އިންޑިއާ، ޔޫއޭއީ އަދި ޕާކިސްތާނަށް އައްޔަނުކުރެއްވި ދިވެހި ސަފީރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަތްކޮޅު ހަވާލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
23 ސެޕްޓެމްބަރ 2020 - 13:24
އިންޑިއާ އާއި ޕާކިސްތާން އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވި ބޭފުޅުން މަގާމަށް އައްޔަންކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރައްވައިފި އެވެ.
އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަނުކުރެއްވީ، ހ. ނިޔާސާގެ ޑރ. ހުސެއިން ނިޔާޒެވެ. ޔޫއޭއީގެ ސަފީރުކަމަށް ހ. މީސްޓޮލޮޖް، އާމިނަތު ޝަބީނާ އައްޔަންކުރެއްވި އިރު ޕާކިސްތާނުގެ ސަފީރުކަމަށް އައްޔަންކުރެއްވީ ގ. ޗޭނުގެ ފަރުޒާނާ ޒާހިރެވެ.
އިންޑިއާގައި ހުންނަވާ ސަފީރު ކަމަށް އައްޔަނުކުރެއްވި ޑރ. ނިޔާޒު އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ ސަފީރުކަމުގެ މަގާމުގަ އެވެ. ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ނިޔާޒު ވަނީ ނިއު ޒިލޭންޑުން ޑިމޮގްރަފިކް އެންޑް ޑިވެލޮޕްމެންޓްގެ ދާއިރާއިން ޑޮކްޓްރޭޓް އޮފް ފިލޯސަފީ ހާސިލްކުރައްވައިފަ އެވެ. ރައީސް އޮފީހުން ބުނީ، އޭނާ އަކީ އަބޫ ދާބީގެ އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީގެ ދާއިމީ މަންދޫބެއް ކަމަށެވެ.
ޔޫއޭއީގައި ހުންނަވާ ސަފީރު ކަމަށް އައްޔަންކުރެއްވި ޝަބީނާ އާއި ޕާކިސްތާނުގެ ސަފީރު ކަމަށް އައްޔަނުކުރެއްވި ފަރުޒާނާ އެންމެ ފަހުން އަދާ ކުރައްވަމުން އައީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކަޓަރީގެ މަގާމެވެ. ދެ ބޭފުޅުން ވެސް ވަނީ ފޮރިން މިނިސްޓްރީގައި އެކި މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. ޝަބީނާ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ޑިގްރީއެއް ހާސިލްކުރައްވާފައި ވާއިރު ފަރުޒާނާ ވަނީ ޑިވެލޮޕްމަންޓް ސްޓަޑީޒް އިން މާސްޓާސް ޑިގްރީއެއް ހާސިލްކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
24 September 2020
މި ކަލޭގެ ވެސް ހިތަށް އަރާނެ ތިމަން މި ކުރަނީ ވެރިކަމެކޭ.
ކަކުނިބޯ
24 September 2020
އިންޑިޔާގައި ރާއްޖޭގެ ހައިކޮމީސަނެއް އަދި ސަފީރެއްވެސް މިހާރު ބަހައްޓާކަށް ޖެހޭނެކަމަކަށް ނުފެނޭ އެތާބަހައްޓަންޖެހޭނީ ތަރުޖަ މާނެއް އެކަނި ސަބަބުއެން މެންނަށްވެސް ސާފުވާނެ މިހާރު ހަނި މާދޫ އެއަރޕޯޓްގައި އަޅާފައި އޮތް 10000 ހޯސްޕަވަރ އާރު ޕީ އެ މް 85000 ގެ އިންޖީނެއްގެސަބަބުން
ށާހިދު54
23 September 2020
ގައުމު ދަރާފަ އޮތްވަގުތެއްގަ ކޮންބޭކާރު ސަކަރާތެއް.
ާއަނެއްދިވެހިރާއްޖެ
23 September 2020
އިންޑިޔާއަށް މިވަގުތު ބޭނުންވާނެ ވަރަށް އެކްސްޕީރިއަންސް އަދި ކުޅަދާނަ ސަފީރެއް، ޗައިނާ-އިންޑިޔާގެ ރީޖަނަލް ބެލެންސް އެނގޭއަދި ޑިޕްލޮމެޓިކް ބޭފުޅެއް. ޑރ. ޏިޔާޒް އަށް ވަރަށް މަރްޙަބާ. ދެންތިއްބެވި ދެ ސަފީރުން އަންހެނުންނަށް ވީތީ އުފާކުރަން. އެކަމަކު ޔޫ.އޭ.އީ އެންބަސީއަށް ތަންކޮޅެއް ޓެކްނިކަލް ސްކިލްސް ރަނގަޅު މީހެއް ލީނަމަ! އެޤައުމުން ރާއްޖެއަށް ގެނެވޭނެ އިންވެސްޓްމަންޓާއި އެހެނިހެން އެހީ ގިނަގުނަ.
އިބިރިހިންބެއްޔާ
24 September 2020
ޝޫޝޫޝޫ. އެއީ މިނިސްޓަރުގެ ތިމާގެ ބޭފުޅެއް. ނަސީބެއްނުން އިންޑިޔާއަށް އައްޔަން ނުކުރިކަން.
