށް ނަގާފަ ހުންނަ އެތަކެއް އިމާރާތެއް އެއްވެސް ފަޔާ ސޭފުޓީއެއްނެތި، ބިލްޑިންގްތަށް މިހުންނަނީ ޖެހިޖެހިގެން ބާރުބާރަށް ފިތިފަ. އެއްތަނެއްގަ ރޯވެގެން ލަހެއްނުވެ ޖެހިގެން ހުރި ތަނުގަ ރޯވޭ. ގިނަފަހަރު ތަނެއްގަ ރޯވީމަ މީހުންނަކަށް ނޭގޭ ހުޅުގަޑު ބޮޑުނުވަނީސް ނިއްވާލާނެ ގޮތެއް، އެކަހަލަ ޑްރިލްތަކެއް ހިންގާފައެއްނުވޭ. މާލޭގެ މަގުތަކުގަ ފަޔާ ހައިޑްރެން އެބަހުރިތޯ
އައްޑޫބެއްޔާ
30 August 2020
ހާދަ އިއްތިފާގު ގިނަ ދުވަސްކޮޅެކޭ. ސިޔާސީ މީހުން މަގުމައްޗަށް ނިކުތީމާ މީސްމީހުންގެ ގެދޮރާއި މުދަލައް ގެއްލުން މިވަނީ އިއްތިފާގަކުން. މިކިޔާ ޑިމޮކްރަސީގައި މިރާއްޖޭގައި އެކަނި މިފަދަ އިއްތިފާގު ކަންކަން ހިނގަނީ. ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ކަންކަމެއް ނުހިނގާ. ނުވެސް ހިންގޭނެ. މިއަދު ޖަރީމާ ހިންގާ މީހާ މާދަމާ ވެރިކަން ކުރާ ކުދީންނަށް ބޭނުން ޖެހުނީމާ ހުދު ކާފޫރަށްވެ ނިމޭ ނިޒާމެއް ހިނގަނީ މިރާއްޖޭގައި ވިއްޔާ.
ޖިޒްމާން
30 August 2020
ރައްޔިތުން މިމީހުން މިޖަހާ ސަކަރާތް ބަލަން ތިބެން ހެޔޮނުވާނެ. އަމިއްލައަށް ގާނޫނު ހެދީ އެއްވެވޭނީ ހަމައެކަނި ކާނިވަލަށޭ. އަމިއްލައަށް ގާނޫނު އަސާސީ ބަދަލުކުރީ ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް. ކާނިވަލުން ބޭރުގަ މުޅި މާލެތެރޭ ބިންވިއްކުމާ ދެކޮޅަށް ކޮވިޑް ތެރޭގައި ރައްޔިތުންނަށް ޖެއްސުން ކޮށް ބަލި ފެތުރުމަށް ބާރުއަޅަނީ. ލަދާއި ހަޔާތާއި ބައެއްގެ ނެތިއްޔާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ.
ލައްކަ
30 August 2020
މީހުންގެ ބޮލުގަ ކަންކަން އަޅުވަން އަވަހޭ ބަޔަކު ތައްޔާރުވެގެން ތިބޭލެއް. ތިޔަހެން މީހުންގެ ބޮލުގަ ބަދުނާމު އަޅުވާ މީހުން މާ ލަދުހަޔާތް ނުހުރޭހެން ހީވަނީ. އެހެންވެގެން ކަމެއްގެ ހަގީގަތް ނޭނގެނީސް ތި ޒާތަށް ކޮމެންޓްކޮށް ނަގަނީ.
ޖަމްޝީދް
30 August 2020
ލޯމަތިން ފެނުނުނަސް ގަބޫލު ނުކުރާނެ ބަޔަކު ތިބޭނެ.
ގައުމީ ލޯބީގާ
30 August 2020
މަށަށް ހީވަނީ އަލިފާނޯ ގޮވާޕާޓީއާ ޖެހުނީމަ ވާ ގޮތްހެން މީ . ތަލާމީހުންނާމުގުރާމީހުން ގިނަ ޕާޓީއަކުން ވެރިކަމާހަވާލު ވީމަ ހަމަނޭވާނުލެވިގެން މިއުޅޭން ޖެހެނީ އަލިފާނުން ސަލާމަތް ނުވެވިގެން . މުޒާހަރާއަށް އެއްނުވެ އެއްވާން މިޖެހެނީއަލިފާން ނިއްވަން . އެއްނުވާމީހުން އަލިފާނޭބުނާއިރަށް ކުލިބަލަން އެއްވޭ.