ކާނަލް ރައޫފް (ވ) އަށް އެޑްވައިޒަރު ކަމުގެ ފަތް ހަވާލު ކުރައްވަނީ
18 ސެޕްޓެމްބަރ 2020 - 21:59
ރާއްޖެ އިން މެލޭޝިއާ އަށް ކަނޑައެޅި ފުރަތަމަ ޑިފެންސް އެޑްވައިޒަރަކަށް ކާނަލް އަބްދުއްރައޫފް މިއަދު ހަމަޖައްސައިފި އެވެ.
ޑިފެންސް އެޑްވައިޒަރުގެ އެޑްވައިޒަރުގެ މަސްއޫލިއްޔަތަކީ ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހިކޮށް، ދިވެހި ސިފައިންނަށް އެ ގައުމުން ފުރުސަތުތައް ފަހިކޮށްދިނުމެވެ. އެގޮތުން، ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް، މެލޭޝިއާގެ އަސްކަރިއްޔާ އިން، ދިވެހި ސިފައިންނަށް ހޯދައިދިނުމަށް ރައޫފް މަސައްކަތް ކުރައްވާނެ އެވެ.
އާ މަގާމުގެ މަސްއޫލިއްޔަތާއެކު އޭނާ ދެން ހުންނަވާނީ މެލޭޝިއާގަ އެވެ.
އެމްއެންޑީއެފުން ބުނީ މިވަގުތު ޑިފެންސް އެޑްވައިޒަރުގެ މަގާމުގައި ރާއްޖޭގެ ފަރާތުން ބޭފުޅުން ތިއްބަވަނީ މެލޭޝިއާގެ އިތުރުން އިންޑިއާ، ސްރީ ލަންކާ އަދި ޕާކިސްތާނުގައި ކަމަށެވެ. ރާއްޖޭގެ ފަރާތުން ފުރަތަމަ ޑިފެންސް އެޑްވައިޒަރަކަށް ބޭފުޅަކު ހަމަޖައްސާފައި ވަނީ އޭގެ ތެރެއިން އިންޑިއާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
20 September 2020
ހަމަ ޖީބައް އައިފޯނު ލައިގެން އުޅުންކަހަކަ ކަމެއް، އަދިފެނޭ އެމެރިކާ، ނޯތުކޮރެޔާ އީރާނު އަދި ވަނުވާޓޫ އައްވެސް ޑިފެންސް އެޑުވައިޒަރުން ފޮނުވަން.
އައްޕީ
20 September 2020
އެމްބަސަޑަރެއް ދޯ ނަމެއް ކިޔައިފަ. އަދި ފޮނުވާނެ، ހުރިހާ އެންމެން ފޮނުވައިފަ ނޫނީ ހުއްޓާނުލާނަން. އެންމެންވެސް ހަމަ ޓްރެއިނިންގް ފުރުސަތު ހޯދާނީ. އެވަގުތަކު ޤައުމުގަތިބި ރައްޔިތުން ޓްރެއިންންގެ ހަދަން ގޮސް އެބުރި ނައިސް މަޑުކުރާނީ. ދެން އެންމެނަށް ދެވޭ އިރު ނަޝީދު ހުރެދާނެ ނުގޮސް. އޭރުން އޭނަ ބަހައްޓާ
ކެލްބެ
20 September 2020
މާހެޔޮފުޅުވެގެން އުޅެނިކޮށް ބަޢާވާތެއް ކުރާނީ ސަރުކާރުން އެބަޖެހޭ މިފަދަ މީހުން ތަންތަނަށް ފޮނުވުގެ ބަދަލުގައި ފިޔަވަޅު އަޅަން
ައަނެއް ދިވެހި ރާއްޖެ
20 September 2020
ހުރިހާ އެންބަސީތަކާ ހައިކޮމިޝަންތަކުގެ ޕަރފޯމަންސް އޯޑިޓެއް ހަދަން ފެނޭ. ކޮރަޕްޝަނަކީ ހަމައެކަނި މިނިސްޓްރީތަކުގެ ބަޖެޓުން ކުރެވޭކަމެއްނޫން.
ރައުފުބެހ
19 September 2020
މިހާރުވެސް ތިޔަ މެލޭޝިއާ އެމްބަސީގަ އިށީންނާނެ ގޮނޑިއެއްނެތްވަރަށް މީހުން ފޮނުވާފަ އެބަތިބި.. ކޮންމެ މީހަކަށް މަހަކު ލައްކައެއްހާ ރުފިޔާ ހޭދަކޮށްލަނީ ޓެކްސް ފައިސާއިން.. އެއްބަޔަކު ޓްވީޓުކުރަނީ އަނެއްބަޔަކު ސައިބޯލައިގެން ދުންއަރުވާލަނީ.. ކުރާނެ ކަމެއް އޮތީކީނުން. މިތާ އުޅޭމީހަކު ކަމަކު ބުނެލިއަސް އަބަދުވެސް ކޮންމެސް ޕްރޮޓޮކޯލެކޭ ކިޔާފަ އެއްކަމެއްވެސް ނުކޮށްދޭ.. ބޭރުކުރަންވީ މިތަނުން.
ހަސަދު
19 September 2020
ކޮންމެހެން ޑިފެންސް އެޑްވައިޒަރެއް މެލޭޝިޔާގައި ބަހައްޓަން ޖެހޭބާ.ނުވަތަ މިވަޒީފާ އަކީ ކޮށްދިން ކަމެއްގެ ބަދަލުގައި ދިން އެއްޗެއްބާ!!!.
ރަދީފުގެ މުންނަ
19 September 2020
އެމްބަސީތަކުގަ އަބަދުވެސް މަސައްކަތްކުރާ މީހުންމީ އާއިލާގޮވައިގެން ބޭރުގައުމެއްގައި ޕޮޝްލައިފެއް އުޅެންދާބައެއް ރައްޔިތުންގެ ފައިސާ ތަޅާބުތުވަން..
އިބްރާހީމްސ
19 September 2020
އެމްބަސީތަކަކީ މާލޭގެ އިއްޒަތްތެރިން އަރާމުގައި ރާއްޖެއިން ބޭރުގައި ބައިތިއްބަން ވަޒީފާދޭ ތަނަކަށްވެއްޖެ.
ކޮރަލް
19 September 2020
ބޭކާރު ހަރަދެކެވެ. އެމްބަސީގެ އިރުތުން ބޮޑެތި އާއިލާ ތަކަށް ބޮޑެތި ހަރަދު ކުރަން ޖެހެނީ އެވެ.
ޗާންސެލަރު
19 September 2020
ކީއްކުރާ ބޭކާރު މަގާމއް؟ މި އޮތް ކޮވިޑު ދުވަސްވަރު އނގަޔާ އަތާ ދިމާ ނުވެގެން އުޅޭ އިރު މި ފަދަ ކަންކަން ހުއްޓާލަނީ ޖެހޭ.