އަލިފުޅު2
23 September 2020
މި ހާރަކު ނުޖެހޭ ދޯ ކޮންމެ ޤައުމަކަށް ސަފީރަކު ފުނުވައިގެން ދައުލަތާ ނުބައްދަލު ޚަރަދުކުރާކަށް. ފޮރިން މިނިސްޓްރީގަ މީހަކު ބެހެއްޓީމަ ނިމުނީ! ވަރޗުއަލްކޮށް ހުރިހާ ޙިދުމަތެއްހެން ފޯރުކޮށްދެވޭނެ. މި ބޭފުޅުނާ ކަނބަލުން އެޤައުމުތަކުގަ ކީތޯ ކުރަނީ! ކޮން މަސަތަކަތެއްތޯ ކުރަނީ! ބޮޑު އޮފީސް ހަދައިގެން މީރުކޯސް ކައިގެން އަނބިދަރީނާ އެކު ދައުލަތުގެ ޚަރަދުގަ ދިރިއޫއްވަނީ ނޫންތޯ! މިވެސް ނިކަން ހައިބަވެތި ޤައުވެއްވީޔާ. މަޑުކޮށްލާނަން އިންތިޚާބާ ހަމަޔާށް! ސަލާމް
ޏިޒަާރު
23 September 2020
އެންބަސެޑްރެއް ހުރުން މުހިންމު. އެކަމު އެންބަސީތަކަށް އެއަޅާހާ ބޭކާރު ސިޔާސީ މީހުންގެ ބޭނުމަކީ ކޮބާ؟
އައްޔު
23 September 2020
މާލެ މީހަކަށް ނޫނީ ހައިކަމިޝަންތަކަށް ކޮލިފައި ނުވަނީތަ؟؟ މިއީ ކިހާ ދެރަކަމެއް، ރަށްރަށު މީހުން ތިބެންޖެހެނީ މީހުން ރުޅި އަންނަ ޒާތުގެ ވަޒީފާތަކުގައި، މިއީ މާލެ ސަރުކާރުތަކުން އަބަދުވެސް ކަންތައްކުރަމުން އަންނަ ގޮތް.
ޙިނި
23 September 2020
ރައީސް އައް ގެންގޭބާ ޕުރައިވެޓް ސެކްޓަރު މުވައްޒަފުންނައް މުސާރަ ނުލިބޭކަން؟ ފެން ކުންފުނި ކަރަންޓު ކުން ފުނި އެގެންދަނީ ގޭގޭގެ ފެނާ ކަރަންޓު ކަންޑަމުން. މިދަންޑިވަޅުގަވެސް ރައްޔިތުން އިތުރައް ސަރުކާރުން މިނިކަމެތިކުރަނީ ކީއްވެ؟ ބަލިމަޑުކަމެއް އައިސް އާމްދަނީ ހުއްޓިފަވާކަން ރައީސް އައް އެންގިލައްވާނީ ރައްޔިތުން ރައީސް އޮފީސް ދޮށައް ނާށިގަންޑު ހިފައިގެން ސަލާންޖަހަންދިޔައިމަތޯ؟
1828
24 September 2020
ގަވަރމެންޓް ޑޯން ކެއަރ އެބައުޓް ޕްރައިވެޓް ސެކްޓަރ.
އިބިރިހިންބެއްޔާ
24 September 2020
މިއީ ދިވެހިރައްޔިތުންގެ ރައީސެއްނޫން. ހަމައެކަނި އެމްޑީޕީގެ މެމްބަރުންގެ ރައީސެއް. ޕާޓީކުދިންނަށް މުސާރަ އާއި "ނަގުދު" ހޯދާދެވެންޏާ ހަމަ އޯކޭ.
މެކް
23 September 2020
ޕާކިސްތާނާ ގުޅުން ބަދަހިކޮށް ފަސޭހައިން ދިވެހިންނައް ގޮސްއުޅެވޭ ގައުމަކައް ޕަކިސްތާން ހަދަންޖެހޭ އަދި ޕާކިސްތާނައްދާ ދިވެހިންނައް އިންޑިއާއިން އުދަގޫ ނުކުރާނެ ގޮތްވެސް ހަދައްޖެހޭ ދިވެހިންނައް ދިވެހި މިވިވަންކަމާއެކް ކޮށްމެ ގައިމަކައްވެސް ދެވެންޖެހޭނެ.
ނަޖުމުއްދީން
23 September 2020
މިދަންޑިވަޅުގާ ސަފީރުންގެ ބޭނުމެއް އޮންނާނެތަ؟ އެންމެންއެއުޅޭނީ ނަފްސީނަފްސީ މޯޑުގާ.
ބަކައި
23 September 2020
ސާބަހޭ ރައީސް. ހައިހޫނުކަމުގެ އިހްސާސްކުރެވޭ ރައްޔިތަކަށް ކަމެއް ކޮށްނުދެއްވުނަސް މަޑުޖެހުމެއްނެތި ތަންތަނަށް މީހުން އެބަ އައްޔަންކުރެވޭ.
ފައިޒް.
23 September 2020
މާ ކުރިން އައްޔަނު ކޮށް ނިންމާފަ އޮތް ކަމެއްމީ. ޢަދި އެ ފަތްކޮޅު އެރުވީ